Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ސެމީ ފައިނަލުގެ ޓީމުތަކުގެ ތެރެއިން ތަށި އުފުލާލުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ކޮން ގައުމަކަށް؟

13 ޖުލައި 2026 | ހޯމަ 10:21

ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް އާޖެންޓީނާ، އިނގިރޭސިވިލާތް، ސްޕެއިން އަދި ފްރާންސް ދަތުރުކޮށްފައިވާއިރު، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި އިނގިރޭސިންގެ ކުޅުން މިހާތަނަށް ދަށްކޮށް ފެނުނު ނަމަވެސް، މި ހަތަރު ގައުމުގެ އަމާޒަކީ ވެސް އާދީއްތަ ދުވަހު އޮންނަ ފައިނަލުން ޖާގަ ހޯދުން.

ރާއްޖެ އެމްވީ | 13 ޖުލައި 2026 | ހޯމަ 10:21
އިންގްލެންޑްގެ ފޯވާޑް ނަންބަރު 09 ހެރީ ކޭން (ވ) އަދި އާޖެންޓީނާގެ ފޯވާޑް ނަންބަރު 10 ލިއޮނަލް މެސީ.

އިންގްލެންޑްގެ ފޯވާޑް ނަންބަރު 09 ހެރީ ކޭން (ވ) އަދި އާޖެންޓީނާގެ ފޯވާޑް ނަންބަރު 10 ލިއޮނަލް މެސީ. | ގެޓީ އިމޭޖަސް

 ޖޫން މަހުގެ 11 ވަނަ ދުވަހު ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ އުންމީދާއެކު 48 ގައުމަކުން މުބާރާތް ފެށި ނަމަވެސް، މިހާރު މުބާރާތުގައި ބާކީ އޮތީ އެންމެ ހަތަރު ގައުމެއްގެ އުންމީދެވެ.

ފީފާ ރޭންކިންގެ އެންމެ ކުރީގައި އުޅޭ ހަތަރު ޓީމު، އަންގާރަ އަދި ބުދަ ދުވަހު ކުރިމަތިލާއިރު، މި ހަތަރު ގައުމަކީ މީގެ ކުރިން އަށް ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޓީމުތަކެވެ. މި ޓީމުތަކުގެ އަމާޒަކީ ޖުލައި 19 ވާ އާދީއްތަ ދުވަހު ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅޭ ކުޅިވަރުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ވޯލްޑް ކަޕް ފައިނަލުން ޖާގައެއް ކަށަވަރު ކުރުމެވެ.

4. އާޖެންޓީނާ

ކެންސަސް ސިޓީގެ ކެންސަސް ސިޓީ ސްޓޭޑިއަމްގައި، ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗު ފެށުމުގެ ކުރިން އާޖެންޓީނާގެ ފުރަތަމަ އެގާރަ ޓީމު ފޮޓޯއަކަށް ހުއްޓިލައިގެން.

ކެންސަސް ސިޓީގެ ކެންސަސް ސިޓީ ސްޓޭޑިއަމްގައި، ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗު ފެށުމުގެ ކުރިން އާޖެންޓީނާގެ ފުރަތަމަ އެގާރަ ޓީމު ފޮޓޯއަކަށް ހުއްޓިލައިގެން. | ގެޓީ އިމޭޖަސް

މިއީ ކިހިނެއްވީ ކަމެއް ހެއްޔެވެ؟ އެންމެ ފަހުގެ ޗެމްޕިއަނުންނަށް މި ލިސްޓުގެ ފުލުން ޖާގަ ލިބުނީ ކީއްވެ ހެއްޔެވެ؟

އަލްޖީރިއާ، އޮސްޓްރިއާ، އުރުދުން، ކޭޕް ވާޑް، މިސްރު އަދި ސުވިޒަލޭންޑާ ދެކޮޅަށް ކުޅެގެން ވޯލްޑް ކަޕެއްގެ ސެމީ ފައިނަލާ ހަމައަށް ދިއުމަކީ މިހާތަނަށް ޓީމަކަށް ލިބޭނެ އެންމެ ފަސޭހަ މަގު ކަމަށް ބެލެވިދާނެއެވެ. އަދި މި ދަތުރުގައި އާޖެންޓީނާގެ ފަރާތުން ފެނިފައިވަނީ އެހާ އިތުބާރު ހުރި ކުޅުމެއް ނޫނެވެ.

ނޮކައުޓް މަރުހަލާގައި ކޭޕް ވާޑް އަދި މިސްރު އަތުން މޮޅުވުމަށް އާޖެންޓީނާ ވަރަށް ބޮޑަށް ދާ އޮހޮރުވަން ޖެހުނެވެ. ހޮނިހިރު ދުވަހުގެ ރޭ ކެންސަސް ސިޓީގައި ސުވިޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ފެނުނީ ހަމަ މި މަންޒަރެވެ. އެލެކްސިސް މެކް އެލިސްޓާ މެޗުގެ ކުރީކޮޅު ލަނޑެއް ޖަހައި ކުރި ހޯދައިދިން ނަމަވެސް، އޭގެ ފަހުން މެޗުގެ 90 މިނެޓު ހަމަވިއިރު ވެސް އާޖެންޓީނާއަށް ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެ އެވެ.

އުމުރުން ދުވަސްވީ ކުޅުންތެރިން ގިނަ އާޖެންޓީނާ ޓީމު މޮޅުވީ، ގަދަ ހޫނުގައި 120 މިނެޓު ކުޅެގެންނެވެ. ސުވިޒަލޭންޑުގެ 11 ކުޅުންތެރިން މެޗު ނިމެންދެން ދަނޑުމަތީގައި ތިބި ނަމަ މެޗުގެ ނަތީޖާ ތަފާތުވީސްކަން ޔަގީނެވެ. ނަމަވެސް، އެންމެ ފަހުގެ ޗެމްޕިއަނުން އަނެއްކާވެސް މިވަނީ އެންމެ ރަނގަޅު ކުޅުން ނުދެއްކުނު ނަމަވެސް މޮޅުވާނެ ގޮތެއް ހޯދާފަ އެވެ.

އިނގިރޭސިވިލާތާ ދެކޮޅަށް ކުޅޭއިރު މިފަދަ ދަށް ކުޅުމަކުން އާޖެންޓީނާއަށް ސަލާމަތެއް ނުވެވޭނެ އެވެ. އެހެންނަމަވެސް، އިނގިރޭސި ސަޕޯޓަރުން ވެސް އެ ގައުމުގެ ޓީމާ މެދު ބުނަމުންދަނީ ހަމަ މިފަދަ ވާހަކަތަކެކެވެ. ކުއާޓާ ފައިނަލުގެ މެޗުތަކުގައި ހެރީ ކޭން އާއި ލިއޮނަލް މެސީގެ ފަރާތުން ވެސް ފެނުނީ އެ ކުޅުންތެރިންގެ އަސްލު ފެންވަރަށް ވުރެ ދަށް ކުޅުމެކެވެ.

މިސްރު އަތުން ފަހަތުން އަރައި މޮޅުވި މެޗަށްފަހު މެސީގެ ފަރާތުން ފެނުނު އަސަރުގަދަ މަންޒަރުތަކުން، ތިން ފަހަރުގެ ޗެމްޕިއަނުން މުބާރާތުން ވަކިވާން ކިހާ ގާތްވިކަން ހާމަވެއެވެ. އިނގިރޭސިވިލާތާ ދެކޮޅަށް ކުޅޭ ފޯރިގަދަ މެޗު ނިމޭއިރު، ދެ ފަރާތުން ވެސް ރުޅިގަދަވެ، ކަރުނަ އަޅާނެ މަންޒަރުތަކެއް ފެންނާނެ ކަމަށް ބެލެވެ އެވެ.

އިނގިރޭސިވިލާތާ ދެކޮޅަށް ފުރަތަމަ ފަހަރަށް ކުޅޭ މެޗުގައި މެސީ އާއި އާޖެންޓީނާއަށް އެމީހުންގެ އަސްލު ކުޅުން ދެއްކިއްޖެނަމަ، އަދި ޖެހިޖެހިގެން ތިންވަނަ ފަހަރަށް ނޮކައުޓް މަރުހަލާގައި އިނގިރޭސިން ބަލިކޮށްފިނަމަ، ފައިނަލަށް ދާއިރު އެ ޓީމަށް ލިބޭނެ އިތުބާރު ވަރަށް ބޮޑުވާނެ އެވެ.

އެހެންނަމަވެސް، މި ހޫނު މޫސުމުގައި އެމެރިކާގައި އާޖެންޓީނާ ދައްކަމުންދާ ކުޅުމަށް ބަލާއިރު، އެފަދަ ކަމެއް ހިނގައިފާނެ ކަމަކަށް ނުބެލެވެ އެވެ.

އަދި އެގޮތަށް ކަންތައް ވީ ނަމަވެސް، ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން ނުވަތަ 2022 ވަނަ އަހަރުގެ ގަތަރު ވޯލްޑް ކަޕް ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ބަލިވި ފްރާންސާ ދެކޮޅަށް އާޖެންޓީނާއަށް ކުރިހޯދިދާނެތޯ އެއީ އުފެދޭ ބޮޑު ސުވާލެކެވެ.

3. އިނގިރޭސިވިލާތް

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލްގައި، ފްލޮރިޑާގެ މިއާމީ ގާޑަންސްގެ މިއާމީ ސްޓޭޑިއަމްގައި 2026 ޖުލައި 11 ވީ ދުވަހު ނޯވޭ އާއި އިންގްލެންޑް ބައްދަލުކުރި މެޗުގެ ކުރިން ނަގާފައިވާ އިންގްލެންޑް ޓީމުގެ ފޮޓޯއެއް.

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލްގައި، ފްލޮރިޑާގެ މިއާމީ ގާޑަންސްގެ މިއާމީ ސްޓޭޑިއަމްގައި 2026 ޖުލައި 11 ވީ ދުވަހު ނޯވޭ އާއި އިންގްލެންޑް ބައްދަލުކުރި މެޗުގެ ކުރިން ނަގާފައިވާ އިންގްލެންޑް ޓީމުގެ ފޮޓޯއެއް. | ގެޓީ އިމޭޖަސް

މި މުބާރާތުގައި އިނގިރޭސިވިލާތުގެ އެންމެ ރަނގަޅު ކުޅުން ފެނިއްޖެ ހެއްޔެވެ؟ ބޮޑަށް ބެލެވެނީ ނޫން ކަމަށެވެ. އެހެންނަމަވެސް، މިއީ ތާރީޚުގައި ހަތަރުވަނަ ފަހަރަށް އެ ގައުމުން ސެމީ ފައިނަލުން ޖާގަ ހޯދި ފަހަރެވެ.

ނޯވޭ އަތުން ހޯދި މޮޅަކީ އެހާ ރީތި ނުވަތަ އިތުބާރު ހުރި މޮޅެއް ނޫނެވެ. ކޯޗު ތޯމަސް ޓުޗެލް ވެސް ވަނީ ސެމީއަށް ދެވުނީ ނަސީބު ރަނގަޅުކަމުން ކަމަށް އެއްބަސްވެފަ އެވެ. އެ މެޗުން މޮޅުވުމުގައި ޖޫޑް ބެލިންހަމްގެ ދައުރު ބޮޑެވެ. މިޑްފީލްޑަރަކަށް ރަން ބޫޓު ލިބިދާނެ ހެއްޔެވެ؟ އޭނާ މިހާރު ވަނީ ހަ ލަނޑު ޖަހާފަ އެވެ. މިއީ މެސީ އާއި ކީލިއަން އެމްބާޕޭއަށް ވުރެ އެންމެ ދެ ލަނޑު މަދު އަދަދެކެވެ.

ޓުޗެލް ކަންބޮޑުވާ ކަމަކީ، ކްރޮއޭޝިއާ އަތުން 4-2 އިން މޮޅުވި މެޗުގެ ދެވަނަ ހާފުގެ 20 މިނެޓު ފިޔަވައި، އިނގިރޭސިވިލާތަށް އެއްވެސް ޓީމެއްގެ މައްޗަށް ފުރިހަމައަށް ބާރު ނުފޯރުވޭ ކަމެވެ. މެކްސިކޯއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗުގައި ވެސް 3-2 އިން މޮޅުވީ ކައުންޓަރ އެޓޭކްތަކެއްގެ އެހީގަ އެވެ.

އިނގިރޭސި ޓީމުން ދައްކައިދީފައިވަނީ ހިތްވަރެވެ. 60 އަހަރަށްފަހު ދެވަނަ ފަހަރަށް ވޯލްޑް ކަޕް ތަށި ހޯދުމަށް ނުކުންނައިރު، އެ ޓީމަށް އަދި މިއަށްވުރެ ބޮޑު ހިތްވަރެއް ބޭނުންވާނެ އެވެ.

އާޖެންޓީނާއާ ދެކޮޅަށް ކުޅޭ މެޗަކީ ހަމައެކަނި 11 ކުޅުންތެރިންގެ ކުރިމަތިލުމެއް ނޫނެވެ. މިއީ ފުޓްބޯޅައިގެ ތާރީޚާ ގުޅިފައިވާ، ވަރަށް ބޮޑު ޕްރެޝަރެއް އޮންނާނެ މެޗެކެވެ.

އިނގިރޭސިވިލާތަށް އޮތް ހިތްހަމަޖެހުމަކީ، ދުނިޔޭގެ ހަތަރުވަނަ ރޭންކިންގައި އޮވެ، ސެމީ ފައިނަލާ ހަމައަށް ދެވުމެވެ. މިއީ އެ ޓީމަށް ލިބުނު ކާމިޔާބީއެކެވެ. ދުނިޔޭގެ އެންމެ މޮޅު ދެ ޓީމުގެ ތެރޭގައި އިނގިރޭސިން ނުގުނާތީ، އެކަމުގެ ސަބަބުން ޕްރެޝަރު ކުޑަވުމަކީ އެކަށީގެންވާ ކަމެކެވެ.

މެކްސިކޯ ސިޓީގެ އުސް ސަރަހައްދުތަކާއި މިއާމީގެ ގަދަ ހޫނަށްފަހު، އެޓްލާންޓާގެ 22 ޑިގްރީ ސެލްސިއަސްގެ ފިނި މާހައުލުގައި ކުޅެން ލިބުމަކީ އިނގިރޭސި ކުޅުންތެރިންނަށް ލިބޭނެ ބޮޑު ލުޔެކެވެ.

އިނގިރޭސި ޓީމުގައި އާ ސަސްޕެންޝަނެއް ނެތްއިރު، ޖަރެލް ކުއާންސާގެ ދެ މެޗުގެ ސަސްޕެންޝަނުން ބާކީ އޮތީ އެންމެ މެޗެކެވެ. އަދި ރީސް ޖޭމްސް ވެސް ވަނީ ނޯވޭ މެޗުގައި ކުޅެފައެވެ. ބަލިވެ އުޅުމަށްފަހު ނޯވޭ މެޗުގެ ފަހު 45 މިނެޓުގައި ކުޅުނު ޑެކްލަން ރައިސް މުޅިން ފިޓްވާނެ ކަމުގެ އުންމީދު އެބައޮތެވެ.

އާޖެންޓީނާގެ އުމުރުން ދުވަސްވީ ޓީމަށް، ކޭޕް ވާޑް، މިސްރު އަދި ސުވިޒަލޭންޑުގެ ހަލުވި ކުޅުންތެރިން ހުއްޓުވަން އުނދަގޫވި އެވެ. އެހެންކަމުން ބުކާޔޯ ސާކާ، އެންތަނީ ގޯޑަން އަދި މާކަސް ރަޝްފޯޑް ފަދަ ހަލުވި ކުޅުންތެރިންނަށް އޭގެ ފައިދާ ނެގިދާނެ އެވެ.

މެސީ ފިޔަވައި އާޖެންޓީނާގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް ފެނިފައި ނުވި ނަމަވެސް، ހޫލިއަން އަލްވަރޭޒް ސުވިޒަލޭންޑް ކޮޅަށް ޖެހި މޮޅު ލަނޑަކީ އޭނާގެ ފޯމު އަންނަކަމުގެ ނިޝާނަކަށް ވެދާނެ އެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު، އިނގިރޭސިވިލާތް ފައިނަލަށް ދާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް ފްރާންސް ނުވަތަ ސްޕެއިން ބަލިކުރުމަކީ އިނގިރޭސިންނަށް ވަރަށް އުނދަގޫ ކަމަކަށް ވާނެ އެވެ.

2. ސްޕެއިން

މެސެޗޫސެޓްސްގެ ފޮކްސްބަރޯގެ ބޮސްޓަން ސްޓޭޑިއަމްގައި، ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗު ފެށުމުގެ ކުރިން، ފްރާންސްގެ ގައުމީ ޓީމުގެ ފުރަތަމަ އެގާރަ ކުޅުންތެރިން ގްރޫޕް ފޮޓޯއަކަށް ހުއްޓިލައިގެން.

މެސެޗޫސެޓްސްގެ ފޮކްސްބަރޯގެ ބޮސްޓަން ސްޓޭޑިއަމްގައި، ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗު ފެށުމުގެ ކުރިން، ފްރާންސްގެ ގައުމީ ޓީމުގެ ފުރަތަމަ އެގާރަ ކުޅުންތެރިން ގްރޫޕް ފޮޓޯއަކަށް ހުއްޓިލައިގެން. | ގެޓީ އިމޭޖަސް

ސްޕެއިން އަކީ ވެސް މި މުބާރާތުގައި އަދި އެންމެ މޮޅު ކުޅުން ނުދެއްކޭ ޓީމެކެވެ. އެ ޓީމުގެ ފަރާތުން ފާހަގަކޮށްލެވޭ ކުޅުމެއް ފެނުނީ ހަމައެކަނި ގަދަ 32 ގައި އޮސްޓްރިއާ ބަލިކުރި މެޗުގަ އެވެ.

ކުއާޓާ ފައިނަލުގައި ބެލްޖިއަމުން ސްޕެއިން ކޮޅަށް ލަނޑެއް ޖެހި ނަމަވެސް، އޭގެ ކުރިން 649 މިނެޓު ވަންދެން ބައިކޮޅަށް ލަނޑެއް ނުވައްދައި ސްޕެއިން ވަނީ ރެކޯޑެއް ހަދާފަ އެވެ. މިހާތަނަށް ކުޅުނު ހަ މެޗުގައި އިދިކޮޅު ޓީމުތަކަށް ސްޕެއިންގެ ގޯލާ އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ހަތް ހަމަލާ އެވެ.

ލަމީން ޔަމާލްގެ ފަރާތުން އޭނާގެ އަސްލު ކުޅުން ފެންނަން ފަށާފައިވާއިރު، މިކެލް މެރީނޯ ވަނީ ޕޯޗުގަލް އަދި ބެލްޖިއަމް މެޗުގެ ފަހު ވަގުތު ލަނޑު ޖަހައިގެން ޓީމު ސަލާމަތްކޮށްދީފަ އެވެ. ނަމަވެސް ހަތަރު ލަނޑު ޖަހާފައިވާ މިކެލް އޮޔާޒަބަލްގެ ފޯމު ފަހަކަށް އައިސް ވަނީ ދަށްވެފަ އެވެ.

ޒުވާން ޑިފެންޑަރު ޕާއު ކުބާސީ ރަނގަޅު ކުޅުމެއް ދައްކަމުން ދިޔަ ނަމަވެސް، އެމްބާޕޭ އާއި އޮސްމާން ޑެމްބެލޭ ފަދަ ނުރައްކާތެރި ކުޅުންތެރިންނާ އޭނާ އަދި ކުރިމަތިލާން ޖެހޭނެ އެވެ.

ސްޕެއިން ފައިނަލަށް ގޮސްފިނަމަ، ތަށި ހޯދުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް ފްރާންސް އަތުން މިފަހަރު މޮޅުވުމަކީ ސްޕެއިނަށް އުނދަގޫ ކަމަކަށް ވާނެ އެވެ.

1. ފްރާންސް

މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ވެސް ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނަމުން އައީ ފްރާންސަކީ މި މުބާރާތުގެ އެންމެ ވަރުގަދަ ޓީމު ކަމަށެވެ. އެ ޓީމުގެ އެޓޭކާއި ޑިފެންސް ވެސް އޮތީ ވަރަށް ވަރުގަދަކޮށެވެ.

މޮރޮކޯ އަތުން 2-0 އިން މޮޅުވި މެޗުގައި ވެސް ފްރާންސްގެ ޑިފެންސް ފެނުނީ ވަރުގަދަކޮށެވެ. އެމްބާޕޭ ވަނީ އިތުރު ލަނޑެއް ޖަހައި، ރަން ބޫޓުގެ ރޭހުގައި ކުރިއަށް ޖެހިލާފަ އެވެ. އަދި އޮލީސޭ، ޑެމްބެލޭ، އަދި ބްރެޑްލީ ބާކޯލާ ފަދަ ކުޅުންތެރިންނަކީ ދުނިޔޭގެ އެހެން އެއްވެސް ޓީމެއްގައި ނެތް ފަދަ ނުރައްކާތެރި ކުޅުންތެރިންނެވެ.

ސްޕެއިނާ ދެކޮޅަށް ކުޅޭއިރު ފްރާންސްގެ ޑިފެންސަށް ބޮޑު އިމްތިހާނަކާ ކުރިމަތިލާން ޖެހޭނެ އެވެ. ޑެނީ އޮލްމޯ އާއި ފެރާން ޓޮރޭޒް ފަދަ ކުޅުންތެރިންނަކީ ނުރައްކާ ކުރާނެ ކުޅުންތެރިންނެވެ.

ފްރާންސް ބަލިކުރާ ކޮންމެ ޓީމަކަށް ވޯލްޑް ކަޕް ތަށި ލިބުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް ފްރާންސްގެ ފޯވާޑުންގެ ހަލުވިކަމާ އެއްވަރު ކުރެވޭނެ އެހެން ޓީމެއް މުބާރާތަކު ނެތެވެ. ސްޕެއިނަކީ އުނދަގޫ ޓީމަކަށް ވިޔަސް، ފާއިތުވި ދެ އަހަރު ސްޕެއިން އަތުން ވީ ބަލިތަކުގެ ބަދަލު ހިފުމުގެ ރޫހުގައި ނުކުމެ، ފްރާންސް މެޗު ކާމިޔާބު ކުރާނެ ކަމަށް ބެލެވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

ފީފާ ވޯލްޑް ކަޕްއާޖެންޓީނާއިނގިރޭސިވިލާތްފްރާންސްސްޕެއިން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 ޖުލައި 2026

ފްރާންސް ޓީމުގައި "ފްރާންސްގެ މީހަކު ނެތް" ކަމަށް، ސްޕެއިންގެ ކުރީގެ ބޮޑު ވަޒީރު ރަޖޯއީ ވިދާޅުވި މައްސަލަ ހޫނުވެއްޖެ

13 ޖުލައި 2026
ފްރާންސް ޓީމުގައި "ފްރާންސްގެ މީހަކު ނެތް" ކަމަށް، ސްޕެއިންގެ ކުރީގެ ބޮޑު ވަޒީރު ރަޖޯއީ ވިދާޅުވި މައްސަލަ ހޫނުވެއްޖެ
13 ޖުލައި 2026

އާޖެންޓީނާ މޮޅުވާން ބޭނުން ނުވާ ބަޔަކު އެބަ ތިބި، އެއީ ހިތްވަރެއް: ސްކަލޯނީ

13 ޖުލައި 2026
އާޖެންޓީނާ މޮޅުވާން ބޭނުން ނުވާ ބަޔަކު އެބަ ތިބި، އެއީ ހިތްވަރެއް: ސްކަލޯނީ
13 ޖުލައި 2026

ފްރާންސްއާ ގުޅޭ ގޮތުން ރަޖޯއި ދެއްކި ވާހަކަތަކާ ގުޅިގެން، ސްޕެއިންގެ ބޮޑު ވަޒީރު ސަންޗޭޒް ކޯފާވެއްޖެ

13 ޖުލައި 2026
ފްރާންސްއާ ގުޅޭ ގޮތުން ރަޖޯއި ދެއްކި ވާހަކަތަކާ ގުޅިގެން، ސްޕެއިންގެ ބޮޑު ވަޒީރު ސަންޗޭޒް ކޯފާވެއްޖެ
13 ޖުލައި 2026

ނޯވޭ މެޗުގެ ކުރިން ތިން ދުވަސް ވަންދެން ރައިސް އޮތީ އެނދުމަތީގައި!

13 ޖުލައި 2026
ނޯވޭ މެޗުގެ ކުރިން ތިން ދުވަސް ވަންދެން ރައިސް އޮތީ އެނދުމަތީގައި!
13 ޖުލައި 2026

އިންގްލެންޑާއި އާޖެންޓީނާގެ ސެމީ ފައިނަލް: ތާރީޚު ބުރަ ވަނީ އިންގްލެންޑު ކޮޅަށް، އާޖެންޓީނާގެ ހިތްވަރަކީ މެސީ!

13 ޖުލައި 2026
އިންގްލެންޑާއި އާޖެންޓީނާގެ ސެމީ ފައިނަލް: ތާރީޚު ބުރަ ވަނީ އިންގްލެންޑު ކޮޅަށް، އާޖެންޓީނާގެ ހިތްވަރަކީ މެސީ!
13 ޖުލައި 2026

މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ވެސް، ފީފާ ރޭންކިންގެ ގަދަ ހަތަރު ޓީމު ސެމީ ފައިނަލް އަށް ދިޔަ ފުރަތަމަ ފަހަރު

13 ޖުލައި 2026
މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ވެސް، ފީފާ ރޭންކިންގެ ގަދަ ހަތަރު ޓީމު ސެމީ ފައިނަލް އަށް ދިޔަ ފުރަތަމަ ފަހަރު
13 ޖުލައި 2026

ސްޕެއިން އާއި ފްރާންސް: އެމްބާޕޭ އާއި ޔަމާލްގެ ކުރިމަތިލުން، ނަތީޖާ ބުރަވަނީ ސްޕެއިން ކޮޅަށް!

13 ޖުލައި 2026
ސްޕެއިން އާއި ފްރާންސް: އެމްބާޕޭ އާއި ޔަމާލްގެ ކުރިމަތިލުން، ނަތީޖާ ބުރަވަނީ ސްޕެއިން ކޮޅަށް!
12 ޖުލައި 2026

2030 ގެ ފީފާ ވޯލްޑް ކަޕް 64 ޓީމަށް ފުޅާކުރުމަށް ފީފާގެ ރައީސް ވިސްނަވަނީ

12 ޖުލައި 2026
2030 ގެ ފީފާ ވޯލްޑް ކަޕް 64 ޓީމަށް ފުޅާކުރުމަށް ފީފާގެ ރައީސް ވިސްނަވަނީ
12 ޖުލައި 2026

ގޮންޖެހުންތަކާ ކުރިމަތިލުމަކީ އާޖެންޓީނާގެ ލޭގައި ހުރި ކަމެއް: ސްކަލޯނީ

12 ޖުލައި 2026
ގޮންޖެހުންތަކާ ކުރިމަތިލުމަކީ އާޖެންޓީނާގެ ލޭގައި ހުރި ކަމެއް: ސްކަލޯނީ
12 ޖުލައި 2026

ވީއޭއާރުގެ ނިންމުން ތަކަށް ސްވިޒަލެންޑް ކޯޗުގެ ފާޑު ކިޔުން

12 ޖުލައި 2026
ވީއޭއާރުގެ ނިންމުން ތަކަށް ސްވިޒަލެންޑް ކޯޗުގެ ފާޑު ކިޔުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް