Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމެދުއިރުމަތީގެ ހަމަނުޖެހުން

އަރަބި ކަނޑުން ދަތުރުކުރަމުންދިޔަ "ސްޓޯލްޓް މެގްނީޒިއަމް" ނަމަކަށް ކިޔާ ތެޔޮ ޓޭންކަރަކަށް ހަމަލާދީފި

14 ޖުލައި 2026 | އަންގާރަ 10:57

އޮމާން ކައިރިން ދަތުރުކުރި "ސްޓޯލްޓް މެގްނީޒިއަމް" ޓޭންކަރަށް ދިން ހަމަލާއެއްގައި އިންޖީނު ރޫމުގައި އަލިފާން ރޯވި ނަމަވެސް، ފަޅުވެރިންނަށް އެއްވެސް އަނިޔާއެއް ނުވެ ވަނީ ސަލާމަތްވެފައި. މީގެ އިތުރުން ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ޔޫއޭއީގެ ދެ އުޅަނދަކަށް އީރާނުން ދިން މިސައިލް ހަމަލާތަކެއްގައި އެކަކު މަރުވެ، އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި.

ރާއްޖެ އެމްވީ | 14 ޖުލައި 2026 | އަންގާރަ 10:57
2026 ޖުލައި 12 ވަނަ ދުވަހު އޭއެފްޕީޓީވީގެ ވީޑިއޯ ފުޓޭޖަކުން ނަގާފައިވާ މި ފޮޓޯއިން ފެންނަނީ، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އިރުމަތީ އައްސޭރިފަށުގައިވާ ޚޯރް ފައްކާން ކައިރިން، ހޯރްމޫޒް ސަރަހައްދަށް މުދާ އުފުލާ ބޯޓުފަހަރުތަކެއް ބަނދަރުކޮށްފައިވާ މަންޒަރު.

2026 ޖުލައި 12 ވަނަ ދުވަހު އޭއެފްޕީޓީވީގެ ވީޑިއޯ ފުޓޭޖަކުން ނަގާފައިވާ މި ފޮޓޯއިން ފެންނަނީ، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އިރުމަތީ އައްސޭރިފަށުގައިވާ ޚޯރް ފައްކާން ކައިރިން، ހޯރްމޫޒް ސަރަހައްދަށް މުދާ އުފުލާ ބޯޓުފަހަރުތަކެއް ބަނދަރުކޮށްފައިވާ މަންޒަރު. | ގެޓީ އިމޭޖަސް

އޮމާންގެ އައްސޭރިފަށުން އަރަބި ކަނޑުން ދަތުރުކުރަމުންދިޔަ "ސްޓޯލްޓް މެގްނީޒިއަމް" ނަމަކަށް ކިޔާ ތެޔޮ ޓޭންކަރަކަށް ހަމަލާ އެއް އެރުމުގެ ސަބަބުން އެއްޗެއް ގޮވައި، އަންގާރަ ދުވަހު އަލިފާނުގެ ހާދިސާއެއް ހިނގައިފި ކަމަށް އެ އުޅަނދު އޮޕަރޭޓްކުރާ ސްޓޯލްޓް ޓޭންކާސް ކުންފުނިން ބުނެފި އެވެ.

މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގަޗއެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ގޮވުމާ ގުޅިގެން އެ އުޅަނދުގެ އިންޖީނު ރޫމުގައި އަލިފާން ރޯވެފައިވާ ކަމަށެވެ.

އެ އުޅަނދުގައި ތިބި ހުރިހާ ފަޅުވެރިންގެ ހާލުވެސް ރަނގަޅު ކަމަށާއި، އެންމެން ތިބީ ސަލާމަތުން ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި އުޅަނދުގެ ފަޅުވެރިން މިހާރު ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ.

ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ވަނީ އޮމާންގެ ގަލްހާތުގެ އިރުއުތުރުން 40 ނޯޓިކަލް މޭލު ބޭރުން ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓުކޮށްފަ އެވެ. އެލްއެސްއީޖީގެ ޝިޕިންގ ޑޭޓާތަކުން ދައްކާ ގޮތުގައި، އެއީ ސްޓޯލްޓް މެގްނީޒިއަމް ދަތުރުކުރަމުންދިޔަ ސަރަހައްދެވެ.

މީގެ އިތުރުން ހިނގި އެހެން ހާދިސާއެއްގައި، ޔޫއޭއީގެ "މޮމްބާސާ ބީ" އަދި "އަލް ބަހްޔާ" ނަމަކަށް ކިޔާ ދެ ކްރޫޑް އޮއިލް ޓޭންކަރަކަށް، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަނިކޮށް އީރާނުގެ ކްރޫޒް މިސައިލް ހަމަލާތަކެއް ވަނީ އަމާޒުވެފަ އެވެ. މި ހަމަލާތަކުގެ ސަބަބުން އެ ދެ އުޅަނދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެކަކު ވަނީ މަރުވެފަ އެވެ.

މަސްދަރު: ރޮއިޓާސް

ސްޓޯލްޓް ޓޭންކާސްއީރާންހުރްމުޒް ކަނޑުއޮޅި

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

14 ޖުލައި 2026

ހުރްމުޒް ކަނޑު އޮޅީގެ ސަލާމަތާ ގުޅޭ ބިލެއް އީރާންގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފި

14 ޖުލައި 2026
ހުރްމުޒް ކަނޑު އޮޅީގެ ސަލާމަތާ ގުޅޭ ބިލެއް އީރާންގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފި
14 ޖުލައި 2026

އީރާނުގެ ޑެޕިއުޓީ އެމްބަސެޑަރު ހާޒިރުކޮށް އިންޑިއާއިން ވަރުގަދަ އިހުތިޖާޖެއް ކޮށްފި

14 ޖުލައި 2026
އީރާނުގެ ޑެޕިއުޓީ އެމްބަސެޑަރު ހާޒިރުކޮށް އިންޑިއާއިން ވަރުގަދަ އިހުތިޖާޖެއް ކޮށްފި
14 ޖުލައި 2026

ބަހުރޭނުން އީރާނުގެ ވައިގެ ހަމަލާތައް ނާކާމިޔާބުކޮށްލައިފި

14 ޖުލައި 2026
ބަހުރޭނުން އީރާނުގެ ވައިގެ ހަމަލާތައް ނާކާމިޔާބުކޮށްލައިފި
14 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ޔޫއޭއީގެ ދެ ތެޔޮ ބޯޓަކަށް އީރާނުން ދިން މިސައިލް ހަމަލާތަކެއްގައި އިންޑިއާ މީހަކު މަރުވެއްޖެ

14 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ޔޫއޭއީގެ ދެ ތެޔޮ ބޯޓަކަށް އީރާނުން ދިން މިސައިލް ހަމަލާތަކެއްގައި އިންޑިއާ މީހަކު މަރުވެއްޖެ
14 ޖުލައި 2026

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އަލުން ފަށައިފިކަން ރައީސް ޓްރަމްޕް ކޮންގްރެސް އަށް ރަސްމީކޮށް އަންގަވައިފި

14 ޖުލައި 2026
އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އަލުން ފަށައިފިކަން ރައީސް ޓްރަމްޕް ކޮންގްރެސް އަށް ރަސްމީކޮށް އަންގަވައިފި
14 ޖުލައި 2026

އީރާނުން ހުރްމުޒް ކަނޑުއޮޅީގައި ދެ ތެޔޮ ޓޭންކަރަކަށް ހަމަލާދީފި

14 ޖުލައި 2026
އީރާނުން ހުރްމުޒް ކަނޑުއޮޅީގައި ދެ ތެޔޮ ޓޭންކަރަކަށް ހަމަލާދީފި
14 ޖުލައި 2026

ޔަމަނުގެ ހޫޘީން ގެ ހަމަލާ އާ ގުޅިގެން ސައުދީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ދެމިއޮންނާނެ ކަމަށް އެމެރިކާ އިން ބުނެފި

14 ޖުލައި 2026
ޔަމަނުގެ ހޫޘީން ގެ ހަމަލާ އާ ގުޅިގެން ސައުދީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ދެމިއޮންނާނެ ކަމަށް އެމެރިކާ އިން ބުނެފި
14 ޖުލައި 2026

ތެލުގެ އަގު 9 އިންސައްތަ މައްޗަށް ހިނގައްޖެ

14 ޖުލައި 2026
ތެލުގެ އަގު 9 އިންސައްތަ މައްޗަށް ހިނގައްޖެ
14 ޖުލައި 2026

އީރާންގެ މިސައިލް އާއި ޑްރޯން އުފައްދާ މަރުކަޒު ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށް އެމެރިކާާ އިން ބުނެފި

14 ޖުލައި 2026
އީރާންގެ މިސައިލް އާއި ޑްރޯން އުފައްދާ މަރުކަޒު ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށް އެމެރިކާާ އިން ބުނެފި
13 ޖުލައި 2026

ބާބުލް މަންދަބު ބަންދުކޮށް ތެލުގެ އަގު 200 ޑޮލަރަށް މައްޗަށް ޖައްސާނެ ކަމުގެ އިންޒާރު ޔަމަނުން ދީފި

13 ޖުލައި 2026
ބާބުލް މަންދަބު ބަންދުކޮށް ތެލުގެ އަގު 200 ޑޮލަރަށް މައްޗަށް ޖައްސާނެ ކަމުގެ އިންޒާރު ޔަމަނުން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް