Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ޓުޗެލް ދެކޭ ގޮތުގަައި އިންގްލެންޑަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހާލަންޑް ހުއްޓުވުން

11 ޖުލައި 2026 | ހޮނިހިރު 05:09

މުބާރާތުގައި އިންގްލެންޑުން ދައްކަމުން އަންނަ ކުޅުމާ މެދު ސުވާލު ތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި ޓުޗެލް ބުނީ، އިންގްލެންޑުން އެ ޓީމުގެ ކުޅުން ރަނގަޅު ކުރަން ޖެހޭ ކަމަށް. އޭނާ ބުނީ ބައެއް ޙާލަތް ތަކުގައި އިންގްލެންޑުގެ ކުޅުން ލަސްވާ ކަމަށެވެ. ކުއާޓާ ފައިނަލް އަށް ނިކުންނައިރު، ޓުޗެލް ބޭނުން ވަނީ ޕްރިމިއާ ލީގުގެ ފޯރި އިންގްލެންޑުން ފެންނަން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޖުލައި 2026 | ހޮނިހިރު 05:09
ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ނޯވޭއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިންގްލެންޑުގެ ކޯޗު ތޯމަސް ޓުޗެލް ވާހަކަ ދައްކަނީ.

ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ނޯވޭއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިންގްލެންޑުގެ ކޯޗު ތޯމަސް ޓުޗެލް ވާހަކަ ދައްކަނީ. | ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ނޯވޭއާ ދެކޮޅަށް ނިކުންނައިރު، އިންގްލެންޑަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ނޯވޭގެ ފޯވާޑް އާލިން ހާލަންޑު ކަމަށް، އިންގްލެންޑުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ޓުޗެލް މިހެން ބުނެފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ނޯވޭއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. 

ނޯވޭއާ ދެކޮޅަށް ނިކުންނައިރު، މީގެ ކުރިން ބައެެއް ކުލަބު ތަކަށް އިރުޝާދު ދިންއިރު ހާލަންޑުގެ ފަރާތުން ކުރިމަތިވި ނުރައްކާ ތަކުގެ ހަނދާން ޓުޗެލް ވަނީ އައު ކޮށްފައި އެވެ. ޖަރުމަނުގެ ބަޔާން މިއުނިކް އަށް ޓުޗެލް އިރުޝާދު ދިންއިރު، ހާލަންޑު ވަނީ ޗެމްޕިއަންސް ލީގުގެ ދެ ލެގުގައި ވެސް ލަނޑު ޖަހައި ބަޔާން ކަޓުވާލައިފަ އެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ހާލަންޑު މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، ހަތަރު މެޗުގައި އޭނާ ވަނީ ހަތް ލަނޑު ޖަހައިފަ އެވެ. ނޯވޭ އިން މުބާރާތުގެ ގަދަ 16 ގައި ބްރެޒިލް ބަލި ކުރި މެޗުގައި ވެސް ހާާލަންޑު ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އިންގްލެންޑު މެޗުގެ ކުރިން ހާލަންޑު ބުނެފައި ވަނީ ފޭވަރިޓުންނަކީ އިންގްލެންޑު ކަމަށާއި، ހުރިހާ ޕްރެޝަރެއް ވެސް އޮތީ އެ ޓީމަށް ކަމަށެވެ. 

ނަމަވެސް، ޓުޗެލް ބުނީ ނޯވޭ އަކީ އާދައިގެ ޓީމެއް ނޫން ކަމަށެވެ. ޚާއްސަކޮށް ބްރެޒިލް ފަދަ ޤައުމެއް ބަލި ކުރުމަކީ، އެ ޓީމުގެ ފެންވަރު ސާބިތުވާ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ. 

މުބާރާތުގައި އިންގްލެންޑުން ދައްކަމުން އަންނަ ކުޅުމާ މެދު ސުވާލު ތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި ޓުޗެލް ބުނީ، އިންގްލެންޑުން އެ ޓީމުގެ ކުޅުން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އޭނާ ބުނީ ބައެއް ޙާލަތް ތަކުގައި އިންގްލެންޑުގެ ކުޅުން ލަސްވާ ކަމަށެވެ. ކުއާޓާ ފައިނަލް އަށް ނިކުންނައިރު، ޓުޗެލް ބޭނުން ވަނީ ޕްރިމިއާ ލީގުގެ ފޯރި އިންގްލެންޑުން ފެންނާށެވެ. 

މީގެ އިތުރުން ޓުޗެލް ބުނީ، އެމެރިކާގެ މިއާމީގެ ހޫނު މިން 34 ޑިގްރީ ސެލްސިއަސްގައި ހުރުމަކީ ވެސް ކުޅުންތެރިންނަށް ކުރިމަތި ވާނެ އިމްތިހާނެއް ކަމަށެވެ. ނަމަވެސް، ފްލޮރިޑާގައި ކުރިއަށް ގެންދިޔަ ތަމްރީނު ތަކުގެ ސަބަބުން ކުޅުންތެރިން ތިބީ ހޫނަށް ހޭނިފައި ކަމަށް ވެސް ޓުޗެލް ބުންޏެވެ. 

ހާލަންޑު ހުއްޓުވާނެ ގޮތަކާ މެދު ސުވާލު ކުރުމުން ޓުޗެލް ބުނީ، އޭނާ އަކީ ހުރިިހާ ހަތިޔާރެއް ލިބިފައިވާ ކުޅުންތެރިޔެއް ކަމަށެވެ. ޑިފެންޑަރުން ހާލަންޑާ ކުރިމަތިލައިފި ނަމަ، އެ ޑިފެންޑަރުން ފަހަތަށް ޖައްސާލާފައި ވެސް ހާލަންޑު ލަނޑު ޖަހާ ކަމަށް އޭނާ ބުންޏެވެ. މި ހުރިހާ ކަމަކާ އެކު އިންގްލެންޑަށް ޕްރެޝަރު ބޮޑު މެޗެއް ކުރިމަތީގައި އޮތް ނަމަވެސް، ކުޅުންތެރިން ޖެހިލުންވެފައި ތިބި ކަމަށް ޤަބޫލު ނުކުރާ ކަމަށް ޓުޗެލް ވަނީ ބުނެފައި އެވެ. 

މުބާރާތުގެ ކުއާޓާ ފައިނަލްގައި އިންގްލެންޑާއި ނޯވޭ ބައްދަލު ކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ދޭއް ޖަހާއިރު އެވެ.

އިނގިރޭސިވިލާތްނޯވޭތޯމަސް ޓުޗެލްއާލިން ހާލަންޑްފީފާ ވޯލްޑް ކަޕްފުޓްބޯޅަ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 ޖުލައި 2026

މެސީ އަށް އިތުބާރު ކުރަން، ޓީމު އޮތީ ރަނގަޅު ހިތްވަރެއްގައި: ސްކަލޯނީ

11 ޖުލައި 2026
މެސީ އަށް އިތުބާރު ކުރަން، ޓީމު އޮތީ ރަނގަޅު ހިތްވަރެއްގައި: ސްކަލޯނީ
11 ޖުލައި 2026

ފަހު ވަގުތު ބެލްޖިއަމް ބަލިކޮށް، ސްޕެއިން ސެމީ ފައިނަލް އަށް

11 ޖުލައި 2026
ފަހު ވަގުތު ބެލްޖިއަމް ބަލިކޮށް، ސްޕެއިން ސެމީ ފައިނަލް އަށް
10 ޖުލައި 2026

ސްޕެއިން އާއި ބެލްޖިއަމް: ވޯލްޑް ކަޕް ކުއާޓާ ފައިނަލް – ލަފާކުރުންތަކާއި، މެޗު ފަށާ ގަޑި އަދި ފުރަތަމަ އެގާރަ

10 ޖުލައި 2026
ސްޕެއިން އާއި ބެލްޖިއަމް: ވޯލްޑް ކަޕް ކުއާޓާ ފައިނަލް – ލަފާކުރުންތަކާއި، މެޗު ފަށާ ގަޑި އަދި ފުރަތަމަ އެގާރަ
10 ޖުލައި 2026

އިނގިރޭސިވިލާތާއި ނޯވޭ މެޗް: ފީފާ ވޯލްޑް ކަޕް ކުއާޓާ ފައިނަލުގެ ކުރިން އެނގެންޖެހޭ މުހިންމު ކަންތައްތައް

10 ޖުލައި 2026
އިނގިރޭސިވިލާތާއި ނޯވޭ މެޗް: ފީފާ ވޯލްޑް ކަޕް ކުއާޓާ ފައިނަލުގެ ކުރިން އެނގެންޖެހޭ މުހިންމު ކަންތައްތައް
10 ޖުލައި 2026

މޮރޮކޯ ބަލިކޮށް ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ފްރާންސް އަށް

10 ޖުލައި 2026
މޮރޮކޯ ބަލިކޮށް ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ފްރާންސް އަށް
09 ޖުލައި 2026

އިންގްލެންޑުން ވޯލްޑް ކަޕް ކާމިޔާބު ކޮށްފި ނަމަ، ސަރުކާރު ބަންދު ކުރަނީ

09 ޖުލައި 2026
އިންގްލެންޑުން ވޯލްޑް ކަޕް ކާމިޔާބު ކޮށްފި ނަމަ، ސަރުކާރު ބަންދު ކުރަނީ
09 ޖުލައި 2026

ފްރާންސް ބަލިކުރެވޭނެ ބަޔަކު އެބަތިބިތޯ ކުރެވޭ ސުވާލަށް ކުޅިވަރު ދިރާސާ ކުރާ ފަރާތްތަކުގެ ބަސް

09 ޖުލައި 2026
ފްރާންސް ބަލިކުރެވޭނެ ބަޔަކު އެބަތިބިތޯ ކުރެވޭ ސުވާލަށް ކުޅިވަރު ދިރާސާ ކުރާ ފަރާތްތަކުގެ ބަސް
09 ޖުލައި 2026

ރެފްރީންނަށް އިތުބާރު ކުރަން، ވާދަވެރިންނަކީ މޮރޮކޯ: ޑެޝޯމްޕްސް

09 ޖުލައި 2026
ރެފްރީންނަށް އިތުބާރު ކުރަން، ވާދަވެރިންނަކީ މޮރޮކޯ: ޑެޝޯމްޕްސް
09 ޖުލައި 2026

ފީފާގެ ރެފްރީންގެ އިސްވެރިޔާ ކޮލީނާގެ ބަސް: ރެފްރީންގެ ނިންމުން ރަނގަޅު، އިންސާފުވެރިކަމާ މެދު ސުވާލު އުފެއްދުން ބަލައި ނުގަނެވޭނެ!

09 ޖުލައި 2026
ފީފާގެ ރެފްރީންގެ އިސްވެރިޔާ ކޮލީނާގެ ބަސް: ރެފްރީންގެ ނިންމުން ރަނގަޅު، އިންސާފުވެރިކަމާ މެދު ސުވާލު އުފެއްދުން ބަލައި ނުގަނެވޭނެ!
09 ޖުލައި 2026

ޣައްޒާގައި ވޯލްޑް ކަޕް މެޗުތައް ދެއްކުމުގެ އިންތިޒާމުގައި އުޅުނު ފަރާތްވެސް އިސްރާއީލުން ޝަހީދު ކޮށްލައިފި

09 ޖުލައި 2026
ޣައްޒާގައި ވޯލްޑް ކަޕް މެޗުތައް ދެއްކުމުގެ އިންތިޒާމުގައި އުޅުނު ފަރާތްވެސް އިސްރާއީލުން ޝަހީދު ކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް