Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

އިންގްލެންޑާއި އާޖެންޓީނާގެ ސެމީ ފައިނަލް: ތާރީޚު ބުރަ ވަނީ އިންގްލެންޑު ކޮޅަށް، އާޖެންޓީނާގެ ހިތްވަރަކީ މެސީ!

13 ޖުލައި 2026 | ހޯމަ 03:53

މިއީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ކެރިއަރުގައި އިންގްލެންޑްއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗަށް ވެގެން ދާނެ. އަނެއްކޮޅުން މިއީ ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އިންގްލެންޑް އިން، އެ ޓީމުގެ 60 އަހަރުވީ އިންތިޒާރަށް ނިމުމެއް ގެނައުމަށް ކުރާ މަސައްކަތުގެ ތެރެއިން މުހިންމު މެޗަކަށް ވާނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޖުލައި 2026 | ހޯމަ 03:53
މީގެ ކުރިން އިންގްލެންޑް އާއި އާޖެންޓީނާ އިން ވޯލްޑް ކަޕްގައި ބައްދަލު ކުރި މެޗު ތަކުގެ ބައެއް މަންޒަރުތައް.

މީގެ ކުރިން އިންގްލެންޑް އާއި އާޖެންޓީނާ އިން ވޯލްޑް ކަޕްގައި ބައްދަލު ކުރި މެޗު ތަކުގެ ބައެއް މަންޒަރުތައް. | ރޮއިޓާސް

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އިންގްލެންޑް އާއި އާޖެންޓީނާ އިން ވަރުގަދަ ސެމީ ފައިނަލް އަށް ނިކުންނައިރު، މި ދެ ޓީމު މީގެ ކުރިން ވެސް ވަނީ މުބާރާތުގައި އެކި ފަހަރު މަތިން ބައްދަލު ކޮށްފައި އެވެ.

އެންމެ ފަހުން 2022 ވަނަ އަހަރު ޤަތަރުގައި އޮތް ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބު ކުރިއިރު، އެއީ 36 އަހަރަށް ފަހު އާޖެންޓީނާ އަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. ތަށި ދިފާއު ކުރަން މަސައްކަތް ކުރަމުން އަންނަ އާޖެންޓީނާ އިން ސެމީ ފައިނަލްގައި އިންގްލެންޑްއާ ދެކޮޅަށް ނިކުންނައިރު، މި މެޗު އެތައް ގޮތަކުން ޚާއްސަ ވެގެން ދާނެ އެވެ. 

އެގޮތުން މިއީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ކެރިއަރުގައި އިންގްލެންޑްއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗަށް ވެގެން ދާނެ އެވެ. އަނެއްކޮޅުން މިއީ ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އިންގްލެންޑް އިން، އެ ޓީމުގެ 60 އަހަރުވީ އިންތިޒާރަށް ނިމުމެއް ގެނައުމަށް ކުރާ މަސައްކަތުގެ ތެރެއިން މުހިންމު މެޗަކަށް ވާނެ އެވެ. 

އިންގްލެންޑް އާއި އާޖެންޓީނާގެ ވާދަވެރިކަމަކީ ހަމައެކަނި ފުޓުބޯޅައިގައި އޮތް ވާދަވެރި ކަމެއް ނޫނެވެ. 1980 ގެ އަހަރު ތަކުގައި ހިނގި ފޯކްލޭންޑް ހަނގުރާމައާ ގުޅިގެން އުފެދުނު ސިޔާސީ ނުތަނަވަސްކަން މިއަދާ ހަމައަށް ވެސް މި ވާދަވެރި ކަމުގެ ތެރެއިން ފެނިފައިވެ އެވެ. 

ވޯލްޑް ކަޕްގެ ތާރީޚުގައި އިންގްލެންޑް އާއި އާޖެންޓީނާ އިން ފަސް ފަހަރެއްގެ މަތިން ބައްދަލު ކޮށްފައިވާއިރު، ހިސާބު ތަކުން އަދި ތާރީޚުން ކުރި ލިބެނީ އިންގްލެންޑަށެވެ. އެންމެ ފުރަތަމަ 1962 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މި ދެ ޓީމު ބައްދަލު ކުރިއިރު، އިންގްލެންޑް އިން ވަނީ 3-1 އިން އެ މެޗު ކާމިޔާބު ކޮށްފައި އެވެ. 

އާޖެންޓީނާ އާއި އިންގްލެންޑް އިން މީގެ ކުރިން ވޯލްޑް ކަޕްގައި ބައްދަލު ކުރި މެޗެއްގެ ތެރެއިން.

އާޖެންޓީނާ އާއި އިންގްލެންޑް އިން މީގެ ކުރިން ވޯލްޑް ކަޕްގައި ބައްދަލު ކުރި މެޗެއްގެ ތެރެއިން. | ރޮއިޓާސް

ނަމަވެސް މި ވާދަވެރިކަން ހަގީގީ މާނައިގައި އުފެދުނީ 1966 ވަނަ އަހަރުގެ ކުއާޓާ ފައިނަލްގައި އެވެ. އެ މެޗުގައި އާޖެންޓީނާގެ ކެޕްޓަން އެންޓޯނިއޯ ރަޓިން އަށް ރަތް ކާޑު ދެއްކުމުން އޭނާ ދަނޑުން ފޭބުމަށް އިންކާރު ކުރުމުން، އަށް މިނެޓަށް މެޗު މެދު ކަނޑާލަން ޖެހުނެވެ. އިންގްލެންޑް އިން 1-0 އިން އެ މެޗު ކާމިޔާބު ކުރިއިރު، އިންގްލެންޑުގެ އޭރުގެ ކޯޗު އަލްފް ރަމްސީ ވަނީ އާޖެންޓީނާގެ ކުޅުންތެރިންނަކީ "ޖަނަވާރުންގެ"ގޮތުގައި ސިފަ ކޮށްފައި އެވެ. މި މެޗަކީ ފުޓުބޯޅަ އަށް ރަތް ކާޑާއި ރީނދޫ ކާޑު ތައާރަފު ވުމަށް މެދުވެރިވި ސަބަބު ކަމަށް ވެސް ބެލެވެ އެވެ. 

މި ވާދަވެރި ކަމުގެ އެންމެ މަޝްހޫރު ހާދިސާ ފެނިގެން ގޮސްފައި ވަނީ 1986 ވަނަ އަހަރުގެ ކުއާޓާ ފައިނަލްގައި އެވެ. ފޯކްލޭންޑް ހަނގުރާާމަ އަށް ފަހު ކުޅުނު މި މެޗުގައި އާޖެންޓީނާގެ ލެޖެންޑު ޑިއޭގޯ މަރަޑޯނާ އަތުން ޖެހި ލަނޑަށް "ހޭންޑް އޮފް ގޯޑް"ގެ ނަމުން މަޝްހޫރުކަން ލިބިފައިވާއިރު، އޭނާ ވަނީ އެ މެޗުގައި ދުނިޔޭގެ ތަރީޚުގައި ވެސް ފެނުނު އެންމެ މޮޅު އެއް ލަނޑު ކާމިޔާބު ކޮށްފައި އވެެ. އެފަހަރު އާޖެންޓީނާ އިން ވަނީ 2-1 އިން އިންގްލެންޑު ބަލިކޮށްފައި އެވެ. އަދި އެ ފަހަރުގެ ފައިނަލްގައި ވެސްޓް ޖާމަނީ ބަލިކޮށް، އާޖެންޓީނާ އިން ވޯލްޑް ކަޕްގެ ތަށި އުފުލާލި އެވެ. 

މީގެ ކުރިން އާޖެންޓީނާ އާއި އިންގްލެންޑް އިން ވޯލްޑް ކަޕްގައި ބައްދަލު ކުރި މެޗެއްގެ ތެރެއިން.

މީގެ ކުރިން އާޖެންޓީނާ އާއި އިންގްލެންޑް އިން ވޯލްޑް ކަޕްގައި ބައްދަލު ކުރި މެޗެއްގެ ތެރެއިން. | ރޮއިޓާސް

އޭގެ ފަހުން 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޑޭވިޑް ބެކަމް އާޖެންޓީނާގެ ޑިއޭގޯ ސިމިއޯނީ އަށް ކުރި ފައުލަކާ ގުޅިގެން ރަތް ކާޑު ދެއްކި މެޗަކީ ވެސް ފާހަގަ ކޮށްލެވޭ މެޗެކެވެ. ގަދަ 16 ގައި ކުޅުނު އެ މެޗު އާޖެންޓީނާ އިން ވަނީ ޕެނަލްޓީ ޖަހައިގެން ކާމިޔާބު ކޮށްފައި އެވެ. 

އެންމެ ފަހުން ވޯލްޑް ކަޕްގައި މި ދެ ޓީމު ބައްދަލު ކޮށްފައި ވަނީ 2002 ވަނަ އަހަރު އެވެ. އެފަހަރު ދެ ޓީމު ލައްވާލީ އެއް ގުރޫޕެއްގައި އެވެ. އެ މެޗަކީ ބެކަމް އަށް ބަދަލު ހިފުމުގެ މެޗަކަށް ވެގެން ދިޔަ އެވެ. އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ، އިންގްލެންޑުގެ މައިކަލް އޯވެން އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، 1-0 އިން އިންގްލެންޑު މެޗުން މޮޅު ކޮށްދިނީ ބެކަމް އެވެ. އެ ނަތީޖާ އާއެކު އާޖެންޓީނާ ވަނީ މުބާރާތުން ކަޓައިފަ އެވެ.

މީގެ ކުރިން އާޖެންޓީނާ އާއި އިންގްލެންޑް އިން ވޯލްޑް ކަޕްގައި ބައްދަލު ކުރި މެޗެއްގެ ތެރެއިން.

މީގެ ކުރިން އާޖެންޓީނާ އާއި އިންގްލެންޑް އިން ވޯލްޑް ކަޕްގައި ބައްދަލު ކުރި މެޗެއްގެ ތެރެއިން. | ރޮއިޓާސް

އެއީ ވޯލްޑް ކަޕްގައި އާޖެންޓީނާ އާއި އިންގްލެންޑުގެ ވާދަވެރިކަން އެންމެ ފަހުން ފެނުނު މެޗެވެ. މިހާތަނަށް ވޯލްޑް ކަޕްގައި ފަސް ފަހަރު މި ދެ ޓީމު ބައްދަލު ކޮށްފައިވާއިރު، އޭގެ ތެރެއިން ތިން މެޗު ކާމިޔާބު ކޮށްފައި ވަނީ އިންގްލެންޑް އެވެ. ދެ މެޗު އާޖެންޓީނާ އިން ވަނީ ކާމިޔާބު ކޮށްފައި އެވެ. މިފަހަރުގެ ސެމީ ފައިނަލް އަކީ ވޯލްޑް ކަޕްގައި މި ދެ ޓީމު ބައްދަލު ކުރާނެ ހަ ވަނަ ފަހަރެވެ. 

ފީފާ ވަރލްޑް ކަޕް 2026އާޖެންޓީނާއިނގިރޭސިވިލާތްލިއޮނެލް މެސީތޯމަސް ޓުޗެލްފުޓްބޯޅަ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 ޖުލައި 2026

މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ވެސް، ފީފާ ރޭންކިންގެ ގަދަ ހަތަރު ޓީމު ސެމީ ފައިނަލް އަށް ދިޔަ ފުރަތަމަ ފަހަރު

13 ޖުލައި 2026
މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ވެސް، ފީފާ ރޭންކިންގެ ގަދަ ހަތަރު ޓީމު ސެމީ ފައިނަލް އަށް ދިޔަ ފުރަތަމަ ފަހަރު
13 ޖުލައި 2026

ސްޕެއިން އާއި ފްރާންސް: އެމްބާޕޭ އާއި ޔަމާލްގެ ކުރިމަތިލުން، ނަތީޖާ ބުރަވަނީ ސްޕެއިން ކޮޅަށް!

13 ޖުލައި 2026
ސްޕެއިން އާއި ފްރާންސް: އެމްބާޕޭ އާއި ޔަމާލްގެ ކުރިމަތިލުން، ނަތީޖާ ބުރަވަނީ ސްޕެއިން ކޮޅަށް!
12 ޖުލައި 2026

ގޮންޖެހުންތަކާ ކުރިމަތިލުމަކީ އާޖެންޓީނާގެ ލޭގައި ހުރި ކަމެއް: ސްކަލޯނީ

12 ޖުލައި 2026
ގޮންޖެހުންތަކާ ކުރިމަތިލުމަކީ އާޖެންޓީނާގެ ލޭގައި ހުރި ކަމެއް: ސްކަލޯނީ
12 ޖުލައި 2026

ވީއޭއާރުގެ ނިންމުން ތަކަށް ސްވިޒަލެންޑް ކޯޗުގެ ފާޑު ކިޔުން

12 ޖުލައި 2026
ވީއޭއާރުގެ ނިންމުން ތަކަށް ސްވިޒަލެންޑް ކޯޗުގެ ފާޑު ކިޔުން
12 ޖުލައި 2026

ސެނެގާލް ވޯލްޑް ކަޕުން ކެޓުމުން ކޯޗު ޕާޕޭ ތިއޯ ވަކިކޮށްފި

12 ޖުލައި 2026
ސެނެގާލް ވޯލްޑް ކަޕުން ކެޓުމުން ކޯޗު ޕާޕޭ ތިއޯ ވަކިކޮށްފި
12 ޖުލައި 2026

ވޯލްޑް ކަޕް ފައިނަލް މެޗް ކުޅޭ ދަނޑުގެ ވިނަކޮޅުވެސް ފީފާ އިން ވިއްކާލަނީ، ވިނަކޮޅެއްގެ ފެށޭ އަގު އުޅެނީ 450 ޑޮލަށް

12 ޖުލައި 2026
ވޯލްޑް ކަޕް ފައިނަލް މެޗް ކުޅޭ ދަނޑުގެ ވިނަކޮޅުވެސް ފީފާ އިން ވިއްކާލަނީ، ވިނަކޮޅެއްގެ ފެށޭ އަގު އުޅެނީ 450 ޑޮލަށް
12 ޖުލައި 2026

އިންގްލެންޑްއާ ދެކޮޅަށް މެސީ ކުޅޭ ފުރަތަމަ މެޗު، ޓީމާ މެދު އޮތީ އިތުބާރު!

12 ޖުލައި 2026
އިންގްލެންޑްއާ ދެކޮޅަށް މެސީ ކުޅޭ ފުރަތަމަ މެޗު، ޓީމާ މެދު އޮތީ އިތުބާރު!
12 ޖުލައި 2026

ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރީ ކޮން ޓީމުތަކެއް؟ ޗެމްޕިއަން ޓީމާ ބެހޭ ގޮތުން ޕްރެޑިކްޝަން ބުނަނީ ކީކޭ؟

12 ޖުލައި 2026
ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރީ ކޮން ޓީމުތަކެއް؟ ޗެމްޕިއަން ޓީމާ ބެހޭ ގޮތުން ޕްރެޑިކްޝަން ބުނަނީ ކީކޭ؟
12 ޖުލައި 2026

ޓުޗެލް ބުނީ އިންގްލެންޑްގެ ނަސީބު ރަނގަޅީ ކަމަށް

12 ޖުލައި 2026
ޓުޗެލް ބުނީ އިންގްލެންޑްގެ ނަސީބު ރަނގަޅީ ކަމަށް
12 ޖުލައި 2026

އާޖެންޓީނާއާއި ސުވިޒަލޭންޑް ބައްދަލުކުރި މެޗުގައި އޮޅުމަކުން ދެއްކި ރަތް ކާޑުގެ ހާދިސާ ހިނގީ ކިހިނެއް؟

12 ޖުލައި 2026
އާޖެންޓީނާއާއި ސުވިޒަލޭންޑް ބައްދަލުކުރި މެޗުގައި އޮޅުމަކުން ދެއްކި ރަތް ކާޑުގެ ހާދިސާ ހިނގީ ކިހިނެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް