Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ވޯލްޑް ކަޕް ފައިނަލް މެޗް ކުޅޭ ދަނޑުގެ ވިނަކޮޅުވެސް ފީފާ އިން ވިއްކާލަނީ، ވިނަކޮޅެއްގެ ފެށޭ އަގު އުޅެނީ 450 ޑޮލަށް

12 ޖުލައި 2026 | އާދީއްތަ 10:07

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް ކުޅޭ ދަނޑުގެ އަސްލު ވިނަގަނޑުން ބައެއް ހަނދާނީ ހަދިޔާގެ ގޮތުގައި ވިއްކައިގެން 11 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ހޯދުމަށް ފީފާއިން ވަނީ އަމާޒުހިފާފައި. ޚާއްޞަ ކޭސްތަކެއްގައި ބަންދުކޮށްގެން 450 އާއި 3،000 ޑޮލަރާ ދެމެދުގެ އަގުތަކެއްގައި ވިއްކާ މި ތަކެތި އޯޑަރު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި.

ރާއްޖެ އެމްވީ | 12 ޖުލައި 2026 | އާދީއްތަ 10:07
ލޮސް އެންޖެލިސް ސްޓޭޑިއަމްގެ ވިނަގަނޑުން އެތިކޮޅެއް

ލޮސް އެންޖެލިސް ސްޓޭޑިއަމްގެ ވިނަގަނޑުން އެތިކޮޅެއް | ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗު ކުޅޭ ދަނޑުގެ ވިނަގަނޑުގެ ބައިތައް ވިއްކައިގެން، އެ އިދާރާއަށް އެތައް މިލިއަން ޑޮލަރެއްގެ އާމްދަނީއެއް ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅޭ ދަނޑުގެ ވިނަގަނޑުގެ އެތިކޮޅުކޮޅު ހަނދާނީ ހަދިޔާގެ ގޮތުގައި ވިއްކުމަށް ހަމަޖެހިފައިވާއިރު، މީގެ އަގުތައް އުޅެނީ 450 ޑޮލަރާއި 1،200 ޑޮލަރާ ދެމެދުގަ އެވެ. ފީފާއިން އަމާޒު ހިފާފައިވަނީ މުބާރާތް ނިމި، ފައިނަލް މެޗު ކުޅެ ނިމުމަށްފަހުވެސް އެ މެޗުގެ ބޭނުން ހިފައިގެން އިތުރު އާމްދަނީ ހޯދުމަށެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ހޮނިހިރު ދުވަހު އިއުލާންކުރި ގޮތުގައި، ފައިނަލް މެޗު ކުޅޭ ދަނޑުގެ ވިނަގަނޑުން ކޮށާފައިވާ ބައިތައް ވިއްކަން ފަށާނެ އެންމެ ކުޑަ އަގަކީ 450 ޑޮލަރެވެ.

ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމަކީ އާންމުކޮށް އެމެރިކާގެ އެން.އެފް.އެލް ޓީމުތައް ކަމަށްވާ ނިއު ޔޯކް ޖަޔަންޓްސް އަދި ޖެޓްސް އިން އާޓިފިޝަލް ވިނަ ބޭނުންކޮށްގެން ކުޅޭ ދަނޑެކެވެ. ނަމަވެސް، މި ދަނޑުގެ ވިނަގަނޑުގެ ފެންވަރު ދަށްވުމުގެ ސަބަބުން ކުޅުންތެރިންނާއި ކޯޗުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ވޯލްޑް ކަޕަށްޓަކައި ފީފާއިން މި ދަނޑުގެ ނަން ވަނީ "ނިއު ޖާޒީ ނިއު ޔޯކް ސްޓޭޑިއަމް" އަށް ބަދަލުކޮށްފަ އެވެ.

އެމެރިކާގައި މިއަހަރު ބާއްވާ މުބާރާތުގެ އަގުތައް އިންތިހާއަށް ބޮޑުކޮށްފައިވާ ކަމުގެ ފާޑުކިޔުން ފީފާއަށް އަމާޒުވެފައިވާއިރު، "ދަ އެތުލެޓިކް" ރިޕޯޓް ކުރާ ގޮތުގައި މި ވިނަގަނޑު ވިއްކައިގެން އެކަނިވެސް 11 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް އެ އިދާރާއަށް ލިބޭނެ އެވެ.

މިކަމާ ގުޅޭ ވެބްސައިޓުގައި ބުނެފައިވަނީ، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލް ކުޅޭ ދަނޑުގެ އަސްލު ވިނަގަނޑުން ބައެއް، ޔޫ.އެސް.ބީ ހަނދާނީ ހަދިޔާއަކާއެކު ޕްރީމިއަމް އެކްރީލިކް ކޭސް އެއްގައި ރައްކާތެރިކޮށްފައިވާނެ ކަމަށެވެ. މިއީ ފުޓްބޯޅައިގެ ތާރީޚީ ހަނދާނެއް މިލްކުކުރުމުގެ ފުރުސަތެއް ކަމަށާއި، މިއީ، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތުގެ ފައިނަލް ކުޅޭ ދަނޑުގެ އަސްލު ވިނަ ހިމެނޭ، އަގުހުރި ހަނދާނީ ހަދިޔާއެއް ކަމަށްވެސް ބުނެފައިވެ އެވެ.

ފީފާގެ ރަސްމީ ފިހާރައިން ބުނާ ގޮތުގައި ވިނަގަނޑުން ވިއްކާ އެތިކޮޅެއްގެ ސައިޒަކީ 17.5 ގުނަ 17.5 ގުނަ 17.5 އެވެ. ނަމަވެސް އެއީ އިންޗި، ސެންޓިމީޓަރު ނުވަތަ މިލިމީޓަރު ކަމެއް އެ އިދާރާއިން ސާފުކޮށްދީފައެއް ނުވެ އެވެ.

ފީފާއިން ބުނި ގޮތުގައި އެކްރީލިކް ޔޫ.އެސް.ބީގައި އެއީ އަސްލު އެއްޗެއްކަން އަންގައިދޭ ފިލްމެއް ހިމެނޭނެއެވެ. އަދި މިއީ ޒަމާނީ ފަރުމާއަކަށް ތައްޔާރުކޮށްފައިވާ، ކަލެކްޓަރުންނާއި ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ޚާއްޞަ، ޕްރީމިއަމް ފެންވަރުގެ ފޮށްޓެއްގައި ބަންދުކޮށްފައިވާ އުފެއްދުމެކެވެ.

މި ވިނަގަނޑުން އެތިކޮޅެއް ގަތުމުގެ ފުރުސަތު ފީފާއިން ހުޅުވާލާފައިވަނީ ހަމައެކަނި އެމެރިކާ އަދި ޔޫރަޕްގެ އެޑްރެސްތަކަށް ފޮނުވައިދޭ ގޮތަށެވެ. އަދި އޯޑަރުތައް ފޮނުވަން ފަށާނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލަށް ފަހުގަ އެވެ.

މުބާރާތުގެ ޓިކެޓާއި އެހެނިހެން ތަކެތީގެ އަގު ބޮޑުވުމުގެ އިތުރުން، ވިނަގަނޑުގެ ހަނދާނީ ހަދިޔާގެ އެންމެ އަގުބޮޑު ޕެކޭޖުގެ އަގަކީ 3،000 ޑޮލަރެވެ. ތިން އިންޗި ގުނަ ތިން އިންޗި (7.6 ސެންޓިމީޓަރު) ގެ މި ވިނަގަނޑާއެކު، ރަނުން ކުރެހުން އަޅާފައިވާ ފައިނަލް މެޗުގެ ޓިކެޓުގެ ރެޕްލިކާއަކާއި، ވޯލްޑް ކަޕް ބޯޅައިގެ ކުޑަ މޮޑެލްއެއްގެ އިތުރުން ކްރިސްޓަލުން ތައްޔާރުކޮށްފައިވާ ވޯލްޑް ކަޕް ތަށީގެ މޮޑެލްއެއް ލިބޭނެ އެވެ.

މީގެ އިތުރުން ވިނަގަނޑު ވިއްކުމަށް ހަމަޖެހިފައިވާ އަނެއް ތިން ކެޓަގަރީގެ އަގުތަކަކީ 450 ޑޮލަރު، 900 ޑޮލަރު އަދި 1،200 ޑޮލަރެވެ.

ކޮންމެ ކެޓަގަރީއަކުންވެސް ވިއްކުމަށް ހަމަޖެހިފައިވަނީ ގިނަވެގެން 2،026 ބައެވެ.

ފައިނަލް މެޗުގެ އާންމު ޓިކެޓެއްގެ އަގު 32،970 ޑޮލަރާ ހަމައަށް އުޅޭއިރު، ކެއުމާއި ބުއިން ހިމެނޭ ހޮސްޕިޓާލިޓީ ޓިކެޓްތައް ވިއްކަނީ 32،500 ޑޮލަރާއި 34،500 ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ވޯލްޑް ކަޕް ފައިނަލްގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ މި ވިނަގަނޑަކީ ނޯތު ކެރޮލައިނާގެ ފާމެއްގައި ހައްދާފައިވާ ވިނައެވެ.

މުބާރާތުގެ ހުރިހާ ދަނޑެއްގެ ފެންވަރު އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި، ހުރިހާ ސްޓޭޑިއަމްތަކެއްގައިވެސް ވަނީ އަލުން ވިނަ އިންދާފަ އެވެ. މީގެ ތެރޭގައި އާންމުކޮށް އާޓިފިޝަލް ވިނަ ބޭނުންކުރާ ސިއާޓްލް، އެޓްލާންޓާ، އީސްޓް ރެޑަފޯޑް، ވެންކޫވަރު، އާލިންގްޓަން އަދި އިންގްލްވުޑްގެ ސްޓޭޑިއަމްތައް ހިމެނެ އެވެ.

ފައިނަލް މެޗަށް ބޭނުންނުކުރާ އެހެން ދަނޑުތަކުގެ ވިނަގަނޑަށް ހަދާނެ ގޮތެއް ފީފާއިން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ފީފާފީފާ ވަރލްޑް ކަޕް 2026

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

12 ޖުލައި 2026

އިންގްލެންޑްއާ ދެކޮޅަށް މެސީ ކުޅޭ ފުރަތަމަ މެޗު، ޓީމާ މެދު އޮތީ އިތުބާރު!

12 ޖުލައި 2026
އިންގްލެންޑްއާ ދެކޮޅަށް މެސީ ކުޅޭ ފުރަތަމަ މެޗު، ޓީމާ މެދު އޮތީ އިތުބާރު!
12 ޖުލައި 2026

ސްވިޒަލެންޑް ބަލިކޮށް، ޗެމްޕިއަން އާޖެންޓީނާ ސެމީ ފައިނަލް އަށް

12 ޖުލައި 2026
ސްވިޒަލެންޑް ބަލިކޮށް، ޗެމްޕިއަން އާޖެންޓީނާ ސެމީ ފައިނަލް އަށް
12 ޖުލައި 2026

ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނޯވޭ ކަޓުވާލައި، އިންގްލެންޑް ސެމީ ފައިނަލް އަށް

12 ޖުލައި 2026
ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނޯވޭ ކަޓުވާލައި، އިންގްލެންޑް ސެމީ ފައިނަލް އަށް
11 ޖުލައި 2026

ޓްރަމްޕްގެ ނުފޫޒުގައި ޖެހިފައިވާ ކަމަށް ބުނެ، އިންފަންޓީނޯގެ މައްސަލަ އޯއައިސީ އަށް ހުށަހަޅަނީ

11 ޖުލައި 2026
ޓްރަމްޕްގެ ނުފޫޒުގައި ޖެހިފައިވާ ކަމަށް ބުނެ، އިންފަންޓީނޯގެ މައްސަލަ އޯއައިސީ އަށް ހުށަހަޅަނީ
11 ޖުލައި 2026

ފަހު ވަގުތު ބެލްޖިއަމް ބަލިކޮށް، ސްޕެއިން ސެމީ ފައިނަލް އަށް

11 ޖުލައި 2026
ފަހު ވަގުތު ބެލްޖިއަމް ބަލިކޮށް، ސްޕެއިން ސެމީ ފައިނަލް އަށް
09 ޖުލައި 2026

ރެފްރީންނަށް އިތުބާރު ކުރަން، ވާދަވެރިންނަކީ މޮރޮކޯ: ޑެޝޯމްޕްސް

09 ޖުލައި 2026
ރެފްރީންނަށް އިތުބާރު ކުރަން، ވާދަވެރިންނަކީ މޮރޮކޯ: ޑެޝޯމްޕްސް
09 ޖުލައި 2026

ވަގުތު ބޭކާރު ކުރެވޭކަށް ނެތް، މޮރޮކޯ އިން ބޭނުން ވަނީ ވޯލްޑް ކަޕްގެ ތަށި: އުއާބީ

09 ޖުލައި 2026
ވަގުތު ބޭކާރު ކުރެވޭކަށް ނެތް، މޮރޮކޯ އިން ބޭނުން ވަނީ ވޯލްޑް ކަޕްގެ ތަށި: އުއާބީ
08 ޖުލައި 2026

ފީފާ އިން އާޖެންޓީނާއަށް ބުރަވީތަ؟

08 ޖުލައި 2026
ފީފާ އިން އާޖެންޓީނާއަށް ބުރަވީތަ؟
08 ޖުލައި 2026

އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގެ ރެފްރީގެ ޝަކުވާާ މިޞްރުން ހުށަހަޅައިފި

08 ޖުލައި 2026
އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގެ ރެފްރީގެ ޝަކުވާާ މިޞްރުން ހުށަހަޅައިފި
08 ޖުލައި 2026

އުމުރުން 39 އަހަރުގައި މެސީ ދައްކާ ކުޅުމާއި ހިތްވަރަށް ސްކަލޯނީގެ ތައުރީފު!

08 ޖުލައި 2026
އުމުރުން 39 އަހަރުގައި މެސީ ދައްކާ ކުޅުމާއި ހިތްވަރަށް ސްކަލޯނީގެ ތައުރީފު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް