Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޕާކިސްތާންގެ ބޮޑު ވަޒީރު އީރާން އަށް ގޮވާލެއްވީ، ސުލްޙަ ދެމެހެއްޓުމަށް

11 ޖުލައި 2026 | ހޮނިހިރު 10:26

އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއާ މަޝްވަރާ ކުރެއްވުމަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޕާކިސްތާންގެ ބޮޑު ވަޒީރު ޝަރީފް ވިދާޅުވީ، ސަރަހައްދީ ޙާލަތު ދަނީ ވަރަށް ބޮޑަށް ބަދަލުވަމުން ކަމަށް. އޭނާ ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި އެންމެ މުހިންމީ ހަރުދަނާކަމާ އެކު ކަންކަން ކުރިއަށް ގެންގޮސް، ވާހަކަ ދައްކައިގެން ޑިޕްލޮމަސީގެ މަގު ބޭނުން ކުރުން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޖުލައި 2026 | ހޮނިހިރު 10:26
ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް އަދި އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން.

ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް އަދި އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން. | ގެޓީ އިމޭޖަސް

އެމެރިކާ އާއި އީރާންއާ ދެމެދު އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނާޒުކު ޙާލަތަކަށް ގޮސްފައިވާއިރު، ބުރަ މަސައްކަތުން ހޯދި ސުލްޙަ ދެމެހެއްޓުމަށް ޕާކިސްތާންގެ ބޮޑު ވަޒީރ ޝެހްބާޒް ޝަރީފް ގޮވާލައްވައިފި އެވެ. 

އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއާ މަޝްވަރާ ކުރެއްވުމަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޕާކިސްތާންގެ ބޮޑު ވަޒީރު ޝަރީފް ވިދާޅުވީ، ސަރަހައްދީ ޙާލަތު ދަނީ ވަރަށް ބޮޑަށް ބަދަލުވަމުން ކަމަށެވެ. އޭނާ ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި އެންމެ މުހިންމީ ހަރުދަނާކަމާ އެކު ކަންކަން ކުރިއަށް ގެންގޮސް، ވާހަކަ ދައްކައިގެން ޑިޕްލޮމަސީގެ މަގު ބޭނުން ކުރުން ކަމަށެވެ. 

އެއާ އެކު ޕާކިސްތާންގެ ބޮޑު ވަޒީރު ޝަރީފް ވިދާޅުވީ، މިކަންކަން ކުރަން ޖެހޭނީ މިހާރު ދުވަސް ކޮޅަކަށް ލިބިފައިވާ ސުލްޙައިގެ ފައިދާތައް ދެމެހެއްޓުމަށް ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ ސަރަހައްދީ ސުލްޙަ ދާއިމީކޮށް ދެމެހެއްޓުމަށް ޕާކިސްތާން އިން ތައްޔާރަށް އޮތް ކަމަށާއި، އިޚުލާސްތެރި އަދި ހަގީގީ މެދުވެރިއެއްގެ ގޮތުގައި އެ ޤައުމު މަސައްކަތް ކުރާނެ ކަމަށެވެ. 

ފާއިތުވި ދުވަސް ތަކުގައި އެމެރިކާ އާއި އީރާން އިން ވެސް ވަނީ، އެއް ބަޔަކު އަނެއް ބަޔަކަށް އަމާޒުކޮށް ހަމަލާ ތަކެއް ދީފައި އެވެ. އެކަމުގެ ސަބަބުން ދެ ޤައުމުގެ ދެ މެދުގައި އޮތް ނުތަނަވަސްކަން ބޮޑުވެފައިވާއިރު، ބައިނަލްއަޤުވާމީ މުޖުތަމައުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެ އެވެ.

އެމެރިކާ އާއި އީރާންއާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ ވަގުތީ އެއްބަސްވުމެއް އެކުލަވާލީ ޕާކިސްތާން މެދުވެރި ވެގެންނެވެ. ޕާކިސްތާން އިން އަދިވެސް އެދެނީ ދެ ޤައުމުން ސުލްޙަ އިސްކޮށް، މަޝްވަރާ ކުރުންތައް ކުރިއަށް ގެންގޮސް، ދާއިމީ ސުލްޙަވެރިކަން ހޯދުމަށެވެ. އެމެރިކާ އާއި އީރާންއާ ދެމެދު އޮތް ވަގުތީ އެއްބަސްވުމުގެ ދަށުން، 90 ދުވަހުގެ ތެރޭގައި ދާއިމީ އެއްބަސްވުމެއް ހޯދަން ޖެހެ އެވެ. 

މަސްދަރު: އޭއެފްޕީ

އެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންޝެހްބާޒް ޝަރީފް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 ޖުލައި 2026

ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން 75 ހަނގުރާމަވެރިން މަރާލައިފި

11 ޖުލައި 2026
ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން 75 ހަނގުރާމަވެރިން މަރާލައިފި
09 ޖުލައި 2026

އީރާން އިން ގުޅައިފި، އެ ޤައުމުން ބޭނުން ވަނީ އެއްބަސްވުމަކަށް އަންނަން: ޓްރަމްޕް

09 ޖުލައި 2026
އީރާން އިން ގުޅައިފި، އެ ޤައުމުން ބޭނުން ވަނީ އެއްބަސްވުމަކަށް އަންނަން: ޓްރަމްޕް
09 ޖުލައި 2026

އެމެރިކާ އިން އީރާންގެ އަހްވާޒް އަށް ދިން ހަމަލާގައި ތިން މީހަކު ޝަހީދުވެއްޖެ

09 ޖުލައި 2026
އެމެރިކާ އިން އީރާންގެ އަހްވާޒް އަށް ދިން ހަމަލާގައި ތިން މީހަކު ޝަހީދުވެއްޖެ
08 ޖުލައި 2026

އެމެރިކާ އިން އެއްބަސްވުމާ ޚިލާފު ވެފައިވާ ކަމަށް ޣަލިބާފް ވިދާޅުވެއްޖެ

08 ޖުލައި 2026
އެމެރިކާ އިން އެއްބަސްވުމާ ޚިލާފު ވެފައިވާ ކަމަށް ޣަލިބާފް ވިދާޅުވެއްޖެ
08 ޖުލައި 2026

ކުވެއިތާއި ބަހްރައިންގައި ހުރި އެމެރިކާގެ 85 ތަނަކަށް ހަމަލާ ދީފިން: އީރާން

08 ޖުލައި 2026
ކުވެއިތާއި ބަހްރައިންގައި ހުރި އެމެރިކާގެ 85 ތަނަކަށް ހަމަލާ ދީފިން: އީރާން
08 ޖުލައި 2026

އީރާން އަށް ހަމަލާ ދިނުމަށް ފަހު އެމެރިކާ އިން ބުނީ ބޮޑެތި ގެއްލުން ތަކެއް ލިބޭނެ ކަމަށް

08 ޖުލައި 2026
އީރާން އަށް ހަމަލާ ދިނުމަށް ފަހު އެމެރިކާ އިން ބުނީ ބޮޑެތި ގެއްލުން ތަކެއް ލިބޭނެ ކަމަށް
07 ޖުލައި 2026

އެއް ގޮތަކީ އީރާން އާއެކު އެއްބަސްވުމަކަށް އައުން، އެހެން ނޫނީ އީރާން ނައްތާލުންް: ޓްރަމްޕް

07 ޖުލައި 2026
އެއް ގޮތަކީ އީރާން އާއެކު އެއްބަސްވުމަކަށް އައުން، އެހެން ނޫނީ އީރާން ނައްތާލުންް: ޓްރަމްޕް
06 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އެތައް ހާސް ބަޔަކު ގޮވާލީ ޓްރަމްޕްގެ މަރަށް!

06 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އެތައް ހާސް ބަޔަކު ގޮވާލީ ޓްރަމްޕްގެ މަރަށް!
05 ޖުލައި 2026

އެކުވެރި ޤައުމު ތަކަށް ހޮރްމުޒް އިން ލުއި ތަކެއް ލިބޭނެ ކަމަށް އީރާން އިން ބުނެފި

05 ޖުލައި 2026
އެކުވެރި ޤައުމު ތަކަށް ހޮރްމުޒް އިން ލުއި ތަކެއް ލިބޭނެ ކަމަށް އީރާން އިން ބުނެފި
05 ޖުލައި 2026

ބޮސް އަކީ ކާކުކަން ނަތަންޔާހޫ އަށް ވަރަށް ރަނގަޅަށް އިނގޭނެ: ޓްރަމްޕް

05 ޖުލައި 2026
ބޮސް އަކީ ކާކުކަން ނަތަންޔާހޫ އަށް ވަރަށް ރަނގަޅަށް އިނގޭނެ: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް