Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ނޯވޭ މެޗުގެ ކުރިން ތިން ދުވަސް ވަންދެން ރައިސް އޮތީ އެނދުމަތީގައި!

ޓުޗެލް ބުނެފައި ވަނީ ރައިސް ބަލިވުމުގެ ކުރިން ވެސް، އެ މެޗުގައި އޭނާ އަށް ކުޅެވޭނެ ކަމާ މެދު ޝައްކު އޮތް ކަމަށް. އެއީ ރައިސްގެ ބުރަކަށީގެ ތިރި އަށާއި، ފައިގެ މަސްގަނޑަށް ދިމާވެފައިވާ ނާރުގެ މައްސަލައެއްގެ ސަބަބުން ކަމަށް ޓުޗެލް ބުނި. އެކަން އެހެން ހުއްޓާ ރައިސް ބަލިވުމުން، އެ މައްސަލަ އިތުރަށް ބޮޑުވި ކަމަށް ޓުޗެލް ވަނީ ބުނެފައި. ނޯވޭ މެޗުގެ ކުރިން އޮތް ފަރިތަކުރުން ތަކުަގއި ރައިސް ބައިވެރިވި ނަމަވެސް، އޭގެ ކުރިން ދިޔަ ތިން ދުވަހު އޭނާ އޮންނަން ޖެހުނީ އެނދު މަތިވެފައި ކަމަށް ޓުޗެލް ހާމަކުރި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޖުލައި 2026 | ހޯމަ 07:07
ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުގައި އިންގްލެންޑުގެ ޑެކްލަން ރައިސް.

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުގައި އިންގްލެންޑުގެ ޑެކްލަން ރައިސް. | ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން، އިންގްލެންޑުގެ މިޑްފީލްޑަރު ޑެކްލަން ރައިސް ބަލިވެ އުޅުމުގެ ސަބަބުން ގާތް ގަނޑަކަށް ތިން ދުވަސް ވަންދެން އެނދުމަތިވެފައި އޮންނަން ޖެހުނު ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ. 

އާދީއްތަ ދުވަހުގެ ރޭ ދަންވަރު މިއާމީ ސްޓޭޑިއަމްގައި ކުޅުނު މެޗު އިންގްލެންޑް އިން ކާމިޔާބު ކުރީ 2-1 އިންނެވެ. އެ މެޗުން އިންގްލެންޑު މޮޅުވެފައި ވަނީ، ނޯވޭ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ. 

މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން ރައިސް ކުޅުނު ނަމަވެސް، މިއާމީގެ ގަދަ ހޫނުގެ ސަބަބުން އޭނާ އަށް ދަނޑު މަތީގައި ވަރަށް ބޮޑަށް އުނދަގޫތަކާ ކުރިމަތިވި އެވެ. އެހެންކަމުން ދެ ވަނަ ހާފު ފެށުމާ އެކު، ޓުޗެލް ވަނީ ރައިސްގެ ބަދަލުގައި އާސެނަލްގައި އޭނާ އާއެކު ކުޅޭ އެބްރެޗީ އެޒީ ކުޅެން އަރުވައިފަ އެވެ. 

ނޯވޭ މެޗަށް ފަހު ވާހަކަ ދައްކަމުން ޓުޗެލް ބުނެފައި ވަނީ، ގަދަ ހޫނުގެ ސަބަބުން ބައެއް ކުޅުންތެރިންނަށް އުނދަގޫ ތަކެއް ދިމާާވި ކަމަށެވެ. އޭގެ ތެރޭގެ ފައިގެ މަސްގަނޑަށް ދިމާވި މައްސަލަތަކާ އެކު، އެޒްރީ ކޮންސާ ހިމެނޭ ކަމަށް އޭނާ ފާހަގަ ކުރި އެވެ. މެޗުގައި ރައިސް ބަދަލު ކުރަން ނިންމި ސަބަބާ ގުޅޭ ގޮތުން ނޫސްވެރިން ވަނީ ޓުޗެލްއާ ސުވާލު ކޮށްފައި އެވެ.

އެ ސުވާލަށް ޖަވާބު ދެމުން ޓުޗެލް ބުނެފައި ވަނީ ފުރަތަމަ ހާފު ނިމުނުއިރު، އެއް ލަނޑުން އިންގްލެންޑު ފަހަތުގައި އޮތުމާ އެކު، އެޓޭކް ކުރުމަށް ހާފް ޓައިމްގައި ނިންމީ ކަމަށެވެ. އޭގެ ފަހުން އިންގްލެންޑުގެ ޖޫޑް ބެލިންހަމް ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރި ނަމަވެސް، ކުރިން ނިންމި ނިންމުން ބަދަލު ކުރަން ބޭނުން ނުވީ ކަމަށް ވެސް ޓުޗެލް ވަނީ ބުނެފައި އެވެ. 

މީގެ އިތުރުން ޓުޗެލް ބުނެފައި ވަނީ ރައިސް ބަލިވުމުގެ ކުރިން ވެސް، އެ މެޗުގައި އޭނާ އަށް ކުޅެވޭނެ ކަމާ މެދު ޝައްކު އޮތް ކަމަށެވެ. އެއީ ރައިސްގެ ބުރަކަށީގެ ތިރި އަށާއި، ފައިގެ މަސްގަނޑަށް ދިމާވެފައިވާ ނާރުގެ މައްސަލައެއްގެ ސަބަބުން ކަމަށް ޓުޗެލް ބުންޏެވެ. އެކަން އެހެން ހުއްޓާ ރައިސް ބަލިވުމުން، އެ މައްސަލަ އިތުރަށް ބޮޑުވި ކަމަށް ޓުޗެލް ވަނީ ބުނެފައި އެވެ. ނޯވޭ މެޗުގެ ކުރިން އޮތް ފަރިތަކުރުން ތަކުަގއި ރައިސް ބައިވެރިވި ނަމަވެސް، އޭގެ ކުރިން ދިޔަ ތިން ދުވަހު އޭނާ އޮންނަން ޖެހުނީ އެނދު މަތިވެފައި ކަމަށް ޓުޗެލް ހާމަކުރި އެވެ. 

އެެހެން ދިމާވުމުން، މެޗުގެ 90 މިނެޓީ ހަމަ ކުރެވޭނެ ފެންވަރު ރައިސްގެ ގައިގައި ނެތްކަން ކުރިން ވެސް އިނގޭ ކަމަށް ޓުޗެލް ބުންޏެވެ. މެޗު 120 މިނެޓަށް ދިގުލައިގެން ދިޔުމުގެ ފުރުސަތު އޮތުމުން، ފަހުން ބަދަލެއް ބޭނުން ވެދާނެތީ ރައިސް ބަދަލު ކުރީ ކަމަށް ވެސް ޓުޗެލް ވަނީ ބުނެފައި އެވެ. 

އާސެނަލް އާއެކު ނިމުނު ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކޮށްފައިވާ ރައިސް އަކީ، މިފަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑުގައި ހިމެނޭ އެންމެ މުހިންމު އެއް ކުޅުންތެރިޔާާ އެވެ. މުބާރާތުގައި މިހާތަނަށް އިންގްލެންޑުން ކުޅުނު ހަ މެޗުގެ ތެރެއިން، ފަސް މެޗުގައި އޭނާ ވަނީ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެފައި އެވެ. އޭނާ އަށް ނުކުޅެވުނީ ގުރޫޕު ސްޓޭޖުގައި ޕެނަމާއާ ދެކޮޅަށް ކުޅުނު މެޗުގައި އެވެ. 

ފީފާ ވަރލްޑް ކަޕް 2026އިނގިރޭސިވިލާތްޑެކްލަން ރައިސްތޯމަސް ޓުޗެލް

އިތުރަށް ކިޔާލަން

13 ޖުލައި 2026

ޓްރަމްޕްގެ ދައުވަތަކަށް ގޯލްފް ކުޅެން ދިޔަ ކަމަށް ކޭން ބުނެފި

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކޭން ބުނެފައި ވަނީ، މީގެ 18 މަސް ކުރިން އެމެރިކާގެ ފްލޮރިޑާގެ ޕާމް ބީޗުގައި އޭނާ ހުއްޓާ، ގޯލްފް ކުޅުމަށް ޓްރަމްޕްގެ ފަރާތުން ދައުވަތެއް ލިބުނު ކަމަށް. ޤައުމެއްގެ ރައީސެއްގެ ފަރާތުން އެފަދަ ދައުވަތެއް ލިބުމުން، އެއީ ދެކޮޅު ހެދޭނެ ކަމެއް ނޫންކަން ފާހަގަކޮށް ކޭން ބުނީ، އެއީ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށް.

13 ޖުލައި 2026
ޓްރަމްޕްގެ ދައުވަތަކަށް ގޯލްފް ކުޅެން ދިޔަ ކަމަށް ކޭން ބުނެފި
13 ޖުލައި 2026

އިންގްލެންޑާއި އާޖެންޓީނާގެ ސެމީ ފައިނަލް: ތާރީޚު ބުރަ ވަނީ އިންގްލެންޑު ކޮޅަށް، އާޖެންޓީނާގެ ހިތްވަރަކީ މެސީ!

މިއީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ކެރިއަރުގައި އިންގްލެންޑްއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗަށް ވެގެން ދާނެ. އަނެއްކޮޅުން މިއީ ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އިންގްލެންޑް އިން، އެ ޓީމުގެ 60 އަހަރުވީ އިންތިޒާރަށް ނިމުމެއް ގެނައުމަށް ކުރާ މަސައްކަތުގެ ތެރެއިން މުހިންމު މެޗަކަށް ވާނެ.

13 ޖުލައި 2026
އިންގްލެންޑާއި އާޖެންޓީނާގެ ސެމީ ފައިނަލް: ތާރީޚު ބުރަ ވަނީ އިންގްލެންޑު ކޮޅަށް، އާޖެންޓީނާގެ ހިތްވަރަކީ މެސީ!
13 ޖުލައި 2026

މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ވެސް، ފީފާ ރޭންކިންގެ ގަދަ ހަތަރު ޓީމު ސެމީ ފައިނަލް އަށް ދިޔަ ފުރަތަމަ ފަހަރު

ފީފާ ރޭންކިންގެ އެއް ވަނައިގައި މިވަގުތު އޮތީ ސްޕެއިން. ދެ ވަނައިގައި އާޖެންޓީނާ އޮތްއިރު، ތިން ވަނައިގައި އޮތީ ފްރާންސް. އަދި ހަތަރު ވަނައިގައި އޮތީ އިންގްލެންޑް. މި ހަތަރު ޤައުމު މުބާރާތުގެ ސެމީ ފައިނަލްއާ ހަމައަށް ދަތުރު ކުރުމުގައި މިއަހަރުގެ މުބާރާތަށް ފީފާ އިން ގެނައި ގުރުއަތުލުމުގެ އައު އުސޫލު ވަނީ ބޮޑު އެހީތެރި ކަމަކަށް ވެފައި.

13 ޖުލައި 2026
މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ވެސް، ފީފާ ރޭންކިންގެ ގަދަ ހަތަރު ޓީމު ސެމީ ފައިނަލް އަށް ދިޔަ ފުރަތަމަ ފަހަރު
13 ޖުލައި 2026

ސްޕެއިން އާއި ފްރާންސް: އެމްބާޕޭ އާއި ޔަމާލްގެ ކުރިމަތިލުން، ނަތީޖާ ބުރަވަނީ ސްޕެއިން ކޮޅަށް!

ސްޕެއިން އާއި ފްރާންސް އަކީ ވާދަވެރި ދެ ޤައުމު ކަމަށްވާއިރު، މީގެ ކުރިން 38 ފަހަރެއްގެ މަތިން މި ދެ ޤައުމު ވަނީ ބައްދަލު ކޮށްފައި. އޭގެ ތެރެއިން 18 މެޗު ސްޕެއިން އިން ކާމިޔާބު ކޮށްފައިވާއިރު، ފްރާންސް އިން ކާމިޔާބު ކޮށްފައި ވަނީ 13 މެޗު. އަދި ހަތް މެޗެއް ނިމިފައި ވަނީ އެއްވަރު ވެގެން.

13 ޖުލައި 2026
ސްޕެއިން އާއި ފްރާންސް: އެމްބާޕޭ އާއި ޔަމާލްގެ ކުރިމަތިލުން، ނަތީޖާ ބުރަވަނީ ސްޕެއިން ކޮޅަށް!
12 ޖުލައި 2026

ގޮންޖެހުންތަކާ ކުރިމަތިލުމަކީ އާޖެންޓީނާގެ ލޭގައި ހުރި ކަމެއް: ސްކަލޯނީ

ސްކަލޯނީ ބުނީ 2022 ވަނަ އަހަރު ޤަތަރުގައި އޮތް ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބު ކުރިއިރު، އެ ޓީމަށް ގިނަ ތަޖުރިބާ ތަކެއް ލިބިފައިވާ ކަމަށް. އަދި އެކަމުގެ ސަބަބުން ޕްރެޝަރު ބޮޑު ވަގުތު ތަކުގައި ކުޅުންތެރިން ކެތްތެރިކަމާ އެކު ކުޅެ، ހިތްވަރު ދެއްކުމަށް ފަސޭހަވާ ކަމަށް އޭނާ ބުނި.

12 ޖުލައި 2026
ގޮންޖެހުންތަކާ ކުރިމަތިލުމަކީ އާޖެންޓީނާގެ ލޭގައި ހުރި ކަމެއް: ސްކަލޯނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު