Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ވީއޭއާރުގެ ނިންމުން ތަކަށް ސްވިޒަލެންޑް ކޯޗުގެ ފާޑު ކިޔުން

12 ޖުލައި 2026 | އާދީއްތަ 13:43

އާޖެންޓީނާ އަތުން ބަލިވެ ސްވިޒަލެންޑު މުބާރާތުން ކެޓިއިރު، އެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޔަކިން ބުނީ، ސްވިޒަލެންޑުގެ ބްރީލް އެމްބޯލޯ އަށް ދެއްކި ރަތް ކާޑަކީ ބަަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް. އަދި އެއީ ފުޓުބޯޅައާ އެއްވެސް ގުޅުމެއް ނެތް އުސޫލެއްގެ ދަށުން ނިންމި ނިންމުމެއް ކަމަށް އޭނާ ވަނީ ސިފަ ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ޖުލައި 2026 | އާދީއްތަ 13:43
ސްވިޒަލެންޑުގެ ކޯޗު މުރާތު ޔަކިން.

ސްވިޒަލެންޑުގެ ކޯޗު މުރާތު ޔަކިން. | ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް ކުޅެ ބަލިވި މެޗުގައި، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު)ގެ ނިންމުން ތަކަށް ސްވިޒަލެންޑުގެ ކޯޗު މުރާތު ޔަކިން ވަރަަށް ބޮޑަށް ފާޑު ކިޔައިފި އެވެ. 

އާޖެންޓީނާ އަތުން ބަލިވެ ސްވިޒަލެންޑު މުބާރާތުން ކެޓިއިރު، އެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޔަކިން ބުނީ، ސްވިޒަލެންޑުގެ ބްރީލް އެމްބޯލޯ އަށް ދެއްކި ރަތް ކާޑަކީ ބަަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ފުޓުބޯޅައާ އެއްވެސް ގުޅުމެއް ނެތް އުސޫލެއްގެ ދަށުން ނިންމި ނިންމުމެއް ކަމަށް އޭނާ ވަނީ ސިފަ ކޮށްފައި އެވެ. 

މެޗުގެ 72 ވަނަ މިނެޓުގައި އެމްބޯލޯ އަށް ރަތް ކާޑު ދެއްކީ އޭނާ ޑައިވް ކުރި ކަމަށް ނިންމުމަށް ފަހު އެވެ. މިއީ ސްވިޒަލެންޑުން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ފަހު، ރަނގަޅަށް ކުޅެމުން އަންނަނިކޮށް ނިންމި ނިންމުމެކެވެ. އެންމެ ފުރަތަމަ ރެފްރީ ނިންމީ އާޖެންޓީނާގެ ލިއާންޑްރޯ ޕަރޭޑޭސް އަށް ރީނދޫ ކާޑު ދެއްކުމަށެވެ. ނަމަވެސް، ވީއޭއާރު އިން ރަނގަޅަށް ބެލުމަށް ފަހު އެމްބޯލޯ އަމިއްލަ އަށް ޑައިވް ކޮށްފައިވާތީ ރެފްރީ ވަނީ އޭނާ އަށް ރަތް ކާޑު ދައްކައިފަ އެވެ. 

އެ ހާދިސާ އަށް އިޝާރާތްކޮށް ޔަކިން ބުނީ، އެމްބޯލޯ އަށް ރަތް ކާޑު ދައްކަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، އެއީ ވަރަށް އާދައިގެ ޙާލަތެއް ކަމަށެވެ. އޭނާ ބުނީ ބަލައި ނުގަނެވޭ ފަދަ އުސޫލެއްގެ ދަށުން އޭނާގެ ޓީމަށް އަދަބު ދީފައިވާ ކަމަށާއި، އެ ޙާލަތުގެ ތެރެއަށް ވީއޭއާރު އިން ވަނުމަކީ މެޗު ހަލާކުވެގެން ދިޔަ ސަބަބު ކަމަށެވެ. 

ޔަކިންގެ އިތުރުން ސްވިޒަލެންޑުގެ ރެމޯ ފްރޫލާ ވެސް ވަނީ ވީއޭއާރުގެ ނިންމުމަށް ފާޑު ކިޔައިފަ އެވެ. ޔަކިން އިތުރަށް ބުނީ ސްވިޒަލެންޑުން ދެއްކި ކުޅުމާ މެދު ފަޚުރުވެރިވާ ކަމަށާއި، ވީއޭއާރު އިން ނިންމި އެ ނިންމުން ފީފާ އިން ސާފު ކޮށްދޭން ޖެހޭ ކަމަށެވެ. އާޖެންޓީނާ އަކީ ދުނިޔޭގެ ޗެމްޕިއަނުން ކަމަށާއި، އެ ޓީމު ލީޑުގައި އޮއްވާ ފަހަތުން އަރައި ނަތީޖާ ހަމަހަމަކޮށް، ސްވިޒަލެންޑުން ދެއްކި ކުޅުމާ މެދު ފަޚުރުވެރިވާ ކަމަށް ޔަކިން ވަނީ ބުނެފައި އެވެ. 

ސްވިޒަލެންޑް އިން މުބާރާތުގެ ކުއާޓާ ފައިނަލްއާ ހަމައަށް އައިސްފައިވާއިރު، މިއީ ފާއިތުވި 70 އަހަރުގެ ތެރޭގައި އެ ޓީމުން މުބާރާތުގައި ހޯދި އެންމެ ބޮޑު ކާމިޔާބެވެ. ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ސެމީ ފައިނަލް އަށް ދިޔުމަށް ލިބުނު ފުރުސަތު ގެއްލުނު ނަމަވެސް، ޔަކިން ބުނީ ސްވިޒަލެންޑުގެ ކުޅުންތެރިންނަކީ ބަޠަލުން ކަމަށެވެ.

ފީފާ ވަރލްޑް ކަޕް 2026ސްވިޒަރލެންޑްއާޖެންޓީނާމުރާތު ޔަކިންފުޓްބޯޅަ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

12 ޖުލައި 2026

ސެނެގާލް ވޯލްޑް ކަޕުން ކެޓުމުން ކޯޗު ޕާޕޭ ތިއޯ ވަކިކޮށްފި

12 ޖުލައި 2026
ސެނެގާލް ވޯލްޑް ކަޕުން ކެޓުމުން ކޯޗު ޕާޕޭ ތިއޯ ވަކިކޮށްފި
12 ޖުލައި 2026

ވޯލްޑް ކަޕް ފައިނަލް މެޗް ކުޅޭ ދަނޑުގެ ވިނަކޮޅުވެސް ފީފާ އިން ވިއްކާލަނީ، ވިނަކޮޅެއްގެ ފެށޭ އަގު އުޅެނީ 450 ޑޮލަށް

12 ޖުލައި 2026
ވޯލްޑް ކަޕް ފައިނަލް މެޗް ކުޅޭ ދަނޑުގެ ވިނަކޮޅުވެސް ފީފާ އިން ވިއްކާލަނީ، ވިނަކޮޅެއްގެ ފެށޭ އަގު އުޅެނީ 450 ޑޮލަށް
12 ޖުލައި 2026

އިންގްލެންޑްއާ ދެކޮޅަށް މެސީ ކުޅޭ ފުރަތަމަ މެޗު، ޓީމާ މެދު އޮތީ އިތުބާރު!

12 ޖުލައި 2026
އިންގްލެންޑްއާ ދެކޮޅަށް މެސީ ކުޅޭ ފުރަތަމަ މެޗު، ޓީމާ މެދު އޮތީ އިތުބާރު!
12 ޖުލައި 2026

ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރީ ކޮން ޓީމުތަކެއް؟ ޗެމްޕިއަން ޓީމާ ބެހޭ ގޮތުން ޕްރެޑިކްޝަން ބުނަނީ ކީކޭ؟

12 ޖުލައި 2026
ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރީ ކޮން ޓީމުތަކެއް؟ ޗެމްޕިއަން ޓީމާ ބެހޭ ގޮތުން ޕްރެޑިކްޝަން ބުނަނީ ކީކޭ؟
12 ޖުލައި 2026

ޓުޗެލް ބުނީ އިންގްލެންޑްގެ ނަސީބު ރަނގަޅީ ކަމަށް

12 ޖުލައި 2026
ޓުޗެލް ބުނީ އިންގްލެންޑްގެ ނަސީބު ރަނގަޅީ ކަމަށް
12 ޖުލައި 2026

އާޖެންޓީނާއާއި ސުވިޒަލޭންޑް ބައްދަލުކުރި މެޗުގައި އޮޅުމަކުން ދެއްކި ރަތް ކާޑުގެ ހާދިސާ ހިނގީ ކިހިނެއް؟

12 ޖުލައި 2026
އާޖެންޓީނާއާއި ސުވިޒަލޭންޑް ބައްދަލުކުރި މެޗުގައި އޮޅުމަކުން ދެއްކި ރަތް ކާޑުގެ ހާދިސާ ހިނގީ ކިހިނެއް؟
12 ޖުލައި 2026

ސްވިޒަލެންޑް ބަލިކޮށް، ޗެމްޕިއަން އާޖެންޓީނާ ސެމީ ފައިނަލް އަށް

12 ޖުލައި 2026
ސްވިޒަލެންޑް ބަލިކޮށް، ޗެމްޕިއަން އާޖެންޓީނާ ސެމީ ފައިނަލް އަށް
12 ޖުލައި 2026

ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނޯވޭ ކަޓުވާލައި، އިންގްލެންޑް ސެމީ ފައިނަލް އަށް

12 ޖުލައި 2026
ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނޯވޭ ކަޓުވާލައި، އިންގްލެންޑް ސެމީ ފައިނަލް އަށް
11 ޖުލައި 2026

ވޯލްޑް ކަޕް ގައި ކުޅުނު ދެކުނު އެފްރިކާގެ ގައުމީ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު އުމުރުން 25 އަހަރުގެ ޖޭޑަން އެޑަމްސް މަރުވެފައި އޮއްވާ ފެނިއްޖެ

11 ޖުލައި 2026
ވޯލްޑް ކަޕް ގައި ކުޅުނު ދެކުނު އެފްރިކާގެ ގައުމީ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު އުމުރުން 25 އަހަރުގެ ޖޭޑަން އެޑަމްސް މަރުވެފައި އޮއްވާ ފެނިއްޖެ
11 ޖުލައި 2026

ފްރާންސް ބަލި ކުރުމުގެ ޤާބިލުކަން ސްޕެއިންގައި އެބަ އޮތް: ފުއެންޓޭ

11 ޖުލައި 2026
ފްރާންސް ބަލި ކުރުމުގެ ޤާބިލުކަން ސްޕެއިންގައި އެބަ އޮތް: ފުއެންޓޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް