Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ގޮންޖެހުންތަކާ ކުރިމަތިލުމަކީ އާޖެންޓީނާގެ ލޭގައި ހުރި ކަމެއް: ސްކަލޯނީ

12 ޖުލައި 2026 | އާދީއްތަ 13:45

ސްކަލޯނީ ބުނީ 2022 ވަނަ އަހަރު ޤަތަރުގައި އޮތް ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބު ކުރިއިރު، އެ ޓީމަށް ގިނަ ތަޖުރިބާ ތަކެއް ލިބިފައިވާ ކަމަށް. އަދި އެކަމުގެ ސަބަބުން ޕްރެޝަރު ބޮޑު ވަގުތު ތަކުގައި ކުޅުންތެރިން ކެތްތެރިކަމާ އެކު ކުޅެ، ހިތްވަރު ދެއްކުމަށް ފަސޭހަވާ ކަމަށް އޭނާ ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ޖުލައި 2026 | އާދީއްތަ 13:45
ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ސްވިޒަލެންޑްއާ ދެކޮޅަށް ކުޅުނު މެޗުގައި އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ.

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ސްވިޒަލެންޑްއާ ދެކޮޅަށް ކުޅުނު މެޗުގައި އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ. | ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ސްވިޒަލެންޑު ބަލިކޮށް އާޖެންޓީނާ އިން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ހޯދިއިރު، ގޮންޖެހުންތަކާ ކުރިމަތިލުމަކީ އާޖެންޓީނާގެ ލޭގައި ހުރި ކަމެއް ކަމަށް އެ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފި އެވެ. 

އާދީއްތަ ދުވަހުގެ ހެނދުނު ކުޅުނު މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ، އުނދަގޫ ހާލަތްތަކާ ކުރިމަތިލާން ޖެހުމަކީ އާޖެންޓީނާގެ ލޭގައި ނުވަތަ ޑީއެންއޭގައި ހުރި ކަމެއް ކަމަށާއި، އެއީ ޓީމަށް ލިބޭ ހިތްހަމަ ޖެހުމެއް ކަަމަށެވެ. 

މުބާރާތުގެ ސެމީ ފައިނަލްއާ ހަމައަށް އާޖެންޓީނާ ގޮސްފައިވާއިރު، އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް އެ ޓީމު ވަނީ ޕްރެޝަރަށް ގޮސްފައި އެވެ. އެގޮތުން ގަދަ 32 ގައި ކޭޕް ވާޑްއާ ދެކޮޅަށް ކުޅުނު މެޗާއި، ގަދަ 16 ގައި މިޞްރާ ދެކޮޅަށް ކުޅުނު މެޗު އަދި ކުއާޓާ ފައިނަލްގައި ސްވިޒަލެންޑްއާ ދެކޮޅަށް ކުޅުނު މެޗުން އާޖެންޓީނާ އަށް ހޯދުނީ އުނދަގޫ މޮޅެކެވެ. 

ސްކަލޯނީ ބުނީ 2022 ވަނަ އަހަރު ޤަތަރުގައި އޮތް ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބު ކުރިއިރު، އެ ޓީމަށް ގިނަ ތަޖުރިބާ ތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޕްރެޝަރު ބޮޑު ވަގުތު ތަކުގައި ކުޅުންތެރިން ކެތްތެރިކަމާ އެކު ކުޅެ، ހިތްވަރު ދެއްކުމަށް ފަސޭހަވާ ކަމަށް އޭނާ ބުންޏެވެ. 

ގަތަރުގައި ކުރިއަށް ދިޔަ މުބާރާތުގައި ޕްރެޝަރާ ކުރިމަތިލުމަކީ އާޖެންޓީނާގެ ކުޅުންތެރިންނަށް އުނދަގޫ ކަމަކަށް ވީ ނަމަވެސް، މިހާރު އާޖެންޓީނާގެ ކުޅުންތެރިންނަކީ އިދިކޮޅު ޓީމު މެޗު ކޮންޓްރޯލް ކުރާ ވަގުތުގައި ވެސް ހަމަޖެހިގެން ކުޅޭ ކުޅުންތެރިން ތަކެއް ކަމަށް އޭނާ ފާހަގަ ކުރި އެވެ. 

ސްވިޒަލެންޑް އަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށް ފާހަގަ ކުރަމުން ސްކަލޯނީ ބުނީ، އެ ޓީމާ ދެކޮޅަށް ޖެހި ޖެހިގެން ފަސް ވަރަކަށް ޕާސް ޖެހުމަކީ ވެސް އުނދަގޫ ކަމެއް ކަމަށެވެ. އަދި ސްވިޒަލެންޑްއާ ދެކޮޅަށް ކުޅުނު މެޗުގައި އާޖެންޓީނާގެ ކުޅުންތެރިންނަށް ގިނަ އުނދަގޫ ތަކެއް ދިމާވި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، ބަދަލު ކުޅުންތެރިންގެ ގޮތުގައި ނިކުތް ކުޅުންތެރިންނާ އެކު އާޖެންޓީނާ އިން މެޗުގެ ނަތީޖާ އަނބުރާލީ ޓީމުގެ ޤާބިލުކަމުން ކަމަށް އޭނާ ބުންޏެވެ. 

މީގެ އިތުރުން ސްކަލޯނީ ބުނީ އާޖެންޓީނާ އަށް ލިބުނު ކާމިޔާބީ އަކީ ކުޅުންތެރިންގެ އެއްބައިވަންތަ ކަމުން ލިބުނު ކާމިޔާބެއް ކަމަށެވެ. މުބާރާތުގެ ސެމީ ފައިނަލްއާ ހަމައަށް އަންނައިރު ގިނަ ގޮންޖެހުންތަކާ ކުރިމަތިލާާން ޖެހޭނެ ކަމަށާއި، އެއީ ފުޓުބޯޅައިގެ ގޮތް ކަމަށް ވެސް ސްކަލޯނީ ބަނީ ބުނެފައި އެވެ. 

ބުދަ ދުވަހުގެ ރޭ ސެމީ ފައިނަލްގައި އާޖެންޓީނާ ނިކުންނާނީ އިންގްލެންޑްއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެ މުބާރާތުގެ ފައިނަލް އަށް ދިޔުމަކީ އާޖެންޓީނާގެ އެންމެ ބޮޑު އަމާޒެވެ. މިފަހަރުގެ މުބާރާތާ އާޖެންޓީނާ އިން ކުރިމަތިލީ ތަށި ދިފާއުކޮށް، ތާރީޚުން ޖާގަ ހޯދުމަށެވެ.

ފީފާ ވަރލްޑް ކަޕް 2026އާޖެންޓީނާލިއޮނަލް ސްކަލޯނީ ފުޓްބޯޅަ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

12 ޖުލައި 2026

ވީއޭއާރުގެ ނިންމުން ތަކަށް ސްވިޒަލެންޑް ކޯޗުގެ ފާޑު ކިޔުން

12 ޖުލައި 2026
ވީއޭއާރުގެ ނިންމުން ތަކަށް ސްވިޒަލެންޑް ކޯޗުގެ ފާޑު ކިޔުން
12 ޖުލައި 2026

ސެނެގާލް ވޯލްޑް ކަޕުން ކެޓުމުން ކޯޗު ޕާޕޭ ތިއޯ ވަކިކޮށްފި

12 ޖުލައި 2026
ސެނެގާލް ވޯލްޑް ކަޕުން ކެޓުމުން ކޯޗު ޕާޕޭ ތިއޯ ވަކިކޮށްފި
12 ޖުލައި 2026

ވޯލްޑް ކަޕް ފައިނަލް މެޗް ކުޅޭ ދަނޑުގެ ވިނަކޮޅުވެސް ފީފާ އިން ވިއްކާލަނީ، ވިނަކޮޅެއްގެ ފެށޭ އަގު އުޅެނީ 450 ޑޮލަށް

12 ޖުލައި 2026
ވޯލްޑް ކަޕް ފައިނަލް މެޗް ކުޅޭ ދަނޑުގެ ވިނަކޮޅުވެސް ފީފާ އިން ވިއްކާލަނީ، ވިނަކޮޅެއްގެ ފެށޭ އަގު އުޅެނީ 450 ޑޮލަށް
12 ޖުލައި 2026

އިންގްލެންޑްއާ ދެކޮޅަށް މެސީ ކުޅޭ ފުރަތަމަ މެޗު، ޓީމާ މެދު އޮތީ އިތުބާރު!

12 ޖުލައި 2026
އިންގްލެންޑްއާ ދެކޮޅަށް މެސީ ކުޅޭ ފުރަތަމަ މެޗު، ޓީމާ މެދު އޮތީ އިތުބާރު!
12 ޖުލައި 2026

ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރީ ކޮން ޓީމުތަކެއް؟ ޗެމްޕިއަން ޓީމާ ބެހޭ ގޮތުން ޕްރެޑިކްޝަން ބުނަނީ ކީކޭ؟

12 ޖުލައި 2026
ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރީ ކޮން ޓީމުތަކެއް؟ ޗެމްޕިއަން ޓީމާ ބެހޭ ގޮތުން ޕްރެޑިކްޝަން ބުނަނީ ކީކޭ؟
12 ޖުލައި 2026

ޓުޗެލް ބުނީ އިންގްލެންޑްގެ ނަސީބު ރަނގަޅީ ކަމަށް

12 ޖުލައި 2026
ޓުޗެލް ބުނީ އިންގްލެންޑްގެ ނަސީބު ރަނގަޅީ ކަމަށް
12 ޖުލައި 2026

އާޖެންޓީނާއާއި ސުވިޒަލޭންޑް ބައްދަލުކުރި މެޗުގައި އޮޅުމަކުން ދެއްކި ރަތް ކާޑުގެ ހާދިސާ ހިނގީ ކިހިނެއް؟

12 ޖުލައި 2026
އާޖެންޓީނާއާއި ސުވިޒަލޭންޑް ބައްދަލުކުރި މެޗުގައި އޮޅުމަކުން ދެއްކި ރަތް ކާޑުގެ ހާދިސާ ހިނގީ ކިހިނެއް؟
12 ޖުލައި 2026

ސްވިޒަލެންޑް ބަލިކޮށް، ޗެމްޕިއަން އާޖެންޓީނާ ސެމީ ފައިނަލް އަށް

12 ޖުލައި 2026
ސްވިޒަލެންޑް ބަލިކޮށް، ޗެމްޕިއަން އާޖެންޓީނާ ސެމީ ފައިނަލް އަށް
12 ޖުލައި 2026

ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނޯވޭ ކަޓުވާލައި، އިންގްލެންޑް ސެމީ ފައިނަލް އަށް

12 ޖުލައި 2026
ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނޯވޭ ކަޓުވާލައި، އިންގްލެންޑް ސެމީ ފައިނަލް އަށް
11 ޖުލައި 2026

ވޯލްޑް ކަޕް ގައި ކުޅުނު ދެކުނު އެފްރިކާގެ ގައުމީ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު އުމުރުން 25 އަހަރުގެ ޖޭޑަން އެޑަމްސް މަރުވެފައި އޮއްވާ ފެނިއްޖެ

11 ޖުލައި 2026
ވޯލްޑް ކަޕް ގައި ކުޅުނު ދެކުނު އެފްރިކާގެ ގައުމީ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު އުމުރުން 25 އަހަރުގެ ޖޭޑަން އެޑަމްސް މަރުވެފައި އޮއްވާ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް