Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ސްވިޒަލެންޑް ބަލިކޮށް، ޗެމްޕިއަން އާޖެންޓީނާ ސެމީ ފައިނަލް އަށް

12 ޖުލައި 2026 | އާދީއްތަ 05:35

މެޗުގައި އާޖެންޓީނާ އިން ލީޑު ނަގާފައި ވަނިކޮށް، ސްވިޒަލެންޑް އިން ނަތީޖާ ހަމަހަމަ ވެސް ކުރި. ނަމަވެސް، ދެ ލަނޑު ޖަހައިގެން އާޖެންޓީނާ ވަނީ މެޗުން މޮޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ޖުލައި 2026 | އާދީއްތަ 05:35
މެޗުގައި ލަނޑު ޖެހުމަށް ފަހު އާޖެންޓީނާގެ އަލްވަރޭޒް އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު އާޖެންޓީނާގެ އަލްވަރޭޒް އުފާ ފާޅު ކުރަނީ. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ސްވިޒަލެންޑް ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އިން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

އާދީއްތަ ދުވަހުގެ ހެނދުނު ކުޅުނު މެޗު އާޖެންޓީނާ އިން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގައި އާޖެންޓީނާ އިން ލީޑު ނަގާފައި ވަނިކޮށް، ސްވިޒަލެންޑް އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް، ދެ ލަނޑު ޖަހައިގެން އާޖެންޓީނާ ވަނީ މެޗުން މޮޅުވެފައި އެވެ. 

މެޗު ފަށައިގެން 10 ވަނަ މިނެޓުގައި އާޖެންޓީނާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އާޖެންޓީނާ އަށް ލިބުނު ކޯނަރެއްގައި ކެޕްޓަން ލިއޮނަލް މެސީ ހުރަސްކޮށްދިން ބޯޅަ ގޯލަށް ވައްދާލައިގެން އެ ލަނޑު ޖަހައިދިނީ އެލެކްސިސް މެކް އަލިސްޓާ އެވެ. 

މެޗުގައި ސްވިޒަލެންޑް އިން ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތު ތަކެއް ހޯދައިފަ އެވެ. މެޗުގެ ދެ ވަނަ ހާފުގެ 67 ވަނަ މިނެޓުގައި ސްވިޒަލެންޑް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޑަން އެންޑޯޔޭ އެވެ.

މެޗުގައި ސްވިޒަލެންޑް އަަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ އެ ޓީމުގެ ބްރީލް އެމްބޯލޯ އަށް ރަތް ކާޑު ދެއްކުމުންނެވެ. އެއީ ކުޅުމުގެ ތެރެއިން އޭނާ އަމިއްލަ އަަށް ޑައިވް ކުރުމުންނެވެ. އެ ކާޑު ރެފްރީ ދެއްކީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށް ފަހު އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން، އިތުރު ވަގުތުގެ ދެ ހާފު ވަނީ ކުޅެފައި އެވެ. އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި އާޖެންޓީނާ އަށް ލީޑު ނަގައިދިނީ ހޫލިއަން އަލްވަރޭޒް އެވެ.

އޭގެ ފަހުން މެޗުގެ ފަހު ވަގުތު އާޖެންޓީނާގެ ތިން ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ލައުޓާރޯ މާޓިނޭޒް އެވެ. 

މުބާރާތުގެ ސެމީ ފައިނަލްގައި އާޖެންޓީނާ ނިކުންނާނީ އިންގްލެންޑާ ދެކޮޅަށެވެ. 

ފީފާ ވަރލްޑް ކަޕް 2026އާޖެންޓީނާސްވިޒަރލެންޑްފުޓްބޯޅަ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

12 ޖުލައި 2026

ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނޯވޭ ކަޓުވާލައި، އިންގްލެންޑް ސެމީ ފައިނަލް އަށް

12 ޖުލައި 2026
ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނޯވޭ ކަޓުވާލައި، އިންގްލެންޑް ސެމީ ފައިނަލް އަށް
11 ޖުލައި 2026

ވޯލްޑް ކަޕް ގައި ކުޅުނު ދެކުނު އެފްރިކާގެ ގައުމީ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު އުމުރުން 25 އަހަރުގެ ޖޭޑަން އެޑަމްސް މަރުވެފައި އޮއްވާ ފެނިއްޖެ

11 ޖުލައި 2026
ވޯލްޑް ކަޕް ގައި ކުޅުނު ދެކުނު އެފްރިކާގެ ގައުމީ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު އުމުރުން 25 އަހަރުގެ ޖޭޑަން އެޑަމްސް މަރުވެފައި އޮއްވާ ފެނިއްޖެ
11 ޖުލައި 2026

ފްރާންސް ބަލި ކުރުމުގެ ޤާބިލުކަން ސްޕެއިންގައި އެބަ އޮތް: ފުއެންޓޭ

11 ޖުލައި 2026
ފްރާންސް ބަލި ކުރުމުގެ ޤާބިލުކަން ސްޕެއިންގައި އެބަ އޮތް: ފުއެންޓޭ
11 ޖުލައި 2026

ޓްރަމްޕްގެ ނުފޫޒުގައި ޖެހިފައިވާ ކަމަށް ބުނެ، އިންފަންޓީނޯގެ މައްސަލަ އޯއައިސީ އަށް ހުށަހަޅަނީ

11 ޖުލައި 2026
ޓްރަމްޕްގެ ނުފޫޒުގައި ޖެހިފައިވާ ކަމަށް ބުނެ، އިންފަންޓީނޯގެ މައްސަލަ އޯއައިސީ އަށް ހުށަހަޅަނީ
11 ޖުލައި 2026

އެމެރިކާ އާއި މެކްސިކޯ މުބާރާތުން ކެޓުމުން ވޯލްޑް ކަޕް ޓިކެޓް އަގުތައް ދަށަށް

11 ޖުލައި 2026
އެމެރިކާ އާއި މެކްސިކޯ މުބާރާތުން ކެޓުމުން ވޯލްޑް ކަޕް ޓިކެޓް އަގުތައް ދަށަށް
11 ޖުލައި 2026

ޓުޗެލް ދެކޭ ގޮތުގަައި އިންގްލެންޑަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހާލަންޑް ހުއްޓުވުން

11 ޖުލައި 2026
ޓުޗެލް ދެކޭ ގޮތުގަައި އިންގްލެންޑަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހާލަންޑް ހުއްޓުވުން
11 ޖުލައި 2026

މެސީ އަށް އިތުބާރު ކުރަން، ޓީމު އޮތީ ރަނގަޅު ހިތްވަރެއްގައި: ސްކަލޯނީ

11 ޖުލައި 2026
މެސީ އަށް އިތުބާރު ކުރަން، ޓީމު އޮތީ ރަނގަޅު ހިތްވަރެއްގައި: ސްކަލޯނީ
11 ޖުލައި 2026

ފަހު ވަގުތު ބެލްޖިއަމް ބަލިކޮށް، ސްޕެއިން ސެމީ ފައިނަލް އަށް

11 ޖުލައި 2026
ފަހު ވަގުތު ބެލްޖިއަމް ބަލިކޮށް، ސްޕެއިން ސެމީ ފައިނަލް އަށް
10 ޖުލައި 2026

މޮރޮކޯ ބަލިކޮށް ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ފްރާންސް އަށް

10 ޖުލައި 2026
މޮރޮކޯ ބަލިކޮށް ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ފްރާންސް އަށް
09 ޖުލައި 2026

ރެފްރީންނަށް އިތުބާރު ކުރަން، ވާދަވެރިންނަކީ މޮރޮކޯ: ޑެޝޯމްޕްސް

09 ޖުލައި 2026
ރެފްރީންނަށް އިތުބާރު ކުރަން، ވާދަވެރިންނަކީ މޮރޮކޯ: ޑެޝޯމްޕްސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް