Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއެމެރިކާ-އީރާން

މެދުއިރުމަތީގެ ހަނގުރާމަ ހޫނުވަމުންދާއިރު، އެމެރިކާގެ ހަތިޔާރު ސްޓޮކް ނުރައްކަލުގެ ތެރޭގައި!

13 ޖުލައި 2026 | ހޯމަ 12:17

އީރާނާ ދެކޮޅަށް ކުރާ ހަމަލާތަކުގައި ގިނަ އަދަދެއްގެ މިސައިލް ބޭނުންކުރުމުގެ ސަބަބުން އެމެރިކާގެ ހަތިޔާރުގެ ސްޓޮކް ވަރަށް ބޮޑަށް މަދުވެ، ޗައިނާ ނުވަތަ އުތުރު ކޮރެއާއާ އެކު ހަނގުރާމައެއް ފެށިއްޖެ ނަމަ އެކަމަށް ކުރިމަތިލުމުގެ ގާބިލުކަމާ މެދު މާހިރުން ކަންބޮޑުވުން ފާޅުކޮށްފި. ހަތިޔާރު އުފައްދާ މިންވަރު ދަށްވުމުން ސްޓޮކް އިއާދަކުރަން ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވޭތީ، ދިފާއީ ސިނާއަތް ފުޅާކޮށް އުފެއްދުންތެރިކަން އިތުރުކުރުމަށް އެމެރިކާ ސަރުކާރުން ދަނީ މަސައްކަތް ކުރަމުން.

ރާއްޖެ އެމްވީ | 13 ޖުލައި 2026 | ހޯމަ 12:17
2026 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު، ޔޫއެސްއެސް ބޮކްސާ (އެލް.އެޗް.ޑީ 4) އާއި ޔޫއެސްއެސް ޕޯޓްލޭންޑް (އެލް.ޕީ.ޑީ 27) އިންޑިއާ ކަނޑު ހުރަސްކޮށް، ދެ މަނަވަރު އެކުގައި ފޯމޭޝަނެއްގައި ދަތުރުކުރަނީ.

2026 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު، ޔޫއެސްއެސް ބޮކްސާ (އެލް.އެޗް.ޑީ 4) އާއި ޔޫއެސްއެސް ޕޯޓްލޭންޑް (އެލް.ޕީ.ޑީ 27) އިންޑިއާ ކަނޑު ހުރަސްކޮށް، ދެ މަނަވަރު އެކުގައި ފޯމޭޝަނެއްގައި ދަތުރުކުރަނީ. | ސެންޓްކޮމް

އީރާނާ ދެކޮޅަށް ކުރަމުންދާ ހަމަލާތައް މިހާރު ހުރި މިންވަރުގައި ކުރިއަށްދާނަމަ، އެމެރިކާގެ ހަތިޔާރުގެ ސްޓޮކް ހުރި މިންވަރު ވަރަށް ބޮޑަށް މަދުވެ، އިތުރު ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށް ބެލެވޭ ކަމަށް އެމެރިކާގެ މަޝްހޫރު ޓީވީ ނެޓްވޯކް ސީއެންއެން އިން ވަނީ ރިޕޯޓުކޮށްފަ އެވެ. މިކަން މިހެން އޮތް އިރު އަނެއްކޮޅުން، ދެ ގައުމުގެ ދެމެދުގައި އޮތް ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން މިހާރު "ނިމުމަކަށް އައިސްފައިވާ" ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ހަތިޔާރުގެ މި ހާލަތުގެ ސަބަބުން، ކުރިމަގުގައި ޗައިނާ ނުވަތަ އުތުރު ކޮރެއާއާ އެކު ހަނގުރާމައެއް ފެށިއްޖެ ނަމަ، އެކަމަށް ކުރިމަތިލުމަށް އެމެރިކާގެ އަސްކަރިއްޔާއަށް އޮތް ގާބިލުކަމަށް އަސަރުކޮށްފާނެ ކަމަށް މާހިރުން ސީއެންއެންއަށް މައުލޫމާތު ދީފައިވެ އެވެ.

"ސެންޓަރ ފޯރ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް" (ސީ.އެސް.އައި.އެސް) ގެ ޑިފެންސް އެނަލިސްޓެއް ކަމަށްވާ، ރިޓަޔަރޑް މެރިން ކޯރ ކާނަލް މާކް ކެންސިއަން ވިދާޅުވި ގޮތުގައި، ފާއިތުވި ފަސް ދުވަހު ހަނގުރާމަ ކުރިއަށްދިޔަ ބާރުމިނުގައި ކުރިއަށްދާނަމަ، ހަތިޔާރުގެ ސްޓޮކް މަދުވެ، އިންޑޯ-ޕެސިފިކް ސަރަހައްދުގައި އޮތް ނުރައްކަލުގެ މިންވަރު އާ އުސްމިނަކަށް އުފުލިގެންދާނެ އެވެ.

އެމެރިކާގެ ގިނަ އަދަދެއްގެ ނޭވީ ބޯޓު ފަހަރު މެދުއިރުމަތީގައި ޕެޓްރޯލު ކުރަނީ

އީރާނާ ދެކޮޅަށް ކުރިއަށްގެންދިޔަ "އޮޕަރޭޝަން އެޕިކް ފިއުރީ" ގެ ކުރީކޮޅު، ދުރު ރާސްތާގެ އަމާޒުތަކަށް ހަމަލާދިނުމަށާއި ދުޝްމަނުންގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށް އެމެރިކާގެ އަސްކަރިއްޔާއިން އެތައް ހާސް މިސައިލެއް ބޭނުންކޮށްފައިވާ ކަމަށް މާހިރުންނާއި ސީއެންއެންގެ ރިޕޯޓުތަކުން ދައްކަ އެވެ.

ބްރޫކިންގްސް އިންސްޓިޓިއުޝަންގެ ފޮރިން ޕޮލިސީ ރިސާޗްގެ އިސްވެރިޔާ މައިކަލް އޯހެންލަން ވިދާޅުވީ، ހަތިޔާރު ރައްކާކުރެވިފައި ހުރި މިންވަރު ބޭނުންވާ މިންވަރަށްވުރެ "ދަށްވެފައިވާ" ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

ސީ.އެސް.އައި.އެސްގެ ދިރާސާއަކުން ދައްކާގޮތުގައި، އޭޕްރިލް މަހު އެމެރިކާއާއި އީރާނާ ދެމެދު ކުރި ފުރިހަމަ ހަނގުރާމަ ހުއްޓުނުއިރު، ޕެންޓަގަންގެ ތާޑް (THAAD) ބެލިސްޓިކް މިސައިލް އިންޓަރސެޕްޓަރުގެ ދެބައިކުޅަ އެއްބަޔާއި، ޕެޓްރިއަޓް ވައިގެ ދިފާއީ މިސައިލްގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި އަދި ޓޮމަހޯކް ލޭންޑް-އެޓޭކް މިސައިލްގެ 30 އިންސައްތަ ވަނީ ބޭނުންކޮށްފަ އެވެ. މި ދިރާސާގެ ސައްހަކަން ޑިފެންސް ޑިޕާޓްމަންޓުގެ އެތެރޭގެ ހިސާބުތައް އެނގޭ ތިން މީހަކު މެދުވެރިކޮށް ސީއެންއެންއިން ވަނީ ކަށަވަރުކޮށްފަ އެވެ. ހަމަލާ ބަދަލުކުރުން ހުއްޓާލުމާ ގުޅިގެން، ފާއިތުވި މަސްތަކުގައި ދެމުންދިޔަ ކުދި ހަމަލާތަކުގައި މަދު މިސައިލް ބޭނުންކުރަން ޖެހުމުން، ހަތިޔާރުގެ ސްޓޮކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނެވެ.

ނަމަވެސް، ކެންސިއަން ފާހަގަކުރެއްވި ގޮތުގައި މުހިންމު މިސައިލްތައް އަލުން އުފައްދައި ރައްކާކުރެވޭ މިންވަރު ވަރަށް ދަށެވެ. މިހާރުގެ މާލީ އަހަރުގެ ތާވަލަށް ބަލާއިރު، ޕެންޓަގަނަށް މަހަކު ލިބެނީ ގާތްގަނޑަކަށް 15 އާ ޓޮމަހޯކް މިސައިލާއި 20 އާ ޕެޓްރިއަޓް މިސައިލެވެ. އަދި 2026 ވަނަ އަހަރު ތާޑް (THAAD) މިސައިލެއް ލިބޭނެ ކަމަށް ލަފައެއް ނުކުރެވެ އެވެ. ސީ.އެސް.އައި.އެސް އިން އަންދާޒާކުރާ ގޮތުގައި، ހަތިޔާރުގެ ސްޓޮކް ހަނގުރާމައިގެ ކުރިން ހުރި މިންވަރަށް ގެނައުމަށް ތިން އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަސް ނަގާނެ އެވެ.

ޕެންޓަގަންގެ ކުރީގެ ޑެޕިއުޓީ ކޮމްޕްޓްރޯލަރ އިލޭން މެކްކަސްކަރ ސީއެންއެންއަށް ވިދާޅުވީ، ހަތިޔާރުތައް އަލުން ފުރިހަމަކުރުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށާއި، ގިނަ ހަތިޔާރުތަކަށް ދެ އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތެއް ހޭދަވާނެ ކަމަށެވެ.

އަސްކަރީ ހަތިޔާރު ހޯދުމާބެހޭ މާހިރު، ރިޓަޔަރޑް މޭޖަރ ޖެނެރަލް ޖޯން ފެރާރީ ފާހަގަކުރެއްވި ގޮތުގައި، ހަނގުރާމަ ފެށުނު ފަހުން އެންމެ މިސައިލެއްވެސް އާ ކުރުމަށް ކޮންގްރެސްއިން ފައިސާއެއް ހަމަޖައްސާފައެއް ނުވެ އެވެ. 

ފާއިތުވި ހަފުތާތަކުގައި، އީރާނުގެ ހަނގުރާމައަށާއި ބައެއް އެހެނިހެން ކަންކަމަށް ބޭނުންވާ އިތުރު ފައިސާ ހޯދުމަށް ވައިޓް ހައުސްއިން ރަސްމީކޮށް ކޮންގްރެސްގައި އެދިފައިވީ ނަމަވެސް، އެކަން ފާސްވުމުގައި ގިނަ ހުރަސްތަކެއް އެބަހުއްޓެވެ.

ޕެންޓަގަންގެ އޮފިޝަލަކު ސީއެންއެންއަށް ވިދާޅުވީ، ދިފާއީ ސިނާއަތް ހަލުވިކަމާއެކު ފުޅާކުރުމަށް އެ އިދާރާއިން މަސައްކަތް ކުރަމުންދާ ކަމަށެވެ. މިސައިލް އުފެއްދުން އަވަސްކުރުމަށްޓަކައި، ގަވާއިދުތަކުގެ ތެރެއިން ހުރި ހުރަސްތައް ނައްތާލުމަށް ރައީސް ޓްރަމްޕް ވަނީ ޖޫން މަހު "ޑިފެންސް ޕްރޮޑަކްޝަން އެކްޓް" އިޢުލާނު ކުރައްވާފަ އެވެ. އަދި ޑިފެންސް ޑިޕާޓްމަންޓުން ވަނީ އުފެއްދުންތެރިކަން އިތުރުކުރުމަށް ކުންފުނިތަކާއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ އެވެ.

"އެމެރިކާގެ އެންމެ ޒަމާނީ އީޖާދުތައް ބޭނުންކޮށްގެން، ހަތިޔާރު އުފައްދާ މިންވަރު އިތުރުކުރުމަށާއި ސަޕްލައި ޗެއިން ވަރުގަދަކުރުމަށް ޑިޕާޓްމަންޓުން ދަނީ ވަރަށް ބާރަށް މަސައްކަތް ކުރަމުން،" ޕެންޓަގަންގެ އޮފިޝަލް ވިދާޅުވި އެވެ.

ކެންސިއަން ވިދާޅުވި ގޮތުގައި "ޑިފެންސް ޕްރޮޑަކްޝަން އެކްޓް" ބޭނުންކުރުމަކީ އެހީއަކަށް ވިޔަސް، އޭގެ ނަތީޖާ ފެންނާނީ ކުޑަކޮށެވެ. އަދި އުފެއްދުންތެރިކަން އިތުރުކުރުމަށް ވަގުތު ނަގާނެ އެވެ.

ޖަރުމަނާއި ޔޫކްރެއިން ފަދަ ގައުމުތަކުގައި ޕެޓްރިއަޓް މިސައިލް އުފެއްދުމުގެ ހުއްދަ ދިނުމަކީ، ބައިނަލްއަގުވާމީ މާކެޓުގައި ހަތިޔާރަށް އޮތް ޑިމާންޑް ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެމެރިކާގެ އުފެއްދުންތެރިކަމަށް އޮތް ޕްރެޝަރު ކުޑަވާނެ ކަމެކެވެ. ތުރުކީގައި ބޭއްވި ނޭޓޯ ސަމިޓުގެ ހަވާސާގައި ވާހަކަފުޅު ދައްކަވަމުން، ޔޫކްރެއިނަށް މި ހުއްދަ ދެއްވިކަން ރައީސް ޓްރަމްޕް ބުރާސްފަތި ދުވަހު ވަނީ އިޢުލާނު ކުރައްވާފަ އެވެ.

ނަމަވެސް، މިފަދަ އެއްބަސްވުންތަކުގެ ނަތީޖާ ފެންނަނީ ވަރަށް ލަހުންނެވެ. މިސާލަކަށް، ޖަޕާނުގައި ޕެޓްރިއަޓް ފެކްޓްރީއެއް އެޅުމަށް ތިން އަހަރު ނެގިއިރު، ޖަރުމަނުން 2022 ވަނަ އަހަރު މަސައްކަތް ފެށި ނަމަވެސް އަދިވެސް މިސައިލެއް އުފެއްދިފައެއް ނުވެ އެވެ.

ސީ.އެސް.އައި.އެސްގެ ދިރާސާއިން ދައްކާގޮތުގައި، "ޕްރެސިޝަން ސްޓްރައިކް މިސައިލް" އާއި "ޖޮއިންޓް އެއަރ-ޓޫ-ސާފޭސް ސްޓޭންޑްއޮފް މިސައިލް" ފަދަ ހަތިޔާރުތައް އަލުން ހޯދުން އަވަސްވާނެ އެވެ. އަދި 2027 ވަނަ އަހަރުގެ މެދުތެރޭގައި ނުވަތަ ފަހުކޮޅުގައި މި ހަތިޔާރުތައް ހަނގުރާމައިގެ ކުރިން ހުރި މިންވަރަށް ލިބޭނެ އެވެ.

ކެންސިއަން އިންޒާރު ދެއްވި ގޮތުގައި، މިސައިލްތައް މިހާ ބާރުމިނުގައި ބޭނުންކުރަމުންދާނަމަ ކުރިމަތިވާނެ ހަމައެކަނި ނުރައްކަލަކީ ޗައިނާއެއް ނޫނެވެ. އުތުރު ކޮރެއާއާއެކު ހަނގުރާމައެއް ފެށިއްޖެނަމަ، ދުޝްމަނުންގެ އަމާޒުތަކަށް ހަމަލާދިނުމަށާއި، ދެކުނު ކޮރެއާގެ ސޯލް އަދި އެމެރިކާގެ ސިފައިން ދިފާއުކުރުމަށް ބޮޑު އަދަދަކުން މިސައިލް ބޭނުންވާނެ ކަމަށް މާހިރުން ގަބޫލުކުރެ އެވެ.

ޕެންޓަގަންގެ ތަރުޖަމާނު ޝޯން ޕާނެލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެމެރިކާގެ އަސްކަރިއްޔާއަކީ ދުނިޔޭގެ އެންމެ ވަރުގަދަ ބާރު ކަމަށާއި، ރައީސް ކަނޑައަޅުއްވާ ވަގުތެއްގައި އަދި ތަނެއްގައި އޮޕަރޭޝަންތައް ހިންގުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް އެބަހުރި ކަމަށެވެ.

"އަހަރެމެންގެ ރައްޔިތުންނާއި (ގައުމީ) މަސްލަހަތުތައް ހިމާޔަތްކުރުމަށް ބޭނުންވާ ހަތިޔާރުގެ ބޮޑު ސްޓޮކެއް އެމެރިކާގެ އަސްކަރިއްޔާގައި ހުރިކަން ކަށަވަރުކުރަމުން، އެކި ސަރަހައްދުތަކުގައި ކާމިޔާބު އޮޕަރޭޝަންތަކެއް އަހަރެމެން ވާނީ ހިންގާފައި،" ޕާނެލް ވިދާޅުވި އެވެ.

ބްރޫކިންގްސް އިންސްޓިޓިއުޝަންގެ އޯހެންލަން ވިދާޅުވީ، ޗައިނާ ނުވަތަ އުތުރު ކޮރެއާގެ ހަމަލާތައް ހުއްޓުވުމަށް އެމެރިކާއަށް އޮތް ގާބިލުކަމަށް އަދި އަސަރުކޮށްފައިވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ނަމަވެސް، ވަކި ހިސާބަކުން އެ ގާބިލުކަން ކުޑަވެދާނެ ކަމަށް އޭނާ އިންޒާރު ދެއްވި އެވެ. "އެއީ ކޮން ހިސާބެއްކަން ބުނަން ދަތި، ސަބަބަކީ އެއީ ބޮޑަށް ދުޝްމަނުންގެ ވިސްނުމާ ގުޅިފައިވާ ކަމަކަށްވާތީ،" އޯހެންލަން ވިދާޅުވި އެވެ.

މަސްދަރު: ސީއެންއެން

އޮޕަރޭޝަން އެޕިކް ފިއުރީއީރާން-އެމެރިކާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 ޖުލައި 2026

އެމެރިކާ އިން ހޯމަ ދުވަހު ހަމަލާ ދިނީ ފެންފޯރުކޮށްދޭ ސްޓޭޝަނަކަށް: އީރާން

13 ޖުލައި 2026
އެމެރިކާ އިން ހޯމަ ދުވަހު ހަމަލާ ދިނީ ފެންފޯރުކޮށްދޭ ސްޓޭޝަނަކަށް: އީރާން
13 ޖުލައި 2026

އެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން، ކުވެއިތާއި ބަހްރޭން އަދި އޮމާންގައި ހުރި އެމެރިކާގެ އަސްކަރީ މުހިންމު އަމާޒުތަކަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް އައިއާރްޖީސީ އިން ބުނެފި

13 ޖުލައި 2026
އެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން، ކުވެއިތާއި ބަހްރޭން އަދި އޮމާންގައި ހުރި އެމެރިކާގެ އަސްކަރީ މުހިންމު އަމާޒުތަކަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް އައިއާރްޖީސީ އިން ބުނެފި
13 ޖުލައި 2026

އުރުދުންގައި ހުންނަ ޕްރިންސް ހަސަން އެއާ ބޭސްގައި ހުރި ތެޔޮ ގުދަންތަކާއި ހަތިޔާރު ރައްކާކުރާ ތަންތަނަށް ހަމަލާދީ، އެ ތަންތަނުގައި ރޯކޮށްލާފައިވާ ކަމަށް އިރާނުން ބުނެފި

13 ޖުލައި 2026
އުރުދުންގައި ހުންނަ ޕްރިންސް ހަސަން އެއާ ބޭސްގައި ހުރި ތެޔޮ ގުދަންތަކާއި ހަތިޔާރު ރައްކާކުރާ ތަންތަނަށް ހަމަލާދީ، އެ ތަންތަނުގައި ރޯކޮށްލާފައިވާ ކަމަށް އިރާނުން ބުނެފި
13 ޖުލައި 2026

އީރާން އަށް އަމާޒުކޮށް ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށް އެމެރިކާ އިން ބުނެފި

13 ޖުލައި 2026
އީރާން އަށް އަމާޒުކޮށް ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށް އެމެރިކާ އިން ބުނެފި
13 ޖުލައި 2026

ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒު ތަކަށް ހަމަލާ ދެމުން އަންނަ ކަމަށް އީރާން އިން ބުނެފި

13 ޖުލައި 2026
ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒު ތަކަށް ހަމަލާ ދެމުން އަންނަ ކަމަށް އީރާން އިން ބުނެފި
12 ޖުލައި 2026

އީރާނުން ކުވޭތަށް ދިން ހަމަލާގައި އެމެރިކާގެ އެތައް މިލިއަން ޑޮލަރުގެ މިސައިލު ލޯންޗަރުތައް ނައްތާލައިފި

12 ޖުލައި 2026
އީރާނުން ކުވޭތަށް ދިން ހަމަލާގައި އެމެރިކާގެ އެތައް މިލިއަން ޑޮލަރުގެ މިސައިލު ލޯންޗަރުތައް ނައްތާލައިފި
12 ޖުލައި 2026

އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާ ދީފި

12 ޖުލައި 2026
އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާ ދީފި
12 ޖުލައި 2026

އީރާނުން ބުނީ ހުރްމުޒް ކަނޑުއޮޅި "އެޓޮމިކް ބޮމަށްވުރެ މުހިންމު" ކަމަށް

12 ޖުލައި 2026
އީރާނުން ބުނީ ހުރްމުޒް ކަނޑުއޮޅި "އެޓޮމިކް ބޮމަށްވުރެ މުހިންމު" ކަމަށް
12 ޖުލައި 2026

އީރާނުން ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފުވެފައިވާ ކަމަށް ބުނެ، ގަތަރުން ނުރުހުން ފާޅު ކޮށްފި

12 ޖުލައި 2026
އީރާނުން ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފުވެފައިވާ ކަމަށް ބުނެ، ގަތަރުން ނުރުހުން ފާޅު ކޮށްފި
12 ޖުލައި 2026

ހުރްމުޒް ކަނޑު އޮޅީގެ ނުރައްކާ އޮތީ އެންމެ މަތީ ދަރަޖައިގައި

12 ޖުލައި 2026
ހުރްމުޒް ކަނޑު އޮޅީގެ ނުރައްކާ އޮތީ އެންމެ މަތީ ދަރަޖައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް