Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އީރާން

ޓްރަމްޕް އަށް އީރާނުގެ ރައްދު: ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމުގެ ފުރުސަތު ދުވަހަކު ވެސް އެމެރިކާއަށް ނުދޭނަން

13 ޖުލައި 2026 | ހޯމަ 16:10

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އެމެރިކާއިން ނަގައިފާނެ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، އެ ފުރުސަތު ދުވަހަކުވެސް ނުދޭނެ ކަމަށް ބުނެ އީރާނުން ވަރުގަދަ އިންޒާރެއް ދީފި. އެމެރިކާއަށް އެއްބާރުލުންދޭ ގައުމުތަކަށްވެސް އީރާނުން ފާޑުކިޔާފައިވާއިރު، އެމެރިކާގެ އަމަލުތަކުގެ ސަބަބުން ކަނޑުއޮޅި މިހާރު ވަނީ ދަތުރުފަތުރަށް ބަންދުކޮށްފައި.

ރާއްޖެ އެމްވީ | 13 ޖުލައި 2026 | ހޯމަ 16:10
ސެންޓިނަލް-2 ސެޓެލައިޓުން ނަގާފައިވާ ފޮޓޯތަކުން ހުރްމުޒް ކަނޑުއޮޅީގެ ސަރަހައްދު ފެންނަ ގޮތް

ސެންޓިނަލް-2 ސެޓެލައިޓުން ނަގާފައިވާ ފޮޓޯތަކުން ހުރްމުޒް ކަނޑުއޮޅީގެ ސަރަހައްދު ފެންނަ ގޮތް | ގެޓީ އިމޭޖަސް

އެމެރިކާއިން ދެމުންދާ އިންޒާރުތަކާ ގުޅިގެން، ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމުގެ ކަންކަމުގެ ތެރެއަށް ވަނުމުގެ ފުރުސަތު އެމެރިކާއަށް ދުވަހަކުވެސް ނުދޭނެ ކަމަށް އީރާނުގެ އަސްކަރިއްޔާގެ އެންމެ މަތީ އޮޕަރޭޝަނަލް ކޮމާންޑް ޔުނިޓުން ބުނެފި އެވެ.

ޚާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއާޓާސްގެ ތަރުޖަމާނު، ލެފްޓިނަންޓް ކާނަލް އިބްރާހީމް ޒުލްފަގާރީ މިހެން ވިދާޅުވީ، އިސްތިރާތީޖީ ގޮތުން މުހިންމު އެ ކަނޑުއޮޅީގެ ކޮންޓްރޯލް އެމެރިކާއިން ނަގައިފާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، ހޯމަ ދުވަހު ދެއްވި ބަޔާނެއްގަ އެވެ.

ޒުލްފަގާރީ ވިދާޅުވީ، މީގެ ކުރިން ދީފައިވާ އިންޒާރުތަކާ އެއްގޮތަށް، އެއްވެސް ހާލަތެއްގައި ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމުގެ ކަންކަމުގެ ތެރެއަށް އެމެރިކާއިން އަތްބޭނުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅީގެ ތެރެއަށް ވަނުމަށް އެމެރިކާއިން ތަކުރާރުކޮށް ހިންގަމުންދާ "ފިތުނަވެރި އަދި ނުރައްކާތެރި" އަމަލުތަކުގެ ސަބަބުން ސަރަހައްދީ ސަލާމަތާއި، ބައިނަލްއަގުވާމީ ވިޔަފާރިއާއި، ތެޔޮ ޓޭންކަރުތަކާއި މުދާ އުފުލާ ބޯޓުފަހަރުގެ ދަތުރުފަތުރަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ސަރަހައްދުގެ ބައެއް ގައުމުތަކުން އެމެރިކާއާ ގުޅިގެން މަސައްކަތް ކުރާތީ އެކަމަށް ފާޑުވިދާޅުވަމުން ޒުލްފަގާރީ އިންޒާރު ދެއްވީ، އެފަދަ އެއްބާރުލުންތަކުގެ ސަބަބުން މުޅި ސަރަހައްދަށް ހަނގުރާމަ ފެތުރިގެން ދިއުމުގެ ބިރު ބޮޑުވެފައިވާ ކަމަށެވެ.

އީރާނުން ކަނޑައަޅާފައިވާ މަގުތަކުން ބޭރުންނާއި، އީރާނުގެ އަސްކަރިއްޔާގެ ހުއްދައެއް ނެތި މުދާ އުފުލާ ބޯޓުފަހަރާއި ތެޔޮ ޓޭންކަރުތަކަށް "އިސްތިއުމާރީ އަދި ކަނޑުފޭރޭ އެމެރިކާ ސިފައިން" ކުރިމަތިކުރާ ކޮންމެ ހުރަހަކާއި ނާމާންކަމަކާ އީރާނުގެ ހަތިޔާރު އެޅި ބާރުތަކުން ވަރުގަދައަށް ކުރިމަތިލާނެ ކަމަށް ޒުލްފަގާރީ ފާހަގަކުރެއްވި އެވެ. އަދި ފާއިތުވި ދުވަސްތަކުގައި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީ.ސީ) އާއި އީރާނުގެ އަސްކަރިއްޔާއިން ދެއްކި ވަރުގަދަ ހަރަކާތްތަކަކީ މީގެ ހެއްކެއް ކަމަށްވެސް ތަރުޖަމާނު ވިދާޅުވި އެވެ.

ސަރަހައްދީ ލީޑަރުންނަށް ސީދާ އިންޒާރު ދެއްވަމުން އޭނާ ވިދާޅުވީ، އެމެރިކާއާއަށް ދޭ ކޮންމެ އެއްބާރުލުމަކާއި، އެ ގައުމުގެ އިސްތިއުމާރީ ސިފައިންނަށް ފޯރުކޮށްދޭ ލޮޖިސްޓިކް އެހީތެރިކަމަކީ، އީރާނުގެ އިސްތިގުލާލާއި ގައުމީ ސަލާމަތާ ދެކޮޅަށް ކުރެވޭ ހަނގުރާމައެއްގެ ގޮތުގައި ބަލާނެ ކަމަށެވެ.

"މި ސަރަހައްދުގައި ހަނގުރާމަ ފެތުރިގެން ހިނގައްޖެނަމަ، އޭގެ އަލިފާނުގެ އަސަރު ސަރަހައްދުގެ ހުރިހާ ގައުމަކަށް ކުރާނެ،" އޭނާ އިންޒާރު ދެއްވި އެވެ.

ޒުލްފަގާރީ ވިދާޅުވީ ސަރަހައްދުގައި އުފެދޭ ކޮންމެ ނާމާންކަމެއް ނުވަތަ ހަނގުރާމަ ފުޅާވުމުގެ ފުރިހަމަ މަސްއޫލިއްޔަތު އުފުލަންޖެހޭނީ އެމެރިކާއާއި، އެ ގައުމުގެ "ކުށްވެރި އަސްކަރިއްޔާއަށް" އެއްބާރުލުންދޭ ގައުމުތަކުން ކަމަށެވެ.

ތަރުޖަމާނު މިހެން ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އެމެރިކާއިން ނަގައިފާނެ ކަމަށާއި، އެ މުހިންމު ކަނޑުއޮޅި ބެލެހެއްޓުމުގެ ބަދަލުގައި އެމެރިކާއަށް ފައިސާ ލިބެންޖެހޭނެ ކަމަށް ޓްރަމްޕް ހޯމަ ދުވަހު ވިދާޅުވުމާ ގުޅިގެންނެވެ.

ފޮކްސް ނިއުސްގެ "ފޮކްސް އެންޑް ފްރެންޑްސް" ޕްރޮގްރާމަށް ދެއްވި ފޯނު އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، "އަހަރެމެން އެ ކަނޑުއޮޅި އަތުލާނަން، އަދި ބޮޑަށް ބެލެވެނީ އަހަރެމެން އެތަން ހިންގާނެ ކަމަށް. އަހަރެމެން ވާނީ އެ ކަނޑުއޮޅީގެ ބަލަދުވެރިޔާއަށް. ފަހަރުގައި އަހަރެމެންނަކީ އެތަނުގެ 'ގާޑިއަން އެންޖެލް އޮފް ދަ ސްޓްރެއިޓް'. އަދި އެކަމުގެ ބަދަލު (ފައިސާ) އަހަރެމެންނަށް ލިބެންޖެހޭނެ،" ކަމަށެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ދިން ހަމަލާތަކާ ގުޅިގެން، އީރާނުން ވަނީ ދުޝްމަނުންނަށާއި އެމީހުންގެ ބައިވެރިންނަށް އެ ކަނޑުއޮޅި ބަންދުކޮށްފަ އެވެ.

އޭޕްރިލް 7 ވަނަ ދުވަހު ޓްރަމްޕް އަމިއްލައަށް އިއުލާންކުރެއްވި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް، އީރާނުގެ ބޯޓުފަހަރާއި ބަނދަރުތައް ބަންދުކުރުމުގެ ޣައިރު ގާނޫނީ އަމަލުތައް ކުރިއަށް ގެންދާނެ ކަމަށް އޭނާ އިއުލާން ކުރެއްވުމުން، އީރާނުން ވަނީ ކަނޑުއޮޅީގެ ކަންކަން ކުރިއަށްވުރެ ވަރުގަދައަށް ބަލަހައްޓަން ފަށާފަ އެވެ.

އާދީއްތަ ދުވަހު އެކްސް (X) މެދުވެރިކޮށް ޕާޝިއަން ގަލްފް ސްޓްރެއިޓް އޮތޯރިޓީ (ޕީޖީއެސްއޭ) އިން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ، ސަރަހައްދުގައި އެމެރިކާ ސިފައިން ހިންގަމުންދާ "ޣައިރު ގާނޫނީ ހަރަކާތްތަކާ" ގުޅިގެން ހުރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުން ހުރިހާ ފަރާތްތަކަށް ބަންދުކޮށްފައިވާ ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެމެރިކާ ސިފައިންގެ އަމަލުތަކުގެ ސަބަބުން މިވަގުތު ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ހޯމަ ދުވަހު އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާއި ކަނޑުދަތުރުފަތުރުގެ ކަންކަމާ ގުޅޭގޮތުން އޮމާނާއެކު ކުރިއަށްދާ ސިޔާސީ އަދި ފަންނީ މަޝްވަރާތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ.

މަސްދަރު: ޕްރެސް ޓީވީ

އެމެރިކާ-އީރާންހުރްމުޒް ކަނޑުއޮޅި

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 ޖުލައި 2026

ސައިޕްރަސްގެ ބޯޓަށް އީރާނުން ދިން ހަމަލާއާ ގުޅިގެން، އިންޑިއާގެ ފަޅުވެރިއަކު ގެއްލިގެން ހޯދަނީ

13 ޖުލައި 2026
ސައިޕްރަސްގެ ބޯޓަށް އީރާނުން ދިން ހަމަލާއާ ގުޅިގެން، އިންޑިއާގެ ފަޅުވެރިއަކު ގެއްލިގެން ހޯދަނީ
13 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދަކަށް އީރާނުން އިންޒާރުގެ ބަޑި ޖަހައިފި

13 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދަކަށް އީރާނުން އިންޒާރުގެ ބަޑި ޖަހައިފި
13 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅި އެމެރިކާގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

13 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅި އެމެރިކާގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ
13 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅީގެ ހަމަނުޖެހުމާއެކު ތެލުގެ އަގު މައްޗަށް

13 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅީގެ ހަމަނުޖެހުމާއެކު ތެލުގެ އަގު މައްޗަށް
13 ޖުލައި 2026

ހުރްމުޒް އޮތީ ހުޅުވިފައި ކަމަށް ޓްރަމްޕް ވިދާޅުވާއިރު ހިސާބުތަކުން ދައްކަނީ އެ ކަނޑުއޮޅިން ދަތުރުކުރި އުޅަނދުތައް ވަރަށް ބޮޑަށް ދަށްވެއްޖެ ކަމަށް

13 ޖުލައި 2026
ހުރްމުޒް އޮތީ ހުޅުވިފައި ކަމަށް ޓްރަމްޕް ވިދާޅުވާއިރު ހިސާބުތަކުން ދައްކަނީ އެ ކަނޑުއޮޅިން ދަތުރުކުރި އުޅަނދުތައް ވަރަށް ބޮޑަށް ދަށްވެއްޖެ ކަމަށް
13 ޖުލައި 2026

އެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން، ކުވެއިތާއި ބަހްރޭން އަދި އޮމާންގައި ހުރި އެމެރިކާގެ އަސްކަރީ މުހިންމު އަމާޒުތަކަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް އައިއާރްޖީސީ އިން ބުނެފި

13 ޖުލައި 2026
އެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން، ކުވެއިތާއި ބަހްރޭން އަދި އޮމާންގައި ހުރި އެމެރިކާގެ އަސްކަރީ މުހިންމު އަމާޒުތަކަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް އައިއާރްޖީސީ އިން ބުނެފި
12 ޖުލައި 2026

އެމެރިކާއިން އީރާނުގެ މިސައިލް ނިޒާމުތަކަށް ވަރުގަދަ ހަމަލާދީފި: އެކްސިއޯސް

12 ޖުލައި 2026
އެމެރިކާއިން އީރާނުގެ މިސައިލް ނިޒާމުތަކަށް ވަރުގަދަ ހަމަލާދީފި: އެކްސިއޯސް
12 ޖުލައި 2026

އީރާނުން ބުނީ ހުރްމުޒް ކަނޑުއޮޅި "އެޓޮމިކް ބޮމަށްވުރެ މުހިންމު" ކަމަށް

12 ޖުލައި 2026
އީރާނުން ބުނީ ހުރްމުޒް ކަނޑުއޮޅި "އެޓޮމިކް ބޮމަށްވުރެ މުހިންމު" ކަމަށް
12 ޖުލައި 2026

އެމެރިކާ އިން ދިން ހަމަލާތަކާ ގުޅިގެން އީރާނުން ގަލްފުގެ ފަސް ގައުމަކަށް ހަމަލާދީ ހުރްމުޒް ކަނޑުއޮޅި ބަންދުކުރުން - މިހާތަނަށް އެނގޭ ހުރިހާ މައުލޫމާތެއް!

12 ޖުލައި 2026
އެމެރިކާ އިން ދިން ހަމަލާތަކާ ގުޅިގެން އީރާނުން ގަލްފުގެ ފަސް ގައުމަކަށް ހަމަލާދީ ހުރްމުޒް ކަނޑުއޮޅި ބަންދުކުރުން - މިހާތަނަށް އެނގޭ ހުރިހާ މައުލޫމާތެއް!
12 ޖުލައި 2026

އެމެރިކާއިން އަނެއްކާވެސް އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އުދުވާނީ ހަމަލާތަކެއް ދީފި

12 ޖުލައި 2026
އެމެރިކާއިން އަނެއްކާވެސް އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އުދުވާނީ ހަމަލާތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް