Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުން

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން މަގާމުން ވަކިކުރި ސާމިހު، އަނެއްކާ ވެސް މަރު ތަހުގީގުކުރާ ޑިޕަރޓްމެންޓްް ގެ ވެރިޔަކަށް

14 ޖުލައި 2026 | އަންގާރަ 01:43

ހ. ފެންޓޮނޯއީގޭގެ 9 ވަނަ ބުރިން ވެއްޓުނު ޔުމްނުގެ މައްސަލައިގައި އާއިލާއަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކުރެވޭ ޗީފް އިންސްޕެކްޓަރ މުހައްމަދު ސާމިހު، ފުލުހުންގެ އޮނިގަނޑަށް ގެނައި ބަދަލަކާއެކު އަލުން ކުރީގެ މަގާމަށް އައްޔަނުކޮށްފި. އާއިލާއިން އޭނާ ވަކިކުރުމަށް ތަކުރާރުކޮށް ގޮވާލަމުންދަނިކޮށް، ސާމިހު ކުރިން ބަދަލުކޮށްފައިވަނީ ތަހުގީގުތަކުގެ މިންގަނޑު ކަނޑައަޅާ ޑިޕާޓްމަންޓަށް މި ނިންމުމާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 14 ޖުލައި 2026 | އަންގާރަ 01:43
ފުލުހުންގެ ހޯމިސައިޑް އިންވެސްޓިގޭޝަން ނުވަތަ މަރުތަކުގެ މައްސަލަ ބެލުމަށް އޮންނަ ޔުނިޓްގެ ވެރިޔާ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސާމިހު

ފުލުހުންގެ ހޯމިސައިޑް އިންވެސްޓިގޭޝަން ނުވަތަ މަރުތަކުގެ މައްސަލަ ބެލުމަށް އޮންނަ ޔުނިޓްގެ ވެރިޔާ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސާމިހު | ރާއްޖެއެމްވީ

ހ. ފެންޓޮނޯއީގޭގެ 9 ވަނަ ބުރިން ހައްވާ ޔުމްނު ވެއްޓިފައި އޮތް ހާދިސާގައި ދޮގު މައުލޫމާތު ދީފައިވާތީ އެ މައްސަލަ ތަހުގީގުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސާމިހް ވަކިކުރަން ގޮވާލާފައިވަނިކޮށް އޭނާ އެ މަގާމުން ދުރު ކުރުމަށްފަހު އަނެއްކާ ވެސް އެ މަގާމަށް އޭނާ އައްޔަނުކޮށްފި އެވެ.

ފުލުހުން ވަނީ މިކަން ރާއްޖެއެމްވީ އަށް ކަށަވަރު ކޮށްދީފަ އެވެ. ފުލުހުން ބުނީ ސާމިހު އެ މަގާމަށް އަލުން އައްޔަނުކުރީ މިފަހުން ފުލުހުންގެ މުއައްސަސާގެ އޮނިގަނޑަށް ގެނައި ބަދަލުގެ ދަށުން ކަމަށެވެ. 

Advertisement - newsAdvertisement

އޭރު މައުލޫމާތު ލިބިފައިވާ ގޮތުގައި ސާމިހު ބަދަލުކުރީ އެހެން ޑިޕާޓްމަންޓަކަށެވެ. އޭނާ ބަދަލުކުރީ ފުލުހުންގެ ތަހުގީގުތަކުގެ މިންގަނޑު ކަނޑައަޅާ ޑިޕަރޓްމެންޓަށެވެ.

މިދިޔަ އަހަރުގެ ހ. ފެންޓޮނޯއީ ގޭގެ 9 ވަނަ ފަންގި ފިލާއިން ގެއެއްގެ ފުރާޅުމައްޗަށް ވެއްޓީ ބޮޑެތި ޒަހަމްތަކާއެކު އެޮއްވާ ފެނުނު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ ތަހުގީގާއި ގުޅިގެން އާއިލާއަށް ދޮގު މައުލޫމާތު ތަކުރާރުކޮށް ދީފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.

އެ މައްސަލަ އިސްކޮށް ބަލަމުން ދިޔައީ ސާމިހު އެވެ. ނަމަވެސް، އެ މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތުގެ ސަބަބުން އޭނާއަށް ވަރަށް ބޮޑަށް އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާއިރު އޭނާ އެ މަގާމުން ވަކިކުރުމަށް ޔުމްނުގެ އާއިލާ އިން ވެސް ގޮވާލި އެވެ. 

ޔުމްނުގެ އާއިލާއިން ބުނީ ނިޒާމުގެ ތެރޭގައި ހުންނަވައިގެން ނިޒާމަށް ބަދަލެއް ގެނައުމަކީ އުނދަގޫކަމެއް ކަމަށެވެ. ނަމަވެސް ބައްދަލުވުންތަކުގައި ތަކުރާރުކޮށް އާއިލާއަށް ދޮގު މައުލޫމާތު ދިން ފުލުސް އޮފިސަރު ސާމިހު ވަކިކޮށްގެން ބަދަލު ގެނެވިދާނެ ކަމަށެވެ. އަދި ޓެކްސް ދައްކާ ފަރާތްތަކުގެ ފައިސާ އިސްރާފުވާގޮތަށް ކޮމިޝަނެއް ހެދުމުގެ ކުރިން ވެސް ކުރަންވީ ކަމަކީ ސާމިހު ވަކިކުރުން ކަމަށެވެ. އަދި މިއީ ފުރަތަމަ ފިޔަވަޅު ކަމަށް ވެސް ބުނެފައިވެ އެވެ.

ހައްވާ ޔުމްނު ރަޝީދުމުހައްމަދު ސާމިހްދިވެހި ފުލުހުންގެ ޚިދުމަތް

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

12 ޖުލައި 2026

ސައިކަލަކާއި ލޮރީއެއް ޖެހި މީހަކު ނިޔާވެއްޖެ

12 ޖުލައި 2026
ސައިކަލަކާއި ލޮރީއެއް ޖެހި މީހަކު ނިޔާވެއްޖެ
11 ޖުލައި 2026

ލޯންޗް އެކްސިޑެންޓް: އަނިޔާވި 5 މީހުންގެ ތެރެއިން 3 މީހުންނަށް އަދިވެސް ވޯޑުގައި ދަނީ ފަރުވާ ދެމުން!

11 ޖުލައި 2026
ލޯންޗް އެކްސިޑެންޓް: އަނިޔާވި 5 މީހުންގެ ތެރެއިން 3 މީހުންނަށް އަދިވެސް ވޯޑުގައި ދަނީ ފަރުވާ ދެމުން!
09 ޖުލައި 2026

ވ.ފުލިދޫ ކަނޑަށް މުދާ އުފުލާ ބޯޓެއް އަޑިޔަށް ހިނގައްޖެ

09 ޖުލައި 2026
ވ.ފުލިދޫ ކަނޑަށް މުދާ އުފުލާ ބޯޓެއް އަޑިޔަށް ހިނގައްޖެ
08 ޖުލައި 2026

އައްޑޫގައި މާރާމާރީއެއް ހިންގި މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރުކޮށްފި

08 ޖުލައި 2026
އައްޑޫގައި މާރާމާރީއެއް ހިންގި މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރުކޮށްފި
08 ޖުލައި 2026

ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރު ކޮށްފި

08 ޖުލައި 2026
ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރު ކޮށްފި
07 ޖުލައި 2026

މަސްތުވާތަކެއްޗާއެކު މުރައިދޫ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު ހައްޔަރު ކޮށްފި

07 ޖުލައި 2026
މަސްތުވާތަކެއްޗާއެކު މުރައިދޫ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު ހައްޔަރު ކޮށްފި
07 ޖުލައި 2026

ހިތަދޫ ގެއަކަށްވަދެ، މާރާމާރީ ހިންގައި ފޭރުން: 3 މީހަކު ހައްޔަރުކޮށް، މިފަދަ މައްސަލަތަކުގައި ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފި

07 ޖުލައި 2026
ހިތަދޫ ގެއަކަށްވަދެ، މާރާމާރީ ހިންގައި ފޭރުން: 3 މީހަކު ހައްޔަރުކޮށް، މިފަދަ މައްސަލަތަކުގައި ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފި
06 ޖުލައި 2026

ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ މަސައްކަތް މުޅިން ހުއްޓިފައި، އެއްވެސް ކަމެއް ނުހިނގާ

06 ޖުލައި 2026
ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ މަސައްކަތް މުޅިން ހުއްޓިފައި، އެއްވެސް ކަމެއް ނުހިނގާ
03 ޖުލައި 2026

ރައްޔިތުންގެ ހިތްތަކަށް އަމާންކަން ގެނެސްދޭ ފަރުވާއަކަށް ފުލުހުން ވާންޖެހޭ: ސީޕީ

03 ޖުލައި 2026
ރައްޔިތުންގެ ހިތްތަކަށް އަމާންކަން ގެނެސްދޭ ފަރުވާއަކަށް ފުލުހުން ވާންޖެހޭ: ސީޕީ
03 ޖުލައި 2026

ފުލުހުންގެ ޚިދުމަތާ އަލަށް 140 ފުލުހުން ގުޅިއްޖެ

03 ޖުލައި 2026
ފުލުހުންގެ ޚިދުމަތާ އަލަށް 140 ފުލުހުން ގުޅިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް