Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އީރާން

ބަހްރައިންގައި ހުންނަ އެމެރިކާގެ ފަސް ވަނަ ނޭވީ ފްލީޓަށް ހަމަލާ ދީފައިވާ ކަމަށް އީރާން އިން ބުނެފި

14 ޖުލައި 2026 | އަންގާރަ 04:59

އައިއާރުޖީސީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި ހަމަލާ ތަކުގައި އެ ބޭސްގައި ހުންނަ ތެޔޮ ރައްކާ ކުރާ ތަންތަނަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާ ކަމަށާއި، އެ ތަންތަނުގައި އަލިފާން ރޯވެފައިވާ ކަމަށް. މި ހަމަލާ ތަކުގައި ޕެޓްރިއޮޓް ރާޑަރު ސިސްޓަމް I’mއަކަށް ހަމަލާދީ، ހަލާކު ކޮށްލާފައިވާ ކަމަށް ވެސް އައިއާރުޖީސީ އިން ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖުލައި 2026 | އަންގާރަ 04:59
އީރާން އިން މީގެ ކުރިން މިސައިލް ހަމަލާއެއް ފޮނުވާލާ މަންޒަރު.

އީރާން އިން މީގެ ކުރިން މިސައިލް ހަމަލާއެއް ފޮނުވާލާ މަންޒަރު. | ރޮއިޓާސް

ބަހްރައިންގައި ހުންނަ އެމެރިކާގެ ފަސް ވަނަ ނޭވީ ފްލީޓަށް މިސައިލް އާއި ޑްރޯން ބޭނުން ކޮށްގެން ހަމަލާ ދީފައިވާ ކަމަށް، އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނެފި އެވެ. 

އައިއާރުޖީސީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި ހަމަލާ ތަކުގައި އެ ބޭސްގައި ހުންނަ ތެޔޮ ރައްކާ ކުރާ ތަންތަނަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާ ކަމަށާއި، އެ ތަންތަނުގައި އަލިފާން ރޯވެފައިވާ ކަމަށެވެ. މި ހަމަލާ ތަކުގައި ޕެޓްރިއޮޓް ރާޑަރު ސިސްޓަމް އަކަށް ހަމަލާދީ، ހަލާކު ކޮށްލާފައިވާ ކަމަށް ވެސް އައިއާރުޖީސީ އިން ބުނެފައިވެ އެވެ. 

މީގެ އިތުރުން އެ ފްލީޓުގެ އެއާ ކޮންޓްރޯލް ރާޑަރާއި، ސީ އާމް އާލީ އިންޒާރު ރާޑަރު ސިސްޓަމް އަށް ވެސް ހަމަލާ ދީފައިވާ ކަމަށް އައިއާރުޖީސީ އިން ވަނީ ބުނެފައި އެވެ. އަދި މީގެ އިތުރުން ކަނޑު ދަތުރު ކުރާ ބޯޓު ތަކުގެ ކޮންޓްރޯލް އަދި މޮނިޓަރިން ސެންޓަރަށް ވެސް ހަމަލާ ދީފައިވާ ކަމަށް ބުނެފައިވެ އެވެ. 

ބަހްރައިންގައި ހުންނަ އެެމެރިކާގެ ފަސް ވަނަ ފްލީޓް އަށް އީރާން އިން ދިން ހަމަލާ.

އައިއާރުޖީސީގެ ބަޔާނުގައި ބުނެފައި ވަނީ މި ހަމަލާ ތަކަކީ ބަދަލު ހިފުމުގެ އޮޕަރޭޝަނެއްގެ ގޮތުގައި ހިންގާ ހަމަލާ ތަކެއް ކަމަށް ބުނެފައި އެވެ. އަދި މި އޮޕަރޭޝަންގެ ދަށުން ހަމަލާ ދިނުން މިހާާރު ވެސް ކުރިއަށް ގެންދާ ކަމަށް ބުނެފައިވެ އެވެ. 

ބަހްރައިންގައި ހުންނަ އެމެރިކާގެ ފަސް ވަނަ ނޭވީ ފްލީޓް އަކީ، މެދު އިރުމަތީގެ ސަރަހައްދުގައި އެމެރިކާގެ ނޭވީ އޮޕަރޭޝަންތައް ހިންގުމަށް މުހިންމު ދައުރެއް އަދާ ކުރާ މަރުކަޒެކެވެ. މި ފްލީޓް އިން ޕާޝިއަން ގަލްފް އާއި، ރަތް ކަޑު އަދި އިންޑިއަން ކަނޑުގެ ސަރަހައްދު ތަކުގައި ހަރަކާތްތެރިވެ އެވެ. 

އީރާންގެ މި ހަމަލާތަކާ ގުޅިގެން އެމެރިކާ އިން މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައި ނުވެ އެވެ. އަދި މި ހަމަލާ ތަކުގައި އެމެރިކާގެ މަރުކަޒަށް ލިބުނު ގެއްލުން ތަކުގެ މިންވަރު ވެސް ސާފެއް ނުވެ އެވެ.

މެދު އިރުމަތީގެ ސަރަހައްދުގައި އީރާން އާއި އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަން މިހާރު ވަނީ ބޮޑުވެފައި އެވެ. ޚާއްސަކޮށް މިދިޔަ ދުވަސް ތަކުގައި ދެ ޤައުމުން ގިނަ ހަމަލާ ތަކެއް ބަދަލު ކޮށްފައިވާއިރު، ޙާލަތު އިތުރަށް ގޯސް ވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައި އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާބަޙްރައިން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅިން ފީ އެއް ނަގާނެ ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން އދ. ގެ ޝިޕިން އޭޖެންސީ އިން އެކަމާ ދެކޮޅުކަން ހާމަކޮށްފި

13 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅިން ފީ އެއް ނަގާނެ ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން އދ. ގެ ޝިޕިން އޭޖެންސީ އިން އެކަމާ ދެކޮޅުކަން ހާމަކޮށްފި
13 ޖުލައި 2026

އީރާން ގެ ބޯޓުފަހަރަށް ހުރަސް އެޅުމަށް އެމެރިކާ އިން އަލުން ބްލޮކޭޑް ތަންފީޒު ކުރަނީ

13 ޖުލައި 2026
އީރާން ގެ ބޯޓުފަހަރަށް ހުރަސް އެޅުމަށް އެމެރިކާ އިން އަލުން ބްލޮކޭޑް ތަންފީޒު ކުރަނީ
13 ޖުލައި 2026

ސައިޕްރަސްގެ ބޯޓަށް އީރާނުން ދިން ހަމަލާއާ ގުޅިގެން، އިންޑިއާގެ ފަޅުވެރިއަކު ގެއްލިގެން ހޯދަނީ

13 ޖުލައި 2026
ސައިޕްރަސްގެ ބޯޓަށް އީރާނުން ދިން ހަމަލާއާ ގުޅިގެން، އިންޑިއާގެ ފަޅުވެރިއަކު ގެއްލިގެން ހޯދަނީ
13 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދަކަށް އީރާނުން އިންޒާރުގެ ބަޑި ޖަހައިފި

13 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދަކަށް އީރާނުން އިންޒާރުގެ ބަޑި ޖަހައިފި
13 ޖުލައި 2026

މެދުއިރުމަތީގެ ހަނގުރާމަ ހޫނުވަމުންދާއިރު، އެމެރިކާގެ ހަތިޔާރު ސްޓޮކް ނުރައްކަލުގެ ތެރޭގައި!

13 ޖުލައި 2026
މެދުއިރުމަތީގެ ހަނގުރާމަ ހޫނުވަމުންދާއިރު، އެމެރިކާގެ ހަތިޔާރު ސްޓޮކް ނުރައްކަލުގެ ތެރޭގައި!
13 ޖުލައި 2026

އެމެރިކާ އިން ހޯމަ ދުވަހު ހަމަލާ ދިނީ ފެންފޯރުކޮށްދޭ ސްޓޭޝަނަކަށް: އީރާން

13 ޖުލައި 2026
އެމެރިކާ އިން ހޯމަ ދުވަހު ހަމަލާ ދިނީ ފެންފޯރުކޮށްދޭ ސްޓޭޝަނަކަށް: އީރާން
13 ޖުލައި 2026

އެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން، ކުވެއިތާއި ބަހްރޭން އަދި އޮމާންގައި ހުރި އެމެރިކާގެ އަސްކަރީ މުހިންމު އަމާޒުތަކަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް އައިއާރްޖީސީ އިން ބުނެފި

އުރުދުންގައި ހުންނަ ޕްރިންސް ހަސަން އެއާ ބޭސްގައި ހުރި ތެޔޮ ގުދަންތަކާއި ހަތިޔާރު ރައްކާކުރާ ތަންތަނަށް ހަމަލާދީ، އެ ތަންތަނުގައި ރޯކޮށްލާފައިވާ ކަމަށް އިރާނުން ބުނެފި

13 ޖުލައި 2026
އުރުދުންގައި ހުންނަ ޕްރިންސް ހަސަން އެއާ ބޭސްގައި ހުރި ތެޔޮ ގުދަންތަކާއި ހަތިޔާރު ރައްކާކުރާ ތަންތަނަށް ހަމަލާދީ، އެ ތަންތަނުގައި ރޯކޮށްލާފައިވާ ކަމަށް އިރާނުން ބުނެފި
13 ޖުލައި 2026

އީރާން އަށް އަމާޒުކޮށް ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށް އެމެރިކާ އިން ބުނެފި

13 ޖުލައި 2026
އީރާން އަށް އަމާޒުކޮށް ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށް އެމެރިކާ އިން ބުނެފި
13 ޖުލައި 2026

ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒު ތަކަށް ހަމަލާ ދެމުން އަންނަ ކަމަށް އީރާން އިން ބުނެފި

13 ޖުލައި 2026
ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒު ތަކަށް ހަމަލާ ދެމުން އަންނަ ކަމަށް އީރާން އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް