Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޫސުމާ ބެހޭ ގައުމީ އިދާރާ

ކުރިއަށް އޮތް 5 ދުވަހު ކެރީގެ އަސަރު ކުރި ނަމަވެސް މޫސުން ރަނގަޅުވާނެ: މެޓް

12 ޖޫން 2026 | ހުކުރު 17:35

ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ކުރި ނަމަވެސް، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެތީ ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ. ހުޅަނގު މޫސުމުގެ ވިއްސާރައާ ގުޅިގެން ފެންބޮޑުވެދާނެ ކަމަށް ބަލައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި، މުދަލާއި ތަކެތި ހިމާޔަތް ކުރުމަށް އެންޑީއެމްއޭ އިން ވެސް ވަނީ އިރުޝާދު ދީފަ އެވެ. އެހެންކަމުން ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަލާމަތީ ކަންކަން ފުރިހަމަކުރުމަށާއި މޫސުމުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ކަމާބެހޭ އިދާރާތަކުން އެދެ އެވެ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 12 ޖޫން 2026 | ހުކުރު 17:35
ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ކުރި ނަމަވެސް ޖުމްލަ ކޮށް މޫސުން ރަނގަޅު ވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ބުނެފަ

ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ކުރި ނަމަވެސް ޖުމްލަ ކޮށް މޫސުން ރަނގަޅު ވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ބުނެފަ | ރާއްޖެއެމްވީ

ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ކުރި ނަމަވެސް ޖުމްލަ ކޮށް މޫސުން ރަނގަޅު ވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ. 

އެ އިދާރާ އިން ރާއްޖެއެމްވީ އަށް ބުނީ ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ މޫސުން ރަނގަޅު ވާނެ ކަމަށެވެ. ނަމަވެސް އެކި ހިސާބުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށް އެ އިދާރާ އިން ބުނީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ. 

Advertisement - newsAdvertisement

މިދުވަސްވަރު ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާއިރު ހުކުރު ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ ވިއްސާރަވެ، ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ ވެސް ވެހިފަ އެވެ. 

އެގޮތުން ހުކުރު ދުވަހު އުތުރާ މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަ ކޮށްފައިވާއިރު ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާފައި ވެ އެވެ. ނަމަވެސް ހޮނިހިރު ދުވަހު ދެކުނުގރ އަތޮޅުތަކަށް މޫސުން ރަނގަޅު ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. އެހެންކަމުން އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް، ޚާއްސަކޮށް މެދުރާއްޖެތެރޭގެ މޫސުމަށް ސަމާލުވުމަށް އެ އިދާރާ އިން އިލްތިމާސް ކޮށްފައި ވެ އެވެ. 

ކުރިއަށް އޮތް ފަސް ދުވަހު މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފައިވާއިރު ހުޅަނގު މޫސުމުގެ ވިއްސާރަ ކުރާ މިދުވަސްކޮޅު ސަމާލުކަން ދޭންޖެހޭ ބައެއް ކަންކަން އެންޑީއެމްއޭ އަދި މެޓް އޮފީހުން ވެސް ފާހަގަ ކޮށްފައިވެ އެވެ. 

އެގޮތުން ވާރޭވެހި، ފެންބޮޑުވެދާނެ ކަމަށް ސަމާލުވެ، ގެއަށް ފެން ނުވަންނާނެހެން ކުރިޔާލަސއި ގޭގެ ދޮރުމަތީގައި ވެލި ބަސްތާ ފަދަ ތަކެތި ޖެއްސުމާއި، ފެންބޮޑުވެ، ގެއްލުން ލިބޭ ހިސާބުގައި ހުންނަ ކާބޯތަކެތި އަދި ހިފާގެންގުޅޭ ތަކެތި ފެން ނުޖެހޭ ފަދަ އުސް ތަންތަނަށް ނުވަތަ ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލު ކުރުމަށް އެންޑީއެމްއޭ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

އޭގެ އިތުރުން ގަދަ ވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާކުރެވޭނަމަ ކުރިޔާލާ ވައު ފަދަ އެއްޗެއް ބޭނުން ކޮށްގެން ފުރާޅު ހައްޔަރު ކުރުމާއި، ބޭނުން ނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލުމާއި، ކަނޑުދަތުރު ކުރާ ފަރާތްތަކުން ފަތުރު ފެށުމުގެ ކުރިން މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ކަމާއި ބެހޭ އިދާރާތަކުން ހޯދުމަށް ވެސް އެ އޮތޯރިޓީ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ. 

އެންޑީއެމްއޭ އިން ބުނެފައި ވަނީ ދަތުރަށް ނުކުންނަ އިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމް ފުރިހަމަކަން ޔަގީން ކުރުމަށް އިލްތިމާސް ކުރާ ކަމަށާއި، ކާޑުގެ ބާވަތްތަކާ ޒަރޫރީ ތަކެއްޗަށް ދަތިނުވާނެ ގޮތަށް ދުރާލާ ކަންކަން އިންތިޒާމް ކުރުމަށް ވެސް އެދޭ ކަމަށެވެ. 

މޫސުމާބެހޭ ގައުމީ އިދާރާއެންޑީއެމްއޭހުޅަނގު މޫސުން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

08 ޖޫން 2026

ރާއްޖޭގެ މޫސުން ގޯސްވެ، ޅ.އަތޮޅުން ފެށިގެން އދ.އަތޮޅަށް ވައިޓް އެލާޓް!

08 ޖޫން 2026
ރާއްޖޭގެ މޫސުން ގޯސްވެ، ޅ.އަތޮޅުން ފެށިގެން އދ.އަތޮޅަށް ވައިޓް އެލާޓް!
05 ޖޫން 2026

ކުރިއަށް 24 ގަޑިއިރު މޫސުން ގޯސް، މެދުރާއްޖެތެރެ އާއި އުތުރުގެ ކަނޑުތައް ވަރަށް ގަދަވާނެ: މޫސުމާބެހޭ ގައުމީ އިދާރާ

05 ޖޫން 2026
ކުރިއަށް 24 ގަޑިއިރު މޫސުން ގޯސް، މެދުރާއްޖެތެރެ އާއި އުތުރުގެ ކަނޑުތައް ވަރަށް ގަދަވާނެ: މޫސުމާބެހޭ ގައުމީ އިދާރާ
31 މެއި 2026

ބައެއް ރަށްތައް ފެންބޮޑުވެ، ގެއްލުން ލިބުނުއިރު، ފާއިތުވި 24 ގަޑިއިރު ސ. ގަމަށް 106.7 މިލިމީޓަރުގެ ވާރޭ ވެހިފައިވޭ!

31 މެއި 2026
ބައެއް ރަށްތައް ފެންބޮޑުވެ، ގެއްލުން ލިބުނުއިރު، ފާއިތުވި 24 ގަޑިއިރު ސ. ގަމަށް 106.7 މިލިމީޓަރުގެ ވާރޭ ވެހިފައިވޭ!
24 މެއި 2026

އަޟްހާ އީދު ދުވަހު ވެސް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ، ސަމާލުވޭ

24 މެއި 2026
އަޟްހާ އީދު ދުވަހު ވެސް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ، ސަމާލުވޭ
13 މެއި 2026

މޫސުން ގޯސްވެ، ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް، ކޮޅިގަނޑުގައި 50 މޭލަށް ވައިގަދަވާނެ!

13 މެއި 2026
މޫސުން ގޯސްވެ، ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް، ކޮޅިގަނޑުގައި 50 މޭލަށް ވައިގަދަވާނެ!
10 މެއި 2026

މި އަހަރުގެ ހުޅަނގު މޫސުން ފެށިއްޖެ، ކުރިއަށް އޮތް 3 ދުވަހު މޫސުން ގޯސް!

10 މެއި 2026
މި އަހަރުގެ ހުޅަނގު މޫސުން ފެށިއްޖެ، ކުރިއަށް އޮތް 3 ދުވަހު މޫސުން ގޯސް!
09 މެއި 2026

އުފެދިފައިވާ ކޮޅިގަނޑާއެކު މޫސުން ގޯސްވެ، ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި

09 މެއި 2026
އުފެދިފައިވާ ކޮޅިގަނޑާއެކު މޫސުން ގޯސްވެ، ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި
04 މެއި 2026

މޫސުން ގޯސްވެ، ވިދާ ގުގުރާތީ ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި

04 މެއި 2026
މޫސުން ގޯސްވެ، ވިދާ ގުގުރާތީ ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި
29 އެޕްރީލު 2026

މުޅި ރާއްޖޭގެ މޫސުން ގޯސް، ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ފަރެސްމާތޮޑާ އަށް!

29 އެޕްރީލު 2026
މުޅި ރާއްޖޭގެ މޫސުން ގޯސް، ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ފަރެސްމާތޮޑާ އަށް!
16 އެޕްރީލު 2026

މުޅި ރާއްޖޭގެ މޫސުން ގޯސް، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ކ. ދިއްފުއްޓަށް!

16 އެޕްރީލު 2026
މުޅި ރާއްޖޭގެ މޫސުން ގޯސް، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ކ. ދިއްފުއްޓަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް