Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރޮހިންޖާ މުސްލިމުން

30،000 ށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން ކާންބޯން ނުލިބި ފަރުބަދަމަތީގައި ތާށިވެފައި

މިޔަންމާ ސިފައިން ބުނަނީ އެމީހުން ހިންގަމުންދަނީ "ސާފުކޮށްލުމުގެ" އޮޕަރޭޝަނެއް ކަމަށް

ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2017 | ހޯމަ 16:56
މިޔަންމާ ސިފައިންގެ އަނިޔާވެރިކަމުން ސަލާމަތް ވުމަށް އަވަށް ދޫކޮށް ނުކުތް އަންހެނަކު އޭނާގެ ބިރުވެރި ތަޖުރިބާ ކިޔައިދެނީ

މިޔަންމާ ސިފައިންގެ އަނިޔާވެރިކަމުން ސަލާމަތް ވުމަށް އަވަށް ދޫކޮށް ނުކުތް އަންހެނަކު އޭނާގެ ބިރުވެރި ތަޖުރިބާ ކިޔައިދެނީ

ބަންގްލަދޭޝް އާއި މިޔަންމާ ބޯޑަރުގައިވާ ފަރުބަދަތަކުގައި ތާށިވެފައި ތިރީސް ހާހަށްވުރެ ގިނަ ރޮހިންޖާ މުސްލިމުން އެބަތިބި ކަމަށް ހިއުމަން ރައިޓްސް ވޮޗް އާ ހަވާލާދީ ސީ.އެން.އެން އިން ބުނެފިއެވެ. މިމީހުންތިބީ ކާބޯތަކެއްޗާއި ބޭސް އަދި ބޯފެންވެސް ނުލިބި ކަމަށް ހިއުމަން ރައިޓްސް ވޮޗް އިން ހާމަކޮށްފައިވާ ކަމަށް ސީއެންއެން އިން ބުނެފައިވެއެވެ.

މިއީ މިޔަންމާ ސިފައިންގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް އަވަށް ދޫކޮށް ބަންގްލަދޭޝް އަށް ހިޖުރަ ކުރެވޭތޯ އުޅުނު މީހުން ކަމަށް ބެލެވެއެވެ. ބަންގްލަދޭޝްގެ ބޯޑަރު ބަންދު ކުރުމުގެ ސަބަބުން، މިހާރު ބަންގްލަދޭޝް އަށް ރޮހިންޖާ މުސްލިމުންނަށް ވަދެވޭނެ ގޮތެއް ނޯވެއެވެ.

ހިއުމަން ރައިޓްސް ވޮޗް އިން ހޮނިހިރު ދުވަހު އާއްމު ކުރި ސެޓެލައިޓް ފޮޓޯތަކުން އެނގޭ ގޮތުގައި، މިޔަންމާ ސިފައިން ވަނީ އެމީހުން ދޫކޮށް ނުކުތް އަވަށުގައި ހުޅުޖަހާ އަޅިޔަށް ހަދާފައެވެ.

މިޔަންމާ ސިފައިން މިފަދަ ހާދިސާ ތައް އަޅުވަނީ ރޮހިންޖާގެ ހަތިޔާރު އެޅި ޖަމާއަތުގެ ބޮލުގައެވެ.

ބަރުމާގެ ގޮތުގައި ކުރިން ކިޔަމުން އައި މިހާރުގެ މިޔަންމާ އިން ބުނަނީ ރޮހިންޖާ މީހުންނަކީ ބަންގްލަދޭޝް މީހުން ކަމަށެވެ. ބަންގްލަދޭޝް އިން ބުނަނީ އެއީ މިޔަންމާ މީހުން ކަމަށެވެ.

އ.ދ އިން ބުނާ ގޮތުގައި އޮގަސްޓް 25 ގެ ފަހުން 73،000 (ހަތްދިހަ ތިންހާސް) މީހުން މިޔަންމާ – ބަންގްލަދޭޝް ބޯޑަރު ހުރަސްކޮށްފައި ވެއެވެ.

ރޮހިންޖާގައި މިޔަންމާ ސިފައިން މިހާރު ހިންގަމުންދާ އަނިޔާވެރި އަމަލުތައް ދުނިޔޭން ސިފަ ކުރަމުންދަނީ ނަސްލެއް ނައްތާލުމަށް ހިންގާ ޖަރީމާއެއްގެ ގޮތުގައެވެ.

ސީ.އެން.އެން އިން ހާމަކުރި ވީޑިއޯ އެއްގައި ފަރުބަދަތަކުގައި ތާށިވެފައި ތިބި މީހުން އުޅޭ ނިކަމެތި ހާލު ވަރަށް ރަނގަޅަށް ދައްކައިދެއެވެ. އެމީހުންގެ ވަށައިގެންވަނީ ބޯ ޖަންގައްޔެވެ. ބޯހިޔާވަހިކަން ހޯދުމަށް ދަނޑިފަން ޖިފުޓިތައް ހަދާފައި ހުއްޓާ ފެނެއެވެ.

އެމީހުންގެ ނިކަމެތި ހާލާ ބަޔާން ކޮށް ބަރުމާ ހިއުމަން ރައިޓްސް ނެޓްވާރކް ގެ އެކްޒެކެޓިވް ޑިރެކްޓަރ ކިޔޯ ވިން ވިދާޅުވެފައިވަނީ ލަސް ކުރުމެއް ނެތި އެމީހުން ސަލާމަތް ކުރަން ޖެހޭ ކަމަށެވެ.

އޮގަސްޓް 25 ގެ ފަހުން މިހާތަނަށް ލައްކަ އަކަށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން ރަޚައިން ސްޓޭޓް ދޫކޮށް ނުކުމެފައިވާ ކަމަށް އ.ދ އިން ބުނެފައިވެއެވެ. މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް އަވަށް ދޫކޮށް ނިކުންނަން މަޖުބޫރު ވެފައިވަނީ، މިޔަންމާ ސިފައިން ރަޚައިން ސްޓޭޓްގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުން ގެންދާ "ކްލިއަރެންސް އޮޕަރޭޝަން" ގެ ބިރުވެރި ކަމުގެ ސަބަބުންނެވެ.

ރަޚައިން ސްޓޭޓްގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިހިންގާ އުދުވާނަކީ، މީގެ 2 ހަފްތާ އެއްހާ ދުވަސް ކުރިން ސެކިއުރިޓީ ޕޯސްޓްތަކަށް ހަތިޔާރު އެޅި ގްރޫޕަކުން ހަމަލާދީ 12 ސެކިއުރިޓީ އޮފިޝަލުން މަރުވި ހާދިސާގެ ބަދަލު ހިފުމުގެ ގޮތުން މިޔަންމާ ސިފައިން ކުރަމުންދާ ކަމެކެވެ.

އޮގަސްޓް 31 ގައި ނަގާފައިވާ ސެޓެލައިޓް ފޮޓޯއަކުން ފެންނަ ގޮތުގައި އެއް އަވަށް އެއްކޮށް ވަނީ އަންދާ ވީރާނާ ކޮށްލާފައެވެ. ހިއުމަން ރައިޓް ވޮޗް އިން އަންދާޒާ ކުރާ ގޮތުގައި މި ފޮޓޯގައި ފެންނަ ވިލެޖުން އެކަނި 700 އިމާރާތް ވަނީ އަންދާލާފައެވެ. އެއީ އެ އަވަށުގައި ހުރި އިމާރާތްތަކުގެ 99 އިން ސައްތަ ކަމަށްވެސް ހިއުމަންރައިޓްސް ވޮޗް އިން ބުނެފައިވެއެވެ.

"މި ފޮޓޯ އިން މި ފެންނަނީ މުސްލިމުންގެ ވިލެޖެއް އެކީ އަންދާ އަޅިޔަށް ހަދާފައިވާ ތަން، މީން މި އެނގެނީ ރަޚައިން ސްޓޭޓަށް ދީފައިވާ ގެއްލުން ތަކުގެ ބޮޑުކަން، އަދި އެ ގެއްލުންތަކަކީ ކުރިން އަންދާޒާ ކުރެވިފައިވާ މިންވަރަށް ވުރެވެސް ބޮޑު ގެއްލުމެއްކަން" ހިއުމަން ރައިޓްސް ވޮޗް ގެ ޑެޕިއުޓީ އޭޝިއާ ޑިރެކްޓަރ ފިލް ރޮބަޓްސަން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.

ރޮބަޓްސަން ވިދާޅުވީ، މިއީ ހުޅުޖެހި 17 ސަރަހައްދެއްގެ ތެރެއިން އެންމެ ސަރަހައްދަކަށް ލިބުނު ގެއްލުން ދައްކުވައިދޭ ފޮޓޯއެއް ކަމުގައެވެ.

ހުޅުޖަހާފައިވާ އަވަށުގެ މަތިން ނަގާފައިވާ ފޮޓޯއެއް

2016 ވަނަ އަހަރު ރޮހިންޖާ މުސްލިމުންނަށް ކުރަމުންދާ އަނިޔާތައް ތަހުގީގު ކުރުމަށްފަހު އ.ދ. އިން ނެރުނު ރިޕޯޓުގައިވެސް ރޮހިންޖާ މީހުން ދިރިއުޅޭ ތަންތާގައި މިޔަންމާ ސިފައިން ހުޅުޖަހާކަން ފާހަގަ ކޮށްފައިވެއެވެ.

މި ދިޔަ ހޮނިހިރު ދުވަހު މިޔަންމާގެ ޓޮޕް ޖެނެރަލަކު އޭނާގެ ފޭސްބުކް ޕޭޖްގައި ބުނެފައިވަނީ، "ބަންގާޅީން" ނާ ދެކޮޅަށް ހިންގަމުން ގެންދާ އޮޕަރޭޝަނަކީ ގާނޫނީ އިމުގެ ތެރެއަށް ކަންކަން ފެއްތުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ.

"ބަންގާޅީން (ރޮހިންޖާ މީހުން) ގެ މައްސަލައަކީ، ނުނިމި ދިގުލާފައިވާ މައްސަލައެއް، ކުރީގެ ސަރުކާރު ތަކުން މިކަން ހައްލު ކުރަން މަސައްކަތް ކުރި ނަމަވެސް މި ކަން މިއޮތީ އަދި ހައްލު ނުވެ، ސަރުކާރުން މިދަނީ ވަރަށް ފަރުވާތެރިކަމާ އެކު މިކަން ހައްލު ކުރަމުން" ސީނިއަރ ޖެނެރަލް މިން އައުންގ ހްލެއިންގ ފޭސްބުކް ފޭޖްގައި ލިޔެފައި ވެއެވެ.

މިޔަންމާ ސަރުކާރުންނާ އަސްކަރީ ވެރިން ރޮހިންޖާ ނަސްލުގެ މީހުންނަކީ ބަންގާޅީންގެ ކަމަށް ބުނަމުން ދިޔަޔަސް އެމީހުންނަކީ މިޔަންމާގައި އެތައް ޖެނެރޭޝަނެއް ވަންދެން ދިރިއުޅުން ހޭދަކޮށްފައިވާ ބައެކެވެ.

މިޔަންމާ އިން ވަނީ ރަޚައިން ސްޓޭޓަށް މީޑިއާ ވަނުން މަނާ ކޮށްފައެވެ. އެހެން ކަމުން ދުނިޔޭގެ އެއްވެސް މީޑިއާ އަކަށް މިޔަންމާ ސިފައިންގެ ހިންގަމުންދާ ޖަރީމާގެ ހަގީގީ ބޮޑުމިން އެނގޭނެ ގޮތް ނުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ

މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ

08 ފެބުރުއަރީ 2017
މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި

މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި

08 ފެބުރުއަރީ 2017
ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު

ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު

06 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި

މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި

05 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު