Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

ޔަމަނުގެ ވެރިރަށް ސަންޢާ އަށް އީރާނުގެ މަތިންދާބޯޓެއް ޖެއްސުން ހުއްޓުވަން އެ ގައުމުގެ ސަރުކާރުގެ ފައުޖުތަކުން އެއަރޕޯޓަށް ހަމަލާ ދީފި

13 ޖުލައި 2026 | ހޯމަ 13:59

އީރާނުގެ ބޯޓުތައް ޔަމަނަށް ޖެއްސުން ހުއްޓުވުމަށް ސަންޢާ އެއާޕޯޓުގެ ރަންވޭއަށް ސަރުކާރު ފައުޖުތަކުން ހަމަލާދިނުމާ ގުޅިގެން، ހޫޘީން ވަނީ ސައުދީ އަރަބިއްޔާއަށް އިންޒާރުދީފައި. މި ހަމަލާތަކާއެކު މަސްރަހު ނުތަނަވަސްވެފައި ވަނިކޮށް، އީރާނުގެ ވަފުދެއް ގޮވައިގެން ދަތުރުކުރި ބޯޓު މިހާރު ވަނީ ހުދައިދާ އެއާޕޯޓަށް ޖައްސާފައި. މި ހާދިސާގެ ސަބަބުން ޔަމަނުގައި ގާއިމުކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އުވުމުގެ ބިރު ވަނީ ބޮޑުވެފައި.

ރާއްޖެ އެމްވީ | 13 ޖުލައި 2026 | ހޯމަ 13:59

ސަންޢާގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު ކައިރިއަށް ވައިގެ މަގުން ހަމަލާތަކެއް ދީފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު، އެ ސަރަހައްދުން ދުން އަރަމުންދަނީ. | ރޮއިޓާސް

އީރާނުގެ މަތިންދާބޯޓެއް ޖެއްސުން ހުއްޓުވުމަށްޓަކައި، ޔަމަނުގެ ވެރިރަށް ސަންޢާގެ އެއާޕޯޓަށް އެ ގައުމުގެ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ސަރުކާރުގެ ފައުޖުތަކުން ހަމަލާއެއް ދީފި ކަމަށް އެ ސަރުކާރުން ބުނެފި އެވެ.

ޔަމަނުގެ ވެރިރަށް ސަންޢާގެ އިތުރުން، ރަތްކަނޑުގެ އައްސޭރީގައި އޮންނަ ހުދައިދާ ބަނދަރު ހިމެނޭހެން އެ ގައުމުގެ އުތުރުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަނީ އީރާނަށް ތާއީދުކުރާ ހޫޘީ ހަނގުރާމަވެރިންނެވެ. ސައުދީ އަރަބިއްޔާ އާއި ގަލްފުގެ އެހެން ގައުމުތަކުގެ އެހީތެރިކަން ލިބޭ ޔަމަނުގެ ރަސްމީ ސަރުކާރު ގާއިމުވެފައިވަނީ ދެކުނު އައްސޭރީގައި އޮންނަ އަދަންގަ އެވެ.

ހޯމަ ދުވަހު ޔަމަނުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުގެ މަދަދުލިބޭ ހޫޘީ ޓެރަރިސްޓް ޖަމާއަތުން ޔަމަނުގެ ގައުމީ އެއާލައިންގެ ބޯޓުތައް ސަންޢާ އެއާޕޯޓަށް ޖެއްސުން ހުއްޓުވާފައިވާ ކަމަށެވެ. އަދި އޭގެ ބަދަލުގައި އީރާނުގެ މަތިންދާބޯޓުތައް ޔަމަނުގެ ވައިގެ ސަރަހައްދަށް ވަނުމަށް ހޫޘީން ބާރުއަޅަމުންދާތީ، އެކަން ހުއްޓުވުމަށްޓަކައި އެއާޕޯޓުގެ ރަންވޭއަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

މި ހަމަލާގެ ކުރިން، ޔަމަނުގެ ޑިފެންސް މިނިސްޓްރީން ވަނީ އާންމު ރައްޔިތުންނާއި، މުވައްޒަފުންނާއި، ޑިޕްލޮމެޓިކް މިޝަންތަކުގެ އިތުރުން އިންސާނީ އެހީ ފޯރުކޮށްދޭ ޖަމާއަތްތަކުން ވަގުތުން އެއާޕޯޓާއި އެ ސަރަހައްދު ދޫކޮށް ދިއުމަށް އަންގާފަ އެވެ.

ހޫޘީން ވަނީ މި ހަމަލާއަށް ރައްދުދޭނެ ކަމަށް ބުނެފަ އެވެ. އަދި އެއްވެސް ހެއްކެއް ދެއްކުމެއްނެތި، މި ހަމަލާގެ ޒިންމާ ހޫޘީން އެޅުވީ ސައުދީ އަރަބިއްޔާގެ ބޮލުގަ އެވެ.

ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސާރީ އިންޒާރު ދެއްވި ގޮތުގައި، މި އުދުވާނަށް ރައްދު ނުދީ އަދި އަދަބު ނުދީ އެ ޖަމާއަތުން ދޫކޮށްނުލާނެ އެވެ.

މި ހާދިސާއާ ގުޅިގެން ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ދުވަހުގެ ފަހުގެ ވަގުތެއްގައި ހޫޘީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުގެ ތެހެރާނުން ވަފުދެއް ގޮވައިގެން ދަތުރުކުރި އެ ބޯޓު މިހާރު ވަނީ ރަތްކަނޑުގެ އައްސޭރީގައި އޮންނަ ހުދައިދާ އެއާޕޯޓަށް ޖައްސާފަ އެވެ.

ހޫޘީން ހިންގާ އަލް-މަސީރާ ޓީވީން އެ ޖަމާއަތުގެ ޓްރާންސްޕޯޓް މިނިސްޓަރާ ހަވާލާދީ ބުނެފައިވަނީ، އީރާނުގެ ބޯޓު ގައުމުގެ ފަސްގަނޑަށް ޖައްސާފައިވާ ކަމަށާއި، އެ ބޯޓުގައި ބަލިމީހުންނާއި ތާށިވެފައި ތިބި ރައްޔިތުންގެ އިތުރުން ޔަމަނުގެ ރަސްމީ ވަފުދެއް ތިބި ކަމަށެވެ.

މި މަހުގެ ކުރީކޮޅު ސަންޢާއަށް ޖެއްސި އީރާނުގެ ބޯޓަކަށް ސައުދީން ހަމަލާދިން ކަމަށް ބުނެ ހޫޘީން ކުރި ތުހުމަތުތަކާ ގުޅިގެން ދެފަރާތުގެ މެދުގައި ވަނީ ނުތަނަވަސްކަން އިތުރުވެފަ އެވެ. އެ ބޯޓު ސަންޢާއިން ފުރީ ހޫޘީންގެ ވަފުދެއް ގޮވައިގެންނެވެ.

އެ ދުވަސްވަރު ހޫޘީން ވަނީ، ސައުދީން ޔަމަނުގެ ވައިގެ ސަރަހައްދަށް ވަދެ ނުވަތަ އަލުން ހަމަލާއެއް ދީފިނަމަ، ސައުދީގެ އެއާޕޯޓުތަކާއި މުހިންމު ތަންތަނަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފަ އެވެ.

އދ. މެދުވެރިވެގެން ގާއިމުކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއެކު މެދުކެނޑިފައި އޮތް ހަމަލާ ބަދަލުކުރުންތައް، މި ފަހުގެ ކުރިމަތިލުންތަކާއެކު އަލުން ފެށިދާނެ ކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފަ އެވެ.

ޔަމަނުގެ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ސަރުކާރުގެ އިންފޮމޭޝަން މިނިސްޓަރު މުޢައްމަރު ބިން މުތަހަރު އަލް-އިރްޔާނީ ވިދާޅުވީ، ރެޑް ކްރޮސް (އައި.ސީ.އާރު.ސީ) އަށް ނިސްބަތްވާ މަތިންދާބޯޓެއް ހޫޘީން ސަންޢާ އެއާޕޯޓުގައި ހިފަހައްޓާފައިވާ ކަމަށާއި، އެ ބޯޓުގެ ޕައިލެޓާއި ކޯ-ޕައިލެޓް ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހޯމަ ދުވަހުގެ ހެނދުނު ޔަމަނުގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ، އީރާނުގެ ބޯޓުތަކުން ޔަމަނުގެ ވައިގެ ސަރަހައްދުގައި ޚިލާފުވަމުންދާ ދިއުން ހުއްޓުވުމަށް އީރާނާއި ހޫޘީންނާއެކު ކުރި ޚާރިޖީ މަސައްކަތްތައް ނާކާމިޔާބުވެފައިވާ ކަމަށެވެ. އަދި ޔަމަނުގެ ވައިގެ ސަރަހައްދަށް ވަންނަ ކޮންމެ ދުޝްމަން ބޯޓަކަށް ލިބެންހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ސަރުކާރުގެ ފައުޖުތަކުން ރައްދުދޭނެ ކަމަށާއި، މީގެ ހުރިހާ ޒިންމާއެއް އުފުލަންޖެހޭނީ އީރާނުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހޫޘީން ސަންޢާ ހިފައި، ޔަމަނުގެ ސަރުކާރު ބޭރުކޮށްލުމާ ގުޅިގެން، ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަނީ 2015 ވަނަ އަހަރު އެވެ. މި ހަނގުރާމައިގެ ސަބަބުން ގިނަ ބަޔަކު ހާލުގައި ޖެހި، ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބި، ބޮޑު ބަޑުހައިހޫނުކަމެއް ވަނީ ކުރިމަތިވެފައެވެ. އދ. އިން ސިފަކުރާ ގޮތުގައި ޔަމަނުގެ ހާލަތަކީ ދުނިޔޭގައި މިހާތަނަށް ކުރިމަތިވި އެންމެ ނުރައްކާތެރި އިންސާނީ ކާރިސާ އެވެ.

މަސްދަރު: އޭއެފްޕީ

އީރާންޔަމަންހޫޡީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 ޖުލައި 2026

ސައިޕްރަސްގެ ބޯޓަށް އީރާނުން ދިން ހަމަލާއާ ގުޅިގެން، އިންޑިއާގެ ފަޅުވެރިއަކު ގެއްލިގެން ހޯދަނީ

13 ޖުލައި 2026
ސައިޕްރަސްގެ ބޯޓަށް އީރާނުން ދިން ހަމަލާއާ ގުޅިގެން، އިންޑިއާގެ ފަޅުވެރިއަކު ގެއްލިގެން ހޯދަނީ
13 ޖުލައި 2026

އެމެރިކާ އިން ހޯމަ ދުވަހު ހަމަލާ ދިނީ ފެންފޯރުކޮށްދޭ ސްޓޭޝަނަކަށް: އީރާން

13 ޖުލައި 2026
އެމެރިކާ އިން ހޯމަ ދުވަހު ހަމަލާ ދިނީ ފެންފޯރުކޮށްދޭ ސްޓޭޝަނަކަށް: އީރާން
12 ޖުލައި 2026

އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާ ދީފި

12 ޖުލައި 2026
އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާ ދީފި
12 ޖުލައި 2026

އީރާނުން ބުނީ ހުރްމުޒް ކަނޑުއޮޅި "އެޓޮމިކް ބޮމަށްވުރެ މުހިންމު" ކަމަށް

12 ޖުލައި 2026
އީރާނުން ބުނީ ހުރްމުޒް ކަނޑުއޮޅި "އެޓޮމިކް ބޮމަށްވުރެ މުހިންމު" ކަމަށް
12 ޖުލައި 2026

ބައްޕާފުޅުގެ ހަނދާނުގައި ތައުޒިޔާގެ ޚާއްސަ ރަސްމިއްޔާތެއް އީރާނުގެ ލީޑަރު މުޖުތަބާ ޚާމަނާއީ ބާއްވަވަނީ

12 ޖުލައި 2026
ބައްޕާފުޅުގެ ހަނދާނުގައި ތައުޒިޔާގެ ޚާއްސަ ރަސްމިއްޔާތެއް އީރާނުގެ ލީޑަރު މުޖުތަބާ ޚާމަނާއީ ބާއްވަވަނީ
12 ޖުލައި 2026

ސައުދީން އީރާނުގެ ހަމަލާތައް ކުށްވެރިކޮށްފި

12 ޖުލައި 2026
ސައުދީން އީރާނުގެ ހަމަލާތައް ކުށްވެރިކޮށްފި
12 ޖުލައި 2026

އީރާނުން ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފުވެފައިވާ ކަމަށް ބުނެ، ގަތަރުން ނުރުހުން ފާޅު ކޮށްފި

12 ޖުލައި 2026
އީރާނުން ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފުވެފައިވާ ކަމަށް ބުނެ، ގަތަރުން ނުރުހުން ފާޅު ކޮށްފި
12 ޖުލައި 2026

ހުރްމުޒް ކަނޑު އޮޅީގެ ނުރައްކާ އޮތީ އެންމެ މަތީ ދަރަޖައިގައި

12 ޖުލައި 2026
ހުރްމުޒް ކަނޑު އޮޅީގެ ނުރައްކާ އޮތީ އެންމެ މަތީ ދަރަޖައިގައި
12 ޖުލައި 2026

އީރާނުން ހުރްމުޒް ކަނޑުއޮޅި ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި

12 ޖުލައި 2026
އީރާނުން ހުރްމުޒް ކަނޑުއޮޅި ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި
11 ޖުލައި 2026

އިރާނުން ޑްރޯން އުފެއްދުން ތިން ގުނައަށް އިތުރުކޮށްފި

11 ޖުލައި 2026
އިރާނުން ޑްރޯން އުފެއްދުން ތިން ގުނައަށް އިތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް