Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-ބަހްރައިން

ބަހުރޭނުން އީރާނުގެ ވައިގެ ހަމަލާތައް ނާކާމިޔާބުކޮށްލައިފި

14 ޖުލައި 2026 | އަންގާރަ 09:26

އީރާނުން ބަހްރައިނަށް އަމާޒުކޮށް ފޮނުވާލި ނުރައްކާތެރި ވައިގެ ހަމަލާތަކެއް އެ ގައުމުގެ އެއަރ ޑިފެންސް ސިސްޓަމުން ނާކާމިޔާބުކޮށްލާފައިވާ ކަމަށް ބަހްރައިންގެ އަސްކަރިއްޔާއިން ބުނެފި. މި ހަމަލާތަކަކީ އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލުހިފުމެއް ކަމަށް އީރާނުން ބުނާއިރު، ބަހްރައިންގެ ވެރިރަށް މަނާމާގައި ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވި، ރައްޔިތުން ރައްކާތެރި ތަންތަނަށް ވަނުމަށް ވަނީ އަންގާފައި.

ރާއްޖެ އެމްވީ | 14 ޖުލައި 2026 | އަންގާރަ 09:26
2026 ވަނަ އަހަރުގެ މާރިޗު މަހުގެ 12 ވަނަ ދުވަހު، ބަޙްރައިންގެ މުޙައްރަޤުގައި ހުރި ތެޔޮ ރައްކާކުރާ ޓޭންކުތަކަކަށް އީރާނުން ދިން ކަމަށް ބުނާ ހަމަލާއަކާ ގުޅިގެން، އެ ސަރަހައްދުން ދުން އަރަމުންދަނީ.

2026 ވަނަ އަހަރުގެ މާރިޗު މަހުގެ 12 ވަނަ ދުވަހު، ބަޙްރައިންގެ މުޙައްރަޤުގައި ހުރި ތެޔޮ ރައްކާކުރާ ޓޭންކުތަކަކަށް އީރާނުން ދިން ކަމަށް ބުނާ ހަމަލާއަކާ ގުޅިގެން، އެ ސަރަހައްދުން ދުން އަރަމުންދަނީ. | ގެޓީ އިމޭޖަސް

ވައިގެ މަގުން އީރާނުން ބަހްރައިނަށް ދިން ބައެއް ހަމަލާތައް ނާކާމިޔާބުކޮށްލާފައިވާ ކަމަށް ބަހްރައިނަން އަންގާރަ ދުވަހު ބުނެފި އެވެ. މި ހަމަލާތައް ދީފައިވަނީ މުހިންމު ކަނޑުގެ ސަރަހައްދެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި އެމެރިކާއާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަން ބޮޑުވެ، ކުރިމަތިލުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ބަހްރައިންގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އީރާނުން ދިން ނުރައްކާތެރި ވައިގެ ހަމަލާތަކެއް އެ ގައުމުގެ އެއަރ ޑިފެންސް ސިސްޓަމްތަކުން ހުއްޓުވައި، ނައްތާލާފައިވާ ކަމަށެވެ. މީގެ އިތުރުން، އީރާނުން އާންމު ރައްޔިތުންނަށް އަމާޒުކޮށް ހަމަލާދޭ ކަމަށްވެސް ބަހްރައިންގެ އަސްކަރިއްޔާއިން ވަނީ ތުހުމަތުކޮށްފަ އެވެ.

އީރާނުން ބުނެފައިވާ ގޮތުގައި ބަހްރައިނަށް ހަމަލާދީފައިވަނީ، އެމެރިކާއިން އީރާނުގެ ސަރަހައްދުތަކަށް ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން މީގެ ކުރިން ބުނެފައިވަނީ ބަހްރައިނަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައިވާނެ ކަމަށެވެ.

އޭއެފްޕީގެ ނޫސްވެރިއަކު ރިޕޯޓްކޮށްފައިވާ ގޮތުގައި، ފަތިހުން ފެށިގެން ތިންވަނަ ފަހަރަށް ނުރައްކަލުގެ ރަނގަބީލު (ސައިރަން) އެޅުމަށްފަހު، ބަހްރައިންގެ ވެރިރަށް މަނާމާގައި ބާރުގަދަ ގޮވުންތަކެއްގެ އަޑު ވަނީ އިވިފަ އެވެ.

ބަހްރައިންގެ ޑިފެންސް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ނުރައްކަލުގެ ރަނގަބީލު އަޅާފައިވާތީ، ހުރިހާ ރައްޔިތުންނާއި އެ ގައުމުގައި ދިރިއުޅޭ މީހުން ކެތްތެރިކަން އިސްކޮށް، އެންމެ ގާތުގައި ހުރި ރައްކާތެރި ތަންތަނަށް ދިއުމަށް އިލްތިމާސްކުރާ ކަމަށެވެ.

މަސްދަރު: އޭއެފްޕީ

އީރާން-ބަހްރައިންހުރްމުޒް ކަނޑުއޮޅި

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

14 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ޔޫއޭއީގެ ދެ ތެޔޮ ބޯޓަކަށް އީރާނުން ދިން މިސައިލް ހަމަލާތަކެއްގައި އިންޑިއާ މީހަކު މަރުވެއްޖެ

14 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ޔޫއޭއީގެ ދެ ތެޔޮ ބޯޓަކަށް އީރާނުން ދިން މިސައިލް ހަމަލާތަކެއްގައި އިންޑިއާ މީހަކު މަރުވެއްޖެ
14 ޖުލައި 2026

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އަލުން ފަށައިފިކަން ރައީސް ޓްރަމްޕް ކޮންގްރެސް އަށް ރަސްމީކޮށް އަންގަވައިފި

14 ޖުލައި 2026
އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އަލުން ފަށައިފިކަން ރައީސް ޓްރަމްޕް ކޮންގްރެސް އަށް ރަސްމީކޮށް އަންގަވައިފި
14 ޖުލައި 2026

އީރާނުން ހުރްމުޒް ކަނޑުއޮޅީގައި ދެ ތެޔޮ ޓޭންކަރަކަށް ހަމަލާދީފި

14 ޖުލައި 2026
އީރާނުން ހުރްމުޒް ކަނޑުއޮޅީގައި ދެ ތެޔޮ ޓޭންކަރަކަށް ހަމަލާދީފި
14 ޖުލައި 2026

ތެލުގެ އަގު 9 އިންސައްތަ މައްޗަށް ހިނގައްޖެ

14 ޖުލައި 2026
ތެލުގެ އަގު 9 އިންސައްތަ މައްޗަށް ހިނގައްޖެ
13 ޖުލައި 2026

ބާބުލް މަންދަބު ބަންދުކޮށް ތެލުގެ އަގު 200 ޑޮލަރަށް މައްޗަށް ޖައްސާނެ ކަމުގެ އިންޒާރު ޔަމަނުން ދީފި

13 ޖުލައި 2026
ބާބުލް މަންދަބު ބަންދުކޮށް ތެލުގެ އަގު 200 ޑޮލަރަށް މައްޗަށް ޖައްސާނެ ކަމުގެ އިންޒާރު ޔަމަނުން ދީފި
13 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅިން ފީ އެއް ނަގާނެ ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން އދ. ގެ ޝިޕިން އޭޖެންސީ އިން އެކަމާ ދެކޮޅުކަން ހާމަކޮށްފި

13 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅިން ފީ އެއް ނަގާނެ ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން އދ. ގެ ޝިޕިން އޭޖެންސީ އިން އެކަމާ ދެކޮޅުކަން ހާމަކޮށްފި
13 ޖުލައި 2026

އީރާން ގެ ބޯޓުފަހަރަށް ހުރަސް އެޅުމަށް އެމެރިކާ އިން އަލުން ބްލޮކޭޑް ތަންފީޒު ކުރަނީ

13 ޖުލައި 2026
އީރާން ގެ ބޯޓުފަހަރަށް ހުރަސް އެޅުމަށް އެމެރިކާ އިން އަލުން ބްލޮކޭޑް ތަންފީޒު ކުރަނީ
13 ޖުލައި 2026

ޓްރަމްޕް އަށް އީރާނުގެ ރައްދު: ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމުގެ ފުރުސަތު ދުވަހަކު ވެސް އެމެރިކާއަށް ނުދޭނަން

13 ޖުލައި 2026
ޓްރަމްޕް އަށް އީރާނުގެ ރައްދު: ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމުގެ ފުރުސަތު ދުވަހަކު ވެސް އެމެރިކާއަށް ނުދޭނަން
13 ޖުލައި 2026

ސައިޕްރަސްގެ ބޯޓަށް އީރާނުން ދިން ހަމަލާއާ ގުޅިގެން، އިންޑިއާގެ ފަޅުވެރިއަކު ގެއްލިގެން ހޯދަނީ

13 ޖުލައި 2026
ސައިޕްރަސްގެ ބޯޓަށް އީރާނުން ދިން ހަމަލާއާ ގުޅިގެން، އިންޑިއާގެ ފަޅުވެރިއަކު ގެއްލިގެން ހޯދަނީ
13 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދަކަށް އީރާނުން އިންޒާރުގެ ބަޑި ޖަހައިފި

13 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދަކަށް އީރާނުން އިންޒާރުގެ ބަޑި ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް