Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އަލުން ފަށައިފިކަން ރައީސް ޓްރަމްޕް ކޮންގްރެސް އަށް ރަސްމީކޮށް އަންގަވައިފި

އީރާނުން އެއްބަސްވުންތަކާ ޚިލާފުވެފައިވާ ކަމަށް ބުނެ، އެމެރިކާއިން އެ ގައުމާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތައް ވަރުގަދަކުރަން ފަށާފައިވާކަން ރައީސް ޓްރަމްޕް ކޮންގްރެސްއަށް އަންގަވައިފި. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި މި ހަނގުރާމަ ދިގުދަންމަމުންދާތީ މެންބަރުންގެ ކަންބޮޑުވުން އޮތްއިރު، ސިފައިން ބޭލުމަށް ގޮވާލާ ގަރާރެއްވެސް ވަނީ ކޮންގްރެސް އިން ފާސްކޮށްފައި.

ރާއްޖެ އެމްވީ | 14 ޖުލައި 2026 | އަންގާރަ 08:12
އަރަބި ކަނޑުގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ މަނަވަރު، ޔޫއެސްއެސް އެބްރަހަމް ލިންކަން (ސީވީއެން 72) އިން އެމެރިކާގެ މެރިން ކޯޕްސްގެ އެފް-35ސީ މަރުކާގެ ސްޓެލްތު ފައިޓާ ޖެޓެއް އުދުއްސާލުމަށް ތައްޔާރުވަނީ (ފައިލް).

އަރަބި ކަނޑުގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ މަނަވަރު، ޔޫއެސްއެސް އެބްރަހަމް ލިންކަން (ސީވީއެން 72) އިން އެމެރިކާގެ މެރިން ކޯޕްސްގެ އެފް-35ސީ މަރުކާގެ ސްޓެލްތު ފައިޓާ ޖެޓެއް އުދުއްސާލުމަށް ތައްޔާރުވަނީ (ފައިލް). | ސެންޓްކޮމް

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ އަމަލުތައް ޖުލައި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އަލުން ފަށާފައިވާކަން ބަޔާންކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެގައުމުގެ ގާނޫނު ހަދާ މަޖިލިސް (ކޮންގްރެސް) އަށް ރަސްމީކޮށް އަންގަވައިފިއެވެ. ޓްރަމްޕްގެ ސަރުކާރުން ދެކޭގޮތުގައި މި އެންގުމާއެކު، ކޮންގްރެސްގެ ހުއްދައަކާ ނުލައި ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި އެ ސަރަހައްދުގައި އަސްކަރީ ބާރުގެ ބޭނުންކުރުމުގެ ފުރުސަތު ސަރުކާރަށް ލިބިގެންދާނެ އެވެ.

މިދިޔަ ހޯމަ ދުވަހު ރޮއިޓާސްއަށް ފެނިފައިވާ، ޖުލައި 10 ވަނަ ދުވަހުގެ ތާރީޚު ޖަހާފައިވާ މި ސިޓީގައި ޓްރަމްޕް ވިދާޅުވެފައިވަނީ، އެމެރިކާގެ ރައްޔިތުންނާއި، ގައުމީ ސަލާމަތާއި، އަދި ޚާރިޖީ ސިޔާސަތުގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އޭނާގެ މައްޗަށް މަތިކޮށްފައިވާ ޒިންމާގެ ދަށުން މި އަސްކަރީ ފިޔަވަޅު އެޅުމަށް އަމުރުކުރެއްވީ ކަމަށެވެ.

މި ސިޓީގައި ޓްރަމްޕް ވަނީ އޭނާ އެޅުއްވި ފިޔަވަޅުތަކުގެ ތަފްސީލު ހިމަނުއްވާފަ އެވެ. އޭގެ ތެރޭގައި އޭޕްރީލް 7 ވަނަ ދުވަހު ދެ ހަފުތާގެ މުއްދަތަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އަމުރުކުރެއްވުމާއި، ފަހުން އެ މުއްދަތު އިތުރުކުރެއްވުމުގެ އިތުރުން، މައްސަލައަށް ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް އޭނާގެ ސަރުކާރުން ކުރި މަސައްކަތްތައް ހިމެނެ އެވެ.

އިސްރާއީލާ ގުޅިގެން އެމެރިކާއިން އީރާނަށް ހަމަލާދޭން ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ.

ޖޫން 17 ވަނަ ދުވަހު އީރާނާއެކު ސޮއިކުރެއްވި ފަހުމުނާމާއާ ބެހޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ މުދާ އުފުލާ އުޅަނދުފަހަރަށް ހަމަލާދީ އީރާނުން އެ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އީރާނަށް އަލުން ހަމަލާދިނުމަށް އަމުރުކުރަން ޖެހުނީ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ކުރިމަތިލުންތައް ވަރުގަދަވަމުންދާ ދަނޑިވަޅެއްގައި، ހޯމަ ދުވަހު ޓްރަމްޕް ވިދާޅުވީ ގަލްފް ސަރަހައްދުގައި އީރާނުގެ އުޅަނދުފަހަރު ހުއްޓުވުމަށް ހިންގާ ބްލޮކޭޑް އެމެރިކާއިން އަލުން ފަށާފައިވާ ކަމަށާއި، ހުރްމުޒް ކަނޑުއޮޅި ބަންދުވިޔަ ނުދީ ހުޅުވާފައި ބޭއްވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އެމެރިކާގެ ގާނޫނު އަސާސީ ބުނާގޮތުން ހަނގުރާމަ އިއުލާންކުރުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ކޮންގްރެސްއަށެވެ. ނަމަވެސް، ގައުމުގެ ސަލާމަތް ރައްކާތެރިކުރުމަށްޓަކައި، ގާނޫނު ހަދާ މަޖިލީހުގެ ހުއްދައަކާ ނުލައި ކުރު މުއްދަތުގެ އަސްކަރީ ހަރަކާތްތައް ހިންގުމުގެ ހައްގު އެމެރިކާގެ ރައީސުންނަށް ލިބިގެންވާ ކަމަށް އެގައުމުގެ ރައީސުން ޒަމާނުއްސުރެ ދައުވާ ކުރައްވަ އެވެ.

ވޯ ޕަވަރސް އެކްޓް

"ވޯ ޕަވަރސް އެކްޓް" ނުވަތަ ހަނގުރާމައިގެ ބާރުތަކާ ބެހޭ ގާނޫނު ބުނާގޮތުން، ހަނގުރާމައިގެ އަމަލެއް ފަށާތާ 48 ގަޑިއިރު ނުވަނީސް ރައީސް އެކަން ކޮންގްރެސްއަށް އަންގަންވާނެ އެވެ. އަދި ކޮންގްރެސްގެ ހުއްދައާ ނުލައި ފަށާ އަސްކަރީ ހަރަކާތްތައް 60 ދުވަހުގެ ތެރޭގައި ނިންމަންޖެހޭނެ ކަމަށްވެސް އެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

އީރާނުގެ މައްސަލައިގައި ފުރަތަމަ 60 ދުވަހުގެ މުއްދަތު ހަމަވީ މެއި މަހުގެ 1 ވަނަ ދުވަހަށެވެ. ނަމަވެސް، ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ރައީސް ޓްރަމްޕް ވިދާޅުވީ، ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާއެކު ހަނގުރާމައިގެ އަމަލުތައް ނިމުމަކަށް އައިސްފައިވާ ކަމަށް އޭނާ އިއުލާންކުރައްވާފައިވާތީ، އެ މުއްދަތު މިހާރު ނުހިނގާނެ ކަމަށެވެ. ޓްރަމްޕް މިހެން ވިދާޅުވި ނަމަވެސް، އެމެރިކާގެ ސިފައިން އީރާނުގެ ބަނދަރުތައް ބަންދުކޮށް، ހަމަލާތައް ދެމުންދިޔަކަން ފާހަގަކުރެވެ އެވެ.

މިހާރު ކުރިއަށްދާ ހަނގުރާމައާ ދެކޮޅު ޑިމޮކްރެޓުންނާއި ރިޕަބްލިކަން ޕާޓީގެ ބައެއް މެންބަރުން ބުނަމުންދަނީ، ސަރުކާރުން ގާނޫނު މާނަކުރަމުންދަނީ ނުބައިކޮށް ކަމަށެވެ.

ނަން ހާމަނުކުރުމަށް އެދި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ޑިމޮކްރެޓިކް ޕާޓީގެ އިސް ބޭފުޅަކު ވިދާޅުވީ، ހަތަރު ހަފުތާއާއި ހަ ހަފުތާއާ ދެމެދުގެ މުއްދަތަކަށް ދެމިގެންދާނެ ކަމަށް ރައީސް ވިދާޅުވި ހަނގުރާމަ، އެތައް މަހަކަށް ދެމިގެން ގޮސްފައިވާއިރު، އެކަން ނުހިނގާ ކަމަށް ހަމައެކަނި ރައީސް ބޭނުންފުޅުވާ ގޮތަށް ނިންމަވައި ނުލެއްވޭނެ ކަމަށެވެ.

މީގެ އިތުރުން، ކޮންގްރެސްގެ ދެ މަޖިލީހުގައިވެސް ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު ކުޑަ ތަފާތަކުން އޮތް ނަމަވެސް، އީރާނާއެކު ކުރާ ހަނގުރާމައިން އެމެރިކާގެ ސިފައިން ބޭލުމަށް ގޮވާލާ ގަރާރެއް ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން މިދިޔަ މަހު ވަނީ ފާސްކޮށްފަ އެވެ.

މި ވޯޓުން ހާމަވެގެންދިޔައީ، އެތައް މަހަކަށް ދެމިގެން ގޮސްފައިވާ މި ހަނގުރާމައާ މެދު މެންބަރުންގެ މެދުގައި އޮތް ކަންބޮޑުވުން އިތުރުވަމުންދާ މިންވަރެވެ.

މި ވޯޓަށްފަހު ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ކޯފާވެ، އެ ގަރާރަށް ތާއީދުކޮށް ވޯޓު ދިން މެންބަރުންނަކީ އީރާނަށް "ހިތްހަމަޖެހުން" ހޯދައިދީ، އޭނާގެ މަސައްކަތަށް "އުނދަގޫ" ކުރާ ބައެއްގެ ގޮތުގައި ސިފަކުރައްވައި އެ ބޭފުޅުންނަށް ފާޑުވިދާޅުވެފަ އެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާޑޮނަލްޑް ޓްރަމްޕްހުރްމުޒް ކަނޑުއޮޅިވޯ ޕަވަރސް އެކްޓް

އިތުރަށް ކިޔާލަން

14 ޖުލައި 2026

އީރާނުން ހުރްމުޒް ކަނޑުއޮޅީގައި ދެ ތެޔޮ ޓޭންކަރަކަށް ހަމަލާދީފި

ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަމުގެ ތެރެއަށް އެމެރިކާއިން އަތްބޭނުމުގެ ފުރުސަތު ނުދޭނެ ކަމަށް ބުނެ އީރާނުން އިންޒާރު ދީފި. އެމެރިކާގެ ނުފޫޒާއެކު ބައިނަލްއަގުވާމީ ކަނޑުގެ ގަވާއިދުތަކާ ޚިލާފުވާ އުޅަނދުތަކާ ދެކޮޅަށް ވަރުގަދަ ފިޔަވަޅު އަޅާނެ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވޭ. އެ ސަރަހައްދުގައި އެމެރިކާއިން ހިންގާ ޣައިރު ގާނޫނީ ހަރަކާތްތަކާ ގުޅިގެން ހުރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުން މިހާރު ވަނީ ބަންދުކޮށްފައި.

14 ޖުލައި 2026
އީރާނުން ހުރްމުޒް ކަނޑުއޮޅީގައި ދެ ތެޔޮ ޓޭންކަރަކަށް ހަމަލާދީފި
14 ޖުލައި 2026

ތެލުގެ އަގު 9 އިންސައްތަ މައްޗަށް ހިނގައްޖެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 9 އިންސައްތަ މައްޗަށް ގޮސް، ބްރެންޓް ކުރޫޑް ފީފާއެއްގެ އަގު 82.90 ޑޮލަރަށް އަދި ޑަބްލިއު.ޓީ.އައި ފީފާއެއްގެ އަގު 77.87 ޑޮލަރަށް ވަނީ އުފުލިފައެވެ. ތެލުގެ އަގަށް މި ބޮޑު ބަދަލު އައީ ތެޔޮ އުފުލުމުގައި މުހިންމު މަގަކަށްވާ ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށް އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތައް ހޫނުވުމާ ގުޅިގެންނެވެ.

14 ޖުލައި 2026
ތެލުގެ އަގު 9 އިންސައްތަ މައްޗަށް ހިނގައްޖެ
14 ޖުލައި 2026

ހުރްމުޒް ކަނޑު އޮޅި މިހާރު ކޮންޓްރޯލް ކުރަނީ އެމެރިކާ އިން، އީރާން އަކީ މިހާާރު ބިރުގަންނަން ޖެހޭ ފަދަ ބާރެއް ނޫން: ޓްރަމްޕް

ޓްރަމްޕް ވިދާޅުވީ އެ ސަރަހައްދުގެ ފުރިހަމަ ބާރު މިހާރު އެމެރިކާގެ އަތް ދަށުގައި އޮތްއިރު، އީރާން އަކީ މިހާރި ކުރިއާ އަޅާ ބަލާއިރު ބިރުގަންނަން ޖެހޭ ފަދަ ބާރެއް ނޫން ކަމަށް.

14 ޖުލައި 2026
ހުރްމުޒް ކަނޑު އޮޅި މިހާރު ކޮންޓްރޯލް ކުރަނީ އެމެރިކާ އިން، އީރާން އަކީ މިހާާރު ބިރުގަންނަން ޖެހޭ ފަދަ ބާރެއް ނޫން: ޓްރަމްޕް
14 ޖުލައި 2026

އީރާންގެ މިސައިލް އާއި ޑްރޯން އުފައްދާ މަރުކަޒު ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށް އެމެރިކާާ އިން ބުނެފި

ސެންޓްކޮމް އިން ހާމަ ކޮށްފައިވާ ގޮތުގައި، ފަސް ގަޑިއިރަށް ދެމިގެން ދިޔަ މި އަސްކަރީ އޮޕަރޭޝަންގައި އީރާންގެ އެކި ސަރަހައްދު ތަކުގައި ހުރި އަސްކަރީ މަރުކަޒު ތަކަށް ވަނީ ކާމިޔާބު ހަމަލާ ތަކެއް ދީފައި. މީގެ ތެރޭގައި ބުޝެހްރު، ޗާބަހާރު، ޖާސްކް، ކޮނާރަކް، އަބޫ މޫސާ އަދި ބަނދަރު އައްބާސްގައި ހުރި އަސްކަރީ އަމާޒުތައް ހިމެނޭ ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ބުނެފައިވޭ.

14 ޖުލައި 2026
އީރާންގެ މިސައިލް އާއި ޑްރޯން އުފައްދާ މަރުކަޒު ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށް އެމެރިކާާ އިން ބުނެފި
14 ޖުލައި 2026

ބަހްރައިންގައި ހުންނަ އެމެރިކާގެ ފަސް ވަނަ ނޭވީ ފްލީޓަށް ހަމަލާ ދީފައިވާ ކަމަށް އީރާން އިން ބުނެފި

އައިއާރުޖީސީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި ހަމަލާ ތަކުގައި އެ ބޭސްގައި ހުންނަ ތެޔޮ ރައްކާ ކުރާ ތަންތަނަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާ ކަމަށާއި، އެ ތަންތަނުގައި އަލިފާން ރޯވެފައިވާ ކަމަށް. މި ހަމަލާ ތަކުގައި ޕެޓްރިއޮޓް ރާޑަރު ސިސްޓަމް I’mއަކަށް ހަމަލާދީ، ހަލާކު ކޮށްލާފައިވާ ކަމަށް ވެސް އައިއާރުޖީސީ އިން ބުނެފައިވޭ.

14 ޖުލައި 2026
ބަހްރައިންގައި ހުންނަ އެމެރިކާގެ ފަސް ވަނަ ނޭވީ ފްލީޓަށް ހަމަލާ ދީފައިވާ ކަމަށް އީރާން އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު