Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަން-ސައުދީ އަރަބިއްޔާ

ޔަމަން އާއި ސައުދީގެ މަޝްރަހު ހޫނުވެ ހޫޘީން ސައުދީ އަށް މިސައިލް ހަމަލާ ދީފި

13 ޖުލައި 2026 | ހޯމަ 17:46

ސައުދީ އަރަބިއްޔާއިން ޔަމަނުގެ ސަންޢާ އެއާޕޯޓަށް ދިން ކަމަށް ބުނާ ހަމަލާއާ ގުޅިގެން، ދެ ގައުމުގެ ދެމެދުގައި އޮތް ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށް ހޫޘީން ބުނެފި. މި ހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އުދުވާނެއް ކަމަށް ސިފަކޮށް، މީގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ޔަމަނުގެ ހަތިޔާރު އެޅި ޖަމާއަތްތަކުން ހޯމަ ދުވަހު ވަނީ ދީފައި.

ރާއްޖެ އެމްވީ | 13 ޖުލައި 2026 | ހޯމަ 17:46
ޔަމަނުގެ ހޫޘީ އަށް ނިސްބަތްވާ ހަނގުރާމަވެރިން ބަރު ހަތިޔާރާއެކު ލޮރީތަކެއްގައި ދަތުރުކުރަނީ

ޔަމަނުގެ ހޫޘީ އަށް ނިސްބަތްވާ ހަނގުރާމަވެރިން ބަރު ހަތިޔާރާއެކު ލޮރީތަކެއްގައި ދަތުރުކުރަނީ | ގެޓީ އިމޭޖަސް

ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދުތަކަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލްތަކެއް އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން ނައްތާލާފައިވާ ކަމަށް ސައުދީގެ މިނިސްޓްރީ އޮފް ޑިފެންސުން ހޯމަ ދުވަހު ބުނެފި ކަމަށް އަލް އަރަބިއްޔާ އިން ރިޕޯޓު ކޮށްފި އެވެ.

ހަމައެއާއެކު، ހޯމަ ދުވަހު ޔަމަނުގެ ސަންޢާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާ އަކީ ސައުދީ އަރަބިއްޔާ އިން ދިން ހަމަލާ އެއް ކަމަށް ބުނެ، ސަންޢާގައި ހުންނަ ޔަމަނުގެ ފޮރިން މިނިސްޓްރީން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި މި ހަމަލާއަކީ ދެ ގައުމުގެ ދެމެދުގައި އޮތް ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް ނިމުން އައިސް، ހަނގުރާމައިގެ އާ މަރުހަލާއެއް ފެށުނު ކަމުގެ ނިޝާނެކެވެ.

ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި އެ މިނިސްޓްރީން ބުނީ، ޔަމަނުގެ ހައްގުތައް ފުރިހަމައަށް ހޯދުމަށްޓަކައި އެ ގައުމުން އާ މަރުހަލާއަކަށް ފަސްޖެހުމެއް ނެތި ވަންނާނެ ކަމަށެވެ. އަދި ސައުދީ އަރަބިއްޔާއިން ދެމުންދާ އުދުވާނީ ހަމަލާތަކުގެ ސަބަބުން އެ ގައުމު އިސްތިރާތީޖީ ގޮތުން ބޮޑު ތާށިކަމެއްގެ ތެރެއަށް ވެއްޓި، އޭގެ ބަދަލުގައި ބޮޑު އަގެއް ދެއްކުމަށް ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް އެ ބަޔާނުގައި އިންޒާރު ދީފައިވެ އެވެ.

ސަންއާ އެއަރޕޯޓަށް ދިން ހަމަލާ އަކީ ސައުދީ އަރަބިއްޔާ އިން ދިން ހަމަލާ އެއް ކަމަށް ހޫޘީން ބުނި ނަމަވެސް އެކަމުގެ ހެއްކެއް ދައްކާފަ އެއް ނުވެ އެވެ.

މީގެ އިތުރުން، ޔަމަނުގެ ހަތިޔާރު އެޅި ބާރުތަކުގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ޔަހްޔާ ސާރީ ވިދާޅުވީ، ސައުދީގެ އުދުވާނަށް އަދަބު ނުދީ ދޫކޮށްނުލާނެ ކަމަށެވެ. އަދި ސައުދީން މިވަނީ މަސްލަހަތު ފިނިކުރުމުގެ މަރުހަލާ ނިމުމަކަށް ގެނެސްފައި ކަމަށާއި، މީގެ ސަބަބުން ކުރިމަތިވެދާނެ ހުރިހާ ނަތީޖާއެއްގެ ޒިންމާ އެ ގައުމުން އުފުލަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔަމަނުގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސައުދީން ސަންޢާ އެއާޕޯޓަށް ބޮން އެޅުމާއި ޔަމަނުގެ ވައިގެ ސަރަހައްދަށް ވަނުމަކީ، އެމެރިކާއާއި ޒަޔަނިސްޓުންގެ ބާރުއެޅުމާއެކު ސައުދީ ސަރުކާރުން ޔަމަން ބަންދުކޮށްގެން ގެންގުޅޭ ގެންގުޅުން ދެމެހެއްޓުމަށް ބޭނުންވާ ކަމުގެ ހެއްކެއް ކަމަށެވެ. މީގެ އިތުރުން، ޔަމަނުގެ މަތީ ފަންތީގެ މަސްދަރަކުން "އަލް މަޔާދީން" އަށް މައުލޫމާތު ދެމުން ބުނީ، ސަންޢާ އެއާޕޯޓަށް އަޅާފައިވާ ހުރަސްތައް ނައްތާލުމަށް ނިންމާފައިވާ ނިންމުމަކީ ބަދަލުކުރެވޭނެ ނިންމުމެއް ނޫން ކަމަށެވެ. އަދި ޔަމަނުގެ ސިފައިން ތިބީ ކޮންމެ ފަދަ ހާލަތަކަށްވެސް ފުރިހަމައަށް ތައްޔާރުވެގެން ކަމަށް އެ މަސްދަރުން ފާހަގަކުރި އެވެ.

އެ މަސްދަރުން އިތުރަށް ބުނީ، މަސްލަހަތު ގޯސްވާ ފަދަ އެއްވެސް އަމަލެއް ސައުދީން ހިންގައިފިނަމަ، އޭގެ ފުރިހަމަ ނަތީޖާއާ އެ ގައުމުން ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

ޔަމަނުގެ އެކި ސަރަހައްދުތަކުގައި ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށް ހުރަސްއަޅަނީ ސައުދީ އަރަބިއްޔާ ކަމަށް އެ މަސްދަރުން ތުހުމަތުކުރި އެވެ. އަދި ސައުދީގެ އިސްވެރިންނަށް މިހާރުގެ ހާލަތު ރަނގަޅަށް ވަޒަންކުރަން ނޭނގޭ ކަމަށާއި، އެމީހުން ކުއްލި ނިންމުންތައް ނިންމުމުގައި ބަރޯސާވަނީ އެ ގައުމުން ކުއްޔަށް ހިފާފައިވާ ހަނގުރާމަވެރިންގެ މައްޗަށް ކަމަށް ވެސް ބުންޏެވެ.

ސައުދީ ސަރުކާރާއި އެ ގައުމުން ކުއްޔަށް ހިފާފައިވާ މީހުންނަށް ހެދޭ ކޮންމެ ގޯހެއްގެ ސަބަބުން މަސްލަހަތު އާ ހަރުފަތަކަށް ބަދަލުވެގެންދާނެ ކަމަށާއި، ސައުދީގެ އިސްވެރިންނަށް އެމީހުންގެ އެޖެންޓުންގެ ފަހަތުގައި ފިލައި ނުތިބެވޭނެ ކަމަށް ވެސް އިންޒާރު ދިނެވެ.

އަދި ސައުދީން ކުރާ ކޮންމެ މޮޔަ ކަމެއްގެ ނަތީޖާ، އެ ގައުމުގެ އިގްތިސާދާއި، އެއާޕޯޓުތަކާއި ބަނދަރުތަކަށް އުފުލަން ޖެހޭނެ ކަމަށް ވެސް އެ މަސްދަރުން އިންޒާރު ދީފައިވެ އެވެ.

މީގެ އިތުރުން، އަންސާރުﷲ ހަރަކާތުގެ ސިޔާސީ ގޮފިން ނެރުނު ބަޔާނެއްގައި ބުނީ، ސައުދީ ސަރުކާރުން ނުރައްކާތެރި ފިޔަވަޅެއް އަޅައި، ސަންޢާ އިންޓަނޭޝަނަލް އެއާޕޯޓަށް ބޮން އެޅީ ސަންޢާ ސަރުކާރުގެ ވަފުދު އެނބުރި ގައުމަށް އައުން ހުއްޓުވުމަށް ކަމަށާއި، ނަމަވެސް އެ މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށެވެ. އެ ބަޔާނުގައި ބުނެފައިވަނީ، ސަންޢާ އެއާޕޯޓަށް ހަމަލާދިނުމަކީ ޔަމަނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގި ވަރަށް ބޮޑު އުދުވާނެއް ކަމަށާއި، އެއީ ގައުމުގެ އިސްތިގުލާލަށް އަރައިގަނެ، ބައިނަލްއަގުވާމީ ގާނޫނުތަކާއި މުއާހަދާތަކާ ކަނޑައެޅިގެން ޚިލާފަށް ހިންގި އަމަލެއް ކަމަށެވެ. އަދި މި ހަމަލާއިން ހާމަވަނީ އެމެރިކާގެ އެހީތެރިކަމާއެކު ސައުދީން ޔަމަނާ މެދު ބާއްވާ ނަފުރަތާއި ޖަރީމާގެ މިންވަރު ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މި ވައިގެ ހަމަލާއަކީ ވޮޝިންޓަނުން ބޭނުންވާ ގޮތަށް، ވޭތުވެދިޔަ 11 އަހަރު ވަންދެން ޔަމަނަށް އަޅާފައިވާ ބޭއިންސާފު ހިސާރުކުރުން ދެމެހެއްޓުމަށް ދިން ހަމަލާއެއް ކަމަށެވެ.

އަންސާރުﷲ ގެ ސިޔާސީ ގޮފިން ބުނި ގޮތުގައި، ސަންޢާ އިންޓަނޭޝަނަލް އެއާޕޯޓަށް ސައުދީން ދިން އުދުވާނީ ހަމަލާއަށް ރައްދު ދިނުމުގެ ހައްގު ޔަމަނުގެ ރައްޔިތުންނަށް ލިބިގެންވެ އެވެ.

ޔަމަން-ސައުދީ އަރަބިއްޔާހޫޡީއަންސާރުﷲ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 ޖުލައި 2026

ޔަމަނުގެ ވެރިރަށް ސަންޢާ އަށް އީރާނުގެ މަތިންދާބޯޓެއް ޖެއްސުން ހުއްޓުވަން އެ ގައުމުގެ ސަރުކާރުގެ ފައުޖުތަކުން އެއަރޕޯޓަށް ހަމަލާ ދީފި

13 ޖުލައި 2026
ޔަމަނުގެ ވެރިރަށް ސަންޢާ އަށް އީރާނުގެ މަތިންދާބޯޓެއް ޖެއްސުން ހުއްޓުވަން އެ ގައުމުގެ ސަރުކާރުގެ ފައުޖުތަކުން އެއަރޕޯޓަށް ހަމަލާ ދީފި
05 ޖުލައި 2026

ޔަމަނުގެ އައްސޭރިފަށުން ރަތްކަނޑުގައި މުދާ އުފުލާ ބޯޓަކަށް ހަމަލާދީފި

05 ޖުލައި 2026
ޔަމަނުގެ އައްސޭރިފަށުން ރަތްކަނޑުގައި މުދާ އުފުލާ ބޯޓަކަށް ހަމަލާދީފި
04 ޖުލައި 2026

ސައުދީން ހޫޘީންނަށް ވަރުގަދަ އިންޒާރެއް ދީފި

04 ޖުލައި 2026
ސައުދީން ހޫޘީންނަށް ވަރުގަދަ އިންޒާރެއް ދީފި
08 ޖޫން 2026

އިޒްރޭލުގެ އުޅަނދުފަހަރު ރަތްކަނޑުން ދަތުރު ކުރުން ހޫޘީން މަނާކޮށްފި

08 ޖޫން 2026
އިޒްރޭލުގެ އުޅަނދުފަހަރު ރަތްކަނޑުން ދަތުރު ކުރުން ހޫޘީން މަނާކޮށްފި
28 މެއި 2026

ޔަމަނުގެ ކުރީގެ ރައީސް ހާދީ އަވަހާރަވެއްޖެ

28 މެއި 2026
ޔަމަނުގެ ކުރީގެ ރައީސް ހާދީ އަވަހާރަވެއްޖެ
28 މާރިޗު 2026

ހަނގުރާމައިގެ ތެރެއަށް ވަދެ، ހޫޘީން އިޒްރޭލަށް ފުރަތަމަ ފަހަރަށް ހަމަލާ ދީފި

28 މާރިޗު 2026
ހަނގުރާމައިގެ ތެރެއަށް ވަދެ، ހޫޘީން އިޒްރޭލަށް ފުރަތަމަ ފަހަރަށް ހަމަލާ ދީފި
28 ފެބުރުއަރީ 2026

ހޫޘީ ލީޑަރު އީރާނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމަކީ އީރާނަށް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށް ބުނެފި

28 ފެބުރުއަރީ 2026
ހޫޘީ ލީޑަރު އީރާނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމަކީ އީރާނަށް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށް ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް