Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުފްލައިޓް ހާދިސާ

އުދުހެމުންދިޔަ މަތިންދާ ބޯޓެއްގެ ކުޑަދޮރެއް ނެއްޓުމުން ފަސިންޖަރަކު ބޯޓުން ބޭރަށް ދަމައިގަނެފި

10 ޖުލައި 2026 | ހުކުރު 16:46

ގްރީސް އިން ޖަރުމަނަށް ދަތުރުކުރި ރަޔަންއެއާގެ ފްލައިޓެއްގެ ކުޑަދޮރެއް ބޯޓު އުދުހެމުން ދަނިކޮށް ނެއްޓުމާ ގުޅިގެން، ބޯޓު އަނބުރާ އެއާޕޯޓަށް ޖައްސައިފި. މި ހާދިސާގައި ކުޑަދޮރު ކައިރީގައި އިން ފަސިންޖަރު ބޯކޮޅުން ފެށިގެން ކޮނޑާ ހަމައަށް ބޯޓުން ބޭރަށް ދަމައިގަތް ނަމަވެސް، ބޯޓުގައި ތިބި އެހެން ފަސިންޖަރުން އޭނާ ހިފަހައްޓައި އިތުރަށް ބޭރަށް ދިޔަނުދީ ސަލާމަތްކުރި

ރާއްޖެ އެމްވީ | 10 ޖުލައި 2026 | ހުކުރު 16:46
ގްރީސް އިން ފުރައިގެން ޖަރުމަނުވިލާތަށް ދަތުރުކުރި ރަޔަންއެއާގެ ބޯއިންގް 737-800 މަރުކާގެ ބޯޓެއްގެ ކެބިން ކުޑަދޮރެއް ނެއްޓުމާ ގުޅިގެން ކުއްލި ހާލަތުގައި ބޯޓު ވަނީ ޖައްސާފައި

ގްރީސް އިން ފުރައިގެން ޖަރުމަނުވިލާތަށް ދަތުރުކުރި ރަޔަންއެއާގެ ބޯއިންގް 737-800 މަރުކާގެ ބޯޓެއްގެ ކެބިން ކުޑަދޮރެއް ނެއްޓުމާ ގުޅިގެން ކުއްލި ހާލަތުގައި ބޯޓު ވަނީ ޖައްސާފައި | އެކްސް

ރަޔަންއެއާގެ ފްލައިޓެއްގެ ކުޑަދޮރެއް އުދުހެމުން ދަނިކޮށް ނެއްޓުމުގެ ސަބަބުން، އެ ދޮރު ކައިރީގައި އިން ފަސިންޖަރެއްގެ ހަށިގަނޑުގެ ދެބައިކުޅަ އެއްބައި ބޯޓުން ބޭރަށް ދަމައިގަނެފި އެވެ.

ޖަރުމަނުގެ މެމިންގެން އަށް ދަތުރުކުރި މި ބަޖެޓް އެއާލައިންގެ ފްލައިޓް ހުކުރު ދުވަހުގެ ހެނދުނު ގްރީސްގެ ތެސަލޮނީކީން ފުރިތާ މާގިނައިރުތަކެއް ނުވަނީސް ކުޑަދޮރެއް ހަލާކުވުމާ ގުޅިގެން، އަނބުރާ އެއާޕޯޓަށް ޖައްސަން ވަނީ މަޖުބޫރުވެފަ އެވެ.

ކުޑަދޮރު ނެއްޓުނު ފްލައިޓްގެ މަންޒަރެއް

ގްރީސްގެ ދައުލަތުގެ މީޑިއާ، އީ.އާރް.ޓީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި،  އެ ފަސިންޖަރު އިނީ ކުޑަދޮރު ކައިރީގަ އެވެ. ކުއްލިއަކަށް ދޮރު ނެއްޓުމާއެކު އޭނާގެ ބޯކޮޅުން ފެށިގެން ކޮނޑާ ހަމައަށް ބޯޓުން ބޭރަށް ދަމައިގަތް ނަމަވެސް، ބޯޓުގައި ތިބި އެހެން ފަސިންޖަރުން އޭނާ ހިފަހައްޓައި އިތުރަށް ބޭރަށް ދިޔަނުދީ ސަލާމަތްކުރި އެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ކުޑަދޮރު ނެއްޓުނީ އިންޖީނުން ނެއްޓުނު އެއްޗެއް ވިއްސައިގެން އައިސް ބޭރުން ކުޑަދޮރުގައި ޖެހުމާ އެކު ބިއްލޫރިގަނޑު ތަޅައިގެން ދިއުމުގެ ސަބަބުންނެވެ.

މި ހާދިސާއާ ގުޅިގެން ބޯޓު އަނބުރާ ތެސަލޮނީކީއަށް ޖެއްސުމަށްފަހު، ސިހުން ލިބިފައިވާ އެ ފަސިންޖަރަށް ވަނީ އެކި އަނިޔާތަކަށް ފަރުވާދީފަ އެވެ. ރަޔަންއެއާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބޯޓުގައި ތިބި އެހެން ފަސިންޖަރުން ފަހުން އެހެން ފްލައިޓެއްގައި އެމީހުންގެ މަންޒިލަށް ފޮނުވާލާފައިވާ ކަމަށެވެ.

އެ ވަގުތު ބޯޓުގައި އިން ފަސިންޖަރަކު ރޭޑިއޯ ތެސަލޮނީކީއަށް މައުލޫމާތު ދެމުން ބުނީ، އެމީހުން ތިބީ ހާދިސާ ހިނގި ތަނަށްވުރެ ތަންކޮޅެއް ފަހަތުގައި ކަމަށާއި، އިވުނީ ވަރަށް ބާރު އަޑެއް ކަމަށެވެ. އަދި އެއާއެކު އޮކްސިޖަން މާސްކްތައް ތިރިވި ކަމަށާއި، އަނިޔާވި މީހާގެ ހަށިގަނޑުން ލޭ އަންނަމުން ދިޔައިރު އޭނާ އޮތީ ހޭނެތިފައި ކަމަށްވެސް އެ ފަސިންޖަރު ބުންޏެވެ.

ފްލައިޓް ޓްރެކް ކުރާ ސައިޓެއް ކަމަށްވާ އެއާނޭވް ރާޑާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެފް.އާރް1879 ފްލައިޓް ފުރާފައިވަނީ އެ ގައުމުގެ ގަޑިން ހެނދުނު 05:57 ގައެވެ. އަދި ފުރިތާ އެއް ގަޑިއިރާއި 13 މިނެޓް ފަހުން ބޯޓު ވަނީ އަނބުރާ އެއާޕޯޓަށް ޖައްސާފަ އެވެ. އެ ސައިޓުގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި، މިއީ 18 އަހަރުވީ ބޮއިންގް 737-8 އޭ.އެސް މަރުކާގެ ބޯޓެކެވެ. އަދި ބޯޓު އަނބުރާލާފައިވަނީ 16،000 ފޫޓު މަތިން އުދުހެމުން ދަނިކޮށެވެ.

ރަޔަންއެއާ އިން މީޑިއާ ތަކަށް ދިން ބަޔާނެއްގައި މި ހާދިސާ ކަށަވަރުކޮށްދެމުން ބުނީ، ޖުލައި 10 ވީ ހުކުރު ދުވަހުގެ ހެނދުނު ތެސަލޮނީކީން މެމިންގެންއަށް ދަތުރުކުރި ފްލައިޓް އަނބުރާ ޖައްސަން ޖެހުނީ، އުދުހެމުން ދަނިކޮށް ފަސިންޖަރަކު އިން ދިމާލުން ކުޑަދޮރެއް ނެއްޓުމާ ގުޅިގެން ކަމަށެވެ. ބޯޓު އާންމު ހާލަތުގައި ރަންވޭއަށް ޖެއްސުމާއެކު ފަސިންޖަރުން ވަނީ ޓާމިނަލަށް ގެންގޮސްފަ އެވެ.

އެ އެއާލައިނުން އިތުރަށް ބުނީ، އެއް ފަސިންޖަރަކު ބޭސްފަރުވާއަށް އެދުމުން ތެސަލޮނީކީ އެއާޕޯޓުގައި އޭނާއަށް ފަރުވާ ދީފައިވާ ކަމަށެވެ. އަދި ދަތުރު ލަސްވުން ކުޑަކުރުމަށްޓަކައި، އެހެން ބޯޓެއް ހަމަޖައްސައި، އެ ގައުމުގެ ގަޑިން ހެނދުނު 09:53 ގައި ފަސިންޖަރުން މެމިންގެންއަށް ފޮނުވާލާފައިވާ ކަމަށްވެސް ރަޔަންއެއާ އިން ބުންޏެވެ.

ތެސަލޮނީކީ އެއާޕޯޓް ހިންގާ ފްރަޕޯޓް ގްރީސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހާދިސާ މިހާރު ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރަމުންދަނީ ގްރީސްގެ އޭވިއޭޝަން ކަންކަން ބަލަހައްޓާ ހެލެނިކް އެއާ އެންޑް ރެއިލް ސޭފްޓީ އިންވެސްޓިގޭޝަން އޮތޯރިޓީ (ހާސިއާ) އިންނެވެ.

މަސްދަރު: ސީއެންއެން، ބީބީސީ

ރަޔަންއެއާމަތިންދާބޯޓު ހާދިސާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

08 ޖުލައި 2026

ޝާރްޖާ އިން ފުރައިގެން ކަރާޗީއަށް ދަތުރުކުރި ބޮއިންގް 737 މަރުކާގެ ބޯޓެއް ގެއްލިއްޖެ

08 ޖުލައި 2026
ޝާރްޖާ އިން ފުރައިގެން ކަރާޗީއަށް ދަތުރުކުރި ބޮއިންގް 737 މަރުކާގެ ބޯޓެއް ގެއްލިއްޖެ
28 ޖޫން 2026

ސައުދީ އަރަބިއްޔާގައި ހެލިކޮޕްޓަރެއް ވެއްޓި 14 މީހުން މަރުވެއްޖެ

28 ޖޫން 2026
ސައުދީ އަރަބިއްޔާގައި ހެލިކޮޕްޓަރެއް ވެއްޓި 14 މީހުން މަރުވެއްޖެ
28 ޖޫން 2026

ފްރާންސް ގައި މަތިންދާބޯޓެއް ވެއްޓި 11 މީހުން މަރުވެއްޖެ

28 ޖޫން 2026
ފްރާންސް ގައި މަތިންދާބޯޓެއް ވެއްޓި 11 މީހުން މަރުވެއްޖެ
27 ޖޫން 2026

ބެއިޖިންގެ އެންމެ އުސް އިމާރާތުގައި މަތިންދާ ބޯޓެއް ޖެހި އެކްސިޑެންޓް ވެއްޖެ

27 ޖޫން 2026
ބެއިޖިންގެ އެންމެ އުސް އިމާރާތުގައި މަތިންދާ ބޯޓެއް ޖެހި އެކްސިޑެންޓް ވެއްޖެ
26 ޖޫން 2026

މަތިންދާ ބޯޓުގައި އަލިފާނުގެ ހާދިސާ ހިނގުމަށް އޮތް އެންމެ ބޮޑު ސަބަބުތަކުގެ ތެރޭގައި ޕަވަރ ބޭންކާއި ވޭޕް

26 ޖޫން 2026
މަތިންދާ ބޯޓުގައި އަލިފާނުގެ ހާދިސާ ހިނގުމަށް އޮތް އެންމެ ބޮޑު ސަބަބުތަކުގެ ތެރޭގައި ޕަވަރ ބޭންކާއި ވޭޕް
17 ޖޫން 2026

ޓެކްސަސްގެ ހައިވޭ އަކަށް މަތިންދާ ބޯޓެއް ވެއްޓިއްޖެ

17 ޖޫން 2026
ޓެކްސަސްގެ ހައިވޭ އަކަށް މަތިންދާ ބޯޓެއް ވެއްޓިއްޖެ
16 ޖޫން 2026

ކެލިފޯނިއާގައި ވެއްޓުނު ބީ-52 ބޮން އަޅާ ބޯޓުގައި ތިބި 8 މީހުން މަރުވެއްޖެ

16 ޖޫން 2026
ކެލިފޯނިއާގައި ވެއްޓުނު ބީ-52 ބޮން އަޅާ ބޯޓުގައި ތިބި 8 މީހުން މަރުވެއްޖެ
15 ޖޫން 2026

އެމެރިކާގެ އަސްކަރީ ބޮންއަޅާ ބޯޓެއް ވެއްޓިއްޖެ

15 ޖޫން 2026
އެމެރިކާގެ އަސްކަރީ ބޮންއަޅާ ބޯޓެއް ވެއްޓިއްޖެ
13 ޖޫން 2026

އެއަރ އިންޑިއާ ހާދިސާގެ ތަހުގީގަށް އިތުރު ވަގުތު ބޭނުން

13 ޖޫން 2026
އެއަރ އިންޑިއާ ހާދިސާގެ ތަހުގީގަށް އިތުރު ވަގުތު ބޭނުން
13 ޖޫން 2026

އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓިއްޖެ

13 ޖޫން 2026
އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް