Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

އާޖެންޓީނާ މޮޅުވާން ބޭނުން ނުވާ ބަޔަކު އެބަ ތިބި، އެއީ ހިތްވަރެއް: ސްކަލޯނީ

13 ޖުލައި 2026 | ހޯމަ 09:52

އާޖެންޓީނާގެ ކޯޗު ސްކަލޯނީ ބުނީ، އާޖެންޓީނާ މޮޅުވާން ބޭނުންވާ ނުވާ އެތައް ބައިވަރު މީހުން ތިބި ކަމަށް. ސްކަލޯނީ ބުނީ އެންމެ ފަހުން އޮތް ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބު ކޮށްފައިވާއިރު، އެކަމާ ވެސް ހިތް ނުރުހޭ ބަޔަކު ތިބޭނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޖުލައި 2026 | ހޯމަ 09:52
ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ސްވިޒަލެންޑްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ނޫސްވެރިންނާ ވާހަކަ ދައްކަނީ.

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ސްވިޒަލެންޑްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ނޫސްވެރިންނާ ވާހަކަ ދައްކަނީ. | ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގެ ޖާގަ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އިން ހޯދާފައިވާއިރު، އެ ޓީމު މޮޅުވާން ބޭނުން ނުވާ ބަޔަކު އެބަ ތިބި ކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.

މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގެ ޖާގަ އާޖެންޓީނާ އިން ހޯދާފައިވާއިރު، ބުދަ ދުވަހުގެ ރޭ ކުޅޭ ސެމީ ފައިނަލްގައި އާޖެންޓީނާ އިން ނިކުންނާނީ އިންގްލެންޑްއާ ދެކޮޅަށެވެ. މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ހޯދުމަށް އާޖެންޓީނާ އިން ކުރަން ޖެހުނީ އުނދަގޫ ދަތުރެކެވެ. އެގޮތުން ނޮކްއައުޓް ބުރުގައި ކުޅުނު ތިން މެޗުން ވެސް އާޖެންޓީނާ މޮޅުވެފައި ވަނީ ޕްރެޝަރުގައި އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގައި ސްވިޒަލެންޑް ބަލި ކުރި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އާޖެންޓީނާގެ ކޯޗު ސްކަލޯނީ ބުނީ، އާޖެންޓީނާ މޮޅުވާން ބޭނުންވާ ނުވާ އެތައް ބައިވަރު މީހުން ތިބި ކަމަށެވެ. ސްކަލޯނީ ބުނީ އެންމެ ފަހުން އޮތް ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބު ކޮށްފައިވާއިރު، އެކަމާ ވެސް ހިތް ނުރުހޭ ބަޔަކު ތިބޭނެ ކަމަށެވެ.

ތިބޭނެ، އާޖެންޓީނާ މޮޅުވާން ބޭނުން ނުވާ އެތައް ބައިވަރު މީހުން ތިބޭނެ. އަހަރަމެންނަށް އެކަން އިނގޭ، އެއީ އައު ކަމެއް ނޫން. އަހަރަމެން އެކަން ދެކެނީ ވަރަށް ބޮޑު ހިތްވަރެއްގެ ގޮތުގައި، އަދި އެއީ ކުރިއަށް އޮތް ތަނުގައި ކަންކަން ރަނގަޅު ކުރަން ލިބޭ ފުރުސަތެއް ގޮތަށް ދެކެނީ. މީގެ ކުރިން ވެސް އާޖެންޓީނާ އަށް ނިސްބަތްކޮށް އެކަހަލަ ވާހަކަ ދެކެވުނު، އެކަމަކު އެއީ ހަގީގަތެއް ނޫން. 
ލިއޮނަލް ސްކަލޯނީ / އާޖެންޓީނާގެ ކޯޗު

އާޖެންޓީނާ އަށް އެކަން ވަރަށް ރަނގަޅަށް އިނގޭ ކަމަށާއި، އެ ޓީމުން އެކަން ދެކެނީ ހިތްވަރެއްގެ ގޮތުގައި ކަމަށް ސްކަލޯނީ ބުންޏެވެ. އޭނާ ބުނީ މުބާރާތުގައި ކުރިއަށްދާ ވަރަކަށް އާޖެންޓީނާ އަށް އޮންނަ ޕްރެޝަރު ބޮޑު ވަމުން އަންނާނެ ކަމަށާއި، ނަމަވެސް އެއީ ކަންކަން ރަނގަޅު ކުރަން ލިބޭ ވަރަށް ރަނގަޅު ހިތްވަރެއް ކަމަށެވެ. 

ސްކަލޯނީ މިހެން ބުނެފައި ވަނީ އާޖެންޓީނާއާ އެއްކޮޅަށް ރެފްރީން ބައެއް ނިންމުންތައް ނިންމާ ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަތަކާ ގުޅިގެންނެވެ. ސްކަލޯނީ ބުނީ އާޖެންޓީނާ ކުރިއަށް ދަނީ އެއްވެސް ބައެއްގެ ރުހުން އަދި އެހީ ލިބިގެން ނޫން ކަމަށާއި، އެއީ ޓީމެއްގެ ގޮތުގައި ކުޅުންތެރިން ކުރާ މަސައްކަތުގެ ނަތީޖާ ކަމަށެވެ. މާޒީގައި ވެސް އާޖެންޓީނާ އަށް ނިސްބަތްކޮށް އެފަދަ ވާހަކަ ތަކެއް ދެކެވުނު ކަމަށާއި، އެކަމާ ފަރުވާލެއް ނެތް ކަމަށް ސްކަލޯނީ ބުންޏެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި އާޖެންޓީނާ އިން އިންގްލެންޑްއާ ދެކޮޅަށް ނިކުންނާނީ، އެ މެޗުން މޮޅުވެ ފައިނަލްގެ ޖާގަ ހޯދުމަށެވެ. އާޖެންޓީނާގެ އެންމެ ބޮޑު އަމާޒަކީ މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، ވޯލްޑް ކަޕްގެ ތަށި ދިފާއު ކުރުމެވެ. 

ފީފާ ވަރލްޑް ކަޕް 2026އާޖެންޓީނާލިއޮނަލް ސްކަލޯނީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 ޖުލައި 2026

ފްރާންސްއާ ގުޅޭ ގޮތުން ރަޖޯއި ދެއްކި ވާހަކަތަކާ ގުޅިގެން، ސްޕެއިންގެ ބޮޑު ވަޒީރު ސަންޗޭޒް ކޯފާވެއްޖެ

13 ޖުލައި 2026
ފްރާންސްއާ ގުޅޭ ގޮތުން ރަޖޯއި ދެއްކި ވާހަކަތަކާ ގުޅިގެން، ސްޕެއިންގެ ބޮޑު ވަޒީރު ސަންޗޭޒް ކޯފާވެއްޖެ
13 ޖުލައި 2026

ނޯވޭ މެޗުގެ ކުރިން ތިން ދުވަސް ވަންދެން ރައިސް އޮތީ އެނދުމަތީގައި!

13 ޖުލައި 2026
ނޯވޭ މެޗުގެ ކުރިން ތިން ދުވަސް ވަންދެން ރައިސް އޮތީ އެނދުމަތީގައި!
13 ޖުލައި 2026

ޓްރަމްޕްގެ ދައުވަތަކަށް ގޯލްފް ކުޅެން ދިޔަ ކަމަށް ކޭން ބުނެފި

13 ޖުލައި 2026
ޓްރަމްޕްގެ ދައުވަތަކަށް ގޯލްފް ކުޅެން ދިޔަ ކަމަށް ކޭން ބުނެފި
13 ޖުލައި 2026

އިންގްލެންޑާއި އާޖެންޓީނާގެ ސެމީ ފައިނަލް: ތާރީޚު ބުރަ ވަނީ އިންގްލެންޑު ކޮޅަށް، އާޖެންޓީނާގެ ހިތްވަރަކީ މެސީ!

13 ޖުލައި 2026
އިންގްލެންޑާއި އާޖެންޓީނާގެ ސެމީ ފައިނަލް: ތާރީޚު ބުރަ ވަނީ އިންގްލެންޑު ކޮޅަށް، އާޖެންޓީނާގެ ހިތްވަރަކީ މެސީ!
13 ޖުލައި 2026

މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ވެސް، ފީފާ ރޭންކިންގެ ގަދަ ހަތަރު ޓީމު ސެމީ ފައިނަލް އަށް ދިޔަ ފުރަތަމަ ފަހަރު

13 ޖުލައި 2026
މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ވެސް، ފީފާ ރޭންކިންގެ ގަދަ ހަތަރު ޓީމު ސެމީ ފައިނަލް އަށް ދިޔަ ފުރަތަމަ ފަހަރު
13 ޖުލައި 2026

ސްޕެއިން އާއި ފްރާންސް: އެމްބާޕޭ އާއި ޔަމާލްގެ ކުރިމަތިލުން، ނަތީޖާ ބުރަވަނީ ސްޕެއިން ކޮޅަށް!

13 ޖުލައި 2026
ސްޕެއިން އާއި ފްރާންސް: އެމްބާޕޭ އާއި ޔަމާލްގެ ކުރިމަތިލުން، ނަތީޖާ ބުރަވަނީ ސްޕެއިން ކޮޅަށް!
12 ޖުލައި 2026

ގޮންޖެހުންތަކާ ކުރިމަތިލުމަކީ އާޖެންޓީނާގެ ލޭގައި ހުރި ކަމެއް: ސްކަލޯނީ

12 ޖުލައި 2026
ގޮންޖެހުންތަކާ ކުރިމަތިލުމަކީ އާޖެންޓީނާގެ ލޭގައި ހުރި ކަމެއް: ސްކަލޯނީ
12 ޖުލައި 2026

ވީއޭއާރުގެ ނިންމުން ތަކަށް ސްވިޒަލެންޑް ކޯޗުގެ ފާޑު ކިޔުން

12 ޖުލައި 2026
ވީއޭއާރުގެ ނިންމުން ތަކަށް ސްވިޒަލެންޑް ކޯޗުގެ ފާޑު ކިޔުން
12 ޖުލައި 2026

ވޯލްޑް ކަޕް ފައިނަލް މެޗް ކުޅޭ ދަނޑުގެ ވިނަކޮޅުވެސް ފީފާ އިން ވިއްކާލަނީ، ވިނަކޮޅެއްގެ ފެށޭ އަގު އުޅެނީ 450 ޑޮލަށް

12 ޖުލައި 2026
ވޯލްޑް ކަޕް ފައިނަލް މެޗް ކުޅޭ ދަނޑުގެ ވިނަކޮޅުވެސް ފީފާ އިން ވިއްކާލަނީ، ވިނަކޮޅެއްގެ ފެށޭ އަގު އުޅެނީ 450 ޑޮލަށް
12 ޖުލައި 2026

އިންގްލެންޑްއާ ދެކޮޅަށް މެސީ ކުޅޭ ފުރަތަމަ މެޗު، ޓީމާ މެދު އޮތީ އިތުބާރު!

12 ޖުލައި 2026
އިންގްލެންޑްއާ ދެކޮޅަށް މެސީ ކުޅޭ ފުރަތަމަ މެޗު، ޓީމާ މެދު އޮތީ އިތުބާރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް