Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

2030 ގެ ފީފާ ވޯލްޑް ކަޕް 64 ޓީމަށް ފުޅާކުރުމަށް ފީފާގެ ރައީސް ވިސްނަވަނީ

12 ޖުލައި 2026 | އާދީއްތަ 15:56

2030 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ އަދަދު 64 އަށް އިތުރުކުރުމުގެ ފުރުސަތު އޮތްތޯ ބަލާނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ. މިއީ ކުދި ގައުމުތަކަށް ފުރުސަތު ދީ މުޅި ދުނިޔެއަށް މުބާރާތް ފުޅާކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށާއި، މި ބަދަލާއެކު މުބާރާތް ބާއްވާ ގައުމުތަކަށް އިތުރު މެޗުތައް ބޭއްވުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ރާއްޖެ އެމްވީ | 12 ޖުލައި 2026 | އާދީއްތަ 15:56
ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، 2026 ވޯލްޑްކަޕް މުބާރާތުގެ ސެމީ ފައިނަލާއި، ތިންވަނަ ހޮވާ މެޗުގެ އިތުރުން ފައިނަލް މެޗުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ރަސްމީ ބޯޅަ "ޓްރިއޮންޑާ ފައިނަލް" އާއެކު ފޮޓޯއަކަށް ހުއްޓިގެން.

ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، 2026 ވޯލްޑްކަޕް މުބާރާތުގެ ސެމީ ފައިނަލާއި، ތިންވަނަ ހޮވާ މެޗުގެ އިތުރުން ފައިނަލް މެޗުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ރަސްމީ ބޯޅަ "ޓްރިއޮންޑާ ފައިނަލް" އާއެކު ފޮޓޯއަކަށް ހުއްޓިގެން. | ގެޓީ އިމޭޖަސް

2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ފެށުމުގެ ކުރިން، މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އަދަދު އިތުރު 16 ޓީމާއެކު މުބާރާތް އިތުރަށް ފުޅާކުރުމުގެ ފުރުސަތު އޮތްތޯ ފީފާގެ އޮފިޝަލުން ބައްލަވާނެ ކަމަށް އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.

ސްވިޒަލޭންޑްގެ މީޑިއާއެއް ކަމަށްވާ "ބްލޫވިން" އަށް ދެއްވި އިންޓަވިއުއެއްގައި އިންފަންޓީނޯ ވިދާޅުވީ، މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އަދަދު 48 އިން 64 އަށް އިތުރުކުރުމަކީ ހަމަޖެހޭ ކަމެއް ކަމަށް ފެންނަ ކަމަށެވެ. އަދި މިހާރު ކުރިއަށްދާ ވޯލްޑް ކަޕަށްފަހު، ކަމާގުޅޭ ކޮމިޓީތަކުގައި މި މައްސަލައާ މެދު ބަހުސްކޮށް، ދިރާސާކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"ވޯލްޑް ކަޕެއް އިންތިޒާމުކުރާއިރު، އެއީ ހަމައެކަނި ޔޫރަޕާއި ދެކުނު އެމެރިކާއަށް އެކަނި އަމާޒުކޮށްގެން ކުރާ ކަމަކަށް ވެގެން ނުވާނެ. އެއީ މުޅި ދުނިޔެއަށް އަމާޒުކޮށްގެން ބާއްވާ މުބާރާތަކަށް ވާންޖެހޭނެ. ކޮންމެ ގައުމަކަށް ވެސް ވޯލްޑް ކަޕްގައި ކުޅުމުގެ ހުވަފެން ދެކުމުގެ ފުރުސަތު އޮންނަންވާނެ. މުޅި ދުނިޔޭގައި ވެސް ޓީމުތަކުގެ ފެންވަރު އަންނަނީ ވަރަށް ބޮޑަށް ރަނގަޅުވަމުން. ކުދި ގައުމުތަކަށް ވޯލްޑް ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ނުދޭނަމަ، އެ ގައުމުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އޮންނަ ޝައުގުވެރިކަން ކުޑަވާނެ،" އިންފަންޓީނޯ ވިދާޅުވި އެވެ.

1998 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ވޯލްޑް ކަޕްގައި ވާދަކުރަމުން އައީ 32 ޓީމެވެ. ނަމަވެސް މިހާރު ކުރިއަށްދާ 2026 ވަނަ އަހަރުގެ މުބާރާތަކީ 48 ޓީމާއެކު ބާއްވާ ފުރަތަމަ މުބާރާތެވެ.

މިހާރު ކުރިއަށްދާ މުބާރާތުގައި ބާކީ ތިބީ އާޖެންޓީނާ، އިންގްލެންޑް، ފްރާންސް އަދި ސްޕެއިން އެވެ. ކެނެޑާ، މެކްސިކޯ އަދި އެމެރިކާގައި ކުޅުމަށް ތާވަލުކުރި ޖުމްލަ 104 މެޗުގެ ތެރެއިން މިހާރު ބާކީ އޮތީ ސެމީ ފައިނަލްގެ ދެ މެޗާއި ފައިނަލް މެޗު އެކަންޏެވެ.

މުބާރާތުގައި 48 ޓީމު ބައިވެރިކުރުމަށް ނިންމި ނިންމުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އިންފަންޓީނޯ ސިފަކުރެއްވި އެވެ.

އިންފަންޓީނޯ ވިދާޅުވީ ކޮންމެ ޓީމަކުން ވެސް ވަރަށް މަތީ ފެންވަރެއްގައި ކުޅެފައިވާ ކަމަށާއި، ހުރިހާ ބައްރުތަކެއްގެ ޓީމުތަކުން ވެސް ލަނޑު ޖަހައި، މަދުވެގެން އެއް ޕޮއިންޓް ހޯދާފައިވާ ކަމަށެވެ. "އެފްރިކާގެ 10 ޓީމުގެ ތެރެއިން 9 ޓީމެއް ވަނީ ނޮކްއައުޓް ބުރަށް ދަތުރުކޮށްފައި. އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގައި އެފްރިކާއިން ބައިވެރިވީ އެންމެ 5 ޓީމު. މިއިން އެނގެނީ ހުރިހާ ޓީމުތަކެއް މުބާރާތުގައި ބައިވެރިކޮށް، މި ފުރުސަތު ދިނުމުގެ މުހިންމުކަން،" އޭނާ ވިދާޅުވި އެވެ.

2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އެކި ބައްރުތަކަށް ބަހާލައިގެންނެވެ.

އެގޮތުން މުބާރާތުގެ ފުރަތަމަ ތިން މެޗު އުރުގުއޭ، އާޖެންޓީނާ އަދި ޕެރަގުއޭގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ބާކީ މެޗުތައް ކުޅޭނީ މޮރޮކޯ، ޕޯޗުގަލް އަދި ސްޕެއިންގަ އެވެ. ޓީމުތަކުގެ އަދަދު 64 އަށް އިތުރުކޮށްފިނަމަ، ދެކުނު އެމެރިކާގެ ގައުމުތަކުގައި ހަމައެކަނި އެއް މެޗު ކުޅުމުގެ ބަދަލުގައި، ހަތަރު ޓީމު ހިމެނޭ ގްރޫޕެއްގެ ހުރިހާ މެޗެއް އެ ގައުމުތަކުގައި ބޭއްވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ފީފާޖިއާނީ އިންފަންޓީނޯފީފާ ވޯލްޑް ކަޕް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

12 ޖުލައި 2026

ފީފާއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ، މިނިވަން ކުޅިވަރު ފެޑަރޭޝަނެކޭ ބުނީ ކާކު؟

12 ޖުލައި 2026
ފީފާއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ، މިނިވަން ކުޅިވަރު ފެޑަރޭޝަނެކޭ ބުނީ ކާކު؟
12 ޖުލައި 2026

ވޯލްޑް ކަޕް ފައިނަލް މެޗް ކުޅޭ ދަނޑުގެ ވިނަކޮޅުވެސް ފީފާ އިން ވިއްކާލަނީ، ވިނަކޮޅެއްގެ ފެށޭ އަގު އުޅެނީ 450 ޑޮލަށް

12 ޖުލައި 2026
ވޯލްޑް ކަޕް ފައިނަލް މެޗް ކުޅޭ ދަނޑުގެ ވިނަކޮޅުވެސް ފީފާ އިން ވިއްކާލަނީ، ވިނަކޮޅެއްގެ ފެށޭ އަގު އުޅެނީ 450 ޑޮލަށް
12 ޖުލައި 2026

ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރީ ކޮން ޓީމުތަކެއް؟ ޗެމްޕިއަން ޓީމާ ބެހޭ ގޮތުން ޕްރެޑިކްޝަން ބުނަނީ ކީކޭ؟

12 ޖުލައި 2026
ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރީ ކޮން ޓީމުތަކެއް؟ ޗެމްޕިއަން ޓީމާ ބެހޭ ގޮތުން ޕްރެޑިކްޝަން ބުނަނީ ކީކޭ؟
12 ޖުލައި 2026

ޓުޗެލް ބުނީ އިންގްލެންޑްގެ ނަސީބު ރަނގަޅީ ކަމަށް

12 ޖުލައި 2026
ޓުޗެލް ބުނީ އިންގްލެންޑްގެ ނަސީބު ރަނގަޅީ ކަމަށް
12 ޖުލައި 2026

އާޖެންޓީނާއާއި ސުވިޒަލޭންޑް ބައްދަލުކުރި މެޗުގައި އޮޅުމަކުން ދެއްކި ރަތް ކާޑުގެ ހާދިސާ ހިނގީ ކިހިނެއް؟

12 ޖުލައި 2026
އާޖެންޓީނާއާއި ސުވިޒަލޭންޑް ބައްދަލުކުރި މެޗުގައި އޮޅުމަކުން ދެއްކި ރަތް ކާޑުގެ ހާދިސާ ހިނގީ ކިހިނެއް؟
11 ޖުލައި 2026

ވޯލްޑް ކަޕް ގައި ކުޅުނު ދެކުނު އެފްރިކާގެ ގައުމީ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު އުމުރުން 25 އަހަރުގެ ޖޭޑަން އެޑަމްސް މަރުވެފައި އޮއްވާ ފެނިއްޖެ

11 ޖުލައި 2026
ވޯލްޑް ކަޕް ގައި ކުޅުނު ދެކުނު އެފްރިކާގެ ގައުމީ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު އުމުރުން 25 އަހަރުގެ ޖޭޑަން އެޑަމްސް މަރުވެފައި އޮއްވާ ފެނިއްޖެ
11 ޖުލައި 2026

ފްރާންސް ބަލި ކުރުމުގެ ޤާބިލުކަން ސްޕެއިންގައި އެބަ އޮތް: ފުއެންޓޭ

11 ޖުލައި 2026
ފްރާންސް ބަލި ކުރުމުގެ ޤާބިލުކަން ސްޕެއިންގައި އެބަ އޮތް: ފުއެންޓޭ
11 ޖުލައި 2026

ޓްރަމްޕްގެ ނުފޫޒުގައި ޖެހިފައިވާ ކަމަށް ބުނެ، އިންފަންޓީނޯގެ މައްސަލަ އޯއައިސީ އަށް ހުށަހަޅަނީ

11 ޖުލައި 2026
ޓްރަމްޕްގެ ނުފޫޒުގައި ޖެހިފައިވާ ކަމަށް ބުނެ، އިންފަންޓީނޯގެ މައްސަލަ އޯއައިސީ އަށް ހުށަހަޅަނީ
11 ޖުލައި 2026

އެމެރިކާ އާއި މެކްސިކޯ މުބާރާތުން ކެޓުމުން ވޯލްޑް ކަޕް ޓިކެޓް އަގުތައް ދަށަށް

11 ޖުލައި 2026
އެމެރިކާ އާއި މެކްސިކޯ މުބާރާތުން ކެޓުމުން ވޯލްޑް ކަޕް ޓިކެޓް އަގުތައް ދަށަށް
11 ޖުލައި 2026

ޓުޗެލް ދެކޭ ގޮތުގަައި އިންގްލެންޑަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހާލަންޑް ހުއްޓުވުން

11 ޖުލައި 2026
ޓުޗެލް ދެކޭ ގޮތުގަައި އިންގްލެންޑަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހާލަންޑް ހުއްޓުވުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް