Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހުރްމުޒް ކަނޑުއޮޅި

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދަކަށް އީރާނުން އިންޒާރުގެ ބަޑި ޖަހައިފި

13 ޖުލައި 2026 | ހޯމަ 12:50

ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައިވާ ކަމަށް އީރާނުން ބުނަމުންދަނިކޮށް، ގަވާއިދާ ހިލާފަށް އެ ސަރަހައްދު ހުރަސްކުރަން އުޅުނު ދެ އުޅަނދަކަށް އީރާނުގެ އަސްކަރިއްޔާއިން އިންޒާރުގެ ހަމަލާތަކެއް ދީފިއެވެ. ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު މި ކަނޑުއޮޅީގެ ކޮންޓްރޯލާ މެދު އީރާނާއި އެމެރިކާގެ ދެބަސްވުން ބޮޑުވެފައިވާއިރު، މި ހާދިސާއާއެކު އެ ސަރަހައްދުގެ މަސްރަހު ވަނީ އިތުރަށް ނުތަނަވަސްވެފައެވެ.

ރާއްޖެ އެމްވީ | 13 ޖުލައި 2026 | ހޯމަ 12:50
އީރާނުގެ ބަންދަރު އައްބާސްގެ ބޭރުން ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރުތަކެއް

އީރާނުގެ ބަންދަރު އައްބާސްގެ ބޭރުން ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރުތަކެއް | އޭޕީ

ސްޓްރެއިޓް އޮފް ހުރްމުޒް ނުވަތަ ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށް ތެހެރާނާއި ވޮޝިންޓަނާ ދެމެދު ކުރިމަތިލުންތަކެއް ހިނގަމުންދަނިކޮށް، އެ ސަރަހައްދުން ދަތުރުކުރަން އުޅުނު ދެ އުޅަނދަކަށް އަމާޒުކޮށް އީރާނުން ހޯމަ ދުވަހު "އިންޒާރުގެ ހަމަލާތަކެއް" ދީފި ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފި އެވެ.

ހުރްމުޒް ކަނޑުއޮޅި ކައިރީގައި ހުރެ ދައުލަތުގެ ޓީވީއަށް މައުލޫމާތު ދިން ރިޕޯޓަރަކު ބުނި ގޮތުގައި، ގަވާއިދާ ހިލާފަށް އެ ކަނޑުއޮޅި ހުރަސްކުރަން އުޅުނު ދެ އުޅަނދަކަށް އަމާޒުކޮށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ކަނޑުގެ ސިފައިން ވަނީ މިއަދު ހެނދުނު އިންޒާރުގެ ބަޑީގެ ހަމަލާތަކެއް ދީ އެ އުޅަނދުތައް ހުއްޓުވާފަ އެވެ.

ދުނިޔޭގެ އިގްތިސާދަށް މުހިންމު މި ކަނޑުއޮޅީގެ ކޮންޓްރޯލާ މެދު އެމެރިކާ އާއި އީރާނާ ދެމެދު އަނެއްކާވެސް ހަމަލާތަކެއް ބަދަލުކުރެވިފައިވާއިރު، އީރާނުން ބުނަމުންދަނީ އާދީއްތަ ދުވަހުން ފެށިގެން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމެރިކާއިން ބުނަމުންދަނީ އެ ސަރަހައްދު އަދިވެސް އޮތީ ދަތުރުފަތުރަށް ހުޅުވާލެވިފައި ކަމަށެވެ.

ދުނިޔެއަށް ބޭނުންވާ ތެލާއި ގޭސް ސަޕްލައި ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ މި ކަނޑުއޮޅި ވެފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ބޮޑު ދެބަސްވުމަކަށެވެ. މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމަށް މިދިޔަ މަހު އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، މި ސަރަހައްދުގައި ދެ ގައުމުގެ މެދުގައި ތަކުރާރުކޮށް ދަނީ ހަމަލާތައް ބަދަލުކުރަމުންނެވެ.

ހުރްމުޒް ކަނޑުއޮޅިއީރާން-އެމެރިކާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅި އެމެރިކާގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

13 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅި އެމެރިކާގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ
13 ޖުލައި 2026

މެދުއިރުމަތީގެ ހަނގުރާމަ ހޫނުވަމުންދާއިރު، އެމެރިކާގެ ހަތިޔާރު ސްޓޮކް ނުރައްކަލުގެ ތެރޭގައި!

13 ޖުލައި 2026
މެދުއިރުމަތީގެ ހަނގުރާމަ ހޫނުވަމުންދާއިރު، އެމެރިކާގެ ހަތިޔާރު ސްޓޮކް ނުރައްކަލުގެ ތެރޭގައި!
13 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅީގެ ހަމަނުޖެހުމާއެކު ތެލުގެ އަގު މައްޗަށް

13 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅީގެ ހަމަނުޖެހުމާއެކު ތެލުގެ އަގު މައްޗަށް
13 ޖުލައި 2026

އެމެރިކާ އިން ހޯމަ ދުވަހު ހަމަލާ ދިނީ ފެންފޯރުކޮށްދޭ ސްޓޭޝަނަކަށް: އީރާން

13 ޖުލައި 2026
އެމެރިކާ އިން ހޯމަ ދުވަހު ހަމަލާ ދިނީ ފެންފޯރުކޮށްދޭ ސްޓޭޝަނަކަށް: އީރާން
13 ޖުލައި 2026

ހުރްމުޒް އޮތީ ހުޅުވިފައި ކަމަށް ޓްރަމްޕް ވިދާޅުވާއިރު ހިސާބުތަކުން ދައްކަނީ އެ ކަނޑުއޮޅިން ދަތުރުކުރި އުޅަނދުތައް ވަރަށް ބޮޑަށް ދަށްވެއްޖެ ކަމަށް

13 ޖުލައި 2026
ހުރްމުޒް އޮތީ ހުޅުވިފައި ކަމަށް ޓްރަމްޕް ވިދާޅުވާއިރު ހިސާބުތަކުން ދައްކަނީ އެ ކަނޑުއޮޅިން ދަތުރުކުރި އުޅަނދުތައް ވަރަށް ބޮޑަށް ދަށްވެއްޖެ ކަމަށް
13 ޖުލައި 2026

އެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން، ކުވެއިތާއި ބަހްރޭން އަދި އޮމާންގައި ހުރި އެމެރިކާގެ އަސްކަރީ މުހިންމު އަމާޒުތަކަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް އައިއާރްޖީސީ އިން ބުނެފި

އުރުދުންގައި ހުންނަ ޕްރިންސް ހަސަން އެއާ ބޭސްގައި ހުރި ތެޔޮ ގުދަންތަކާއި ހަތިޔާރު ރައްކާކުރާ ތަންތަނަށް ހަމަލާދީ، އެ ތަންތަނުގައި ރޯކޮށްލާފައިވާ ކަމަށް އިރާނުން ބުނެފި

13 ޖުލައި 2026
އުރުދުންގައި ހުންނަ ޕްރިންސް ހަސަން އެއާ ބޭސްގައި ހުރި ތެޔޮ ގުދަންތަކާއި ހަތިޔާރު ރައްކާކުރާ ތަންތަނަށް ހަމަލާދީ، އެ ތަންތަނުގައި ރޯކޮށްލާފައިވާ ކަމަށް އިރާނުން ބުނެފި
13 ޖުލައި 2026

އީރާން އަށް އަމާޒުކޮށް ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށް އެމެރިކާ އިން ބުނެފި

13 ޖުލައި 2026
އީރާން އަށް އަމާޒުކޮށް ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށް އެމެރިކާ އިން ބުނެފި
13 ޖުލައި 2026

ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒު ތަކަށް ހަމަލާ ދެމުން އަންނަ ކަމަށް އީރާން އިން ބުނެފި

13 ޖުލައި 2026
ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒު ތަކަށް ހަމަލާ ދެމުން އަންނަ ކަމަށް އީރާން އިން ބުނެފި
12 ޖުލައި 2026

އީރާނުން ކުވޭތަށް ދިން ހަމަލާގައި އެމެރިކާގެ އެތައް މިލިއަން ޑޮލަރުގެ މިސައިލު ލޯންޗަރުތައް ނައްތާލައިފި

12 ޖުލައި 2026
އީރާނުން ކުވޭތަށް ދިން ހަމަލާގައި އެމެރިކާގެ އެތައް މިލިއަން ޑޮލަރުގެ މިސައިލު ލޯންޗަރުތައް ނައްތާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް