Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހުރްމުޒް ކަނޑުއޮޅި

ސައިޕްރަސްގެ ބޯޓަށް އީރާނުން ދިން ހަމަލާއާ ގުޅިގެން، އިންޑިއާގެ ފަޅުވެރިއަކު ގެއްލިގެން ހޯދަނީ

13 ޖުލައި 2026 | ހޯމަ 13:23

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ސައިޕްރަސްގެ "ޖީއެފްއެސް ގެލެކްސީ" ބޯޓަށް އީރާނުން ދިން ހަމަލާއަކާ ގުޅިގެން، އިންޑިއާގެ ފަޅުވެރިއަކު ގެއްލިގެން ހޯދަން ފަށައިފި. މި ހާދިސާގައި ބޯޓުން ފޭބި 23 ފަޅުވެރިއަކު އޮމާންގެ އަސްކަރިއްޔާއިން ސަލާމަތްކޮށްފައިވާއިރު، އީރާނުން ބުނަނީ ހަމަލާދިނީ ބޯޓުން ކަނޑުދަތުރުފަތުރުގެ ގަވާއިދުތަކާ ޚިލާފުވުމުން ކަމަށް.

ރާއްޖެ އެމްވީ | 13 ޖުލައި 2026 | ހޯމަ 13:23
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަން އުޅުމުގެ ތެރޭގައި، ނުބައި މަގަކުން ދެވުމުގެ ސަބަބުން ދެކުނު ކޮރެއާގެ ކޮންޓޭނަރު އުފުލާ ބޯޓެއް ފަރަށް އަރާފައި.

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަން އުޅުމުގެ ތެރޭގައި، ނުބައި މަގަކުން ދެވުމުގެ ސަބަބުން ދެކުނު ކޮރެއާގެ ކޮންޓޭނަރު އުފުލާ ބޯޓެއް ފަރަށް އަރާފައި. | ގެޓީ އިމޭޖަސް

ސައިޕްރަސްގެ ދިދަ ޖަހާފައިވާ ކޮންޓެއިނަރު އުފުލާ ބޯޓަކަށް ހޯމަދުވަހު ހުރްމުޒް ކަނޑުއޮޅިން ހަމަލާދިނުމާ ގުޅިގެން، އެ ބޯޓުގައި މަސައްކަތްކުރާ އިންޑިއާގެ ފަޅުވެރިއަކު ގެއްލިފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސައިޕްރަސްގެ މިނިސްޓްރީ އޮފް ޝިޕިންގްއިން ހޯމަދުވަހު ބުނެފި އެވެ.

ސައިޕްރަސްގެ ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި "ޖީއެފްއެސް ގެލެކްސީ" ނަމަކަށް ކިޔާ މި އުޅަނދަށް ހަމަލާދީފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެ ސަރަހައްދުން ދަތުރުކުރަމުން ދަނިކޮށްނެވެ.

މި ހަމަލާއާ ގުޅިގެން ބޯޓުގައި ތިބި ފަޅުވެރިން ކުޑަ ބޯޓެއްގައި (ލައިފް ބޯޓު) އުޅަނދު ދޫކޮށް ގޮސްފައިވާ ކަމަށާއި، އޭގެ ތެރެއިން 23 ފަޅުވެރިއަކު އޮމާންގެ ކަނޑުގެ ސިފައިން ސަލާމަތްކޮށްފައިވާ ކަމަށް ސައިޕްރަސްގެ ޑެޕިއުޓީ މިނިސްޓްރީ އޮފް ޝިޕިންގްއިން މައުލޫމާތުދެ އެވެ.

ސައިޕްރަސްގެ ޑިޕާޓްމަންޓް އޮފް މާޗަންޓް ޝިޕިންގް (ޑީއެމްއެސް) އިން ހާމަކުރި ގޮތުގައި، މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ބޯޓުގެ ތާޑް އިންޖިނިއަރުގެ މަގާމުގައި ހުރި އިންޑިއާގެ ރައްޔިތެކެވެ.

"މިހާރު އެ އުޅަނދު ދަނީ ޔޫއޭއީގެ ރައްކާތެރި ސަރަހައްދަކަށް ކައިރިކުރުމަށްޓަކައި ކަނޑުބޯޓެއްގެ އެހީގައި ކަފުޖަހައިގެން. އަދި އެ ބޯޓު ކަފުޖަހައިގެން ގެންދާ ޓީމުން ދަނީ ގެއްލުނު ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް ވަރަށް ހަރަކާތްތެރިކަމާއެކު ކުރަމުން،" ރޮއިޓާސް ނިއުސް އެޖެންސީއަށް ފޮނުވި އީމެއިލެއްގައި ސައިޕްރަސް ސަރުކާރުން ބުނެފައިވެއެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ފައުޖުތަކުން ސައިޕްރަސްގެ ދިދަ ޖަހާފައިވާ މި ކޮންޓެއިނަރު ބޯޓަށް ހަމަލާދިނުމާ ގުޅިގެން، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާނަށް އަމާޒުކޮށް އާ ހަމަލާތަކެއް ދޭން ފަށާފަ އެވެ.

އީރާނުގެ އައިއާރުޖީސީގެ ކަނޑުގެ ސިފައިން ބުނި ގޮތުގައި، އެ ބޯޓަށް ހަމަލާދީ ހުއްޓުވީ ބޯޓުގެ މުވާސަލާތީ ނިޒާމުތައް ނިއްވާލައި، ކަނޑުދަތުރުފަތުރުގެ ސަލާމަތަށް ނުރައްކާވާ ގޮތަށް އަމަލުކުރުމުންނެވެ. އަދި އެ އުޅަނދާއި އިތުރު ބައެއް އުޅަނދުތައް، ހުއްދަ ނެތް މަގަކުން ދަތުރުކުރަން އުޅުމުން އެކަން އިސްލާހުކުރުމަށް އިންޒާރު ދިނުމުންވެސް އެކަމަށް އިޖާބަދީފައި ނުވާ ކަމަށް އީރާނުން ބުނެ އެވެ.

މަސްދަރު: ރޮއިޓާސް

ސައިޕްރަސްހުރްމުޒް ކަނޑުއޮޅިއީރާންއައިއާރުޖީސީއީރާން-އެމެރިކާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދަކަށް އީރާނުން އިންޒާރުގެ ބަޑި ޖަހައިފި

13 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދަކަށް އީރާނުން އިންޒާރުގެ ބަޑި ޖަހައިފި
13 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅި އެމެރިކާގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

13 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅި އެމެރިކާގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ
13 ޖުލައި 2026

މެދުއިރުމަތީގެ ހަނގުރާމަ ހޫނުވަމުންދާއިރު، އެމެރިކާގެ ހަތިޔާރު ސްޓޮކް ނުރައްކަލުގެ ތެރޭގައި!

13 ޖުލައި 2026
މެދުއިރުމަތީގެ ހަނގުރާމަ ހޫނުވަމުންދާއިރު، އެމެރިކާގެ ހަތިޔާރު ސްޓޮކް ނުރައްކަލުގެ ތެރޭގައި!
13 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅީގެ ހަމަނުޖެހުމާއެކު ތެލުގެ އަގު މައްޗަށް

13 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅީގެ ހަމަނުޖެހުމާއެކު ތެލުގެ އަގު މައްޗަށް
13 ޖުލައި 2026

އެމެރިކާ އިން ހޯމަ ދުވަހު ހަމަލާ ދިނީ ފެންފޯރުކޮށްދޭ ސްޓޭޝަނަކަށް: އީރާން

13 ޖުލައި 2026
އެމެރިކާ އިން ހޯމަ ދުވަހު ހަމަލާ ދިނީ ފެންފޯރުކޮށްދޭ ސްޓޭޝަނަކަށް: އީރާން
13 ޖުލައި 2026

ހުރްމުޒް އޮތީ ހުޅުވިފައި ކަމަށް ޓްރަމްޕް ވިދާޅުވާއިރު ހިސާބުތަކުން ދައްކަނީ އެ ކަނޑުއޮޅިން ދަތުރުކުރި އުޅަނދުތައް ވަރަށް ބޮޑަށް ދަށްވެއްޖެ ކަމަށް

13 ޖުލައި 2026
ހުރްމުޒް އޮތީ ހުޅުވިފައި ކަމަށް ޓްރަމްޕް ވިދާޅުވާއިރު ހިސާބުތަކުން ދައްކަނީ އެ ކަނޑުއޮޅިން ދަތުރުކުރި އުޅަނދުތައް ވަރަށް ބޮޑަށް ދަށްވެއްޖެ ކަމަށް
13 ޖުލައި 2026

އެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން، ކުވެއިތާއި ބަހްރޭން އަދި އޮމާންގައި ހުރި އެމެރިކާގެ އަސްކަރީ މުހިންމު އަމާޒުތަކަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް އައިއާރްޖީސީ އިން ބުނެފި

އުރުދުންގައި ހުންނަ ޕްރިންސް ހަސަން އެއާ ބޭސްގައި ހުރި ތެޔޮ ގުދަންތަކާއި ހަތިޔާރު ރައްކާކުރާ ތަންތަނަށް ހަމަލާދީ، އެ ތަންތަނުގައި ރޯކޮށްލާފައިވާ ކަމަށް އިރާނުން ބުނެފި

13 ޖުލައި 2026
އުރުދުންގައި ހުންނަ ޕްރިންސް ހަސަން އެއާ ބޭސްގައި ހުރި ތެޔޮ ގުދަންތަކާއި ހަތިޔާރު ރައްކާކުރާ ތަންތަނަށް ހަމަލާދީ، އެ ތަންތަނުގައި ރޯކޮށްލާފައިވާ ކަމަށް އިރާނުން ބުނެފި
13 ޖުލައި 2026

އީރާން އަށް އަމާޒުކޮށް ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށް އެމެރިކާ އިން ބުނެފި

13 ޖުލައި 2026
އީރާން އަށް އަމާޒުކޮށް ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށް އެމެރިކާ އިން ބުނެފި
13 ޖުލައި 2026

ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒު ތަކަށް ހަމަލާ ދެމުން އަންނަ ކަމަށް އީރާން އިން ބުނެފި

13 ޖުލައި 2026
ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒު ތަކަށް ހަމަލާ ދެމުން އަންނަ ކަމަށް އީރާން އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް