Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުނިއެޅުން

ހުޅުމާލެ ފޭސް 3 ހިއްކާ ސަރަހައްދަށް ކުނި އަޅާ މަންޒަރާއި ކުނި ފެތުރޭ މަންޒަރު ފެންނާތީ ސުވާލު ކުރުމުން ރައީސް މުއިއްޒުގެ ތިމާވެއްޓާ ބެހޭ ވަޒީރު ހުންނެވީ ހަނު!

5 ޖެނުއަރީ 2026 | ހޯމަ 05:10

މީސްމީޑިއާގައި ދައުރުވަމުންދިއަ ވީޑިއޯ ތަކުންނާއި ރަސްމީ މީޑިއާތަކުގައި އާންމު ވި ވީޑިއޯ އިން ފެންނަކުނި އަޅައިގެން އެއްވެސް ފަރާތަކަށް ފިޔަވަޅު އެޅިންތޯ ނުވަތަ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށްދޭތޯ ރާއްޖެ އެމްވީ އިން މިނިސްޓަރާ ސުވާލު ކުރުމުން މިނިސްޓަރު ވަނީ މެސެޖަށް ޖަވާބު ނުދެއްވާ ހަނު ހުންނަވާފަ. އަދި ފޯނުން ގުޅުމުން ވެސް މިނިސްޓަރު ޖަވާބު ދެއްވާފަ އެއް ނުވޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 5 ޖެނުއަރީ 2026 | ހޯމަ 05:10
ހުޅުމާލެ ފޭސް 3 ގެ ހިއްކަމުންދާ ސަރަހައްދު

ހުޅުމާލެ ފޭސް 3 ގެ ހިއްކަމުންދާ ސަރަހައްދު

ހުޅުމާލެ ފޭސް 3 ހިއްކާ އިރު ކުނި އަޅައިގެން ނުހިއްކާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވިި ނަމަވެސް އެ ހިއްކާ ސަރަހައްދަށް ކުނި އަޅާ މަންޒަރާއި އެ ސަރަހައްދަށް ކުނިތައް ފެތުރޭ މަންޒަރުތައް ފެންނަ ވީޑިއޯ އާއި ގުޅިގެން ސުވާލު ކުރުމުން އެކަމަށް ޖަވާބު ދެއްވުމަށް ރައީސް މުއިއްޒުގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް އެއްޗެއް ވިދާޅުވާން ދެކޮޅު ހައްދަވައިފި އެވެ. 

ހުޅުމާލެ ފޭސް 3 ހިއްކާ އިރު ކުނި އަޅައިގެން ނުހިއްކާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވިި ނަމަވެސް އެ ހިއްކާ ސަރަހައްދަށް ކުނި އަޅާ މަންޒަރާއި މުޅި ސަރަހައްދަށް ކުނިތައް ފެތުރިގެންދާ މަންޒަރުތައް ރާއްޖެޓީވީ އަށް ވަނީ ލިބިފަ އެވެ. 

Advertisement - newsAdvertisement

އެހެން ކަމުން މީސްމީޑިއާގައި ދައުރުވަމުންދިއަ ވީޑިއޯ ތަކުންނާއި ރަސްމީ މީޑިއާތަކުގައި އާންމު ވި ވީޑިއޯ އިން ފެންނަ ކުނި އަޅައިގެން އެއްވެސް ފަރާތަކަށް ފިޔަވަޅު އެޅިންތޯ ނުވަތަ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށްދޭތޯ ރާއްޖެ އެމްވީ އިން މިނިސްޓަރާ ސުވާލު ކުރުމުން މިނިސްޓަރު ވަނީ މެސެޖަށް ޖަވާބު ނުދެއްވާ ހަނު ހުންނަވާފަ އެވެ. އަދި ފޯނުން ގުޅުމުން ވެސް މިނިސްޓަރު ޖަވާބު ދެއްވާފަ އެއް ނުވެ އެވެ.

މިކަމާ ބެހޭ ގޮތުން ހުޅުމާލޭ ފޭސް އެކެއްގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ކުނި ނާޅާނެ ކަމަށް ވިދާޅުވެ އެކަން ވަރަށް ބޮޑަށް ދޮގު ކުރައްވާފަ އެވެ. މުއިއްޒު ވިދާޅުވީ ބިން ހިއްކަނީ ކުނި އަޅައިގެން ނޫން ކަމަށެވެ.

އާދެ، މިތަނުގައި ފާހަގަކުރެވުނު ބައެއް ކަންކަމަށް ބަލާއިރުގައި، ބިން ހިއްކުމާ ގުޅޭގޮތުން ވަރަށް ހަގީގަތާ ޚިލާފު ވާހަކަފުޅެއް ބޭފުޅަކަށް ވިދާޅުވެވުނު. ބިން ހިއްކަނީ ކުނިއަޅައިގެންނޭ. ނޫން. ކުނިއަޅައިގެނެއް ނޫން ހިއްކަނީ. ހަމަ ކެޓަގަރިކަލީ އަޅުގަނޑު ދަންނަވަން. ކުނިއަޅައިގެނެއް ނުހިއްކާނެކަން.
ރައީސް ޑރ. މުހައްމަދު މުއިއްޒު

މުއިއްޒު ވިދާޅުވީ މިހާރު މި ދިމާވެގެން އުޅޭ ކަމެއް ކަމަށް ލަފާކުރެވެނީ ފަރުކޮޅުފުށި ކައިރިން ހިއްކިއިރުގައި، އެތާހުރި ކުނިތައް ނެގުން ކަމަށާއި. ނަގާފައި އެތަނަށް އެޅީ ގައު ކުނޑި ކަމަށެވެ.

މަންޒަރު ދުށް މީހުން ކިޔައިދިން ގޮތުގައި ފަޅުތެރެއަށް ފެތުރިފައިވާ ކުނީގެ ތެރޭގައި ގަސްގަހާގެހީގެ ބައިތަކާއި، ޕްލާސްޓިކް ކޮތަޅާއި، ޓިނު ފަދަ ތަކެތި ހިމެނޭ ކަމަށެވެ. ލޮރީތަކުގައި ގެނެސް ކުނި އެ ސަރަހައްދަށް އަޅާ މަންޒަރު އާންމުންގެ އިތުރުން ނޫސްވެރިންނަށް ވެސް ފެނިފައިވެ އެވެ.

މުޅި ސަރަހައްދު ބަންދުކޮށްގެން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް ނޫސްވެރިންގެ އިތުރުން މި ކަމުގައި ކަންބޮޑުވާ ފަރާތްތަކުން އެ ސަރަހައްދަށް އެކި ގޮތް ގޮތުން ވަދެ ފޮޓޯ އާއި ވީޑިއޯ ވަނީ ނަގާފަ އެވެ.

ކުނި މެނޭޖު ކުރުމާ ބެހޭ ގާނޫނާއި ގަވައިދުގެ ދަށުން ހުއްދަ ނެތް އެއްވެސް ތަނަކަށް ކުނި އެޅުމަކީ ކުށެކެވެ. ބިން ހިއްކުމުގެ ބޭނުމުގައި ވެސް ކުނި އެޅުމަކީ މަނާ ކަމެކެވެ.

ފަޅުތެރެއަށް ކުނި އެޅުމުގެ މައްސަލަތަކުގައި މީގެ ކުރިން އެކި ފަރާތްތައް ބޮޑެތި އަދަދުތަކުން ވަނީ ޖުރިމަނާ ކޮށްފަ އެވެ. އެ ގޮތުން ހުޅުމާލެ ފަޅުތެރެއަށް ކުނި އަޅައިގެން 2021 ވަނަ އަހަރު ވެމްކޯ ވެސް އޭރުގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން 1.1 މިލިއަން ރުފިޔާ އިން ޖުރިމަނާ ކުރިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުމިނިސްޓަރ ތޯރިގް އިބްރާހިމްހުޅުމާލޭ ފޭސް 3ކުނި މެނޭޖްކުރުންތިމާވެށި ހިމާޔަތްކުރުން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

04 ޖެނުއަރީ 2026

ވިލިމާލެ ހޮސްޕިޓަލާއި ތެލެސީމިއާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް 2025 ގައި ފަށާނެ ކަަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!

04 ޖެނުއަރީ 2026
ވިލިމާލެ ހޮސްޕިޓަލާއި ތެލެސީމިއާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް 2025 ގައި ފަށާނެ ކަަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!
03 ޖެނުއަރީ 2026

ފުރަތަމަ ރައްޔިތުންނާ އެކު، މިފަހަރު ތަރުޖަމާނާ އެކު، ދެން ކާކާ އެކު؟

03 ޖެނުއަރީ 2026
ފުރަތަމަ ރައްޔިތުންނާ އެކު، މިފަހަރު ތަރުޖަމާނާ އެކު، ދެން ކާކާ އެކު؟
02 ޖެނުއަރީ 2026

ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވުމަށް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް އުފައްދަވައިފި

02 ޖެނުއަރީ 2026
ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވުމަށް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް އުފައްދަވައިފި
02 ޖެނުއަރީ 2026

ރައީސް ވިދާޅުވިޔަސް ސީޕްލޭންގައި ފުރޮޅު ހަރުކޮށް ރަށުގެ ބޮޑު މަގަކަށް ބޯޓެއް ނުޖެއްސޭނެ: އަމްރު

02 ޖެނުއަރީ 2026
ރައީސް ވިދާޅުވިޔަސް ސީޕްލޭންގައި ފުރޮޅު ހަރުކޮށް ރަށުގެ ބޮޑު މަގަކަށް ބޯޓެއް ނުޖެއްސޭނެ: އަމްރު
01 ޖެނުއަރީ 2026

ވައްކަމާއި ކޮރަޕްޝަން ހުއްޓުވަން ވައުދުވެގެން އައި ސަރުކާރުން މުގުރާލީ ރެކޯޑެއް!

01 ޖެނުއަރީ 2026
ވައްކަމާއި ކޮރަޕްޝަން ހުއްޓުވަން ވައުދުވެގެން އައި ސަރުކާރުން މުގުރާލީ ރެކޯޑެއް!
01 ޖެނުއަރީ 2026

އައު އަހަރު ފާހަގަ ކުރަން މުންކަރާތްތައް ހިންގުމުން މުއިއްޒުގެ މުނާފިގުކަން އިތުރަށް ހާމަވެއްޖެ: ޑރ. އިޔާޒް

01 ޖެނުއަރީ 2026
އައު އަހަރު ފާހަގަ ކުރަން މުންކަރާތްތައް ހިންގުމުން މުއިއްޒުގެ މުނާފިގުކަން އިތުރަށް ހާމަވެއްޖެ: ޑރ. އިޔާޒް
01 ޖެނުއަރީ 2026

ކޮޅުފުށީގައި އިމާރާތް ކުރި 100 ހައުސިންގ ޔުނިޓުތައް ނިންމާ ހަވާލު ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މި ސަރުކާރުން ފެނާއި ކަރަންޓު އަދި ނަރުދަމާ ގުޅާ ދީފައިނުވާތީ ރައްޔިތުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި

މިއަހަރު ވާނީ، ދިވެހި ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ހާސިލު ކުރާނޭ އަހަރަކަށް: ރައީސް

01 ޖެނުއަރީ 2026
މިއަހަރު ވާނީ، ދިވެހި ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ހާސިލު ކުރާނޭ އަހަރަކަށް: ރައީސް
31 ޑިސެމްބަރު 2025

ރާއްޖޭ ގައި އޮތީ ކޮން ނިޒާމެއް ކަމެއް ނޭނގޭ، މިއީ ދިމްޔާތުން މޮޑެފައިވާ ވާނުވާ ނޭނގޭ ނިޒާމެއް: ވަކީލް ނިޝާން

31 ޑިސެމްބަރު 2025
ރާއްޖޭ ގައި އޮތީ ކޮން ނިޒާމެއް ކަމެއް ނޭނގޭ، މިއީ ދިމްޔާތުން މޮޑެފައިވާ ވާނުވާ ނޭނގޭ ނިޒާމެއް: ވަކީލް ނިޝާން
31 ޑިސެމްބަރު 2025

ފާޑު ކިޔުން ބޮޑުވުމާ ގުޅިގެން ކްލިނިކްތަކާއި އައިނު ފިހާރަ ތަކުން ހައްދާ އައިނު ތަކަށް އާސަންދަ ލިބޭ ގޮތް ހަދަނީ

31 ޑިސެމްބަރު 2025
ފާޑު ކިޔުން ބޮޑުވުމާ ގުޅިގެން ކްލިނިކްތަކާއި އައިނު ފިހާރަ ތަކުން ހައްދާ އައިނު ތަކަށް އާސަންދަ ލިބޭ ގޮތް ހަދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް