Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ޓެކްނޮލޮޖީވަޓްސްއެޕް

ވަޓްސްއެޕް އިން ފޯނު ނަންބަރުގެ ބަދަލުގައި ޔޫޒަރނޭމް ބޭނުންކުރެވޭ ގޮތް ހަދަން ނިންމައިފި

ވަޓްސްއެޕް ބޭނުންކުރާ މީހުންގެ އަމިއްލަ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ފޯނު ނަންބަރުގެ ބަދަލުގައި ޔޫޒަރނޭމް ބޭނުންކުރެވޭ ގޮތް ހެދުމަށް މެޓާ ކުންފުނިން ވަނީ ނިންމާފައި. މިއަހަރުގެ ފަހުކޮޅު މި ޚިދުމަތް ރަސްމީކޮށް ތައާރަފުކުރުމުގެ ކުރިން ޔޫޒަރނޭމް ރިޒާވްކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، މީގެ ސަބަބުން ފޯނު ނަންބަރު ހާމަނުކޮށް މުއާމަލާތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ.

ރާއްޖެ އެމްވީ | 30 ޖޫން 2026 | އަންގާރަ 10:11
އެމެރިކާގެ އިންސްޓަންޓް މެސެޖިންގ ސޮފްޓްވެއަރ، ވަޓްސްއެޕްގެ ލޯގޯ ސްމާޓްފޯނެއްގެ ސްކްރީނުގައި

އެމެރިކާގެ އިންސްޓަންޓް މެސެޖިންގ ސޮފްޓްވެއަރ، ވަޓްސްއެޕްގެ ލޯގޯ ސްމާޓްފޯނެއްގެ ސްކްރީނުގައި | ގެޓީ އިމޭޖަސް

ވަޓްސްއެޕް ބޭނުންކުރާ ތިން ބިލިއަނަށްވުރެ ގިނަ މީހުންނަށް، ފޯނު ނަންބަރުގެ ބަދަލުގައި ޔޫޒަރނޭމް ބޭނުންކުރެވޭ ގޮތް ހެދުމަށް އެ ކުންފުނިން ނިންމައިފި އެވެ. މިއީ އެ އެޕްލިކޭޝަން ބޭނުންކުރާ މީހުންގެ އަމިއްލަ މިނިވަންކަމާއި ރައްކާތެރިކަން ނުވަތަ ޕްރައިވެސީ ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މެޓާ ކުންފުނީގެ ދަށުން ހިންގާ ވަޓްސްއެޕުން ހޯމަ ދުވަހު ބުނި ގޮތުގައި، މިއަހަރުގެ ފަހުކޮޅު މި ޚިދުމަތް ރަސްމީކޮށް ތައާރަފުކުރުމުގެ ކުރިން، ޔޫޒަރނޭމްތައް ރިޒާވްކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. މި ބަދަލާއެކު، މީހުންނަށް އެކަކު އަނެކަކު ހޯދުމަށާއި ގުޅުމަށް ފޯނު ނަންބަރުގެ ބަދަލުގައި ޔޫޒަރނޭމް ބޭނުންކުރެވޭނެ އެވެ.

ވަޓްސްއެޕުން ހާމަކުރި ގޮތުގައި، މިއީ ޕްރައިވެސީއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ ފީޗާއެކެވެ. މިގޮތުން ޔޫޒަރނޭމްތައް ފެންނާނެ އާންމު ޑައިރެކްޓަރީއެއް ނޯންނާނެ ކަމަށާއި، އަދި ޔޫޒަރނޭމް ޖަހާއިރު އަމިއްލައަށް ފުރިހަމަވާ "އޮޓޯކޮމްޕްލީޓް" ސަޖެސްޝަންތައްވެސް ނުފެންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެހެންކަމުން، މީހަކަށް ފުރަތަމަ ފަހަރަށް މެސެޖެއް ކުރަން ބޭނުންނަމަ، އެމީހެއްގެ ސީދާ ޔޫޒަރނޭމް އެނގެން ޖެހޭނެ އެވެ.

ސްމާޓްފޯނާއި، ޓެބްލެޓް އަދި ކޮމްޕިއުޓަރުތަކުގައި ބޭނުންކުރާ ވަޓްސްއެޕަކީ "އެންޑް-ޓު-އެންޑް އެންކްރިޕްޓް" ކޮށްފައިވާ، ރައްކާތެރިކަމާއެކު މުއާމަލާތް ކުރެވޭ ވަސީލަތެކެވެ. ނަމަވެސް، މިހާތަނަށް ވަޓްސްއެޕްގައި މީހަކަށް މެސެޖު ކުރެވެނީ އެމީހެއްގެ ފޯނު ނަންބަރު އެނގިގެންނެވެ.

ވަޓްސްއެޕުން އާންމުކުރި ބްލޮގް ޕޯސްޓެއްގައި ބުނެފައިވަނީ، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ފޯނު ނަންބަރު ހާމަނުކޮށް، ހަމައެކަނި ޔޫޒަރނޭމް މެދުވެރިކޮށް މީހުންނަށް ގުޅޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށެވެ. ނަމަވެސް މިކަން ފެށޭނެ ސީދާ ތާރީޚެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.

ވަޓްސްއެޕްގެ ވައިސް ޕްރެޒިޑެންޓް އޮފް ޕްރޮޑަކްޓް، އެލިސް ނިއުޓަން-ރެކްސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ ޕްރައިވެސީއަށްޓަކައި ގެނެވޭ ވަރަށް މުހިންމު ބަދަލެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، މީހަކަށް ފުރަތަމަ ފަހަރަށް މެސެޖެއް ފޮނުވަން ބޭނުންވާނަމަ، އެމީހެއްގެ ސީދާ ޔޫޒަރނޭމް އެނގެން ޖެހޭނެ ކަމަށެވެ.

މިހާރު ވަޓްސްއެޕްގައި ހުންނަ ޕްރައިވެސީ ސެޓިންގްސްތަކުން ކުރެވޭ ކަމަކީ ވަކިވަކި މީހުން ބްލޮކްކުރުމާއި، ނުދަންނަ ނަންބަރުތަކުން އަންނަ ކޯލްތައް ސައިލެންޓް ކޮށްލުމެވެ.

މީގެ އިތުރުން، މިހާރުވެސް ޕްރޮފައިލް ނަމެއް އިތުރުކުރުމުގެ ފުރުސަތު އޮވެ އެވެ. ނަމަވެސް އެ ނަން ފެންނަނީ ފޯނުގައި ނަންބަރު ސޭވްކޮށްފައި ނުވާ މީހުންނަށް، ގްރޫޕް ޗެޓްތަކުގައި އެކަންޏެވެ.

ޔޫޒަރނޭމް ހޯދުމުގެ ވާދަވެރިކަން

އެމެރިކާގެ ރައްޔިތުން އަދިވެސް ވަޓްސްއެޕަށްވުރެ ބޮޑަށް އާންމު ޓެކްސްޓް މެސެޖު ބޭނުންކުރި ނަމަވެސް، ޔޫރަޕާއި އޭޝިއާގެ އިތުރުން ދުނިޔޭގެ ބޮޑު ބައެއްގައި ވަޓްސްއެޕަކީ ވަރަށް މަގުބޫލު އެޕްލިކޭޝަނެކެވެ. ކުރު އަދި ހިތްގައިމު ޔޫޒަރނޭމްތަކަކީ ގިނަ ބަޔަކު ބޭނުންވާނެ އެއްޗަކަށް ވާތީ، ރީތި ނަންތައް ހޯދުމަށް ބޮޑު ވާދަވެރިކަމެއް އުފެދޭނެ ކަމަށް ބެލެވެ އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް ގިނަ ބަޔަކު ޔޫޒަރނޭމް ހޯދަން މަސައްކަތް ކުރާނެ. އެހެންވެ އަޅުގަނޑުމެން މި ނިންމީ މާ ކުރިން ޔޫޒަރނޭމް ރިޒާވްކުރުމުގެ ފުރުސަތު ހުޅުވާލަން،" ނިއުޓަން-ރެކްސް ވިދާޅުވި އެވެ.

މެޓާގެ އެހެން މަންސަތައް ކަމަށްވާ އިންސްޓަގްރާމް އަދި ފޭސްބުކްގައި މިހާރުވެސް އެކައުންޓް އޮންނަ ކުންފުނިތަކާއި، ޖަމިއްޔާތަކާއި އަދި ކޮންޓެންޓް އުފައްދާ ފަރާތްތަކަށް، އެ ފަރާތްތަކުން މިހާރު ބޭނުންކުރާ ޔޫޒަރނޭމް ވަޓްސްއެޕުން ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.

ވަޓްސްއެޕްގެ ޔޫޒަރނޭމްތަކުގައި ހުންނަން ޖެހޭނީ 3 އަކުރާއި 35 އަކުރާ ދެމެދުގެ މިންވަރެކެވެ. އެހެން މީހެއްގެ ނަމުގައި ހެދިގެން އުޅުން ނުވަތަ އިމްޕާސަނޭޝަން ހުއްޓުވުމަށްޓަކައި، މަޝްހޫރު މީހުންނާއި، ދައުލަތުގެ އިސް ފަރާތްތަކާއި އަދި ސަރުކާރުގެ އިދާރާތަކަށް ޚާއްސަ ޔޫޒަރނޭމްތައް ވަޓްސްއެޕުން ހިފަހައްޓާނެ އެވެ.

ވަޓްސްއެޕްޓެކްނޮލޮޖީ

އިތުރަށް ކިޔާލަން

24 ޖޫން 2026

އިންޑިއާގެ ކުނާލް ޝާހް، މެޓާގެ ވަޓްސްއަޕްގެ އިސްވެރިޔަކަށް އައްޔަންކުރުމާއެކު ދުނިޔޭގެ ސަމާލުކަން އޭނާއަށް ހުއްޓިއްޖެ

މެޓާއިން ކްރެޑް ކުންފުންޏަށް 900 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރި މި ދަނޑިވަޅަކީ، ވަޓްސްއަޕް މެދުވެރިކޮށް ފައިސާ ދެއްކުމާއި ވިޔަފާރި ޚިދުމަތްތައް ފުޅާކުރަން މަސައްކަތްކުރާ ވަގުތަކަށް ވުމުން، ޝާހްގެ ތަޖުރިބާގެ ބޭނުން އެ ކުންފުންޏަށް ބޮޑުވާނެ. މިއީ އިންޑިއާގެ ސްޓާޓަޕް މާހައުލުން އުފެދުނު ބާނީއަކު ދުނިޔޭގެ މިފަދަ ބޮޑު ޕްލެޓްފޯމެއްގެ ކޮންޓްރޯލް ހޯދި ފުރަތަމަ ފަހަރު.

24 ޖޫން 2026
އިންޑިއާގެ ކުނާލް ޝާހް، މެޓާގެ ވަޓްސްއަޕްގެ އިސްވެރިޔަކަށް އައްޔަންކުރުމާއެކު ދުނިޔޭގެ ސަމާލުކަން އޭނާއަށް ހުއްޓިއްޖެ
19 ފެބުރުއަރީ 2026

ކުޑަ ކުދިންނަށް ނޭދެވޭ އަސަރު ކުރާ ކަމަށް ބުނެ ކުރި ދައުވާގައި، ހެކި ބަސް ދިނުމަށް ޒަކަބާގް ކޯޓަށް ހާޒިރު ކޮށްފި

މި މައްސަލައިގެ ޝަރީއަތުގައި މައިގަނޑު ގޮތެއްގައި ބަލަމުން ދަނީ، އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތައް ގަސްދުގައި ފަރުމާ ކޮށްފައި ވަނީ ބޭނުން ކުރާ ޒުވާން ފަރާތްތައް އެއަށް ދެވި ހިފާ ފަދަ ގޮތަކަށް ކަމަށް ބުނެ ކުރެވޭ ތުހުމަތު. މީގެ ސަބަބުން ކުޑަ ކުދިންގެ ޞިއްޙަތަށް ލިބޭ ގެއްލުން ތަކުގެ ޒިންމާ މެޓާ އިން އުފުލަން ޖެހޭ ކަމަށް ދައުވާ ކުރާ ފަރާތްތަކުގެ ވަކީލުން ބުނެފައިވޭ.

19 ފެބުރުއަރީ 2026
ކުޑަ ކުދިންނަށް ނޭދެވޭ އަސަރު ކުރާ ކަމަށް ބުނެ ކުރި ދައުވާގައި، ހެކި ބަސް ދިނުމަށް ޒަކަބާގް ކޯޓަށް ހާޒިރު ކޮށްފި
12 ފެބުރުއަރީ 2026

ރަޝިޔާގައި ވަޓްސްއެޕް މުޅިން ބްލޮކްކުރަން އުޅޭ ކަމަށް އެ ކުންފުނިން ބުނެފި

ރަޝިޔާ ގައި ވަޓްސްއެޕް ބޭނުންކުރާ 100 މިލިއަނަށްވުރެ ގިނަ މީހުން، ސަރުކާރުން ފާރަވެރިވާ "ސްޓޭޓް-އޯންޑް" އެޕަކަށް ބަދަލުކުރުމަށް އެ ގައުމުން މަސައްކަތް ކުރަމުންދާ ކަމަށް މެޓާ ކުންފުނިން ވަނީ ބުނެފައި. މިގޮތުން 2026 ވަނަ އަހަރާ ހަމައަށް ވަޓްސްއެޕް މުޅިން ބްލޮކްކޮށް، ސަރުކާރުގެ "މެކްސް" އެޕްލިކޭޝަން ބޭނުންކުރުން މަޖުބޫރުކުރުމަށް ރަޝިޔާއިން ދަނީ ރާވަމުން. ނަމަވެސް މިއީ ރައްޔިތުންގެ މުއާމަލާތްތަކުގެ ސިއްރު ހިފެހެއްޓުމާއި އަމިއްލަ މިނިވަންކަމަށް އޮތް ބޮޑު ހުރަހެއް ކަމަށް ބުނެ ޓެކްނޮލޮޖީ ކުންފުނިތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

12 ފެބުރުއަރީ 2026
ރަޝިޔާގައި ވަޓްސްއެޕް މުޅިން ބްލޮކްކުރަން އުޅޭ ކަމަށް އެ ކުންފުނިން ބުނެފި
12 ނޮވެމްބަރު 2025

ޓްރާންސެކްޝަން ތަކަށް ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ލިބޭގޮތް ހަދައިފި

ބޭންކުގެ ރަސްމީ އޯޓީޕީ ޗެނަލެއްގެ ގޮތުގައި މިހާތަނަށް ހިމެނޭ އެސްއެމްއެސް، އީމެއިލް އަދި އޮތެންޓިކޭޓަރގެ އިތުރުން ވަޓްސްއެޕް ހިމެނުމާއެކު ކަސްޓަމަރުންނަށް މުއާމަލާތްތައް ހިންގަން އިތުރަށް ފަސޭހަ ވެގެންދާނެ އެވެ.

12 ނޮވެމްބަރު 2025
ޓްރާންސެކްޝަން ތަކަށް ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ލިބޭގޮތް ހަދައިފި
16 މެއި 2025

10 އަހަރުގެ ތެރޭގައި އެމެރިކާގައި 1.4 ޓްރިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ޔޫއޭއީ އިން ބުނެފި

ސަރަޙައްދުގައި ސުލްޙަ އާއި ހަމަޖެހުން ގާއިމު ކުރުމަށް އެމެރިކާއާ އެކު މަސައްކަތްކުރުމަށް އެ ޤައުމުން ޝައުޤުވެރިވާ ކަމަށް ވެސް ޔޫއޭއީގެ ރައީސް ޓްރަމްޕް އަށް ދެންނެވި.

16 މެއި 2025
 10 އަހަރުގެ ތެރޭގައި އެމެރިކާގައި 1.4 ޓްރިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ޔޫއޭއީ އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު