Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

އިންގްލެންޑްއާ ދެކޮޅަށް މެސީ ކުޅޭ ފުރަތަމަ މެޗު، ޓީމާ މެދު އޮތީ އިތުބާރު!

12 ޖުލައި 2026 | އާދީއްތަ 09:58

ބުދަ ދުވަހުގެ ރޭ އިންގްލެންޑްއާ ދެކޮޅަށް އާޖެންޓީނާ ނިކުންނައިރު، މިއީ މެސީގެ ކެރިއަރުގައި އޭނާ އިންގްލެންޑްއާ ދެކޮޅަށް ކުޅޭނެ ފުރަތަމަ މެޗަށް ވާނެ. މިފަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލް އަކީ، ވޯލްޑް ކަޕްގައި މެސީ ކުޅޭނެ ތިން ވަނަ ސެމީ ފައިނަލް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ޖުލައި 2026 | އާދީއްތަ 09:58
ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ސްވިޒަލެންޑްއާ ދެކޮޅަށް ކުޅުނު މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ.

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ސްވިޒަލެންޑްއާ ދެކޮޅަށް ކުޅުނު މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ. | ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ސްވިޒަލެންޑް ބަލިކޮށް އާޖެންޓީނާ އިން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދިއިރު، ޓީމުގެ ކުޅުންތެރިން ދެއްކި ހިތްވެރާ މެދު އުފާވާ ކަމަށް އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ. 

އާދީއްތަ ދުވަހުގެ ހެނދުނު ސްވިޒަލެންޑްއާ ދެކޮޅަށް ކުޅުނު މެޗުން އާޖެންޓީނާ މޮޅުވެފައި ވަނީ 3-1 އިންނެވެ. އެއާ އެކު އާޖެންޓީނާ އިން މިފަހަރުގެ ސެމީ ފައިނަލްގައި ނިކުންނާނީ އިންގްލެންޑްއާ ދެކޮޅަށެވެ. ބުދަ ދުވަހުގެ ރޭ އިންގްލެންޑްއާ ދެކޮޅަށް އާޖެންޓީނާ ނިކުންނައިރު، މިއީ މެސީގެ ކެރިއަރުގައި އޭނާ އިންގްލެންޑްއާ ދެކޮޅަށް ކުޅޭނެ ފުރަތަމަ މެޗަށް ވާނެ އެވެ. 

ސްވިޒަލެންޑު މެޗަށް ފަހު ވާހަކަ ދައްކަމުން މެސީ ވަނީ، އާޖެންޓީނާގެ ކުޅުންތެރިން ދެއްކި ހިތްވަރަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައި އެވެ. މެސީ ބުނީ ސްވިޒަލެންޑު މެޗު ވެގެން ދިޔައީ ވަރަށް އުނދަގޫ އަދި އެހާމެ ވާދަވެރި މެޗަކަށް ކަމަށެވެ. އަދި ކުރިއަށް އޮތް ސެމީ ފައިނަލް މެޗުގެ ކުރިން އާޖެންޓީނާ އަށް މިފަދަ މޮޅެއް ލިބުމުން ހިތްހަމަ ޖެހޭ ކަމަށް މެސީ ބުންޏެވެ.

ވޯލްޑް ކަޕްގެ ތަށި ދިފާއު ކުރަން އާޖެންޓީނާ އިން މަސައްކަތް ކުރާއިރު، މެސީ ބުނީ މިއީ މުބާރާތުގެ ފައިނަލް އަށް ދިޔުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. ފައިނަލްގެ ކުރިން ސެމީ ފައިނަލްގައި އިންގްލެންޑު އަތުން ވެސް ފުރިހަމަ މޮޅެއް ހޯދުމަށް މެސީ ހުރީ އުންމީދުގައި އެވެ. އަދި އާޖެންޓީނާގެ ކުޅުންތެރިން ދައްކަމުން އަންނަ ހިތްވަރާއި، ކުރަމުން އަންނަ މަސައްކަތުން އެކަން ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު ވެސް މެސީ އަށް ބޮޑެވެ. 

މިފަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލް އަކީ، ވޯލްޑް ކަޕްގައި މެސީ ކުޅޭނެ ތިން ވަނަ ސެމީ ފައިނަލް އެވެ. 2014 ވަނަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލް އިން މޮޅުވެ އާޖެންޓީނާ އާއެކު މެސީ ފައިނަލް ކުޅުނު ނަމަވެސް، ޖަރުމަނު އަތުން ބަލިވީ އެވެ. އޭގެ ފަހުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ކްރޮއޭޝިއާ ބަލިކޮށް ފައިނަލް އަށް ދިޔައިރު، ފައިނަލްގައި ފްރާންސް ބަލިކޮށް އާޖެންޓީނާ އިން ވަނީ ތަށި އުފުލާލައިފަ އެވެ. 

މުބާރާތުގެ ސެމީ ފައިނަލްގައި އާޖެންޓީނާ އިން އިންގްލެންޑްއާ ދެކޮޅަށް ނިކުންނައިރު، އެއީ މިފަހަރުގެ މުބާރާތުގައި އާޖެންޓީނާ އިން ކުޅޭ އެންމެ މުހިންމު މެޗަށް ވާނެ އެވެ. ޚާއްސަކޮށް އިންގްލެންޑުން ވެސް މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އެ މެޗުން މޮޅުވުމަކީ އާޖެންޓީނާ އަށް އުނދަގޫ ކަމަކަށް ވާނެ އެވެ. 

ފީފާ ވަރލްޑް ކަޕް 2026އާޖެންޓީނާއިނގިރޭސިވިލާތްލިއޮނެލް މެސީފުޓްބޯޅަ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

12 ޖުލައި 2026

ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރީ ކޮން ޓީމުތަކެއް؟ ޗެމްޕިއަން ޓީމާ ބެހޭ ގޮތުން ޕްރެޑިކްޝަން ބުނަނީ ކީކޭ؟

12 ޖުލައި 2026
ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރީ ކޮން ޓީމުތަކެއް؟ ޗެމްޕިއަން ޓީމާ ބެހޭ ގޮތުން ޕްރެޑިކްޝަން ބުނަނީ ކީކޭ؟
12 ޖުލައި 2026

ޓުޗެލް ބުނީ އިންގްލެންޑްގެ ނަސީބު ރަނގަޅީ ކަމަށް

12 ޖުލައި 2026
ޓުޗެލް ބުނީ އިންގްލެންޑްގެ ނަސީބު ރަނގަޅީ ކަމަށް
12 ޖުލައި 2026

އާޖެންޓީނާއާއި ސުވިޒަލޭންޑް ބައްދަލުކުރި މެޗުގައި އޮޅުމަކުން ދެއްކި ރަތް ކާޑުގެ ހާދިސާ ހިނގީ ކިހިނެއް؟

12 ޖުލައި 2026
އާޖެންޓީނާއާއި ސުވިޒަލޭންޑް ބައްދަލުކުރި މެޗުގައި އޮޅުމަކުން ދެއްކި ރަތް ކާޑުގެ ހާދިސާ ހިނގީ ކިހިނެއް؟
12 ޖުލައި 2026

ސްވިޒަލެންޑް ބަލިކޮށް، ޗެމްޕިއަން އާޖެންޓީނާ ސެމީ ފައިނަލް އަށް

12 ޖުލައި 2026
ސްވިޒަލެންޑް ބަލިކޮށް، ޗެމްޕިއަން އާޖެންޓީނާ ސެމީ ފައިނަލް އަށް
12 ޖުލައި 2026

ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނޯވޭ ކަޓުވާލައި، އިންގްލެންޑް ސެމީ ފައިނަލް އަށް

12 ޖުލައި 2026
ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނޯވޭ ކަޓުވާލައި، އިންގްލެންޑް ސެމީ ފައިނަލް އަށް
12 ޖުލައި 2026

ވަރލްޑް ކަޕް ބަލަން ކާފަ ގޮވައިގެން ދާން، މުޅި އުމުރު ރައްކާކުރި ފައިސާ ހޭދަކުރި ޒުވާނަކަށް އެ ފައިސާ އަނބުރާ ލިބިއްޖެ

12 ޖުލައި 2026
ވަރލްޑް ކަޕް ބަލަން ކާފަ ގޮވައިގެން ދާން، މުޅި އުމުރު ރައްކާކުރި ފައިސާ ހޭދަކުރި ޒުވާނަކަށް އެ ފައިސާ އަނބުރާ ލިބިއްޖެ
11 ޖުލައި 2026

ވޯލްޑް ކަޕް ގައި ކުޅުނު ދެކުނު އެފްރިކާގެ ގައުމީ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު އުމުރުން 25 އަހަރުގެ ޖޭޑަން އެޑަމްސް މަރުވެފައި އޮއްވާ ފެނިއްޖެ

11 ޖުލައި 2026
ވޯލްޑް ކަޕް ގައި ކުޅުނު ދެކުނު އެފްރިކާގެ ގައުމީ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު އުމުރުން 25 އަހަރުގެ ޖޭޑަން އެޑަމްސް މަރުވެފައި އޮއްވާ ފެނިއްޖެ
11 ޖުލައި 2026

ވޯލްޑްކަޕް ކުއާޓާފައިނަލް: އިންގްލެންޑާއި ނޯވޭ، އާޖެންޓީނާ އާއި ސްވިޒަލޭންޑް ބައްދަލު ކުރާ މެޗުތަކުގެ، ޝެޑިއުލް، ޕްރިޑިކްޝަން، އެންމެ ފަހުގެ މައުލޫމާތު

11 ޖުލައި 2026
ވޯލްޑްކަޕް ކުއާޓާފައިނަލް: އިންގްލެންޑާއި ނޯވޭ، އާޖެންޓީނާ އާއި ސްވިޒަލޭންޑް ބައްދަލު ކުރާ މެޗުތަކުގެ، ޝެޑިއުލް، ޕްރިޑިކްޝަން، އެންމެ ފަހުގެ މައުލޫމާތު
11 ޖުލައި 2026

ފްރާންސް ބަލި ކުރުމުގެ ޤާބިލުކަން ސްޕެއިންގައި އެބަ އޮތް: ފުއެންޓޭ

11 ޖުލައި 2026
ފްރާންސް ބަލި ކުރުމުގެ ޤާބިލުކަން ސްޕެއިންގައި އެބަ އޮތް: ފުއެންޓޭ
11 ޖުލައި 2026

ޓްރަމްޕްގެ ނުފޫޒުގައި ޖެހިފައިވާ ކަމަށް ބުނެ، އިންފަންޓީނޯގެ މައްސަލަ އޯއައިސީ އަށް ހުށަހަޅަނީ

11 ޖުލައި 2026
ޓްރަމްޕްގެ ނުފޫޒުގައި ޖެހިފައިވާ ކަމަށް ބުނެ، އިންފަންޓީނޯގެ މައްސަލަ އޯއައިސީ އަށް ހުށަހަޅަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް