Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ޔޫއޭއީގެ ދެ ތެޔޮ ބޯޓަކަށް އީރާނުން ދިން މިސައިލް ހަމަލާތަކެއްގައި އިންޑިއާ މީހަކު މަރުވެއްޖެ

14 ޖުލައި 2026 | އަންގާރަ 08:29

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ޔޫއޭއީގެ ދެ ޓޭންކަރަކަށް އީރާނުން ދިން މިސައިލް ހަމަލާތަކެއްގައި ބޮޑެތި ގެއްލުންތަކެއް ލިބި، މީހުން މަރުވެފައިވާ ކަމަށް އެ ގައުމުން ބުނެފި. އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ހަނގުރާމައިގެ ސަބަބުން މަސްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި، މި ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑު ނުތަނަވަސްކަމެއް ވަނީ ކުރިމަތިވެފައި.

ރާއްޖެ އެމްވީ | 14 ޖުލައި 2026 | އަންގާރަ 08:29
ހުރްމުޒް ކަނޑުއޮޅި އޮންނަ ސަރަހައްދު ދައްކައިދޭ ޗާޓެއް.

ހުރްމުޒް ކަނޑުއޮޅި އޮންނަ ސަރަހައްދު ދައްކައިދޭ ޗާޓެއް. | ގެޓީ އިމޭޖަސް

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ތެޔޮ އުފުލާ ދެ ބޯޓަކަށް އީރާނުގެ ކްރޫޒް މިސައިލްތަކަކުން ހަމަލާދިނުމާ ގުޅިގެން، އިންޑިއާގެ ފަޅުވެރިއަކު މަރުވެ އިތުރު އަށް މީހަކު ޒަޚަމްވެފައިވާ ކަމަށް ޔޫއޭއީގެ މިނިސްޓްރީ އޮފް ޑިފެންސްއިން އަންގާރަ ދުވަހު ބުނެފިއެވެ.

މިއީ އިސްތިރާތީޖީ ގޮތުން މުހިންމު މި ކަނޑުއޮޅީގައި މަސްރަހު އިތުރަށް ގޯސްވެގެން ދިޔަ ދަނޑިވަޅެއްގައި ހިނގި ހާދިސާއެކެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި، "މޮމްބާސާ" އަދި "އަލް ބަހިއްޔާ" ނަމަކަށް ކިޔާ މި ދެ ޓޭންކަރަށް ހަމަލާދީފައިވަނީ އޮމާންގެ ކަނޑުގެ ސަރަހައްދުން، ކަނޑުއޮޅީގެ ދެކުނު ލޭނުން ދަތުރުކުރަމުން ދަނިކޮށެވެ. މަރުވި ފަޅުވެރިޔާއަކީ މޮމްބާސާ ބޯޓުގައި މަސައްކަތް ކުރަމުންދިޔަ މީހެއް ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ޒަޚަމްވި އަށް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސް ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ. މީގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ހަ ރައްޔިތަކާއި ޔޫކްރެއިންގެ ދެ ރައްޔިތުންނެވެ.

މި ހަމަލާތަކުގެ ސަބަބުން ދެ ބޯޓުގައިވެސް އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. ނަމަވެސް މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ޔޫއޭއީގެ ޑިފެންސް މިނިސްޓްރީން ބުނެ އެވެ.

ޔޫއޭއީން ވަނީ މިއީ "ފާޅުކަން ބޮޑު ހަމަލާއެއް" ކަމަށް ސިފަކޮށް އެކަން ކުށްވެރިކޮށްފަ އެވެ. އަދި މި ހަމަލާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ފުރިހަމަ ހައްގު ޔޫއޭއީއަށް ލިބިގެންވާ ކަމަށްވެސް އެ ގައުމުން ބުނެފައިވެ އެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އަންގާރަ ދުވަހު ބުނި ގޮތުގައި، ތަކުރާރުކޮށް ދިން އިންޒާރުތަކަށް ނުކިޔަމަންތެރިވެ، ނެވިގޭޝަން ސިސްޓަމްތައް ނިއްވާލައި، މައިން އަޅާފައިވާ ސަރަހައްދަކުން ދަތުރުކުރަން އުޅުނު "ގަވާއިދާ ޚިލާފުވި" ދެ ސުޕަޓޭންކަރަކަށް ހަމަލާދީ ވަނީ ހުއްޓުވާފަ އެވެ.

އައިއާރުޖީސީގެ ބަޔާނުގައި އެއީ ކޮން ބޯޓުތަކެއްކަން ހާމަކޮށްފައެއް ނުވެ އެވެ. އެހެންކަމުން އެއީ ޔޫއޭއީގެ ޑިފެންސް މިނިސްޓްރީން ބުނާ ދެ ބޯޓު ކަމެއް ސާފެއް ނުވެ އެވެ.

އައިއާރުޖީސީގެ ބަޔާނުގައި އެމެރިކާއިން ބޯޓުފަހަރަށް "ގަވާއިދާ ޚިލާފު މަގުތަކުން ދަތުރުކުރުމަށް ހިތްވަރުދޭ" ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އަދި "އިސްތިއުމާރީ ދުޝްމަނުންނާ" އެކު އެއްބާރުލުން ދިނުމުގެ ނަތީޖާއަކީ ގެއްލުންތަކާ ކުރިމަތިވުމާއި، ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވުން ލަސްވުމާއި، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވުން ކަމަށްވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން، ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން އަންގާރަ ދުވަހު ބުނީ، އޮމާންގެ ގަލްހާތުގެ އިރުއުތުރުން 40 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރި ޓޭންކަރަކަށް ކޮންމެވެސް އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ.

ޔޫކޭއެމްޓީއޯއިން ބުނި ގޮތުގައި، އެ ބޯޓުގެ ކެޕްޓަން ރިޕޯޓުކޮށްފައިވަނީ ބޯޓުގެ ކަނާތްފަރާތު އިންޖީނު ރޫމަށް ހަމަލާއެއް އަރާފައިވާ ކަމަށާއި، ނަމަވެސް ހުރިހާ ފަޅުވެރިންގެ ހާލު ރަނގަޅު ކަމަށެވެ.

ރޮއިޓާސް ނިއުސް އެޖެންސީން ބުނެފައިވަނީ ޔޫކޭއެމްޓީއޯއިން ރިޕޯޓުކުރި ހާދިސާއާއި ޔޫއޭއީގެ ޑިފެންސް މިނިސްޓްރީން ރިޕޯޓުކުރި ހާދިސާއަކީ އެއް ހާދިސާއެއްކަން އަދި ކަށަވަރު ނުކުރެވޭ ކަމަށެވެ.

މި ހާދިސާތައް ހިނގާފައިވަނީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށުމާ ގުޅިގެން އުފެދުނު ހަނގުރާމައިގެ ސަބަބުން މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުގެ އުޅަނދުފަހަރު ދަތުރުކުރުން މަނާކޮށް ބްލޮކޭޑެއް އިއުލާނުކުރައްވައި، ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމަށް 20 އިންސައްތައިގެ ފީއެއް ނަގަން ހުށަހެޅުއްވުމާ ގުޅިގެން، އެމެރިކާ ސިފައިން ވަނީ ހޯމަ ދުވަހުގެ ރޭ ޖެހިޖެހިގެން ތިންވަނަ ރެއަށް އީރާނަށް ހަމަލާތައް ދީފަ އެވެ.

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށް އީރާނާއި އެމެރިކާއާ ދެމެދު ހަމަލާތައް ބަދަލުކުރަމުންދާ ދަނޑިވަޅެއްގައި، އޮމާންގެ އައްސޭރިފަށުން ދަތުރުކުރި ޓޭންކަރަކަށް މިސައިލް ހަމަލާއެއް އަރާފައިވާ ކަމަށް ޔޫކޭއެމްޓީއޯއިން އަންގާރަ ދުވަހު ވަނީ ބުނެފަ އެވެ.

"ޔޫކޭއެމްޓީއޯއަށް ވަނީ އޮމާންގެ ލީމާގެ އިރުދެކުނުން 13 ނޯޓިކަލް މޭލު ބޭރުގައި ހިނގި ހާދިސާއެއްގެ ރިޕޯޓު ލިބިފައި. ދެކުނު މަގުން ބޭރަށް ދަތުރުކުރި ޓޭންކަރަކަށް މިސައިލް ހަމަލާއެއް އަރާފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައި. ކަމާބެހޭ ފަރާތްތަކުން ދަނީ މިކަން ތަހުގީގު ކުރަމުން،" އިނގިރޭސިވިލާތުގެ އިދާރާއިން ނެރުނު ބަޔާނުގައިވެ އެވެ.

އީރާނުގެ އަސްކަރީ ކޮމާންޑުން ބުނެފައިވަނީ މި ކަނޑުއޮޅީގެ މުސްތަގުބަލު ކަނޑައެޅުމުގައި އެމެރިކާގެ އެއްވެސް ދައުރެއް ނެތް ކަމަށާއި، އެކަމުގެ ތެރެއަށް ވަނުމުގެ ފުރުސަތު އެމެރިކާއަށް ނުދޭނެ ކަމަށެވެ.

މި ހަނގުރާމައިގެ ސަބަބުން ގަލްފް ސަރަހައްދުގެ ހަމަޖެހުން ގެއްލި، މުޅި ސަރަހައްދަށް ވަނީ އޭގެ އަސަރު ފޯރާފަ އެވެ. އީރާނުން ދަނީ އެކި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދެމުންނެވެ. މީގެ އިތުރުން، ކަނޑުއޮޅި ހުޅުވުމަށާއި ހަމަލާތައް ހުއްޓާލުމަށް މިދިޔަ މަހު އެމެރިކާއާއި އީރާނާ ދެމެދު ވެވުނު ވަގުތީ އެއްބަސްވުމަށްވެސް މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

ފެބްރުއަރީ މަހު ހަނގުރާމަ ފެށުމުގެ ކުރިން، ދުނިޔޭގެ ތެލާއި ގޭހުގެ ވިޔަފާރީގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރަނީ ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށެވެ. އެއީ ދުވާލަކު 15 މިލިއަނަށްވުރެ ގިނަ ފީފާ ތެޔޮ ކަމަށްވާއިރު، އޭގެ އަގު މަދުވެގެން 1.2 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

މަސްދަރު: އޭއެފްޕީ

ހުރްމުޒް ކަނޑުއޮޅިއީރާން-އެމެރިކާޔުނައިޓެޑް އަރަބް އެމިރޭޓްސްއޮމާން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

14 ޖުލައި 2026

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އަލުން ފަށައިފިކަން ރައީސް ޓްރަމްޕް ކޮންގްރެސް އަށް ރަސްމީކޮށް އަންގަވައިފި

14 ޖުލައި 2026
އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އަލުން ފަށައިފިކަން ރައީސް ޓްރަމްޕް ކޮންގްރެސް އަށް ރަސްމީކޮށް އަންގަވައިފި
14 ޖުލައި 2026

އީރާނުން ހުރްމުޒް ކަނޑުއޮޅީގައި ދެ ތެޔޮ ޓޭންކަރަކަށް ހަމަލާދީފި

14 ޖުލައި 2026
އީރާނުން ހުރްމުޒް ކަނޑުއޮޅީގައި ދެ ތެޔޮ ޓޭންކަރަކަށް ހަމަލާދީފި
14 ޖުލައި 2026

ތެލުގެ އަގު 9 އިންސައްތަ މައްޗަށް ހިނގައްޖެ

14 ޖުލައި 2026
ތެލުގެ އަގު 9 އިންސައްތަ މައްޗަށް ހިނގައްޖެ
14 ޖުލައި 2026

ހުރްމުޒް ކަނޑު އޮޅި މިހާރު ކޮންޓްރޯލް ކުރަނީ އެމެރިކާ އިން، އީރާން އަކީ މިހާާރު ބިރުގަންނަން ޖެހޭ ފަދަ ބާރެއް ނޫން: ޓްރަމްޕް

14 ޖުލައި 2026
ހުރްމުޒް ކަނޑު އޮޅި މިހާރު ކޮންޓްރޯލް ކުރަނީ އެމެރިކާ އިން، އީރާން އަކީ މިހާާރު ބިރުގަންނަން ޖެހޭ ފަދަ ބާރެއް ނޫން: ޓްރަމްޕް
14 ޖުލައި 2026

އީރާންގެ މިސައިލް އާއި ޑްރޯން އުފައްދާ މަރުކަޒު ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށް އެމެރިކާާ އިން ބުނެފި

14 ޖުލައި 2026
އީރާންގެ މިސައިލް އާއި ޑްރޯން އުފައްދާ މަރުކަޒު ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށް އެމެރިކާާ އިން ބުނެފި
14 ޖުލައި 2026

ބަހްރައިންގައި ހުންނަ އެމެރިކާގެ ފަސް ވަނަ ނޭވީ ފްލީޓަށް ހަމަލާ ދީފައިވާ ކަމަށް އީރާން އިން ބުނެފި

14 ޖުލައި 2026
ބަހްރައިންގައި ހުންނަ އެމެރިކާގެ ފަސް ވަނަ ނޭވީ ފްލީޓަށް ހަމަލާ ދީފައިވާ ކަމަށް އީރާން އިން ބުނެފި
13 ޖުލައި 2026

ބާބުލް މަންދަބު ބަންދުކޮށް ތެލުގެ އަގު 200 ޑޮލަރަށް މައްޗަށް ޖައްސާނެ ކަމުގެ އިންޒާރު ޔަމަނުން ދީފި

13 ޖުލައި 2026
ބާބުލް މަންދަބު ބަންދުކޮށް ތެލުގެ އަގު 200 ޑޮލަރަށް މައްޗަށް ޖައްސާނެ ކަމުގެ އިންޒާރު ޔަމަނުން ދީފި
13 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅިން ފީ އެއް ނަގާނެ ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން އދ. ގެ ޝިޕިން އޭޖެންސީ އިން އެކަމާ ދެކޮޅުކަން ހާމަކޮށްފި

13 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅިން ފީ އެއް ނަގާނެ ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން އދ. ގެ ޝިޕިން އޭޖެންސީ އިން އެކަމާ ދެކޮޅުކަން ހާމަކޮށްފި
13 ޖުލައި 2026

އީރާން ގެ ބޯޓުފަހަރަށް ހުރަސް އެޅުމަށް އެމެރިކާ އިން އަލުން ބްލޮކޭޑް ތަންފީޒު ކުރަނީ

13 ޖުލައި 2026
އީރާން ގެ ބޯޓުފަހަރަށް ހުރަސް އެޅުމަށް އެމެރިކާ އިން އަލުން ބްލޮކޭޑް ތަންފީޒު ކުރަނީ
13 ޖުލައި 2026

ޓްރަމްޕް އަށް އީރާނުގެ ރައްދު: ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމުގެ ފުރުސަތު ދުވަހަކު ވެސް އެމެރިކާއަށް ނުދޭނަން

13 ޖުލައި 2026
ޓްރަމްޕް އަށް އީރާނުގެ ރައްދު: ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމުގެ ފުރުސަތު ދުވަހަކު ވެސް އެމެރިކާއަށް ނުދޭނަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް