Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރީ ކޮން ޓީމުތަކެއް؟ ޗެމްޕިއަން ޓީމާ ބެހޭ ގޮތުން ޕްރެޑިކްޝަން ބުނަނީ ކީކޭ؟

2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ފްރާންސް، ސްޕެއިން، އިންގްލެންޑް އަދި އާޖެންޓީނާ ވާދަކުރާއިރު، މި މެޗުތަކުގައި އެމްބާޕޭ އާއި މެސީ ފަދަ ތަރިންގެ ކުޅުން ފެނިގެންދާނެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މުބާރާތުގެ ތަށި އުފުލާލުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ 34 އިންސައްތައާއެކު ފްރާންސަށް. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 19 ވަނަ ދުވަހު.

ރާއްޖެ އެމްވީ | 12 ޖުލައި 2026 | އާދީއްތަ 08:50
ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސަޕޯޓަރުން

ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސަޕޯޓަރުން | ގެޓީ އިމޭޖަސް

48 ޓީމާއެކު ފެށި މި މުބާރާތުގައި މިހާރު ބާކީ އޮތީ އެންމެ ހަތަރު ޓީމެވެ. 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގެ ޖާގަތައް މިހާރު ކަށަވަރުވެފައިވާއިރު، ފަހު ހަތަރު ޓީމުގެ ތެރޭގައި ހިމެނެނީ ފްރާންސް، ސްޕެއިން، އިންގްލެންޑް އަދި އާޖެންޓީނާ އެވެ.

ދުނިޔޭގެ ރޭންކިންގެ އެންމެ ކުރީގައި އުޅޭ ހަތަރު ޓީމު، ޖުލައި މަހުގެ 19 ވަނަ ދުވަހު ތަށި އުފުލާލުމުގެ ޝަރަފު ހޯދުމަށް ވާދަކުރާއިރު، އެންމެ ފުރަތަމަ ޖެހޭނީ ފައިނަލުގެ ކުރިން އޮތް މި ހުރަސް ގިރާކުރާށެވެ.

މިހާތަނަށް ސެމީ ފައިނަލަށް ދަތުރުކުރީ ކޮން ޓީމުތަކެއް؟

ފްރާންސް (މޮރޮކޯ އަތުން 2-0 އިން މޮޅުވެގެން)

ސްޕެއިން (ބެލްޖިއަމް އަތުން 2-1 އިން މޮޅުވެގެން)

އިންގްލެންޑް (ނޯވޭ އަތުން 2-1 އިން މޮޅުވެގެން)

އާޖެންޓީނާ (އިތުރު ވަގުތު ކުޅެގެން ސްވިޒަލޭންޑް އަތުން 3-1 އިން މޮޅުވެގެން)

ވޯލްޑް ކަޕް ސެމީ ފައިނަލްގެ މެޗުތައް އޮތް ތާވަލަކީ ކޮބާ؟

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލާއި، ސެމީ ފައިނަލާއި، ތިންވަނަ ހޮވާ މެޗުގެ އިތުރުން ފައިނަލް މެޗު ކުޅުމަށް ތާވަލުކުރެވިފައިވާ ތާރީޚުތައް ދައްކައިދޭ އިންފޯގްރަފިކް
2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލާއި، ސެމީ ފައިނަލާއި، ތިންވަނަ ހޮވާ މެޗުގެ އިތުރުން ފައިނަލް މެޗު ކުޅުމަށް ތާވަލުކުރެވިފައިވާ ތާރީޚުތައް ދައްކައިދޭ އިންފޯގްރަފިކް | އޭއެފްޕީ

ފްރާންސް އަދި ސްޕެއިން ބައްދަލުކުރާ މެޗު: ޖުލައި 14 ވާ އަންގާރަ ދުވަހު ޖީއެމްޓީން 19:00 - އެމެރިކާގެ ޑަލަސް ސްޓޭޑިއަމްގައި

އިންގްލެންޑް އަދި އާޖެންޓީނާ ބައްދަލުކުރާ މެޗު: ޖުލައި 15 ވާ ބުދަ ދުވަހު ޖީއެމްޓީން 19:00 - އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި

ސެމީ ފައިނަލްގައި އެންމެ ބޮޑަށް ފާހަގަކޮށްލެވޭނެ ކުޅުންތެރިންނަކީ ކޮބާ؟

އަންގާރަ ދުވަހު ޑަލަސްގައި ފްރާންސާއި ސްޕެއިން ބައްދަލުކުރާ މެޗުގައި ދުނިޔޭގެ ފެންވަރުގެ ތަރިން ފެނިގެންދާނެ އެވެ.

ކީލިއަން އެމްބާޕޭ މި މުބާރާތުގައި ދައްކަމުންދަނީ އާދަޔާ ހިލާފު މޮޅު ކުޅުމެކެވެ. އޭނާ މަސައްކަތް ކުރާނީ ސްޕެއިނާ ދެކޮޅަށްވެސް ލަނޑު ޖެހުމުގެ ސިލްސިލާ ކުރިއަށް ގެންދިއުމަށެވެ. މީގެ އިތުރުން މައިކަލް އޮލީސޭ އާއި އޮސްމާން ޑެމްބެލޭ ވެސް ޓެކްސަސްގައި ކުޅޭ މި މެޗުގައި މުހިންމު ދައުރެއް އަދާކުރުމަށް ތިބީ ކެތްމަދުވެފަ އެވެ.

ސްޕެއިންގެ ފުރާވަރުގެ ހުނަރުވެރި ކުޅުންތެރިޔާ ލަމީން ޔަމާލް އޭނާގެ ފުރަތަމަ ވޯލްޑް ކަޕް ސެމީ ފައިނަލަށް ނުކުންނައިރު، އޭނާ ވެގެންދާނީ ޔޫރަޕްގެ މިހާރުގެ ޗެމްޕިއަނުންނަށް ކުޅުން ބައްޓަންކުރުމުގައި މުހިންމު ކުޅުންތެރިއަކަށެވެ.

މިކޭލް މެރީނޯ ވަނީ ސްޕެއިން އެންމެ ފަހުން ކުޅުނު ދެ މެޗުގައިވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ، މެޗުގެ ފަހު ވަގުތު މޮޅުވި ލަނޑުތައް ޖަހައިދީފަ އެވެ. މި މެޗުގައިވެސް އޭނާ "ސުޕަ-ސަބް" އެއްގެ ގޮތުގައި ފެންނާނީތޯ ނުވަތަ ފުރަތަމަ އެގާރައިން ޖާގަ ހޯދާނެތޯ މިއީ އުފެދޭ ސުވާލެކެވެ.

އިންގްލެންޑުން މި މުބާރާތުގައި މިހާތަނަށް ހޯދި ކާމިޔާބީގެ ބިންގަލަކީ އެ ޓީމުގެ ކެޕްޓަން ހެރީ ކޭން ޖެހި ލަނޑުތަކެވެ. ނަމަވެސް ނޮކައުޓް ބުރުގައި ޖޫޑް ބެލިންހަމް ވަނީ ތަފާތު ދައްކަން ފަށާފަ އެވެ. އިންގްލެންޑްގެ ނަންބަރު 10، ބެލިންހަމް ވަނީ މިހާތަނަށް 6 ލަނޑު ޖަހައިގެން ރަން ބޫޓުގެ ރޭހުގައި ބައިވެރިވެފައެވެ. މީގެ ތެރެއިން ދެ ލަނޑު އޭނާ ކާމިޔާބުކުރީ ކުއާޓާ ފައިނަލްގަ އެވެ.

ވޯލްޑް ކަޕްގެ ތަށި ދިފާއުކުރުމަށް އާޖެންޓީނާއިން ކުރާ މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރަނީ 6 މެޗުން 8 ލަނޑު ޖަހާފައިވާ ލެޖެންޑް ލިއޮނަލް މެސީއެވެ. ކުއާޓާ ފައިނަލްގައި އޭނާއަށް ލަނޑެއް ނުޖެހުނު ނަމަވެސް، ސެމީ ފައިނަލްގައި އޭނާގެ ހުނަރު ދައްކާލައި، ޖެހިޖެހިގެން ދެވަނަ ފަހަރަށް އާޖެންޓީނާ ފައިނަލަށް ގެންގޮސްދިނުމަށް ކެޕްޓަން ހުރީ ތައްޔާރަށެވެ.

މުބާރާތް ކާމިޔާބުކުރާނެ ކަމަށް ބެލެވެނީ ކޮން ޓީމެއް؟

ތަފާސްހިސާބުތައް ދިރާސާކުރާ "އޮޕްޓާ" ގެ ސުޕަ ކޮމްޕިއުޓަރުން މި މުބާރާތުގައި ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު، މިހާރު ލަފާކުރެވެނީ ވޯލްޑް ކަޕް ކާމިޔާބުކުރާނީ ފްރާންސް ކަމަށެވެ.

ކޮމްޕިއުޓަރުގެ ހިސާބުތަކުން ދައްކާ ގޮތުގައި ފްރާންސް ފައިނަލަށް ދިއުމުގެ 57.70 އިންސައްތަ ފުރުސަތު އެބައޮތެވެ. އަދި ތަށި އުފުލާލުމުގެ 34.05 އިންސައްތަ ފުރުސަތު އެ ޓީމަށް އެބައޮތެވެ.

މި ރޭހުގައި ދެވަނައަށް އެންމެ ފުރުސަތު ބޮޑީ ސްޕެއިނަށެވެ. އެ ޓީމުން ދެވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ 23.45 އިންސައްތަ ފުރުސަތު އެބައޮތް ކަމަށް ދައްކައެވެ.

އޮޕްޓާއިން ލަފާކުރާ ގޮތުގައި ތަށި ހޯދުމުގެ ތިންވަނައަށް އެންމެ ފުރުސަތު ބޮޑީ އިންގްލެންޑަށެވެ. އަދި ހަތަރުވަނައަށް އޮތީ އާޖެންޓީނާ އެވެ.

ފްރާންސްސްޕެއިންއިނގިރޭސިވިލާތްއާޖެންޓީނާފީފާ ވޯލްޑް ކަޕްފުޓްބޯޅަ

އިތުރަށް ކިޔާލަން

12 ޖުލައި 2026

ޓުޗެލް ބުނީ އިންގްލެންޑްގެ ނަސީބު ރަނގަޅީ ކަމަށް

ޓުޗެލް ބުނެފައި ވަނީ މެޗުގެ ނަތީޖާ އަކީ ވަރަށް ފުރިހަމަ ނަތީޖާއެއް ކަމަށް. އަދި ދުނިޔޭގެ އެންމެ މޮޅު ހަތަރު ޓީމުގެ ތެރޭގައި އިންގްލެންޑު ހިމެނުމަކީ އުފާވެރި ކަމެއް ކަމަށް ވެސް އޭނާ ބުނި. އެހެން ނަމަވެސް، ނޯވޭ މެޗުގައި ފެނުނީ އިންގްލެންޑުގެ ފަރާތުން ފެންނަން ޖެހޭ ކުޅުމެއް ނޫން ކަމަށާއި، އެ މެޗުގައި އިންގްލެންޑަށް އެހީތެރިވެދިނީ ނަސީބު ކަމަށް އޭނާ ވަނީ ބުނެފައި.

12 ޖުލައި 2026
ޓުޗެލް ބުނީ އިންގްލެންޑްގެ ނަސީބު ރަނގަޅީ ކަމަށް
12 ޖުލައި 2026

އާޖެންޓީނާއާއި ސުވިޒަލޭންޑް ބައްދަލުކުރި މެޗުގައި އޮޅުމަކުން ދެއްކި ރަތް ކާޑުގެ ހާދިސާ ހިނގީ ކިހިނެއް؟

ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ސުވިޒަލޭންޑްގެ އެމްބޯލޯއަށް "މިސްޓޭކަން އައިޑެންޓިޓީ" ގެ ދަށުން ވީއޭއާރް މެދުވެރިކޮށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފިއެވެ. މި ނިންމުމާއެކު ސުވިޒަލޭންޑަށް އެއް ކުޅުންތެރިއަކު މަދުވުމުގެ ނަތީޖާއަކަށްވީ، އިތުރު ވަގުތުގައި އާޖެންޓީނާއިން ދެ ލަނޑު ޖަހައި ސުވިޒަލޭންޑް މުބާރާތުން ކަޓައިގެން ދިއުމެވެ.

12 ޖުލައި 2026
އާޖެންޓީނާއާއި ސުވިޒަލޭންޑް ބައްދަލުކުރި މެޗުގައި އޮޅުމަކުން ދެއްކި ރަތް ކާޑުގެ ހާދިސާ ހިނގީ ކިހިނެއް؟
12 ޖުލައި 2026

ސްވިޒަލެންޑް ބަލިކޮށް، ޗެމްޕިއަން އާޖެންޓީނާ ސެމީ ފައިނަލް އަށް

މެޗުގައި އާޖެންޓީނާ އިން ލީޑު ނަގާފައި ވަނިކޮށް، ސްވިޒަލެންޑް އިން ނަތީޖާ ހަމަހަމަ ވެސް ކުރި. ނަމަވެސް، ދެ ލަނޑު ޖަހައިގެން އާޖެންޓީނާ ވަނީ މެޗުން މޮޅުވެފައި.

12 ޖުލައި 2026
ސްވިޒަލެންޑް ބަލިކޮށް، ޗެމްޕިއަން އާޖެންޓީނާ ސެމީ ފައިނަލް އަށް
12 ޖުލައި 2026

ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނޯވޭ ކަޓުވާލައި، އިންގްލެންޑް ސެމީ ފައިނަލް އަށް

މޮޅާ އެކު އިންގްލެންޑް އިން މުބާރާތުގެ ސެމީ ފައިނަލް އިން ޖާގަ ހޯދިއިރު، އެންމެ ފަހުން އެ ޓީމު ސެމީ ފައިނަލްގައި ކުޅުނީ 2018 ވަނަ އަހަރު.

12 ޖުލައި 2026
ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނޯވޭ ކަޓުވާލައި، އިންގްލެންޑް ސެމީ ފައިނަލް އަށް
12 ޖުލައި 2026

ވަރލްޑް ކަޕް ބަލަން ކާފަ ގޮވައިގެން ދާން، މުޅި އުމުރު ރައްކާކުރި ފައިސާ ހޭދަކުރި ޒުވާނަކަށް އެ ފައިސާ އަނބުރާ ލިބިއްޖެ

ގެއެއް ގަތުމަށް ފަސް އަހަރުވަންދެން ރައްކާކުރި ފައިސާ ހޭދަކޮށްގެން ކާފަ ގޮވައިގެން ވަރލްޑް ކަޕަށް ދިޔަ ޒުވާނަކަށް، ކުންފުންޏަކުން އެ ފައިސާ ހަދިޔާކޮށްފިއެވެ. މި ދަތުރުގެ ވާހަކަ ސޯޝަލް މީޑިއާގައި މަޝްހޫރުވުމާ ގުޅިގެން "މެޓަވިން" ކުންފުނިން ވަނީ އޭނާ ހޭދަކުރި 10،000 ޕައުންޑް އަނބުރާ ދީފައެވެ. ކާފައާއެކު ހޭދަކުރި ވަގުތަކީ ފައިސާއަށްވުރެ އަގުބޮޑު ފުރުސަތެއްކަމަށް އެ ޒުވާނާ ބުނެފައިވެއެވެ.

12 ޖުލައި 2026
ވަރލްޑް ކަޕް ބަލަން ކާފަ ގޮވައިގެން ދާން، މުޅި އުމުރު ރައްކާކުރި ފައިސާ ހޭދަކުރި ޒުވާނަކަށް އެ ފައިސާ އަނބުރާ ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު