Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑްކަޕް

އެމެރިކާ އާއި މެކްސިކޯ މުބާރާތުން ކެޓުމުން ވޯލްޑް ކަޕް ޓިކެޓް އަގުތައް ދަށަށް

11 ޖުލައި 2026 | ހޮނިހިރު 05:47

ވޯލްޑް ކަޕް ބާއްވާ ގައުމުތައް ކަމަށްވާ އެމެރިކާ އާއި މެކްސިކޯ މުބާރާތުން ކެޓުމާ ގުޅިގެން، ކުއާޓާ ފައިނަލް މެޗުތަކުގެ ޓިކެޓްގެ އަގުތައް 65 އިންސައްތައާ ހަމައަށް ވަނީ ދަށްވެފައި.

ރާއްޖެ އެމްވީ | 11 ޖުލައި 2026 | ހޮނިހިރު 05:47
ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ ގަދަ 16 ގައި މޮރޮކޯ އާއި ސްޕެއިން ބައްދަލުކުރާ މެޗުގެ ކުރިން، މޮރޮކޯގެ ސަޕޯޓަރަކު އެ މެޗުގެ ޓިކެޓްތައް ދައްކާލަނީ

ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ ގަދަ 16 ގައި މޮރޮކޯ އާއި ސްޕެއިން ބައްދަލުކުރާ މެޗުގެ ކުރިން، މޮރޮކޯގެ ސަޕޯޓަރަކު އެ މެޗުގެ ޓިކެޓްތައް ދައްކާލަނީ | ގެޓީ އިމޭޖަސް

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން އެމެރިކާ އާއި މެކްސިކޯ ކެޓުމަކީ، އަގުހެޔޮކޮށް ޓިކެޓް ހޯދަން ބޭނުންވާ ސަޕޯޓަރުންނަށް ލިބުނު ބޮޑު ކުރިއެރުމަކަށް ވަނީ ވެފަ އެވެ.

ޓިކެޓް ވިއްކާ ސެކަންޑަރީ މާކެޓްޕްލޭސްއެއް ކަމަށްވާ "ޓިކްޕިކް" އިން ހާމަކުރި ގޮތުގައި، ހުކުރު ދުވަހު ކުޅުނު ސްޕެއިން އާއި ބެލްޖިއަމް ބައްދަލުކުރާ މެޗުގެ ޓިކެޓްގެ އަގުތައް ވަނީ 65 އިންސައްތަ ދަށަށް ގޮސްފަ އެވެ. މި ހަފުތާގެ ކުރީކޮޅު ކުޅުނު މެޗުން އެމެރިކާ މޮޅުވި ނަމަ، މި މެޗުގައި ކުޅޭނީ އެމެރިކާ އެވެ.

މިދިޔަ ހޯމަ ދުވަހު އެމެރިކާ ބަލިވުމުގެ ކުރިން، ޓިކްޕިކް މެދުވެރިކޮށް އެންމެ އަގުހެޔޮކޮށް ލިބެން ހުރި ޓިކެޓެއްގެ އަގު ހުރީ ގާތްގަނޑަކަށް 3،200 ޑޮލަރުގަ އެވެ. ނަމަވެސް އެމެރިކާ ބަލިވި ފަހުން އަގުތައް ވަރަށް ބޮޑަށް ދަށަށް ގޮސް، ލޮސް އެންޖެލިސްގައި މެންދުރުފަހު ކުޅޭ މެޗުގެ ޓިކެޓެއްގެ އަގު މިހާރު ވަނީ 1،100 ޑޮލަރަށް ތިރިވެފަ އެވެ.

މެކްސިކޯގެ ހާލަތަށް ބަލާއިރު، މިދިޔަ އާދިއްތަ ދުވަހު އިންގްލެންޑް އަތުން އެ ގައުމު ބަލިވުމާ ގުޅިގެން ޓިކެޓްގެ އަގުތައް 45 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް ޓިކްޕިކް އިން ބުނެ އެވެ. މިއާމީގައި ހޮނިހިރު ދުވަހު ކުޅޭ ފޯރިގަދަ މެޗުގެ އެންމެ އަގުހެޔޮ ޓިކެޓްތަކުގެ އަގު ކުރިން 4،000 ޑޮލަރާ ގާތްކުރި ނަމަވެސް، މިހާރު އެ އަގުތައް ވަނީ 2،000 ޑޮލަރަށް ދަށްވެފަ އެވެ.

ޓިކްޕިކްގެ ކޯ-ސީއީއޯ ބްރެޓް ގޯލްޑްބާގް ސީއެންއެންއަށް މައުލޫމާތު ދެމުން ބުނީ، ކުއާޓާ ފައިނަލްގެ ޓިކެޓްތަކުގެ އަގުތައް ކަނޑައަޅާފައިވަނީ މެކްސިކޯ އާއި އެމެރިކާ ވެސް މުބާރާތުގެ ކުރިއަށްދާނެ ކަމަށް ބަލައިގެން ކަމަށެވެ. ނަމަވެސް ގަދަ 16 ގެ ބުރުގައި ޖެހިޖެހިގެން ދެ ދުވަހު މި ދެ ގައުމު ބަލިވުމާއެކު، އެ ގައުމުތައް ކުޅެން އޮތް ކުއާޓާ ފައިނަލް މެޗުތަކުގެ ޑިމާންޑް ވަގުތުން އަދި ވަރަށް ބޮޑަށް ދަށަށް ދިޔައީ ކަމަށް އޭނާ ފާހަގަކުރި އެވެ.

މިދިޔަ ހަފުތާގައި ކެނެޑާ ވެސް މުބާރާތުން ކަޓާފައިވާއިރު، މިއީ މުބާރާތް ބާއްވާ ތިން ގައުމު ވެސް ވޯލްޑް ކަޕުން ވަކިވި ފަހަރެވެ. އެމެރިކާ އާއި ހާއްސަކޮށް މެކްސިކޯ މުބާރާތުން ވަކިވުމަކީ، އެމެރިކާގެ 18 ސަރަހައްދެއްގައި ހިންގާ "ޓޮމްސް ވޮޗް ބާ" ފަދަ ކުޅިވަރު ބާތަކުގެ ވިޔަފާރިއަށް ލިބުނު ބޮޑު ގެއްލުމެކެވެ.

އެ ކުންފުނީގެ ކޯ-ފައުންޑަރ އަދި ކޯ-ސީއީއޯ ބްރޫކްސް ޝާޑަން ބުނި ގޮތުގައި، މެކްސިކޯ އާއި އެމެރިކާ ކުޅޭ ދުވަސްތަކަކީ އެ ކުންފުނީގެ ވިޔަފާރި ވަރަށް ބޮޑަށް ކުރިއަރާ ދުވަސްތަކެކެވެ. ނަމަވެސް މި ދެ ގައުމު މުބާރާތުން ވަކިވުމާއެކު، ވޯލްޑް ކަޕްގެ ކުރިއަށް ހުރި ދުވަސްތަކުގައި ވިޔަފާރި 50 އިންސައްތަ ދަށަށް ދާނެ ކަމަށް އޭނާ މިހާރު ލަފާކުރެ އެވެ.

ފީފާ ވޯލްޑް ކަޕްފުޓްބޯޅަ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 ޖުލައި 2026

ޓުޗެލް ދެކޭ ގޮތުގަައި އިންގްލެންޑަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހާލަންޑް ހުއްޓުވުން

11 ޖުލައި 2026
ޓުޗެލް ދެކޭ ގޮތުގަައި އިންގްލެންޑަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހާލަންޑް ހުއްޓުވުން
11 ޖުލައި 2026

މެސީ އަށް އިތުބާރު ކުރަން، ޓީމު އޮތީ ރަނގަޅު ހިތްވަރެއްގައި: ސްކަލޯނީ

11 ޖުލައި 2026
މެސީ އަށް އިތުބާރު ކުރަން، ޓީމު އޮތީ ރަނގަޅު ހިތްވަރެއްގައި: ސްކަލޯނީ
11 ޖުލައި 2026

ފަހު ވަގުތު ބެލްޖިއަމް ބަލިކޮށް، ސްޕެއިން ސެމީ ފައިނަލް އަށް

11 ޖުލައި 2026
ފަހު ވަގުތު ބެލްޖިއަމް ބަލިކޮށް، ސްޕެއިން ސެމީ ފައިނަލް އަށް
10 ޖުލައި 2026

ސްޕެއިން އާއި ބެލްޖިއަމް: ވޯލްޑް ކަޕް ކުއާޓާ ފައިނަލް – ލަފާކުރުންތަކާއި، މެޗު ފަށާ ގަޑި އަދި ފުރަތަމަ އެގާރަ

10 ޖުލައި 2026
ސްޕެއިން އާއި ބެލްޖިއަމް: ވޯލްޑް ކަޕް ކުއާޓާ ފައިނަލް – ލަފާކުރުންތަކާއި، މެޗު ފަށާ ގަޑި އަދި ފުރަތަމަ އެގާރަ
10 ޖުލައި 2026

މޮރޮކޯ ބަލިކޮށް ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ފްރާންސް އަށް

10 ޖުލައި 2026
މޮރޮކޯ ބަލިކޮށް ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ފްރާންސް އަށް
09 ޖުލައި 2026

އިންގްލެންޑުން ވޯލްޑް ކަޕް ކާމިޔާބު ކޮށްފި ނަމަ، ސަރުކާރު ބަންދު ކުރަނީ

09 ޖުލައި 2026
އިންގްލެންޑުން ވޯލްޑް ކަޕް ކާމިޔާބު ކޮށްފި ނަމަ، ސަރުކާރު ބަންދު ކުރަނީ
09 ޖުލައި 2026

ފްރާންސް ބަލިކުރެވޭނެ ބަޔަކު އެބަތިބިތޯ ކުރެވޭ ސުވާލަށް ކުޅިވަރު ދިރާސާ ކުރާ ފަރާތްތަކުގެ ބަސް

09 ޖުލައި 2026
ފްރާންސް ބަލިކުރެވޭނެ ބަޔަކު އެބަތިބިތޯ ކުރެވޭ ސުވާލަށް ކުޅިވަރު ދިރާސާ ކުރާ ފަރާތްތަކުގެ ބަސް
09 ޖުލައި 2026

ރެފްރީންނަށް އިތުބާރު ކުރަން، ވާދަވެރިންނަކީ މޮރޮކޯ: ޑެޝޯމްޕްސް

09 ޖުލައި 2026
ރެފްރީންނަށް އިތުބާރު ކުރަން، ވާދަވެރިންނަކީ މޮރޮކޯ: ޑެޝޯމްޕްސް
09 ޖުލައި 2026

ފީފާގެ ރެފްރީންގެ އިސްވެރިޔާ ކޮލީނާގެ ބަސް: ރެފްރީންގެ ނިންމުން ރަނގަޅު، އިންސާފުވެރިކަމާ މެދު ސުވާލު އުފެއްދުން ބަލައި ނުގަނެވޭނެ!

09 ޖުލައި 2026
ފީފާގެ ރެފްރީންގެ އިސްވެރިޔާ ކޮލީނާގެ ބަސް: ރެފްރީންގެ ނިންމުން ރަނގަޅު، އިންސާފުވެރިކަމާ މެދު ސުވާލު އުފެއްދުން ބަލައި ނުގަނެވޭނެ!
09 ޖުލައި 2026

ޣައްޒާގައި ވޯލްޑް ކަޕް މެޗުތައް ދެއްކުމުގެ އިންތިޒާމުގައި އުޅުނު ފަރާތްވެސް އިސްރާއީލުން ޝަހީދު ކޮށްލައިފި

09 ޖުލައި 2026
ޣައްޒާގައި ވޯލްޑް ކަޕް މެޗުތައް ދެއްކުމުގެ އިންތިޒާމުގައި އުޅުނު ފަރާތްވެސް އިސްރާއީލުން ޝަހީދު ކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް