Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުވައްކަން

ސްޕެއިންގެ ތަރި ލަމީން ޔަމާލްގެ ގެއަށް ވަގުން ވަންނަން އުޅެފި

15 ޖުލައި 2026 | ބުދަ 11:53

މޫނު ނިވާކޮށްގެން ތިބި ދެ މީހަކު މި ގެއަށް ވަންނަން މަސައްކަތް ކުރީ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ފްރާންސް ބަލިކޮށް ސްޕެއިން ފައިނަލަށް ދަތުރުކުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި. މީގެ ކުރިން ވެސް ސްޕެއިންގައި ކުޅޭ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ ގެތަކަށް ވަގުން ވަނުމުގެ ހާދިސާތައް ވަނީ ހިނގާފައި.

ރާއްޖެ އެމްވީ | 15 ޖުލައި 2026 | ބުދަ 11:53
ފީފާ ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލްގައި ފްރާންސާއި ސްޕެއިން ބައްދަލުކުރި މެޗަށްފަހު، ސްޕެއިންގެ ލަމީން ޔަމާލް އެ ޓީމަށް ސަޕޯޓްކުރި ފަރާތްތަކަށް ޝުކުރު އަދާކުރަނީ.

ފީފާ ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލްގައި ފްރާންސާއި ސްޕެއިން ބައްދަލުކުރި މެޗަށްފަހު، ސްޕެއިންގެ ލަމީން ޔަމާލް އެ ޓީމަށް ސަޕޯޓްކުރި ފަރާތްތަކަށް ޝުކުރު އަދާކުރަނީ. | ގެޓީ އިމޭޖަސް

ސްޕެއިންގެ ތަރި ލަމީން ޔަމާލް، ވޯލްޑް ކަޕްގެ ފައިނަލަށް އެ ގައުމު ދަތުރުކޮށްދިނުމަށް އެހީތެރިވެދިންތާ މާގިނަ އިރުތަކެއް ނުވަނީސް، ބުދަ ދުވަހު ބާސެލޯނާގައި ހުންނަ އޭނާގެ ގެއަށް ވަގުން ވަންނަން އުޅެފި ކަމަށް ފުލުހުންނާއި މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ފުލުހުންގެ ތަރުޖަމާނަކު އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބާސެލޯނާގެ އަވަށެއް ކަމަށްވާ "އެސްޕްލޫގޭސް ޑި ލޮބްރެގަޓް" ގައި ހުންނަ ގެއަކަށް ވަގުން ވަންނަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އަމިއްލަ ފަރުދުންގެ ސިއްރުތައް ހިމާޔަތްކުރުމުގެ ގޮތުން ފުލުހުން އެއީ ކާކުގެ ގެއެއްކަން ހާމަކުރަން އިންކާރު ކުރި ނަމަވެސް، ބާސެލޯނާގެ ނޫހެއް ކަމަށްވާ "ލަ ވަންގާޑިއާ" އިން ބުނެފައިވަނީ އެއީ ސްޕެއިންގެ އުމުރުން 19 އަހަރުގެ ފޯވާޑް ލަމީން ޔަމާލްގެ ގެ ކަމަށެވެ.

މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގޭގެ ފާރުމަތިން އަރަން އުޅެނިކޮށް، ގޭގެ ސެކިއުރިޓީ ގާޑުންނަށް ފެނުމުން އެ މީހުން ފިލާފައިވާ ކަމަށް "ލަ ވަންގާޑިއާ" ނޫހުން ރިޕޯޓްކޮށްފައިވެ އެވެ.

އެ ނޫހުން އިތުރަށް ބުނެފައިވާ ގޮތުގައި ޔަމާލް ދިރިއުޅޭ މި ގެއަކީ ކުރިން ބާސެލޯނާގެ މަޝްހޫރު ކުޅުންތެރިޔާ ޖެރާޑް ޕީކޭ އާއި އޭނާގެ ކުރީގެ ބައިވެރިޔާ، ކޮލަމްބިއާގެ ލަވަކިޔުންތެރިޔާ ޝަކީރާ އެކުގައި ދިރިއުޅުނު ގެ ކަމަށްވާތީ، މިއީ ގިނަ ބަޔަކަށް އެނގޭ މަޝްހޫރު ގެއެކެވެ.

ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މި ހާދިސާ ހިނގާފައިވަނީ، އެމެރިކާގެ ޓެކްސަސްގައި ކުޅުނު ވޯލްޑް ކަޕް ސެމީ ފައިނަލް މެޗުގައި 2-0 ގެ ނަތީޖާއަކުން ފްރާންސް ބަލިކޮށް، ސްޕެއިން ފައިނަލަށް ދަތުރުކުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގަ އެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިންއަށް ލިބުނު ޕެނަލްޓީއަކީ ޔަމާލް ކުރި މަސައްކަތުން ހޯދައިދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ސްޕެއިންއަށް ލީޑު ނަގައިދިނީ މިކޭލް އޮޔަރްޒަބާލް އެވެ.

މެޑްރިޑަށް ބަލާއިރު، ކަރީމް ބެންޒީމާ އާއި ރޮޑްރީގޯ އަދި ޑެނީ ކަވަހާލް ފަދަ މަޝްހޫރު ފުޓްބޯޅަ ތަރިންގެ ގެތަކަށް ވެސް ފާއިތުވި އަހަރުތަކުގައި ވަގުން ވަދެ ވައްކަން ކޮށްފައިވާކަން ފާހަގަކުރެވެ އެވެ.

ލަމިން ޔަމާލްސްޕެއިންފީފާ ވޯލްޑް ކަޕް

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

މޯދީގެ ވީޑިއޯ މައްސަލައިގައި ޒަކަރބާގް މައާފަށް އެދިއްޖެ

އިތުރަށް ކިޔާލަން

15 ޖުލައި 2026

އާޖެންޓިނާ އާ ދެކޮޅަށް ނުކުމެ އިންގްލެންޑަށް 60 އަހަރުވަންދެން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދިދާނެތަ؟

15 ޖުލައި 2026
އާޖެންޓިނާ އާ ދެކޮޅަށް ނުކުމެ އިންގްލެންޑަށް 60 އަހަރުވަންދެން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދިދާނެތަ؟
15 ޖުލައި 2026

16 އަހަރަށް ފަހު ސްޕެއިން ވޯލްޑް ކަޕްގެ ފައިނަލް އަށް

15 ޖުލައި 2026
16 އަހަރަށް ފަހު ސްޕެއިން ވޯލްޑް ކަޕްގެ ފައިނަލް އަށް
14 ޖުލައި 2026

ވޯލްޑް ކަޕް ސެމީފައިނަލް: ފްރާންސް އާއި ސްޕެއިން މެޗަކުން ބަލި ނުވާ ދެޓީމު، އެކަމަކު ފައިނަލަށް ދާނީ ކޮންމެވެސް އެއް ބަޔަކު

14 ޖުލައި 2026
ވޯލްޑް ކަޕް ސެމީފައިނަލް: ފްރާންސް އާއި ސްޕެއިން މެޗަކުން ބަލި ނުވާ ދެޓީމު، އެކަމަކު ފައިނަލަށް ދާނީ ކޮންމެވެސް އެއް ބަޔަކު
14 ޖުލައި 2026

ވޯލްޑް ކަޕް ސެމީ ފައިނަލް - ފްރާންސް އާއި ސްޕެއިން މެޗުން މޮޅުވާނީ ކޮން ބައެއް؟

14 ޖުލައި 2026
ވޯލްޑް ކަޕް ސެމީ ފައިނަލް - ފްރާންސް އާއި ސްޕެއިން މެޗުން މޮޅުވާނީ ކޮން ބައެއް؟
14 ޖުލައި 2026

ފްރާންސްއާ ދެކޮޅަށް ސްޕެއިން ނިކުންނަނީ ހުރިހާ ޙާލަތަކަށް ތައްޔާރު ވެގެން: ފުއެންޓޭ

14 ޖުލައި 2026
ފްރާންސްއާ ދެކޮޅަށް ސްޕެއިން ނިކުންނަނީ ހުރިހާ ޙާލަތަކަށް ތައްޔާރު ވެގެން: ފުއެންޓޭ
14 ޖުލައި 2026

ފެންނާނީ ޝައުޤުވެރި ސެމީ ފައިނަލެއް، ފޭވަރިޓުންނަކީ ސްޕެއިން: ޑެޝޯމްޕްސް

14 ޖުލައި 2026
ފެންނާނީ ޝައުޤުވެރި ސެމީ ފައިނަލެއް، ފޭވަރިޓުންނަކީ ސްޕެއިން: ޑެޝޯމްޕްސް
13 ޖުލައި 2026

ސެމީ ފައިނަލުގެ ޓީމުތަކުގެ ތެރެއިން ތަށި އުފުލާލުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ކޮން ގައުމަކަށް؟

13 ޖުލައި 2026
ސެމީ ފައިނަލުގެ ޓީމުތަކުގެ ތެރެއިން ތަށި އުފުލާލުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ކޮން ގައުމަކަށް؟
13 ޖުލައި 2026

ފްރާންސް ޓީމުގައި "ފްރާންސްގެ މީހަކު ނެތް" ކަމަށް، ސްޕެއިންގެ ކުރީގެ ބޮޑު ވަޒީރު ރަޖޯއީ ވިދާޅުވި މައްސަލަ ހޫނުވެއްޖެ

13 ޖުލައި 2026
ފްރާންސް ޓީމުގައި "ފްރާންސްގެ މީހަކު ނެތް" ކަމަށް، ސްޕެއިންގެ ކުރީގެ ބޮޑު ވަޒީރު ރަޖޯއީ ވިދާޅުވި މައްސަލަ ހޫނުވެއްޖެ
13 ޖުލައި 2026

ފްރާންސްއާ ގުޅޭ ގޮތުން ރަޖޯއި ދެއްކި ވާހަކަތަކާ ގުޅިގެން، ސްޕެއިންގެ ބޮޑު ވަޒީރު ސަންޗޭޒް ކޯފާވެއްޖެ

13 ޖުލައި 2026
ފްރާންސްއާ ގުޅޭ ގޮތުން ރަޖޯއި ދެއްކި ވާހަކަތަކާ ގުޅިގެން، ސްޕެއިންގެ ބޮޑު ވަޒީރު ސަންޗޭޒް ކޯފާވެއްޖެ
13 ޖުލައި 2026

މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ވެސް، ފީފާ ރޭންކިންގެ ގަދަ ހަތަރު ޓީމު ސެމީ ފައިނަލް އަށް ދިޔަ ފުރަތަމަ ފަހަރު

13 ޖުލައި 2026
މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ވެސް، ފީފާ ރޭންކިންގެ ގަދަ ހަތަރު ޓީމު ސެމީ ފައިނަލް އަށް ދިޔަ ފުރަތަމަ ފަހަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް