Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

ހުރްމުޒް ކަނޑުއޮޅިން ފީ އެއް ނަގާނެ ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން އދ. ގެ ޝިޕިން އޭޖެންސީ އިން އެކަމާ ދެކޮޅުކަން ހާމަކޮށްފި

13 ޖުލައި 2026 | ހޯމަ 17:31

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުން 20 އިންސައްތައިގެ ފީއެއް ނަގާނެކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، އެކަމުގެ ތަފުސީލު ހޯދުމުގެ މަސައްކަތް އދ. ގެ ކަނޑުދަތުރުފަތުރާ ބެހޭ އިދާރާ (އައިއެމްއޯ) އިން ފަށައިފި. ބައިނަލްއަގުވާމީ ކަނޑުއޮޅިތަކުން ދަތުރުކުރާ އުޅަނދުފަހަރުން މަޖުބޫރު ފީއެއް ނެގުމަށް ބާރުދޭ ގާނޫނީ އުސޫލެއް ނޯންނާނެ ކަމަށް ބުނެ އެ އިދާރާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި.

ރާއްޖެ އެމްވީ | 13 ޖުލައި 2026 | ހޯމަ 17:31
އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ) ގެ މައި މަރުކަޒު

އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ) ގެ މައި މަރުކަޒު | ގެޓީ އިމޭޖަސް

އީރާނާ ދެކޮޅަށް އެމެރިކާއިން އަލުން ކަނޑުގެ ބްލޮކޭޑެއް ނުވަތަ ދަތުރުފަތުރު ހުރަސްއެޅުމުގެ ފިޔަވަޅުތައް އަޅަން ނިންމައި، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ހުރިހާ މުދާ އުފުލާ އުޅަނދުފަހަރުން 20 އިންސައްތައިގެ ފީއެއް ނަގާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، އެކަމުގެ އިތުރު ތަފުސީލަށް އިންތިޒާރު ކުރަމުންދާ ކަމަށް އދ. ގެ ކަނޑުދަތުރުފަތުރާ ބެހޭ އިދާރާއިން ހޯމަ ދުވަހު ބުނެފި އެވެ.

އދ. ގެ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ) ގެ ތަރުޖަމާނަކު ވިދާޅުވީ، ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި އެ ޕޯސްޓް އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެކަމާ ގުޅޭ އިތުރު ތަފުސީލު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އައި.އެމް.އޯ އިން އިތުރަށް ބުނީ، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރަށް ބޭނުންކުރާ ކަނޑުއޮޅިތަކުން ދަތުރުކުރާ އުޅަނދުފަހަރުން ފީ ނެގުމާ ދެކޮޅަށް އެ އިދާރާއިން އަބަދުވެސް ސާބިތުކަމާއެކު ވަކާލާތު ކުރަމުންދާ ކަމަށެވެ. އަދި ހަމައެކަނި ކަނޑުއޮޅިއެއް ހުރަސްކޮށް ދަތުރުކުރާތީ، މަޖުބޫރު ޓޯލް ނުވަތަ ފީއެއް ނެގުމަށް ބާރުދޭ އެއްވެސް ގާނޫނީ އުސޫލެއް ނޯންނާނެ ކަމަށްވެސް އެ އިދާރާއިން  .

ޓްރަމްޕްގެ "ޓްރޫތް ސޯޝަލް" ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުން 20 އިންސައްތައިގެ ފީ ނެގުމުގެ މަސައްކަތް ވަގުތުން ފަށާނެ ކަމަށް ވިދާޅުވި ނަމަވެސް، އެކަން ކުރާނެ ގޮތުގެ އެއްވެސް ތަފުސީލެއް ދެއްވާފައެއް ނުވެ އެވެ.

އީރާން-އެމެރިކާޑޮނަލްޑް ޓްރަމްޕްހުރްމުޒް ކަނޑުއޮޅިއިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 ޖުލައި 2026

އީރާން ގެ ބޯޓުފަހަރަށް ހުރަސް އެޅުމަށް އެމެރިކާ އިން އަލުން ބްލޮކޭޑް ތަންފީޒު ކުރަނީ

13 ޖުލައި 2026
އީރާން ގެ ބޯޓުފަހަރަށް ހުރަސް އެޅުމަށް އެމެރިކާ އިން އަލުން ބްލޮކޭޑް ތަންފީޒު ކުރަނީ
13 ޖުލައި 2026

ޓްރަމްޕް އަށް އީރާނުގެ ރައްދު: ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމުގެ ފުރުސަތު ދުވަހަކު ވެސް އެމެރިކާއަށް ނުދޭނަން

13 ޖުލައި 2026
ޓްރަމްޕް އަށް އީރާނުގެ ރައްދު: ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމުގެ ފުރުސަތު ދުވަހަކު ވެސް އެމެރިކާއަށް ނުދޭނަން
13 ޖުލައި 2026

ސައިޕްރަސްގެ ބޯޓަށް އީރާނުން ދިން ހަމަލާއާ ގުޅިގެން، އިންޑިއާގެ ފަޅުވެރިއަކު ގެއްލިގެން ހޯދަނީ

13 ޖުލައި 2026
ސައިޕްރަސްގެ ބޯޓަށް އީރާނުން ދިން ހަމަލާއާ ގުޅިގެން، އިންޑިއާގެ ފަޅުވެރިއަކު ގެއްލިގެން ހޯދަނީ
13 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދަކަށް އީރާނުން އިންޒާރުގެ ބަޑި ޖަހައިފި

13 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދަކަށް އީރާނުން އިންޒާރުގެ ބަޑި ޖަހައިފި
13 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅި އެމެރިކާގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

13 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅި އެމެރިކާގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ
13 ޖުލައި 2026

މެދުއިރުމަތީގެ ހަނގުރާމަ ހޫނުވަމުންދާއިރު، އެމެރިކާގެ ހަތިޔާރު ސްޓޮކް ނުރައްކަލުގެ ތެރޭގައި!

13 ޖުލައި 2026
މެދުއިރުމަތީގެ ހަނގުރާމަ ހޫނުވަމުންދާއިރު، އެމެރިކާގެ ހަތިޔާރު ސްޓޮކް ނުރައްކަލުގެ ތެރޭގައި!
13 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅީގެ ހަމަނުޖެހުމާއެކު ތެލުގެ އަގު މައްޗަށް

13 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅީގެ ހަމަނުޖެހުމާއެކު ތެލުގެ އަގު މައްޗަށް
13 ޖުލައި 2026

އެމެރިކާ އިން ހޯމަ ދުވަހު ހަމަލާ ދިނީ ފެންފޯރުކޮށްދޭ ސްޓޭޝަނަކަށް: އީރާން

13 ޖުލައި 2026
އެމެރިކާ އިން ހޯމަ ދުވަހު ހަމަލާ ދިނީ ފެންފޯރުކޮށްދޭ ސްޓޭޝަނަކަށް: އީރާން
13 ޖުލައި 2026

ހުރްމުޒް އޮތީ ހުޅުވިފައި ކަމަށް ޓްރަމްޕް ވިދާޅުވާއިރު ހިސާބުތަކުން ދައްކަނީ އެ ކަނޑުއޮޅިން ދަތުރުކުރި އުޅަނދުތައް ވަރަށް ބޮޑަށް ދަށްވެއްޖެ ކަމަށް

13 ޖުލައި 2026
ހުރްމުޒް އޮތީ ހުޅުވިފައި ކަމަށް ޓްރަމްޕް ވިދާޅުވާއިރު ހިސާބުތަކުން ދައްކަނީ އެ ކަނޑުއޮޅިން ދަތުރުކުރި އުޅަނދުތައް ވަރަށް ބޮޑަށް ދަށްވެއްޖެ ކަމަށް
13 ޖުލައި 2026

އެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން، ކުވެއިތާއި ބަހްރޭން އަދި އޮމާންގައި ހުރި އެމެރިކާގެ އަސްކަރީ މުހިންމު އަމާޒުތަކަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް އައިއާރްޖީސީ އިން ބުނެފި

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް