Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އިރާގު

ޓްރަމްޕް އިރާގު ބޮޑުވަޒީރަށް ވައިޓްހައުސްއިން މަރުހަބާ ވިދާޅުވެއްޖެ

14 ޖުލައި 2026 | އަންގާރަ 17:13

އިރާގުގެ ބޮޑުވަޒީރު އަލީ އަލް-ޒައިދީއާއެކު ބޭއްވި ބައްދަލުވުމުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެ ގައުމުގެ އިގްތިސާދީ ގުޅުން ބަދަހިކޮށް ތެލުގެ ދާއިރާއިން އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަޝްވަރާކުރައްވާފައި. މި ބައްދަލުވުމުގައި ބޮޑުވަޒީރު ޒައިދީ ވަނީ އިރާގުގެ ހަތިޔާރު އެޅި ހުރިހާ ޖަމާއަތްތަކެއް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނެސް، އީރާނަށް ބަރޯސާވުން ކުޑަކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި.

ރާއްޖެ އެމްވީ | 14 ޖުލައި 2026 | އަންގާރަ 17:13
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިރާގުގެ ބޮޑުވަޒީރު އަލީ އަލް ޒައިދީއާއެކު 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ބޭއްވި ދެ ގައުމުގެ ދެމެދުގައިވާ ރަސްމީ ބައްދަލުވުމުގެ ތެރެއިން.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިރާގުގެ ބޮޑުވަޒީރު އަލީ އަލް ޒައިދީއާއެކު 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ބޭއްވި ދެ ގައުމުގެ ދެމެދުގައިވާ ރަސްމީ ބައްދަލުވުމުގެ ތެރެއިން. | ރޮއިޓާސް

އިރާގުގެ ބޮޑުވަޒީރު އަލީ އަލް-ޒައިދީއަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު ވައިޓް ހައުސްއިން މަރުހަބާ ވިދާޅުވެއްޖެއެވެ.

މި ބައްދަލުވުމަކީ އިރާގުގައި އެމެރިކާގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށާއި، އީރާނަށް ބަރޯސާވުން ކުޑަކުރުމަށް ބަޣުދާދަށް ވޮޝިންގްޓަނުން ބާރުއަޅަމުންދާ ދަނޑިވަޅެއްގައި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

އިރާގުގެ ބޮޑުވަޒީރާއެކު އޯވަލް އޮފީހަށް ވަދެވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާއިން އިރާގުދެކެ ލޯބިވާ ކަމަށެވެ. އަދި ބޮޑުވަޒީރު އަލް-ޒައިދީއަކީ ބޮޑު އިންތިޚާބެއް ކާމިޔާބުކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރެއްވި އެވެ.

ބައްދަލުވުމަށްފަހު، ދެ ގައުމުގެ ލީޑަރުން ވަނީ އޯވަލް އޮފީހުގައި ތިއްބަވައި ނޫސްވެރިންނާ ވާހަކަދައްކަވާފަ އެވެ. ޓްރަމްޕް ވިދާޅުވީ، ކުރިން ތާވަލުކުރެވިފައި ނެތް ނަމަވެސް، މެންދުރުގެ ފަރިއްކޮޅުގެ ތެރެއިންވެސް މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

އިރާގުގެ ބޮޑުވަޒީރަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އަލް-ޒައިދީއަކީ ހަމައެކަނި އިރާގުގެ އިތުރުން، މުޅި މެދުއިރުމަތީގެ ވަރުގަދަ ލީޑަރަކަށް ވެވަޑައިގަންނަވާނެ ބޭފުޅެއް ކަމަށެވެ. އަދި އޭނާގެ ނުފޫޒު މުޅި މެދުއިރުމައްޗަށް ފެތުރިގެންދާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

ބޮޑުވަޒީރު އަލް-ޒައިދީގެ ވާހަކަފުޅުގައި، ވޮޝިންގްޓަނާއި ބަޣުދާދާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވި އެވެ.

އީރާނާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ގައުމުގެ ހުރިހާ ހަތިޔާރެއް ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ނިންމާފައިވާ ނިންމުމަކީ ބަދަލުކުރެވޭނެ ނިންމުމެއް ނޫން ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

މިއީ އެއްވެސް ހާލެއްގައި ދޫދެއްވާނެ ނިންމުމެއް ނޫން ކަމަށް އަލް-ޒައިދީ ވިދާޅުވި އެވެ. އަދި އެމެރިކާ ސިފައިން އިރާގުން ފޭބުމަށް ތާވަލުކޮށްފައިވާ ސެޕްޓެމްބަރު 30 ގެ ފަހުން، އެ ގައުމުގައި އެއްވެސް ހަތިޔާރު އެޅި ޖަމާއަތެއް އޮތުމުގެ ބޭނުމެއް ނެތް ކަމަށްވެސް އޭނާ އިތުރުކުރެއްވި އެވެ.

ޓްރަމްޕް ވިދާޅުވީ އީރާން މިހާރު ވަނީ ބަލިކަށިވެފައި ކަމަށާއި، އެ ސަރަހައްދުގެ އެއްވެސް ގައުމަކަށް ބިރުދައްކައި ނުފޫޒު ފޯރުވުމުގެ ގާބިލުކަން ދެން އެ ގައުމުގައި ނޯންނާނެ ކަމަށެވެ.

ތެލާ ގުޅޭގޮތުން، އޯޕެކް (OPEC) އިން ބަޣުދާދަށް ކަނޑައަޅާފައިވާ ތެޔޮ އުފެއްދުމުގެ ކޯޓާއާ ބެހޭގޮތުން ސުވާލުކުރުމުން، އަލް-ޒައިދީ ވިދާޅުވީ އިރާގުން ބޭނުންވަނީ "އިންސާފުވެރި މިންވަރެއް" ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ އިރާގުގައި ހުރި ތެލުގެ ސަބަބުން އެ ގައުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދިދާނެ ގައުމެއް ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި ގިނަ އެއްބަސްވުންތަކެއް ގާއިމުކުރެވި، އޭގެ ސަބަބުން ދެ ގައުމުގައިވެސް ގިނަ ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށާއި، އިރާގުން ގިނަ އަދަދަކަށް ތެޔޮ ނެގުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

މީގެ އިތުރުން، އެމެރިކާގެ އެނާޖީ ސެކްރެޓަރީ ވަރަށް އަވަހަށް ބައެއް އެއްބަސްވުންތައް އިއުލާނު ކުރައްވާނެ ކަމަށްވެސް ރައީސް ޓްރަމްޕް ވިދާޅުވި އެވެ.

"ގިނަ އަދަދަކަށް ތެޔޮ އުފައްދަމުން އެބަދޭ، އަދި އެ މަސައްކަތް ކުރަމުންދަނީ އެމެރިކާގެ ކުންފުނިތަކުން، މިހާރު ގިނައީ އެމެރިކާގެ ކުންފުނިތައް. އެމީހުން (އިރާގުން) އެހެން ބަޔަކާއެކު ވިޔަފާރިކުރާކަށް ބޭނުމެއް ނުވޭ؛ އެމީހުން ބޭނުންވަނީ އެމެރިކާއާއެކު ވިޔަފާރިކުރަން، އެއީ ވަރަށް ރަނގަޅު ކަމެއް،" ޓްރަމްޕް ވިދާޅުވި އެވެ.

މަސްދަރު: އަލް އަރަބިއްޔާ

އަލީ އަލް ޒައިދީއިރާގުއެމެރިކާ-އިރާގުއޯޕެކް ޕްލަސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

05 ޖުލައި 2026

އޯޕެކް ޕްލަސްގެ ގައުމުތަކުން އަންނަ އޯގަސްޓް މަހުން ފެށިގެން ތެޔޮ އުފައްދާ މިންވަރު އިތުރުކުރަން ނިންމައިފި

05 ޖުލައި 2026
އޯޕެކް ޕްލަސްގެ ގައުމުތަކުން އަންނަ އޯގަސްޓް މަހުން ފެށިގެން ތެޔޮ އުފައްދާ މިންވަރު އިތުރުކުރަން ނިންމައިފި
01 ޖުލައި 2026

ސަރަހައްދީ ޤައުމު ތަކަށް ހަމަލާ ދިނުމަށް، އިރާޤުގެ ބިން ބޭނުން ކޮށްފައިވާ ކަމުގެ ހެއްކެއް ނެތް: ބޮޑު ވަޒީރު އަލީ އަލް ޒައިދީ

01 ޖުލައި 2026
ސަރަހައްދީ ޤައުމު ތަކަށް ހަމަލާ ދިނުމަށް، އިރާޤުގެ ބިން ބޭނުން ކޮށްފައިވާ ކަމުގެ ހެއްކެއް ނެތް: ބޮޑު ވަޒީރު އަލީ އަލް ޒައިދީ
28 ޖޫން 2026

އިރާގުގެ ގްރީން ޒޯނަށް ހަތިޔާރު އެޅި ސިފައިން ވަދެ ބައެއް އޮފިޝަލުން ހައްޔަރުކޮށްފި

28 ޖޫން 2026
އިރާގުގެ ގްރީން ޒޯނަށް ހަތިޔާރު އެޅި ސިފައިން ވަދެ ބައެއް އޮފިޝަލުން ހައްޔަރުކޮށްފި
28 ޖޫން 2026

ރަސްމީ ދަތުރުފުޅެއްގައި އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ އިރާޤަށް

28 ޖޫން 2026
ރަސްމީ ދަތުރުފުޅެއްގައި އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ އިރާޤަށް
25 ޖޫން 2026

ތެޔޮ އުފެއްދުމުގެ މިންވަރު އިތުރު ކޮށްދިނުމަށް އިރާޤުން އޯޕެކްގައި އެދިއްޖެ

25 ޖޫން 2026
ތެޔޮ އުފެއްދުމުގެ މިންވަރު އިތުރު ކޮށްދިނުމަށް އިރާޤުން އޯޕެކްގައި އެދިއްޖެ
14 ޖޫން 2026

'މެސޮޕޮޓޭމިއާގެ ސިންގާ': ހިތާމަވެރި ހާދިސާތަކަކަށް ފަހު އައިމަން ހުސައިން ވޯލްޑް ކަޕާ ހަމައަށް ދަތުރުކުރި ގޮތް

14 ޖޫން 2026
'މެސޮޕޮޓޭމިއާގެ ސިންގާ': ހިތާމަވެރި ހާދިސާތަކަކަށް ފަހު އައިމަން ހުސައިން ވޯލްޑް ކަޕާ ހަމައަށް ދަތުރުކުރި ގޮތް
07 ޖޫން 2026

ވޯލްޑް ކަޕަށް ދިޔަ އިރާގުގެ އައިމަން ޙުސެއިން އެމެރިކާގެ އެއާޕޯޓުގައި ހަތް ގަޑިއިރު ވަންދެން މަޑު ކުރުވައިފި

07 ޖޫން 2026
ވޯލްޑް ކަޕަށް ދިޔަ އިރާގުގެ އައިމަން ޙުސެއިން އެމެރިކާގެ އެއާޕޯޓުގައި ހަތް ގަޑިއިރު ވަންދެން މަޑު ކުރުވައިފި
22 މެއި 2026

އީރާނަށް ހަމަލާ ދިނުމަށް އިރާގުގައި އިޒްރޭލުން ސިއްރު އަސްކަރީ މަރުކަޒެއް އޮޕަރޭޓް ކުރިކަން ފަޅާ އަރައިފި

22 މެއި 2026
އީރާނަށް ހަމަލާ ދިނުމަށް އިރާގުގައި އިޒްރޭލުން ސިއްރު އަސްކަރީ މަރުކަޒެއް އޮޕަރޭޓް ކުރިކަން ފަޅާ އަރައިފި
17 މެއި 2026

އިރާގުގެ އައު ބޮޑު ވަޒީރު އަލް ޒައިދީ ރަސްމީކޮށް މަގާމާ ހަވާލުވެ ވަޑައިގެންފި

17 މެއި 2026
އިރާގުގެ އައު ބޮޑު ވަޒީރު އަލް ޒައިދީ ރަސްމީކޮށް މަގާމާ ހަވާލުވެ ވަޑައިގެންފި
10 މެއި 2026

އިޒްރޭލް އިން އިރާގުގައި ސިއްރު އަސްކަރީ މަރުކަޒެއް ޤާއިމު ކޮށްފި

10 މެއި 2026
އިޒްރޭލް އިން އިރާގުގައި ސިއްރު އަސްކަރީ މަރުކަޒެއް ޤާއިމު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް