Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

މޮރޮކޯ ބަލިކޮށް ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ފްރާންސް އަށް

10 ޖުލައި 2026 | ހުކުރު 03:41

މުބާރާތުގެ ސެމީ ފައިނަލްގައި ފްރާންސް ނިކުންނާނީ ސްޕެއިން އާއި ބެލްޖިއަމް ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ޖުލައި 2026 | ހުކުރު 03:41
މެޗުގައި ލަނޑު ޖެހުމަށް ފަހު ފްރާންސްގެ ކެޕްޓަން އެމްބާޕޭ އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު ފްރާންސްގެ ކެޕްޓަން އެމްބާޕޭ އުފާ ފާޅު ކުރަނީ. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ފްރާންސް އިން މުބާރާތުގެ ސެމީ ފައިނަލް އިން ޖާގަ ހޯދައިފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ފްރާންސް އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި ފްރާންސް އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގައި އެވެ. 

މެޗު ފަށައިގެން 28 ވަނަ މިނެޓުގައި ފްރާންސް އަށް ވަނީ ލީޑު ނަގައިދޭން ރަނގަޅު ފުރުސަތެއް ލިބިފައި އެވެ. އެގޮތުން ފްރާންސް އަށް ލިބުނު ޕެނަލްޓީ ކެޕްޓަން ކީލިއަން އެމްބާޕޭ ފޮނުވާލި ނަމަވެސް، މޮރޮކޯގެ ގޯލު ކީޕަރު ޔަސީން ބޯނޯ ވަނީ އެ ބޯޅަ މަތަކޮށްފައި އެވެ. 

ނަމަވެސް މެޗުގެ ދެ ވަނަ ހާފު ފަށައިގެން 14 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ ލަނޑު ޖަހައި ފްރާންސް އަށް ލީޑު ނަގައިދީފައި އެވެ. އެއީ ޑިސެއޭ ޑޯއޫ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. 

އޭގެ ފަހުން މެޗުގެ 66 ވަނަ މިނެޓުގައި އޮސްމާން ޑެމްބެލޭ ވަނީ ފްރާންސްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފައި އެވެ. އެ ލަނޑު ޖަހަން ޑެމްބެލޭ އަށް ފުރުސަތު ތަނަވަސްކޮށްދިނީ އެމްބާޕޭ އެވެ. 

މީގެ ކުރިން 2022 ވަނަ އަހަރު ޤަތަރުގައި ކުރިއަށް ދިޔަ ވޯލްޑް ކަލްގެ ސެމީ ފައިނަލްގައި ވާދަކުރީ ފްރާންސް އާއި މޮރޮކޯ އެވެ. އެފަހަރުގެ މެޗު ވެސް ފްރާންސް އިން ކާމިޔާބު ކުރީ 2-0 އިންނެވެ. 

މުބާރާތުގެ ސެމީ ފައިނަލްގައި ފްރާންސް ނިކުންނާނީ ސްޕެއިން އާއި ބެލްޖިއަމް ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. 

ފްރާންސްމޮރޮކޯފުޓްބޯޅަފީފާ ވޯލްޑް ކަޕް

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

09 ޖުލައި 2026

އިންގްލެންޑުން ވޯލްޑް ކަޕް ކާމިޔާބު ކޮށްފި ނަމަ، ސަރުކާރު ބަންދު ކުރަނީ

09 ޖުލައި 2026
އިންގްލެންޑުން ވޯލްޑް ކަޕް ކާމިޔާބު ކޮށްފި ނަމަ، ސަރުކާރު ބަންދު ކުރަނީ
09 ޖުލައި 2026

ފްރާންސް ބަލިކުރެވޭނެ ބަޔަކު އެބަތިބިތޯ ކުރެވޭ ސުވާލަށް ކުޅިވަރު ދިރާސާ ކުރާ ފަރާތްތަކުގެ ބަސް

09 ޖުލައި 2026
ފްރާންސް ބަލިކުރެވޭނެ ބަޔަކު އެބަތިބިތޯ ކުރެވޭ ސުވާލަށް ކުޅިވަރު ދިރާސާ ކުރާ ފަރާތްތަކުގެ ބަސް
09 ޖުލައި 2026

ރެފްރީންނަށް އިތުބާރު ކުރަން، ވާދަވެރިންނަކީ މޮރޮކޯ: ޑެޝޯމްޕްސް

09 ޖުލައި 2026
ރެފްރީންނަށް އިތުބާރު ކުރަން، ވާދަވެރިންނަކީ މޮރޮކޯ: ޑެޝޯމްޕްސް
09 ޖުލައި 2026

ފީފާގެ ރެފްރީންގެ އިސްވެރިޔާ ކޮލީނާގެ ބަސް: ރެފްރީންގެ ނިންމުން ރަނގަޅު، އިންސާފުވެރިކަމާ މެދު ސުވާލު އުފެއްދުން ބަލައި ނުގަނެވޭނެ!

09 ޖުލައި 2026
ފީފާގެ ރެފްރީންގެ އިސްވެރިޔާ ކޮލީނާގެ ބަސް: ރެފްރީންގެ ނިންމުން ރަނގަޅު، އިންސާފުވެރިކަމާ މެދު ސުވާލު އުފެއްދުން ބަލައި ނުގަނެވޭނެ!
09 ޖުލައި 2026

ވަގުތު ބޭކާރު ކުރެވޭކަށް ނެތް، މޮރޮކޯ އިން ބޭނުން ވަނީ ވޯލްޑް ކަޕްގެ ތަށި: އުއާބީ

09 ޖުލައި 2026
ވަގުތު ބޭކާރު ކުރެވޭކަށް ނެތް، މޮރޮކޯ އިން ބޭނުން ވަނީ ވޯލްޑް ކަޕްގެ ތަށި: އުއާބީ
09 ޖުލައި 2026

ޣައްޒާގައި ވޯލްޑް ކަޕް މެޗުތައް ދެއްކުމުގެ އިންތިޒާމުގައި އުޅުނު ފަރާތްވެސް އިސްރާއީލުން ޝަހީދު ކޮށްލައިފި

09 ޖުލައި 2026
ޣައްޒާގައި ވޯލްޑް ކަޕް މެޗުތައް ދެއްކުމުގެ އިންތިޒާމުގައި އުޅުނު ފަރާތްވެސް އިސްރާއީލުން ޝަހީދު ކޮށްލައިފި
08 ޖުލައި 2026

ފީފާ އިން އާޖެންޓީނާއަށް ބުރަވީތަ؟

08 ޖުލައި 2026
ފީފާ އިން އާޖެންޓީނާއަށް ބުރަވީތަ؟
08 ޖުލައި 2026

އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގެ ރެފްރީގެ ޝަކުވާާ މިޞްރުން ހުށަހަޅައިފި

08 ޖުލައި 2026
އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގެ ރެފްރީގެ ޝަކުވާާ މިޞްރުން ހުށަހަޅައިފި
08 ޖުލައި 2026

މިސްރުގެ ސަލާހް ގައުމީޓީމަށް ކުޅުނު ފަހު މެޗު - ވީއޭއާރުގެ ސުވާލު އުފެދޭ ނިންމުމާއި، ރެފްރީ އާޖެންޓިނާ ކޮޅަށް ޖެހިފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް!

08 ޖުލައި 2026
މިސްރުގެ ސަލާހް ގައުމީޓީމަށް ކުޅުނު ފަހު މެޗު - ވީއޭއާރުގެ ސުވާލު އުފެދޭ ނިންމުމާއި، ރެފްރީ އާޖެންޓިނާ ކޮޅަށް ޖެހިފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް!
07 ޖުލައި 2026

ބަލޯގަންގެ ރަތްކާޑުގެ އަދަބު ލުއިކުރުމާ ގުޅިގެން ފީފާގެ ރައީސް އިންފަންޓީނޯ ގެ މައްސަލަ ބެލުމަށް ޔޫރަޕްގެ ޕާލަމެންޓުގެ މެމްބަރުން ގޮވާލައިފި

07 ޖުލައި 2026
ބަލޯގަންގެ ރަތްކާޑުގެ އަދަބު ލުއިކުރުމާ ގުޅިގެން ފީފާގެ ރައީސް އިންފަންޓީނޯ ގެ މައްސަލަ ބެލުމަށް ޔޫރަޕްގެ ޕާލަމެންޓުގެ މެމްބަރުން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް