Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުނިއެޅުން

ހުޅުމާލެ ފޭސް 3 ހިއްކާ ސަރަހައްދަށް ކުނި އަޅާ މަންޒަރާއި ކުނިތައް ފެތުރިގެންދާ މަންޒަރު ހާމަ އަށް ފެންނަ އިރުވެސް ރައީސް މުއިއްޒު ވިދާޅުވީ ހިއްކާތަނަށް ކުނި ނާޅާ ކަމަށް!

ހުޅުމާލެ ފޭސް 3 ހިއްކާ ސަރަހައްދަށް ކުނި އަޅާ މަންޒަރުތަކާއި މުޅި ސަރަހައްދަށް ކުނިތައް ފެތުރިގެންދާ ވީޑިއޯތައް ރާއްޖެޓީވީ އަށް ލިބިފައިވެއެވެ. ރައީސް މުއިއްޒު ވަނީ ކުނި އަޅައިގެން ބިން ނުހިއްކާނެ ކަމަށް ހުޅުމާލެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވެފައެވެ. އެކަމަކު ލޮރީގައި ގެންގޮސް ހިއްކާ ސަރަހައްދަށް އަޅާ ކުނި ފަޅުތެރެ އަށް ފެތުރިފައިވާ މަންޒަރު ފެނިފައިވޭ.

ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2025 | އަންގާރަ 14:11
ހުޅުމާލެ ފޭސް 3 ގެ ހިއްކަމުންދާ ސަރަހައްދު

ހުޅުމާލެ ފޭސް 3 ގެ ހިއްކަމުންދާ ސަރަހައްދު

ހުޅުމާލެ ފޭސް 3 ހިއްކާ އިރު ކުނި އަޅައިގެން ނުހިއްކާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވިި ނަމަވެސް އެ ހިއްކާ ސަރަހައްދަށް ކުނި އަޅާ މަންޒަރާއި މުޅި ސަރަހައްދަށް ކުނިތައް ފެތުރިގެންދާ މަންޒަރުތައް ރާއްޖެޓީވީ އަށް ލިބިއްޖެ އެވެ. 

އަންގާރަ ދުވަހުު އެ ސަރަހައްދުން މަންޒަރު ދުށް ފަރާތަކުން މި ނޫހަށް ކިޔައިދިން ގޮތުގައި ލޮރީގައި ގެންގޮސް ހިއްކާ ސަރަހައްދަށް އަޅާ ތަކެތީގެ ތެރޭގައި ކުނި ހިމެނޭ ކަމަށާއި އެ ސަރަހައްދުގެ މޫދުގައި ވެސް ކުނިތައް ފެތުރިފައިވާ ކަމަށެވެ.

Your browser does not support the video tag.

ކުނި އަޅާ ވީޑިއޯ އާއި ކުނިތައް ފެތުރިގެންދާ ވީޑިއޯ ވެސް ރާއްޖެޓީވީ އަށް ލިބިފައިވެ އެވެ.

މިކަމާ ބެހޭ ގޮތުން ހުޅުމާލޭގެ ފޭސް އެކެއްގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ކުނި ނާޅާނެ ކަމަށް ވިދާޅުވެ އެކަން ވަރަށް ބޮޑަށް ދޮގު ކުރައްވާފަ އެވެ. މުއިއްޒު ވިދާޅުވީ ބިން ހިއްކަނީ ކުނި އަޅައިގެން ނޫން ކަމަށެވެ.

އާދެ، މިތަނުގައި ފާހަގަކުރެވުނު ބައެއް ކަންކަމަށް ބަލާއިރުގައި، ބިން ހިއްކުމާ ގުޅޭގޮތުން ވަރަށް ޙަޤީޤަތާ ޚިލާފު ވާހަކަފުޅެއް ބޭފުޅަކަށް ވިދާޅުވެވުނު. ބިން ހިއްކަނީ ކުނިއަޅައިގެންނޭ. ނޫން. ކުނިއަޅައިގެނެއް ނޫން ހިއްކަނީ. ހަމަ ކެޓަގަރިކަލީ އަޅުގަނޑު ދަންނަވަން. ކުނިއަޅައިގެނެއް ނުހިއްކާނެކަން. 
ރައީސް މުއިއްޒު

މުއިއްޒު ވިދާޅުވީ މިހާރު މި ދިމާވެގެން އުޅޭ ކަމެއް ކަމަށް ލަފާކުރެވެނީ ފަރުކޮޅުފުށި ކައިރިން ހިއްކިއިރުގައި، އެތާހުރި ކުނިތައް ނެގުން ކަމަށާއި. ނަގާފައި އެތަނަށް އެޅީ ގައު ކުނޑި ކަމަށެވެ.

އެތަންކޮޅު ކައިރިއަށް ގާކުނޑިއެޅި. އަޅާފައި ދެން އޭގެ ދުރަށް ހަމަ ފުލް، އެހެންޏާވެސް ހިއްކާގޮތަށް ބިން ހިއްކަން ވެލިއަޅައިގެން ހިއްކާއިރު، އެހިސާބުގަނޑުގައި މަސައްކަތް ހިނގިއިރުގައި ފަހަރެއްގައި ހީފުޅުވެދާނެ، އެތަނަށް އެޅީ ކުންޏޭ. ކުނި އަޅައިގެންނެއް އެއްވެސް ތަނެއް ނުހިއްކާނެ. އެއީއެއް ސަރުކާރުން އެކަން ކުރާ ގޮތެއްނޫން. މިއީ، އިންޓަރނޭޝަނަލް ކޮންޓްރެކްޓްތައް މި ހުންނަނީ. އިންޓަރނޭޝަނަލް ކޮންޓްރެކްޓަރުންނަށް މަސައްކަތް ދެނީ. އީ.އައި.އޭ ހަދައިގެން ދެނީ. އެއްގޮތަކަށްވެސް އެކަހަލަ ކަމެއް އަޅުގަނޑުމެން ނުއެއްކުރާނަން. 
ރައީސް މުއިއްޒު

މަންޒަރު ދުށް މީހުން ކިޔައިދިން ގޮތުގައި ފަޅުތެރެއަށް ފެތުރިފައިވާ ކުނީގެ ތެރޭގައި ގަސްގަހާގެހީގެ ބައިތަކާއި، ޕްލާސްޓިކް ކޮތަޅާއި، ޓިނު ފަދަ ތަކެތި ހިމެނޭ ކަމަށެވެ.

Your browser does not support the video tag.

ލޮރީތަކުގައި ގެނެސް ކުނި އެ ސަރަހައްދަށް އަޅާ މަންޒަރު އާންމުންގެ އިތުރުން ނޫސްވެރިންނަށް ވެސް ފެނިފައިވެ އެވެ.

Your browser does not support the video tag.

މުޅި ސަރަހައްދު ބަންދުކޮށްގެން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް ނޫސްވެރިންގެ އިތުރުން މި ކަމުގައި ކަންބޮޑުވާ ފަރާތްތަކުން އެ ސަރަހައްދަށް އެކި ގޮތް ގޮތުން ވަދެ ފޮޓޯ އާއި ވީޑިއޯ ވަނީ ނަގާފަ އެވެ.

ކުނި މެނޭޖު ކުރުމާ ބެހޭ ގާނޫނާއި ގަވައިދުގެ ދަށުން ހުއްދަ ނެތް އެއްވެސް ތަނަކަށް ކުނި އެޅުމަކީ ކުށެކެވެ. ބިން ހިއްކުމުގެ ބޭނުމުގައި ވެސް ކުނި އެޅުމަކީ މަނާ ކަމެކެވެ.

ފަޅުތެރެއަށް ކުނި އެޅުމުގެ މައްސަލަތަކުގައި މީގެ ކުރިން އެކި ފަރާތްތައް ބޮޑެތި އަދަދުތަކުން ވަނީ ޖުރިމަނާ ކޮށްފަ އެވެ. އެ ގޮތުން ހުޅުމާލެ ފަޅުތެރެއަށް ކުނި އަޅައިގެން 2021 ވަނަ އަހަރު ވެމްކޯ ވެސް އޭރުގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން 1.1 މިލިއަން ރުފިޔާ އިން ޖުރިމަނާ ކުރިއެވެ.

ހުޅުމާލޭ ފޭސް 3ކުނި އަޅާ މައްސަލަފަރުކޮޅުފުށިބިންހިއްކުންކުނި މެނޭޖްކުރުން

އިތުރަށް ކިޔާލަން

20 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލޭގެ ފޭސް 2ގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވެވަޑައިގެންނެވި ވައުދުތައް

20 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލޭގެ ފޭސް 2ގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވެވަޑައިގެންނެވި ވައުދުތައް
06 ޑިސެމްބަރު 2025

އުނގޫފާރުގެ ބިން ހިއްކި ސަރަހައްދުގައި ރިވެޓްމަންޓް ނުޖަހާ ހުރުމުގެ ސަބަބުން ނެރު ތިލަވެ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް

06 ޑިސެމްބަރު 2025
އުނގޫފާރުގެ ބިން ހިއްކި ސަރަހައްދުގައި ރިވެޓްމަންޓް ނުޖަހާ ހުރުމުގެ ސަބަބުން ނެރު ތިލަވެ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް
01 ޑިސެމްބަރު 2025

"ބެލްޖިއަމް ގެ ކުންފުންޏަކުން ރަސްމާލެ ހިއްކަމުން ދަނީ ތިމާވެށީގެ ރައްކައުތެރި ކަމަށް އެއްވެސް ބެލުމެއް ނެތި"

01 ޑިސެމްބަރު 2025
"ބެލްޖިއަމް ގެ ކުންފުންޏަކުން ރަސްމާލެ ހިއްކަމުން ދަނީ ތިމާވެށީގެ ރައްކައުތެރި ކަމަށް އެއްވެސް ބެލުމެއް ނެތި"
26 ނޮވެމްބަރު 2025

ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުން އަންނަ މަހު ނިމޭއިރު، ގިރާވަރު ފަޅުގެ މަޝްރޫއު މަރޗު މަހުގެ ތެރޭގައި ނިމޭނެ: ރައީސް މުއިއްޒު

26 ނޮވެމްބަރު 2025
ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުން އަންނަ މަހު ނިމޭއިރު، ގިރާވަރު ފަޅުގެ މަޝްރޫއު މަރޗު މަހުގެ ތެރޭގައި ނިމޭނެ: ރައީސް މުއިއްޒު
14 ނޮވެމްބަރު 2025

ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ

14 ނޮވެމްބަރު 2025
ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ
12 ނޮވެމްބަރު 2025

އެމްޑީޕީ ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރި، ކ. ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު، ނިންމުން ރައީސް މުއިއްޒު ފާހަގަކޮށްފި

12 ނޮވެމްބަރު 2025
އެމްޑީޕީ ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރި، ކ. ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު، ނިންމުން ރައީސް މުއިއްޒު ފާހަގަކޮށްފި
07 ނޮވެމްބަރު 2025

"ސޮނެވާ ނަމޫނާ" އާއި "ކަމަދޫ އިން" އެކުގައި، ޓަކަކޫރާ މެތަޑް އާއި އެކު ގެސްޓް ހައުސް އިން އުފެދޭ ކާބޯތަކެތީގެ ކުނި މެނޭޖްކުރުން ބަދަލުކޮށްލަނީ!

07 ނޮވެމްބަރު 2025
"ސޮނެވާ ނަމޫނާ" އާއި "ކަމަދޫ އިން" އެކުގައި، ޓަކަކޫރާ މެތަޑް އާއި އެކު ގެސްޓް ހައުސް އިން އުފެދޭ ކާބޯތަކެތީގެ ކުނި މެނޭޖްކުރުން ބަދަލުކޮށްލަނީ!
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
14 އޮކްޓޯބަރު 2025

ބިލެތްފަހީގެ އެއަރޕޯޓުގެ ބިންހިއްކަން ކުރިން ހަވާލު ކުރި ކޮންޓްރެކްޓަށް ވީ ގޮތެއް ނޭނގޭ، ދެ އަހަރު ފަހުން އަލުން އެ މަސައްކަތް އެމްއޭސީއެލް އާ ހަވާލު ކޮށްފި!

14 އޮކްޓޯބަރު 2025
ބިލެތްފަހީގެ އެއަރޕޯޓުގެ ބިންހިއްކަން ކުރިން ހަވާލު ކުރި ކޮންޓްރެކްޓަށް ވީ ގޮތެއް ނޭނގޭ، ދެ އަހަރު ފަހުން އަލުން އެ މަސައްކަތް އެމްއޭސީއެލް އާ ހަވާލު ކޮށްފި!
11 އޮކްޓޯބަރު 2025

ބާރު ސްޕީޑުގައި ހުއްޓުމެއްނެތި ގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި ތުޅާދޫ އެއަރޕޯޓު ބިންހިއްކުން ހުއްޓިއްޖެ

11 އޮކްޓޯބަރު 2025
ބާރު ސްޕީޑުގައި ހުއްޓުމެއްނެތި ގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި ތުޅާދޫ އެއަރޕޯޓު ބިންހިއްކުން ހުއްޓިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު