Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އީރާން

އީރާންގެ މިސައިލް އާއި ޑްރޯން އުފައްދާ މަރުކަޒު ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށް އެމެރިކާާ އިން ބުނެފި

14 ޖުލައި 2026 | އަންގާރަ 05:01

ސެންޓްކޮމް އިން ހާމަ ކޮށްފައިވާ ގޮތުގައި، ފަސް ގަޑިއިރަށް ދެމިގެން ދިޔަ މި އަސްކަރީ އޮޕަރޭޝަންގައި އީރާންގެ އެކި ސަރަހައްދު ތަކުގައި ހުރި އަސްކަރީ މަރުކަޒު ތަކަށް ވަނީ ކާމިޔާބު ހަމަލާ ތަކެއް ދީފައި. މީގެ ތެރޭގައި ބުޝެހްރު، ޗާބަހާރު، ޖާސްކް، ކޮނާރަކް، އަބޫ މޫސާ އަދި ބަނދަރު އައްބާސްގައި ހުރި އަސްކަރީ އަމާޒުތައް ހިމެނޭ ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖުލައި 2026 | އަންގާރަ 05:01
އީރާން އަށް އަމާޒުކޮށް އެމެރިކާ އިން ހަމަލާއެއް ފޮނުވާ މަންޒަރު.

އީރާން އަށް އަމާޒުކޮށް އެމެރިކާ އިން ހަމަލާއެއް ފޮނުވާ މަންޒަރު. | ރޮއިޓާސް

އީރާނުގެ އައްސޭރިފަށުގެ ދިފާއީ ނިޒާމު ތަކާއި، މިސައިލް އާއި ޑްރޯން އުފައްދާ މަރުކަޒު ތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާ ތަކެއް ދީފައި ވާނެ ކަމަށް އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނެފި އެވެ.

މި ހަމަލާ ތަކަކީ އީރާން އިން ބައިނަލްއަގުވާމީ ކަނޑު ދަތުރު ފަތުރަށް ހުރަސް އަޅައި، ދެމުންދާ ހަމަލާތައް ހުއްޓުވުމުގެ މަގްސަދުގައި ދިން ހަމަލާ ތަކެއް ކަމަށް އެމެރިކާ އިން ބުނެ އެވެ.

ސެންޓްކޮމް އިން ހާމަ ކޮށްފައިވާ ގޮތުގައި، ފަސް ގަޑިއިރަށް ދެމިގެން ދިޔަ މި އަސްކަރީ އޮޕަރޭޝަންގައި އީރާންގެ އެކި ސަރަހައްދު ތަކުގައި ހުރި އަސްކަރީ މަރުކަޒު ތަކަށް ވަނީ ކާމިޔާބު ހަމަލާ ތަކެއް ދީފައި އެވެ. މީގެ ތެރޭގައި ބުޝެހްރު، ޗާބަހާރު، ޖާސްކް، ކޮނާރަކް، އަބޫ މޫސާ އަދި ބަނދަރު އައްބާސްގައި ހުރި އަސްކަރީ އަމާޒުތައް ހިމެނޭ ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ބުނެފައިވެ އެވެ.

އެމެރިކާާ އިން އީރާން އަށް ދިން ހަމަލާގެ މަންޒަރުގެ ތެރެއިން.

މި ހަމަލާ ތަކުގައި އެމެރިކާގެ ސިފައިން ބޭނުން ކޮށްފައި ވަނީ އަމާޒަށް ސީދާކޮށް ވާސިލްވާ "ޕްރެސިޝަން މިއުނިޝަން" ނުވަތަ ޒަމާނީ ހަތިޔާރު ތަކެވެ. މި ހަމަލާތައް އަމާޒު ކޮށްފައި ވަނީ އީރާންގެ އައްސޭރިފަށުގެ ދިފާއީ ނިޒާމު ތަކަށާއި، މިސައިލް އާއި ޑްރޯން ރައްކާކުރާ ތަންތަނުގެ އިތުރުން، އީރާންގެ ކަނޑުގެ އަސްކަރީ ގާބިލުކަން ހުރި މަރުކަޒު ތަކަށެވެ.

މިކަމުގެ މައިގަނޑު ބޭނުމަކީ ވިޔަފާރި އުޅަނދު ފަހަރަށް ހަމަލާ ދިނުމަށް އީރާން އިން ގެންގުޅޭ ގާބިލުކަން ކުޑަކޮށް، ބަލި ކޮށްލުން ކަމަށް ސެންޓްކޮމް އިން ނެރުނު ބަޔާނުގައި ވަނީ ބުނެފައި އެވެ.

އެމެރިކާާ އިން އީރާން އަށް ދިން ހަމަލާގެ މަންޒަރުގެ ތެރެއިން.

މީގެ އިތުރުން ސެންޓްކޮމް އިން ބުނެފައި ވަނީ، އީރާން އަށް އަމާޒުކޮށް ދިން ހަމަލާ ތަކުގެ ފަހު ބުރު އަންގާރަ ދުވަހުގެ ހެނދުނު ނިންމާލާފައިވާ ކަމަށެވެ. އެމެރިކާ އިން ސިފަ ކުރާ ގޮތުގައި މި އޮޕަރޭޝަން އަކީ ސަރަހައްދީ ރައްކާތެރިކަން ދެމެހެއްޓުމަށް އެޅި ފިޔަވަޅެކެވެ.

މީގެ އިތުރުން، މެދު އިރުމަތީގެ މަސްލަހަތު ގޯސްވަމުންދާ މި ދަނޑިވަޅުގައި، އެ ސަރަހައްދުގެ އެކި ގައުމު ތަކުގައި އެމެރިކާގެ 50،000 އަށް ވުރެ ގިނަ ސިފައިން މިހާރު ވެސް ގާއިމުވެ ތިބި ކަމަށް ސެންޓްކޮމްގެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ. މިއީ ސަރަހައްދީ ހަމަޖެހުން ގާއިމު ކުރުމާއި، އެމެރިކާގެ މަސްލަހަތުތައް ހިމާޔަތް ކުރުމަށް ބައި ތިއްބާފައިވާ ސިފައިން ކަމަށް އެ ގައުމުން ބުނެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާންސެންޓްކޮމް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

14 ޖުލައި 2026

ބަހްރައިންގައި ހުންނަ އެމެރިކާގެ ފަސް ވަނަ ނޭވީ ފްލީޓަށް ހަމަލާ ދީފައިވާ ކަމަށް އީރާން އިން ބުނެފި

14 ޖުލައި 2026
ބަހްރައިންގައި ހުންނަ އެމެރިކާގެ ފަސް ވަނަ ނޭވީ ފްލީޓަށް ހަމަލާ ދީފައިވާ ކަމަށް އީރާން އިން ބުނެފި
13 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅިން ފީ އެއް ނަގާނެ ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން އދ. ގެ ޝިޕިން އޭޖެންސީ އިން އެކަމާ ދެކޮޅުކަން ހާމަކޮށްފި

13 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅިން ފީ އެއް ނަގާނެ ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން އދ. ގެ ޝިޕިން އޭޖެންސީ އިން އެކަމާ ދެކޮޅުކަން ހާމަކޮށްފި
13 ޖުލައި 2026

އީރާން ގެ ބޯޓުފަހަރަށް ހުރަސް އެޅުމަށް އެމެރިކާ އިން އަލުން ބްލޮކޭޑް ތަންފީޒު ކުރަނީ

13 ޖުލައި 2026
އީރާން ގެ ބޯޓުފަހަރަށް ހުރަސް އެޅުމަށް އެމެރިކާ އިން އަލުން ބްލޮކޭޑް ތަންފީޒު ކުރަނީ
13 ޖުލައި 2026

އެމެރިކާއިން އީރާނުގެ ސަބްމެރިނާއި ބޯޓު މަރާމާތު ކުރާ މަރުކަޒަކަށް ހަމަލާ ދޭ މަންޒަރު ދައްކާލައިފި

13 ޖުލައި 2026
އެމެރިކާއިން އީރާނުގެ ސަބްމެރިނާއި ބޯޓު މަރާމާތު ކުރާ މަރުކަޒަކަށް ހަމަލާ ދޭ މަންޒަރު ދައްކާލައިފި
13 ޖުލައި 2026

ޔަމަނުގެ ވެރިރަށް ސަންޢާ އަށް އީރާނުގެ މަތިންދާބޯޓެއް ޖެއްސުން ހުއްޓުވަން އެ ގައުމުގެ ސަރުކާރުގެ ފައުޖުތަކުން އެއަރޕޯޓަށް ހަމަލާ ދީފި

13 ޖުލައި 2026
ޔަމަނުގެ ވެރިރަށް ސަންޢާ އަށް އީރާނުގެ މަތިންދާބޯޓެއް ޖެއްސުން ހުއްޓުވަން އެ ގައުމުގެ ސަރުކާރުގެ ފައުޖުތަކުން އެއަރޕޯޓަށް ހަމަލާ ދީފި
13 ޖުލައި 2026

ސައިޕްރަސްގެ ބޯޓަށް އީރާނުން ދިން ހަމަލާއާ ގުޅިގެން، އިންޑިއާގެ ފަޅުވެރިއަކު ގެއްލިގެން ހޯދަނީ

13 ޖުލައި 2026
ސައިޕްރަސްގެ ބޯޓަށް އީރާނުން ދިން ހަމަލާއާ ގުޅިގެން، އިންޑިއާގެ ފަޅުވެރިއަކު ގެއްލިގެން ހޯދަނީ
13 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދަކަށް އީރާނުން އިންޒާރުގެ ބަޑި ޖަހައިފި

13 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދަކަށް އީރާނުން އިންޒާރުގެ ބަޑި ޖަހައިފި
13 ޖުލައި 2026

މެދުއިރުމަތީގެ ހަނގުރާމަ ހޫނުވަމުންދާއިރު، އެމެރިކާގެ ހަތިޔާރު ސްޓޮކް ނުރައްކަލުގެ ތެރޭގައި!

13 ޖުލައި 2026
މެދުއިރުމަތީގެ ހަނގުރާމަ ހޫނުވަމުންދާއިރު، އެމެރިކާގެ ހަތިޔާރު ސްޓޮކް ނުރައްކަލުގެ ތެރޭގައި!
13 ޖުލައި 2026

އެމެރިކާ އިން ހޯމަ ދުވަހު ހަމަލާ ދިނީ ފެންފޯރުކޮށްދޭ ސްޓޭޝަނަކަށް: އީރާން

13 ޖުލައި 2026
އެމެރިކާ އިން ހޯމަ ދުވަހު ހަމަލާ ދިނީ ފެންފޯރުކޮށްދޭ ސްޓޭޝަނަކަށް: އީރާން
13 ޖުލައި 2026

އެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން، ކުވެއިތާއި ބަހްރޭން އަދި އޮމާންގައި ހުރި އެމެރިކާގެ އަސްކަރީ މުހިންމު އަމާޒުތަކަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް އައިއާރްޖީސީ އިން ބުނެފި

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް