Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީއެންސީ އިންތިޚާބު

ވެރިކަންކުރާ ޕީއެންސީން ދައުލަތުގެ މުދަލަށް ގެއްލުންދީ ބޮޑު މާރާމާރީއެއް ހިންގި މައްސަލަ ފުލުހުން ބަލަނީ

12 ޖުލައި 2026 | އާދީއްތަ 03:41

ހުޅުމާލޭ ކާމިލު ދީދީ ސްކޫލުގައި ބެހެއްޓި ޕީއެންސީގެ އެތެރޭގެ އިންތިޚާބުގެ ވޯޓު ފޮށި ކައިރީގައި ހިނގި މާރާމާރީއާއި ދައުލަތުގެ މުދަލަށް ގެއްލުންދިން މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި. މި ހާދިސާގައި ސްކޫލުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު، މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ފުލުހުން ބުނޭ. މި ހަމަނުޖެހުމާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރު ހިންގާ ޕާޓީއަށް ވަނީ އަމާޒުވެފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 ޖުލައި 2026 | އާދީއްތަ 03:41
ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި ބޮޑު ހަމަނުޖެހުމެއް ހިންގައި ދައުލަތުގެ މުދަލަށް ގެއްލުން ދިނުން

ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި ބޮޑު ހަމަނުޖެހުމެއް ހިންގައި ދައުލަތުގެ މުދަލަށް ގެއްލުން ދިނުން | މިދުއާމް ސައުދު- އެކްސް

 ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބުގެ ތެރެއިން ހުޅުމާލޭގައި ބެހެއްޓި ވޯޓު ފޮށި ކައިރީގައި ބޮޑު ހަމަނުޖެހުމެއް ހިންގައި ދައުލަތުގެ މުދަލަށް ގެއްލުންދިން މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފި އެވެ.

ހޮނިހިރު ދުވަހު ބޭއްވި މި އިންތިޚާބުގައި ހަމަނުޖެހުން ހިނގާފައިވަނީ ހުޅުމާލޭ އުތުރު ދާއިރާގެ ވޯޓުފޮށި ބެހެއްޓި ކާމިލު ދީދީ ސްކޫލުގަ އެވެ.

Advertisement - newsAdvertisement

މި ހާދިސާގެ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި މިހާރު އާންމުވެފައިވާއިރު، އެތަނުގައި ތިބި ޕީއެންސީގެ ބައެއް މެމްބަރުން އެކަކު އަނެކަކަށް ހަމަލާދީ ބޮޑު މާރާމާރީއެއް ހިންގާ މަންޒަރު ފެނެ އެވެ.

މީގެ އިތުރުން އެ މަރުކަޒުގައި ހުރި ދައުލަތުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަންވެސް ފާހަގަކުރެވެ އެވެ. އެގޮތުން އެތަނުގައި ހުރި ގޮނޑިތަކާއި އެހެނިހެން ތަކެތި އުކައި، މުދަލަށް ގެއްލުންދޭ މަންޒަރު ވީޑިއޯތަކުން ސާފުކޮށް ފެންނަން ހުއްޓެވެ.

މި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، މަސްލަޙަތު ގޯސްކުރުމަށް އެތަނުގައި އެއްވެ ތިބި މީހުން މަސައްކަތްކުރާ މަންޒަރުވެސް ވީޑިއޯއިން ފެންނައިރު، މި ހާދިސާއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

މި މައްސަލައިގައި ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއްގެ ވޯޓް ގުނުން ހުޅުމާލެ ފޭސް 2 ގައި ހުންނަ ސްކޫލެއްގައި ކުރިއަށް ދަނިކޮށް، 2026 ޖުލައި 11 ވަނަ ދުވަހުގެ ރޭ 21:15 އެހައިކަންހާއިރު އެތަނަށް ބަޔަކު ވަދެ ސްކޫލަށާއި ސްކޫލުގެ މުދަލަށް ގެއްލުންދީ، އެތަނުގައި ތިބި މީހުންނާ މެދު މާރާމާރީ ހިންގާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

މި މައްސަލައިގައި ސްކޫލަށާއި ސްކޫލުގެ މުދަލަށް ގެއްލުން ދިނުމާއި، އެތަނުގައި ތިބި މީހުންނާ މެދު މާރާމާރީ ހިންގުމުގެ ސީރިއަސް ތުހުމަތުތައް ކުރެވިފައިވާއިރު، މި މައްސަލައިގައި ފުލުހުން މިހާރު މި ވަނީ ތަހުގީގު ފަށާފަ އެވެ.

މި އިންތިޚާބުގެ ވޯޓުލުން ނިމުނު ގަޑީ ޕީއެންސީގެ ޗެއަރޕަރސަން އަބްދުއްރަޙީމް އަބްދުﷲ ވަނީ ޕީއެންސީއަކީ އަބަދުވެސް ސުލްޙައާއި މަސްލަޙަތަށް އިސްކަންދޭ ޕާޓީއެއްކަމަށް ވިދާޅުވެފައެވެ. އަދި އިދިކޮޅު އެމްޑީޕީން ބާއްވާ އިންތިޚާބުތަކުގައި ހަމަނުޖެހުން އުފައްދާކަމަށް ވިދާޅުވެ ވަރަށް ބޮޑަށް މަލާމަތް ކުރައްވާފައިވެ އެވެ.

ނަމަވެސް މިހާރު ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި މިފަދަ ބޮޑު ހަމަނުޖެހުމެއް ހިނގައި، ދައުލަތުގެ މުދަލަށް ގެއްލުންދީފައިވާއިރު، އެ ކަންކަމަށް ޕާޓީން ޒިންމާވާނެތޯ ނޫސްތަކުން ސުވާލު ކުރުމުން ޕީއެންސީގެ އިސް ބޭފުޅުން ޖަވާބު ދެއްވާފައެއް ނުވެ އެވެ.

ކާމިލް ދީދީ ސްކޫލްއަބްދުއްރަހީމް އަބްދުﷲޕީއެންސީ އިންތިޚާބު

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

07 ޖުލައި 2026

ނޯތު ހާބަރުގެ ކަންކަން ހުރި ގޮތުން އޮޑިވެރިންނަށް ގެއްލުންވާތީ މަޖިލީހަށް އެމްޕީއެލް ހާޒިރުކުރަނީ

07 ޖުލައި 2026
ނޯތު ހާބަރުގެ ކަންކަން ހުރި ގޮތުން އޮޑިވެރިންނަށް ގެއްލުންވާތީ މަޖިލީހަށް އެމްޕީއެލް ހާޒިރުކުރަނީ
15 ޖޫން 2026

ސޯދިގު މަގާމުގެ ހުވާ ކުރައްވައިފި، އެމްޑީޕީ މެންބަރުންގެ އަދަދު 13 އަށް!

15 ޖޫން 2026
ސޯދިގު މަގާމުގެ ހުވާ ކުރައްވައިފި، އެމްޑީޕީ މެންބަރުންގެ އަދަދު 13 އަށް!
09 މެއި 2026

ވެރިކަމަށް އައުމަށް ބޭނުންކުރި ހަރުގަނޑު އެއްލާލުމަށްފަހު، މިހާރު އަނެއްކާވެސް އެ ހަރުގަނޑު ގެނެސް ޖެއްސީތަ؟

09 މެއި 2026
ވެރިކަމަށް އައުމަށް ބޭނުންކުރި ހަރުގަނޑު އެއްލާލުމަށްފަހު، މިހާރު އަނެއްކާވެސް އެ ހަރުގަނޑު ގެނެސް ޖެއްސީތަ؟
29 އެޕްރީލު 2026

މަސައްކަތުގެ ސިއްހީ ރައްކާތެރިކަން ކަށާވަރުނުވާތީ އިދާރާތައް މަޖިލީހަށް ހާޒިރުކުރަން އެދެފި

29 އެޕްރީލު 2026
މަސައްކަތުގެ ސިއްހީ ރައްކާތެރިކަން ކަށާވަރުނުވާތީ އިދާރާތައް މަޖިލީހަށް ހާޒިރުކުރަން އެދެފި
23 މާރިޗު 2026

ހަނގުރާމައިގެ އަސަރު ކުރާއިރުވެސް މަޖިލިސް އޮތީ ވާކޮށްލާފައި، ވަޒީރުން ހާޒިރުކޮށްދެއްވާ: މީކާއިލް

23 މާރިޗު 2026
ހަނގުރާމައިގެ އަސަރު ކުރާއިރުވެސް މަޖިލިސް އޮތީ ވާކޮށްލާފައި، ވަޒީރުން ހާޒިރުކޮށްދެއްވާ: މީކާއިލް
22 މާރިޗު 2026

އީރާން ހަނގުރާމަ: ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް މަޝްވަރާ ކުރުމަށް 241 ކޮމިޓީގެ ބައްދަލުވުމެއް ބާއްވަދޭން އެދެފި

22 މާރިޗު 2026
އީރާން ހަނގުރާމަ: ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް މަޝްވަރާ ކުރުމަށް 241 ކޮމިޓީގެ ބައްދަލުވުމެއް ބާއްވަދޭން އެދެފި
02 މާރިޗު 2026

މި ދައުރުގައި އަދި ބޭއްވީ އެންމެ 3 ޖަލްސާ، މަޖިލިސް އޮތީ ހިސޯރުކޮށް ވާނުވާގައި، ސަރުކާރުން މަސައްކަތް ކުރަނީ އިދިކޮޅުގެ އަޑު ކަނޑުވާލަން: މެންބަރު ޝަމްހީދު

02 މާރިޗު 2026
މި ދައުރުގައި އަދި ބޭއްވީ އެންމެ 3 ޖަލްސާ، މަޖިލިސް އޮތީ ހިސޯރުކޮށް ވާނުވާގައި، ސަރުކާރުން މަސައްކަތް ކުރަނީ އިދިކޮޅުގެ އަޑު ކަނޑުވާލަން: މެންބަރު ޝަމްހީދު
11 ފެބުރުއަރީ 2026

ޕީއެންސީ މެންބަރުން އެމްޑީޕީ މެންބަރުންނަށް "ލާދީނީ" ކިޔަސް ކުރެވޭނެ ކަމެއް ނެތް: އަބްދުއްރަހީމް

11 ފެބުރުއަރީ 2026
ޕީއެންސީ މެންބަރުން އެމްޑީޕީ މެންބަރުންނަށް "ލާދީނީ" ކިޔަސް ކުރެވޭނެ ކަމެއް ނެތް: އަބްދުއްރަހީމް
10 ފެބުރުއަރީ 2026

އެމްޑީޕީ ގެ އިތުރު ތިން މެންބަރުންގެ ނަން އިއްވާ ތަޅުމުން ބޭރު ކޮށްފި

10 ފެބުރުއަރީ 2026
އެމްޑީޕީ ގެ އިތުރު ތިން މެންބަރުންގެ ނަން އިއްވާ ތަޅުމުން ބޭރު ކޮށްފި
10 ފެބުރުއަރީ 2026

މެންބަރު މައުރޫފް ގެ ނަން އިއްވާ ތަޅުމުން ބޭރު ކޮށްފި

10 ފެބުރުއަރީ 2026
މެންބަރު މައުރޫފް ގެ ނަން އިއްވާ ތަޅުމުން ބޭރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް