Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފީފާ ވޯލްޑް ކަޕް

މިރޭގެ މެޗާއި ގުޅިގެން އަމާންކަން ގެއްލިދާނެ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

15 ޖުލައި 2026 | ބުދަ 12:20

އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރާ މެޗުގެ ފޯރީގައި އުފާފާޅުކުރާއިރު، ދަންވަރުގެ ވަގުތުތަކުގައި އަޑުގަދަކުރުމާއި ބަރުގޮނު އެޅުން ފަދަ އާންމުންނަށް އުނދަގޫވާނޭ ކަންކަމުން ދުރުހެލިވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައި. އަދި މަގުތަކުގައި ސްކްރީން ބަހައްޓައިގެން މެޗު ބަލާއިރު ދަތުރުފަތުރަށް ހުރަސްނޭޅުމަށާއި، މެޗަށްފަހު ސައިކަލު ބުރުޖެހުން ފަދަ އަމާންކަން ގެއްލޭނޭ އަމަލުތައް ނުހިންގުމަށް ވެސް ފުލުހުން ހަނދާކޮށްދީފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 15 ޖުލައި 2026 | ބުދަ 12:20
އަރޓިފިޝިއަލް ބީޗު ސަރަހައްދަގައި ފުލުހުން ހަރަކާތްތެރިވަނީ.

އަރޓިފިޝިއަލް ބީޗު ސަރަހައްދަގައި ފުލުހުން ހަރަކާތްތެރިވަނީ. | ސަން އޮންލައިން

ބުދަ ދުވަހުގެ ރޭގެ މެޗާއި ގުޅިގެން އަމާންކަން ގެއްލިދާނެ އެއްވެސް ކަމެއް ނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސް ކޮށްފި އެވެ. 

ފުލުހުން ބުނީ، ބުދަ ދުވަހުގެ ރޭ އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރާ ފޯރިގަދަ ފުޓުބޯޅަ މެޗު ބަލަން ސަޕޯޓަރުން ތައްޔާރުވަމުންދާއިރު، އުފާފާޅުކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމް ކުރަންޖެހޭ ކަމަށާއި، އަމާންކަން ގެއްލިދާނެ އެއްވެސް ކަމެއް ނުކުރުމަށް އެދޭ ކަމަށެވެ. 

Advertisement - newsAdvertisement

ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތުތަކަކަށް ވުމާއެކު، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި، ބާރަށް ލަވަޖެހުމާއި، އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ، އެހެންމީހުންނަށް އުނދަގޫވާނޭ ކަންކަމުން ދުރުހެލިވުމަށް ވެސް ފުލުހުން ވަނީ ހަނދާން ކޮށްދީފަ އެވެ. 

މީގެ އިތުރުން ފުލުހުން ބުނީ، އާންމު ސަރަހައްދުތަކުގައި ބަހައްޓާފައިވާ ސްކްރީންތަކުން މެޗު ބަލާއިރު، މަގު ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް ދަތިވާނެހެން ސައިކަލުތައް މަޑުކޮށްގެން ނުތިބުމަށާއި، މެޗު ނިމުމަށްފަހު ބައިބަޔަށް އެއްވުމާއި، ސައިކަލު ބުރު ޖެހުން ފަދަ ކަންކަން ނުކުރުމަށް އެދޭ ކަމަށެވެ.

މިފަދަ ހަރަކާތްތަކުގެ ސަބަބުން އަވަށްޓެރިންނަށް އުނދަގޫވެ، މަގު ބޭނުންކުރާ އެހެންމީހުންނަށް ދަތިތަކާ ކުރިމަތިވެދާނެ ކަމަށް ފުލުހުން ބުނެ އެވެ. 

އެހެންކަމުން، މެޗުގެ ފޯރީގައި ބައިވެރިވާއިރު، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި އަވައްޓެރިންގެ ހައްގުތަކަށް އިސްކަން ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އިންގްލެންޑް އާއި އާޖެންޓީނާ ބައްދަލު ކުރާ މެޗާ ދިމާކޮށް، އެމެރިކާގެ އެޓްލަންޓާގެ ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަ ކޮށްފި އެވެ. އެޓްލަންޓާގެ ޕޮލިސް ޑިޕާޓްމަންޓް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ވޯލްޑް ކަޕްގެ ސެމީ ފައިނަލް އަށް އެ ސިޓީ ތައްޔާރު ވަމުން އަންނައިރު، ގިނަ އަދަދެއްގެ މީހުން ޒިޔާރަތް ކުރާނެތީ މުޅި ސިޓީގެ ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައިވާ ކަމަށެވެ. މެޗު ކުޅޭ ސްޓޭޑިއަމް އާއި، މުނިފޫހި ފިލުވުމުގެ ސަރަހައްދު ތަކުގެ އިތުރުން، މީހުން ގިނައިން އެއްވާ ތަންތަނުގައި އިތުރު ފުލުހުންނާއި ވަސީލަތްތައް ޤާއިމު ކޮށްފައިވާ ކަމަށް ވެސް އެ އިދާާރާ އިން ބުނެފައިވެ އެވެ.

އާޖެންޓީނާ-އިންގްލެންޑްދިވެހި ފުލުހުންގެ ޚިދުމަތްފީފާ ވޯލްޑް ކަޕް

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

މޯދީގެ ވީޑިއޯ މައްސަލައިގައި ޒަކަރބާގް މައާފަށް އެދިއްޖެ

އިތުރަށް ކިޔާލަން

15 ޖުލައި 2026

ސްޕެއިންގެ ތަރި ލަމީން ޔަމާލްގެ ގެއަށް ވަގުން ވަންނަން އުޅެފި

15 ޖުލައި 2026
ސްޕެއިންގެ ތަރި ލަމީން ޔަމާލްގެ ގެއަށް ވަގުން ވަންނަން އުޅެފި
15 ޖުލައި 2026

އާޖެންޓިނާ އާ ދެކޮޅަށް ނުކުމެ އިންގްލެންޑަށް 60 އަހަރުވަންދެން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދިދާނެތަ؟

15 ޖުލައި 2026
އާޖެންޓިނާ އާ ދެކޮޅަށް ނުކުމެ އިންގްލެންޑަށް 60 އަހަރުވަންދެން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދިދާނެތަ؟
14 ޖުލައި 2026

ވޯލްޑް ކަޕް ސެމީފައިނަލް: ފްރާންސް އާއި ސްޕެއިން މެޗަކުން ބަލި ނުވާ ދެޓީމު، އެކަމަކު ފައިނަލަށް ދާނީ ކޮންމެވެސް އެއް ބަޔަކު

14 ޖުލައި 2026
ވޯލްޑް ކަޕް ސެމީފައިނަލް: ފްރާންސް އާއި ސްޕެއިން މެޗަކުން ބަލި ނުވާ ދެޓީމު، އެކަމަކު ފައިނަލަށް ދާނީ ކޮންމެވެސް އެއް ބަޔަކު
14 ޖުލައި 2026

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން މަގާމުން ވަކިކުރި ސާމިހު، އަނެއްކާ ވެސް މަރު ތަހުގީގުކުރާ ޑިޕަރޓްމެންޓްް ގެ ވެރިޔަކަށް

14 ޖުލައި 2026
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން މަގާމުން ވަކިކުރި ސާމިހު، އަނެއްކާ ވެސް މަރު ތަހުގީގުކުރާ ޑިޕަރޓްމެންޓްް ގެ ވެރިޔަކަށް
13 ޖުލައި 2026

ސެމީ ފައިނަލުގެ ޓީމުތަކުގެ ތެރެއިން ތަށި އުފުލާލުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ކޮން ގައުމަކަށް؟

13 ޖުލައި 2026
ސެމީ ފައިނަލުގެ ޓީމުތަކުގެ ތެރެއިން ތަށި އުފުލާލުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ކޮން ގައުމަކަށް؟
12 ޖުލައި 2026

2030 ގެ ފީފާ ވޯލްޑް ކަޕް 64 ޓީމަށް ފުޅާކުރުމަށް ފީފާގެ ރައީސް ވިސްނަވަނީ

12 ޖުލައި 2026
2030 ގެ ފީފާ ވޯލްޑް ކަޕް 64 ޓީމަށް ފުޅާކުރުމަށް ފީފާގެ ރައީސް ވިސްނަވަނީ
12 ޖުލައި 2026

ސައިކަލަކާއި ލޮރީއެއް ޖެހި މީހަކު ނިޔާވެއްޖެ

12 ޖުލައި 2026
ސައިކަލަކާއި ލޮރީއެއް ޖެހި މީހަކު ނިޔާވެއްޖެ
12 ޖުލައި 2026

ފީފާއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ، މިނިވަން ކުޅިވަރު ފެޑަރޭޝަނެކޭ ބުނީ ކާކު؟

12 ޖުލައި 2026
ފީފާއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ، މިނިވަން ކުޅިވަރު ފެޑަރޭޝަނެކޭ ބުނީ ކާކު؟
12 ޖުލައި 2026

ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރީ ކޮން ޓީމުތަކެއް؟ ޗެމްޕިއަން ޓީމާ ބެހޭ ގޮތުން ޕްރެޑިކްޝަން ބުނަނީ ކީކޭ؟

12 ޖުލައި 2026
ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރީ ކޮން ޓީމުތަކެއް؟ ޗެމްޕިއަން ޓީމާ ބެހޭ ގޮތުން ޕްރެޑިކްޝަން ބުނަނީ ކީކޭ؟
12 ޖުލައި 2026

ޓުޗެލް ބުނީ އިންގްލެންޑްގެ ނަސީބު ރަނގަޅީ ކަމަށް

12 ޖުލައި 2026
ޓުޗެލް ބުނީ އިންގްލެންޑްގެ ނަސީބު ރަނގަޅީ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް