Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފްރާންސް-ސީރިއާ

ތާރީޚީ ދަތުރުފުޅެއްގައި މެކްރޮން ސީރިއާ އަށް ވަޑައިގެންފި

7 ޖުލައި 2026 | އަންގާރަ 05:48

ހޯމަ ދުވަހުގެ ރޭ މެކްރޮން ސީރިއާ އަށް ވަޑައިގެންނެވިއިރު، ދިމިޝްގުގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރުން އޭނާ އަށް މަރުޙަބާ ދެންނެވީ ސީރިއާގެ ފޮރިން މިނިސްޓަރު އަސަދު ޙަސަން އަލް ޝައިބާނީ. މި ދަތުރުފުޅުގެ ތެރެއިން، ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާއާ ވެސް މެކްރޮން ބައްދަލު ކުރައްވާނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ޖުލައި 2026 | އަންގާރަ 05:48
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ސީރިއާ އަށް ވަޑައިގެންނެވުމުން، އެ ޤައުމުގެ ފޮރިން މިނިސްޓަރު އަސަދު ޙަސަން އަލް ޝައިބާނީ އޭނާ އަށް މަރުޙަބާ ދަންނަވަނީ.

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ސީރިއާ އަށް ވަޑައިގެންނެވުމުން، އެ ޤައުމުގެ ފޮރިން މިނިސްޓަރު އަސަދު ޙަސަން އަލް ޝައިބާނީ އޭނާ އަށް މަރުޙަބާ ދަންނަވަނީ. | ގެޓީ އިމޭޖަސް

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން، ސީރިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމަށް ވަޑައިގެންފި އެވެ. 

މިއީ 2024 ވަނަ އަހަރުގެ ތެރޭގައި ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އައްސަދު ވެރިކަމުން ވައްޓާލި ފަހުން، ޔޫރަޕުގެ ޤައުމެއްގެ އިސްވެރިޔަކު ސީރިއާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ހޯމަ ދުވަހުގެ ރޭ މެކްރޮން ސީރިއާ އަށް ވަޑައިގެންނެވިއިރު، ދިމިޝްގުގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރުން އޭނާ އަށް މަރުޙަބާ ދެންނެވީ ސީރިއާގެ ފޮރިން މިނިސްޓަރު އަސަދު ޙަސަން އަލް ޝައިބާނީ އެވެ. މި ދަތުރުފުޅުގެ ތެރެއިން، ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާއާ ވެސް މެކްރޮން ބައްދަލު ކުރައްވާނެ އެވެ. 

މި ދަތުރުފުޅާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެކްރޮން ވިދާޅުވީ، އޭނާ ސީރިއާ އަށް ވަޑައިގަތީ ސީރިއާގެ ރައްޔިތުންނަށް ފްރާންސް އިން ދޭ އެއްބާރުލުން ހާމަ ކޮށްދިނުމަށް ކަމަށެވެ. އަދި ސީރިއާ އަކީ މިނިވަން، މުސްތަގިއްލު، އަދި އަވަށްޓެރި ގައުމުތަކާ އެކު ސުލްހަވެރިކަމާ އެކު އޮންނަ ގައުމަކަށް ހެދުމަށް އެދިވަޑައިގަންނަވާ ކަމަށާއި، ސަރަހައްދީ ހަމަޖެހުމާއި ސުލްހައިގެ އައު ބާބެއް ފެށުމަށް ގޮވާލައްވާ ކަމަށް ވެސް މެކްރޮން ވިދާޅުވި އެވެ.

ސީރިއާގެ ދައުލަތުގެ މީޑިއާ، ސަނާ ނިއުސް އެޖެންސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މެކްރޮންގެ އަރިހުގައި ފްރާންސްގެ ވިޔަފާރިވެރިންގެ ޓީމެއް ވެސް ބައިވެރިވެ އެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ސަރަހައްދީ ސަލާމަތީ ކަންކަމުގެ އިތުރުން، ސީރިއާގައި ހުރި އިންވެސްޓްމަންޓުގެ ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ. 

ތުރުކީގައި އޮންނަ ނޭޓޯ ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް މެކްރޮން އެ ޤައުމަށް ވަޑައިގަންނަވާނީ އަންގާރަ ދުވަހުގެ ވަގުތެއްގައި އެވެ. އެ ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ސީރިއާގެ ރައީސް އަލް ޝަރާ ވެސް ތުރުކީ އަށް ވަޑައިގަންނަވާނެ އެވެ. މި ސަމިޓުގެ ތެރެއިން އަލް ޝަރާ އާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ބައްދަލު ކުރައްވާނެ އެވެ. 

މީގެ ކުރިން 2025 ވަނަ އަހަރު އަލް ޝަރާ ވަނީ ފްރާންސް އަށް ވަޑައިގެން، މެކްރޮންއާ ބައްދަލު ކުރައްވައިފަ އެވެ. އެ ދުވަސްވަރު މެކްރޮން ވަނީ، ސީރިއާއާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ޔޫރަޕުގެ ޤައުމު ތަކާއި، އެމެރިކާ އަށް ބާރު އަޅުއްވައިފަ އެވެ. އޭގެ ފަހުން ގިނަ ފިޔަވަޅު ތަކެއް ވަނީ އުވާލައިފަ އެވެ. 

މަސްދަރު: އަލް ޖަޒީރާ

ފްރާންސް-ސޫރިއާއެމަނުއަލް މެކްރޯންސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

07 ޖުލައި 2026

ޕެރަގުއޭގެ ސެނެޓަރަކު އެމްބާޕޭއާ ނަސްލީ ގޮތުން ދިމާ ކޮށްލުމުން، ދިފާއުގައި ނިކުންނެވީ މެކްރޮން!

07 ޖުލައި 2026
ޕެރަގުއޭގެ ސެނެޓަރަކު އެމްބާޕޭއާ ނަސްލީ ގޮތުން ދިމާ ކޮށްލުމުން، ދިފާއުގައި ނިކުންނެވީ މެކްރޮން!
06 ޖުލައި 2026

ނޭޓޯ ސަމިޓުގައި ޓްރަމްޕް، ޒެލެންސްކީ އާއި އަލް ޝަރާއާ ބައްދަލު ކުރައްވަނީ

06 ޖުލައި 2026
ނޭޓޯ ސަމިޓުގައި ޓްރަމްޕް، ޒެލެންސްކީ އާއި އަލް ޝަރާއާ ބައްދަލު ކުރައްވަނީ
30 ޖޫން 2026

ފްރާންސްގެ ރައީސް މެކްރޮން އަނެއްކާ ވެސް އަވި އައިނުގައި، އެތައް ބައެއްގެ ސަމާލުކަން!

30 ޖޫން 2026
ފްރާންސްގެ ރައީސް މެކްރޮން އަނެއްކާ ވެސް އަވި އައިނުގައި، އެތައް ބައެއްގެ ސަމާލުކަން!
21 ޖޫން 2026

އޭއައިއާ ގުޅޭ ޤަވާއިދު ތަކެއް އެކުލަވާލުމަށް، މެކްރޮން ގޮވާލައްވައިފި

21 ޖޫން 2026
އޭއައިއާ ގުޅޭ ޤަވާއިދު ތަކެއް އެކުލަވާލުމަށް، މެކްރޮން ގޮވާލައްވައިފި
18 ޖޫން 2026

ސުލްހަ ޤާއިމު ކުރުމުގެ ނިޔަތެއް ރަޝިޔާގެ ކިބައިގައި ނެތް ކަަމށް ޖީ7 ގެ ލީޑަރު އެއްބަސްވޭ: މެކްރޮން

18 ޖޫން 2026
ސުލްހަ ޤާއިމު ކުރުމުގެ ނިޔަތެއް ރަޝިޔާގެ ކިބައިގައި ނެތް ކަަމށް ޖީ7 ގެ ލީޑަރު އެއްބަސްވޭ: މެކްރޮން
07 ޖޫން 2026

ސްޓާމަރ، މެކްރޮން، ޒެލެންސްކީ އަދި މާޒްގެ ބައްދަލުވުމެއް އިނގިރޭސިވިލާތުގައި

07 ޖޫން 2026
ސްޓާމަރ، މެކްރޮން، ޒެލެންސްކީ އަދި މާޒްގެ ބައްދަލުވުމެއް އިނގިރޭސިވިލާތުގައި
25 މެއި 2026

ފްރާންސްގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް، ކުރީގެ ބޮޑު ވަޒީރު އަޓަލް އިއުލާާން ކުރައްވައިފި

25 މެއި 2026
ފްރާންސްގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް، ކުރީގެ ބޮޑު ވަޒީރު އަޓަލް އިއުލާާން ކުރައްވައިފި
14 މެއި 2026

މެކްރޮންގެ މޫނު މަތީގައި އަނބިކަނބަލުން ޖެއްސެވީ، "ތިބާ އަކީ ވަރަށް ރީތި މީހެއް" ކަމަށް ވިދާޅުވެ އެހެން އަންހެނަކަށް ކުރެއްވި މެސެޖު ފެނުމުން

14 މެއި 2026
މެކްރޮންގެ މޫނު މަތީގައި އަނބިކަނބަލުން ޖެއްސެވީ، "ތިބާ އަކީ ވަރަށް ރީތި މީހެއް" ކަމަށް ވިދާޅުވެ އެހެން އަންހެނަކަށް ކުރެއްވި މެސެޖު ފެނުމުން
10 މެއި 2026

މެކްރޮން އިރުމަތީ އެފްރިކާ އަށް، ބޭނުމަކީ އެފްރިކާގައި ފްރާންސްގެ ނުފޫޒު ގަދަ ކުރުން

10 މެއި 2026
މެކްރޮން އިރުމަތީ އެފްރިކާ އަށް، ބޭނުމަކީ އެފްރިކާގައި ފްރާންސްގެ ނުފޫޒު ގަދަ ކުރުން
07 މެއި 2026

ހޮރްމޫޒް ކަނޑު އޮޅީގެ މައްސަަލައިގައި ފްރާންސްގެ ރައީސް މެކްރޮން އާއި އީރާންގެ ރައީސް ޕެޒެޝްކިއާން މަޝްވަރާ ކުރައްވައިފި

07 މެއި 2026
ހޮރްމޫޒް ކަނޑު އޮޅީގެ މައްސަަލައިގައި ފްރާންސްގެ ރައީސް މެކްރޮން އާއި އީރާންގެ ރައީސް ޕެޒެޝްކިއާން މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް