Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

މެސީ އަށް އިތުބާރު ކުރަން، ޓީމު އޮތީ ރަނގަޅު ހިތްވަރެއްގައި: ސްކަލޯނީ

11 ޖުލައި 2026 | ހޮނިހިރު 05:08

މުބާރާތުގައި އާޖެންޓީނާ އިން ދައްކަމުން އަންނަ ކުޅުމާ ގުޅޭ ގޮތުން ސްކަލޯނީ ބުނީ ގަދަ 32 ގައި ކޭޕް ވާޑްއާ ދެކޮޅަށް ކުޅުނު މެޗާއި، ގަދަ 16 ގައި މިޞްރާ ދެކޮޅަށް ކުޅުނު މެޗުގައި ހެދުނު ބައެއް ގޯސްތައް ފިޔަވައި، ޓީމުގެ ކުޅުން ރަނގަޅު ކަމަށް. އެހެން ނަމަވެސް، އަދިވެސް އާޖެންޓީނާ އިން ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރި ކަމަށް ސްކަލޯނީ ވަނީ ބުނެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޖުލައި 2026 | ހޮނިހިރު 05:08
އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ އާއި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ.

އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ އާއި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ. | ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ސްވިޒަލެންޑާ ދެކޮޅަށް ނިކުންނައިރު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް އިތުބާރު އޮންނަ ކަމަށާއި، ޓީމު އޮތީ ރަނގަޅު ހިތްވަރެއްގައި ކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.

ސްކަލޯނީ މިހެން ބުނެފައި ވަނީ އާދީއްތަ ދުވަހުގެ ހެނދުނު ކުއާޓާ ފައިނަލްގައި ސްވިޒަލެންޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. 

ސްކަލޯނީ ބުނީ މެސީ އަކީ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި، ޒަމާން ތަކެއް ވަންދެން އެގޮތުގައި މެސީ ދެމި ހުންނާނެ ކަމަށެވެ. ނަމަވެސް، މެސީގެ ކުޅުމަށް ވެސް ބަދަލު ތަކެއް އަންނާނެ ކަމަށާއި، ކޮންމެ ވެސް ދުވަހަކުން އެކަން ބަދަލު ވާނެ ކަމަށް ވެސް ސްކަލޯނީ ބުންޏެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާގައި ހުރި އެންމެ މުހިންމު ކުޅުންތެރިޔަކީ ވެސް މެސީ ކަމަށް ސްކަލޯނީ ބުންޏެވެ.

މުބާރާތުގައި އާޖެންޓީނާ އިން ދައްކަމުން އަންނަ ކުޅުމާ ގުޅޭ ގޮތުން ސްކަލޯނީ ބުނީ ގަދަ 32 ގައި ކޭޕް ވާޑްއާ ދެކޮޅަށް ކުޅުނު މެޗާއި، ގަދަ 16 ގައި މިޞްރާ ދެކޮޅަށް ކުޅުނު މެޗުގައި ހެދުނު ބައެއް ގޯސްތައް ފިޔަވައި، ޓީމުގެ ކުޅުން ރަނގަޅު ކަމަށެވެ. އެހެން ނަމަވެސް، އަދިވެސް އާޖެންޓީނާ އިން ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރި ކަމަށް ސްކަލޯނީ ވަނީ ބުނެފައި އެވެ. 

ސްވިޒަލެންޑްއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ، އެ ޓީމަކީ ވެސް ވަރަށް ވަރުގަދަ ޓީމެއް ކަމަަށެވެ. އަދި ސްވިޒަލެންޑްއާ ދެކޮޅަށް ކުޅުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ވެސް ސްކަލޯނީ ބުންޏެވެ. މުބާރާތުގެ މިހާ ހިސާބަށް އަންނަ ޓީމު އެއްވެސް ޓީމެއް ފަސޭހަ ނުވާނެކަން ފާާހަގަކޮށް ސްކަލޯނީ ބުނީ، ސްވިޒަލެންޑުގައި ވެސް ތިބީ ތަޖުރިބާާކާރު ކުޅުންތެރިން ކަމަށެވެ. 

ކުއާޓާ ފައިނަލްގެ މެޗު ކާމިޔާބުކޮށް، މުބާރާތުގެ ސެމީ ފައިނަލް އަށް ދިޔުމަށް އާޖެންޓީނާ އިން ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ސްކަލޯނީ ބުންޏެވެ. އޭނާ ބުނީ، އާޖެންޓީނާގެ ކުޅުންތެރިންގެ ކިބައިން އެދެން ބޭނުން ވަނީ އެންމެ ކަމަކަށް ކަމަށެވެ. އެގޮތުން އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރުމާއި، ހިތްވަރު ދޫކޮށް ނުލުމަށް ސްކަލޯނީ ވަނީ އެދިފައި އެވެ.

މުބާރާތުގެ ގަދަ 16 ގައި މިޞްރާ ދެކޮޅަށް ކުޅުނު މެޗުން އާޖެންޓީނާ މޮޅުވެފައި ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެންނެވެ. މެޗުގައި މިޞްރުން ދެ ލަނޑު ޖަހައިގެން ލީޑު ނަގާފައި ވަނިކޮށް، މެޗުގެ ފަހު 11 މިނެޓުގައި ތިން ލަނޑު ޖަހަައިގެން އާޖެންޓީނާ ވަނީ މެޗުން މޮޅުވެފައި އެވެ. އެކަމަށް އިޝާރާތްކޮށް ސްކަލޯނީ ބުނީ، އާޖެންޓީނާގެ ކުޅުންތެރިންގެ ކިބައިން ފެންނަން ބޭނުން ވަނީ އެ ހިތްވަރު ކަމަށެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގައި އާޖެންޓީނާ އާއި ސްވިޒަލެންޑު ބައްދަލު ކުރާ މެޗު އޮންނާނީ އާދީއްތަ ދުވަހުގެ ހެނދުނު ހައެއް ޖަހާއިރު އެވެ. 

އާޖެންޓީނާލިއޮނެލް މެސީލިއޮނަލް ސްކަލޯނީ ފީފާ ވޯލްޑް ކަޕްފުޓްބޯޅަ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 ޖުލައި 2026

ފަހު ވަގުތު ބެލްޖިއަމް ބަލިކޮށް، ސްޕެއިން ސެމީ ފައިނަލް އަށް

11 ޖުލައި 2026
ފަހު ވަގުތު ބެލްޖިއަމް ބަލިކޮށް، ސްޕެއިން ސެމީ ފައިނަލް އަށް
10 ޖުލައި 2026

ސްޕެއިން އާއި ބެލްޖިއަމް: ވޯލްޑް ކަޕް ކުއާޓާ ފައިނަލް – ލަފާކުރުންތަކާއި، މެޗު ފަށާ ގަޑި އަދި ފުރަތަމަ އެގާރަ

10 ޖުލައި 2026
ސްޕެއިން އާއި ބެލްޖިއަމް: ވޯލްޑް ކަޕް ކުއާޓާ ފައިނަލް – ލަފާކުރުންތަކާއި، މެޗު ފަށާ ގަޑި އަދި ފުރަތަމަ އެގާރަ
10 ޖުލައި 2026

މޮރޮކޯ ބަލިކޮށް ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ފްރާންސް އަށް

10 ޖުލައި 2026
މޮރޮކޯ ބަލިކޮށް ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ފްރާންސް އަށް
09 ޖުލައި 2026

އިންގްލެންޑުން ވޯލްޑް ކަޕް ކާމިޔާބު ކޮށްފި ނަމަ، ސަރުކާރު ބަންދު ކުރަނީ

09 ޖުލައި 2026
އިންގްލެންޑުން ވޯލްޑް ކަޕް ކާމިޔާބު ކޮށްފި ނަމަ، ސަރުކާރު ބަންދު ކުރަނީ
09 ޖުލައި 2026

ފްރާންސް ބަލިކުރެވޭނެ ބަޔަކު އެބަތިބިތޯ ކުރެވޭ ސުވާލަށް ކުޅިވަރު ދިރާސާ ކުރާ ފަރާތްތަކުގެ ބަސް

09 ޖުލައި 2026
ފްރާންސް ބަލިކުރެވޭނެ ބަޔަކު އެބަތިބިތޯ ކުރެވޭ ސުވާލަށް ކުޅިވަރު ދިރާސާ ކުރާ ފަރާތްތަކުގެ ބަސް
09 ޖުލައި 2026

ރެފްރީންނަށް އިތުބާރު ކުރަން، ވާދަވެރިންނަކީ މޮރޮކޯ: ޑެޝޯމްޕްސް

09 ޖުލައި 2026
ރެފްރީންނަށް އިތުބާރު ކުރަން، ވާދަވެރިންނަކީ މޮރޮކޯ: ޑެޝޯމްޕްސް
09 ޖުލައި 2026

ފީފާގެ ރެފްރީންގެ އިސްވެރިޔާ ކޮލީނާގެ ބަސް: ރެފްރީންގެ ނިންމުން ރަނގަޅު، އިންސާފުވެރިކަމާ މެދު ސުވާލު އުފެއްދުން ބަލައި ނުގަނެވޭނެ!

09 ޖުލައި 2026
ފީފާގެ ރެފްރީންގެ އިސްވެރިޔާ ކޮލީނާގެ ބަސް: ރެފްރީންގެ ނިންމުން ރަނގަޅު، އިންސާފުވެރިކަމާ މެދު ސުވާލު އުފެއްދުން ބަލައި ނުގަނެވޭނެ!
09 ޖުލައި 2026

ޣައްޒާގައި ވޯލްޑް ކަޕް މެޗުތައް ދެއްކުމުގެ އިންތިޒާމުގައި އުޅުނު ފަރާތްވެސް އިސްރާއީލުން ޝަހީދު ކޮށްލައިފި

09 ޖުލައި 2026
ޣައްޒާގައި ވޯލްޑް ކަޕް މެޗުތައް ދެއްކުމުގެ އިންތިޒާމުގައި އުޅުނު ފަރާތްވެސް އިސްރާއީލުން ޝަހީދު ކޮށްލައިފި
08 ޖުލައި 2026

ފީފާ އިން އާޖެންޓީނާއަށް ބުރަވީތަ؟

08 ޖުލައި 2026
ފީފާ އިން އާޖެންޓީނާއަށް ބުރަވީތަ؟
08 ޖުލައި 2026

އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގެ ރެފްރީގެ ޝަކުވާާ މިޞްރުން ހުށަހަޅައިފި

08 ޖުލައި 2026
އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގެ ރެފްރީގެ ޝަކުވާާ މިޞްރުން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް