Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހުރްމުޒް ކަނޑުއޮޅި

ހުރްމުޒް އޮތީ ހުޅުވިފައި ކަމަށް ޓްރަމްޕް ވިދާޅުވާއިރު ހިސާބުތަކުން ދައްކަނީ އެ ކަނޑުއޮޅިން ދަތުރުކުރި އުޅަނދުތައް ވަރަށް ބޮޑަށް ދަށްވެއްޖެ ކަމަށް

13 ޖުލައި 2026 | ހޯމަ 09:26

އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު ފާއިތުވި ފަސް ހަފުތާގެ ތެރޭގައި އެންމެ ދަށްވި ދުވަހަކަށް އާދީއްތަ ދުވަސް ވެއްޖެ. ސަލާމަތީ ނުރައްކާ ބޮޑުވުމުގެ ސަބަބުން ގިނަ އުޅަނދުތަކުން ސިގްނަލް ދޭ ނިޒާމުތައް ނިއްވާލައިގެން ދަތުރުކުރަމުންދާއިރު، އީރާނުން ވަނީ އެ ސަރަހައްދުން ދަތުރުކުރި ދެ އުޅަނދެއް ހިފަހައްޓާފައި. އީރާނުގެ އަމާޒުތަކަށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މި މަސްރަހާ ގުޅިގެން ބައިނަލްއަގުވާމީ ތެލާއި ގޭސް އުފުލާ އުޅަނދުފަހަރުގެ ދަތުރުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައި.

ރާއްޖެ އެމްވީ | 13 ޖުލައި 2026 | ހޯމަ 09:26
އީރާނުގެ ލާރަކް އައިލެންޑް ކައިރީގައި ހުރްމުޒް ކަނޑުއޮޅީގައި، 2026 ވަނަ އަހަރުގެ މޭ މަހުގެ 16 ވަނަ ދުވަހު ގިނަ އަދަދެއްގެ މުދާ އުފުލާ ބޯޓުފަހަރު ބަނދަރުކޮށްފައި އޮތް މަންޒަރު.

އީރާނުގެ ލާރަކް އައިލެންޑް ކައިރީގައި ހުރްމުޒް ކަނޑުއޮޅީގައި، 2026 ވަނަ އަހަރުގެ މޭ މަހުގެ 16 ވަނަ ދުވަހު ގިނަ އަދަދެއްގެ މުދާ އުފުލާ ބޯޓުފަހަރު ބަނދަރުކޮށްފައި އޮތް މަންޒަރު. | ގެޓީ އިމޭޖަސް

އެމެރިކާއާއި އީރާނާ ދެމެދު އަލުން ހަމަލާތައް ބަދަލުކުރަން ފެށުމާއި، މެދުއިރުމަތީގައި ދަތުރުކުރާ އުޅަނދުފަހަރަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާ ގުޅިގެން ސަލާމަތީ ކަންބޮޑުވުންތައް އިތުރުވެ، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި އުޅަނދުފަހަރުގެ އަދަދު ފާއިތުވި ހަފުތާތަކާ އަޅާބަލާއިރު އާދީއްތަ ދުވަހު ވަރަށް ބޮޑަށް ދަށްވެފައިވާކަން ކަނޑުދަތުރުފަތުރާ ބެހޭ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އުޅަނދުފަހަރު ޓްރެކްކުރާ "ކެޕްލަރ" ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އާދީއްތަ ދުވަހު އެ ކަނޑުއޮޅިން ދަތުރުކޮށްފައިވަނީ އެންމެ ހަ އުޅަނދެވެ. މިއީ ފާއިތުވި ފަސް ހަފުތާގެ ތެރޭގައި އެ ސަރަހައްދުން އެންމެ މަދުން އުޅަނދުފަހަރު ދަތުރުކުރި ދުވަހެވެ.

ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، އެ ކަނޑުއޮޅިން ބޭރުވި އުޅަނދުފަހަރުގެ ތެރޭގައި އީރާނުގެ ދެ މިލިއަން ފީފާ ސާފުނުކުރާ ތެޔޮ ބަރުކޮށްގެން ދަތުރުކުރި "ހިއުމެނިޓީ" ނަމަކަށް ކިޔާ ކްރޫޑް ކެރިއަރ އާއި، ކުވެއިތުގެ ފަސްލައްކަ ފީފާގެ ތެޔޮ ބަރުކޮށްގެން ދަތުރުކުރި "ކެޕްޓަން އެންޑްރިއަސް" ނަމަކަށް ކިޔާ ޓޭންކަރު ހިމެނެ އެވެ. މީގެ އިތުރުން ތެޔޮ ބަރުކުރުމަށްޓަކައި ހުސްކޮށް އޮތް ތިން ޓޭންކަރެއް ގަލްފުގެ ތެރެއަށް ވަދެފައިވާއިރު، ކަނޑުއޮޅި ހުރަސްކުރި ގިނަ އުޅަނދުފަހަރުތަކުން ވަނީ އެ ތަކެތީގެ ޓްރާންސްޕޮންޑަރުތައް ނުވަތަ ސިގްނަލް ދޭ ނިޒާމުތައް ނިއްވާލާފަ އެވެ.

އުޅަނދުފަހަރު ޓްރެކްކުރާ ނިޒާމުތަކުން ދައްކާ ގޮތުގައި، ނިމިދިޔަ ހަފުތާ ބަންދުގައި ގުދުރަތީ ގޭސް (އެލް.އެން.ޖީ) އުފުލާ އެއްވެސް އުޅަނދެއް އެ ކަނޑުއޮޅިން ދަތުރުކޮށްފައެއް ނުވެ އެވެ.

ކެޕްލަރގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އަބޫދާބީ ނޭޝަނަލް އޮއިލް ކޮމްޕެނީގެ ބެލުމުގެ ދަށުން ދަތުރުކުރާ އެއް ޓޭންކަރު ޖުލައި 10 އާއި 12 އާ ދެމެދު އެ ކަނޑުއޮޅިން ބޭރުވެފައިވެ އެވެ. މި އުޅަނދު މިހާރު ދަތުރުކުރަމުންދަނީ އިންޑިއާގެ ދަހޭޖް ބަނދަރަށެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި، އެމެރިކާގެ ސިފައިން ވަނީ އާދީއްތަ ދުވަހު އީރާނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. މި ހަމަލާތަކުގައި އީރާނުގެ އެކި ސަރަހައްދުތަކުގައި ހުރި އެތައް އަމާޒަކަށް ސީދާ އަމާޒަށް ވާސިލްވާ ފަދަ ޒަމާނީ ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމަށް އެމެރިކާއިން ބުނެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދީއްތަ ދުވަހު ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅި ވިޔަފާރި އުޅަނދުފަހަރަށް ހުޅުވާލެވިފައިވާ ކަމަށެވެ. ނަމަވެސް، ހުއްދަ ނެތް މަގަކުން ދަތުރުކުރި އުޅަނދަކަށް ހަމަލާދިނުމަށްފަހު، އެ ކަނޑުއޮޅި ބަންދުކޮށްފައިވާ ކަމަށް އީރާނުން މީގެ ކުރިން ވަނީ އިއުލާނުކޮށްފަ އެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއިން ހޯމަ ދުވަހު ބުނި ގޮތުގައި، އެ ގައުމުގެ ނޭވީން ވަނީ ރޭގެ ވަގުތެއްގައި ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދެއްގެ މުވާސަލާތީ ސިސްޓަމްތައް ހުއްޓުވައި، އެ އުޅަނދުތައް ހިފަހައްޓާފަ އެވެ. އެހެންނަމަވެސް، ހިފެހެއްޓި އުޅަނދުތަކުގެ ނަމެއް އީރާނުން ހާމަކޮށްފައެއް ނުވެ އެވެ.

އެމެރިކާ-އީރާންހުރްމުޒް ކަނޑުއޮޅިޑޮނަލްޑް ޓްރަމްޕްކެޕްލާ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

13 ޖުލައި 2026

އެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން، ކުވެއިތާއި ބަހްރޭން އަދި އޮމާންގައި ހުރި އެމެރިކާގެ އަސްކަރީ މުހިންމު އަމާޒުތަކަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް އައިއާރްޖީސީ އިން ބުނެފި

13 ޖުލައި 2026
އެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން، ކުވެއިތާއި ބަހްރޭން އަދި އޮމާންގައި ހުރި އެމެރިކާގެ އަސްކަރީ މުހިންމު އަމާޒުތަކަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް އައިއާރްޖީސީ އިން ބުނެފި
12 ޖުލައި 2026

އެމެރިކާއިން އީރާނުގެ މިސައިލް ނިޒާމުތަކަށް ވަރުގަދަ ހަމަލާދީފި: އެކްސިއޯސް

12 ޖުލައި 2026
އެމެރިކާއިން އީރާނުގެ މިސައިލް ނިޒާމުތަކަށް ވަރުގަދަ ހަމަލާދީފި: އެކްސިއޯސް
12 ޖުލައި 2026

"އިސްލާމިކް ރިޕަބްލިކް އޮފް ޖަޕާން": ޓްރަމްޕްގެ ދުލުން ބޭރުވާ ކުށް ބަސްތައް ފުނިޖެހިއްޖެ

12 ޖުލައި 2026
"އިސްލާމިކް ރިޕަބްލިކް އޮފް ޖަޕާން": ޓްރަމްޕްގެ ދުލުން ބޭރުވާ ކުށް ބަސްތައް ފުނިޖެހިއްޖެ
12 ޖުލައި 2026

އީރާނުން ބުނީ ހުރްމުޒް ކަނޑުއޮޅި "އެޓޮމިކް ބޮމަށްވުރެ މުހިންމު" ކަމަށް

12 ޖުލައި 2026
އީރާނުން ބުނީ ހުރްމުޒް ކަނޑުއޮޅި "އެޓޮމިކް ބޮމަށްވުރެ މުހިންމު" ކަމަށް
12 ޖުލައި 2026

އެމެރިކާ އިން ދިން ހަމަލާތަކާ ގުޅިގެން އީރާނުން ގަލްފުގެ ފަސް ގައުމަކަށް ހަމަލާދީ ހުރްމުޒް ކަނޑުއޮޅި ބަންދުކުރުން - މިހާތަނަށް އެނގޭ ހުރިހާ މައުލޫމާތެއް!

12 ޖުލައި 2026
އެމެރިކާ އިން ދިން ހަމަލާތަކާ ގުޅިގެން އީރާނުން ގަލްފުގެ ފަސް ގައުމަކަށް ހަމަލާދީ ހުރްމުޒް ކަނޑުއޮޅި ބަންދުކުރުން - މިހާތަނަށް އެނގޭ ހުރިހާ މައުލޫމާތެއް!
12 ޖުލައި 2026

އެމެރިކާއިން އަނެއްކާވެސް އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އުދުވާނީ ހަމަލާތަކެއް ދީފި

12 ޖުލައި 2026
އެމެރިކާއިން އަނެއްކާވެސް އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އުދުވާނީ ހަމަލާތަކެއް ދީފި
12 ޖުލައި 2026

އީރާނުން ހުރްމުޒް ކަނޑުއޮޅި ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި

12 ޖުލައި 2026
އީރާނުން ހުރްމުޒް ކަނޑުއޮޅި ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި
12 ޖުލައި 2026

އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލް ހަމަލާދީފި

12 ޖުލައި 2026
އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލް ހަމަލާދީފި
11 ޖުލައި 2026

އެމެރިކާއިން އީރާނަށް ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް މުހުލަތު ދީފި

11 ޖުލައި 2026
އެމެރިކާއިން އީރާނަށް ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް މުހުލަތު ދީފި
11 ޖުލައި 2026

އީރާނުގެ ކުރީގެ އެންމެ މަތީ ވެރިޔާގެ މަރަށް ބަދަލުހިފުމަކީ "ގައުމީ ވާޖިބެއް" ކަމަށާއި، އެކަން "ލަސްނުވެ ހިނގާނެ" ކަމަށް މުޖުތަބާ ޚާމަނާއީ ވިދާޅުވެއްޖެ

11 ޖުލައި 2026
އީރާނުގެ ކުރީގެ އެންމެ މަތީ ވެރިޔާގެ މަރަށް ބަދަލުހިފުމަކީ "ގައުމީ ވާޖިބެއް" ކަމަށާއި، އެކަން "ލަސްނުވެ ހިނގާނެ" ކަމަށް މުޖުތަބާ ޚާމަނާއީ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް