Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުޅުމާލެ

ހުޅުމާލޭގައި ހިނގި މަރާ ގުޅިގެން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

29 ސެޕްޓެމްބަރު 2017 | ހުކުރު 04:50

ފުލުހުންގެ ބެލުމުގެ ދަށުން ދެ މީހެއްގެ ޓެސްޓްތަކެއް ހަދާފައިވޭ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 29 ސެޕްޓެމްބަރު 2017 | ހުކުރު 04:50
ހުޅުމާލޭ ހޮސްޕިޓަލް

ހުޅުމާލޭ ހޮސްޕިޓަލް

ހުޅުމާލޭގައި ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ޒުވާން އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް މަރުވި ހާދިސާއާ ގުޅިގެން މީހަކު ފުލުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ހުޅެމާލޭ ހޮސްޕިޓަލް ހިންގަމުންދާ އާސަންދަ ކުންފުނިން ބުނެފިއެވެ.

އާސަންދައިގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލޭގައި ހިނގި މަރުގެ ހާދިސާއާ ގުޅިގެން ފުލުހުުންގެ ބެލުމުގެ ދަށުން ދެ ފިރިހެނަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެނެސް ޓެސްޓްތަކެއް ހަދާފައިވާ ކަމަށެވެ. އަދި އެ ދެ މީހުންގެ ތެރެއިން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އަނެއް މީހާ ޓެސްޓްތައް ހެދުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް އާސަންދައިން މައުލޫމާތުދެއެވެ.

Advertisement - newsAdvertisement

އޮފިޝަލް ވިދާޅުވީ އެ ދެމީހުންގެ ހަދާފައި ވަނީ ކޮންޓެސްޓްތަކެއް ކަން ނުވަތަ އެ ޓެސްޓްތަކާ ގުޅޭ މައުލޫމާތު ދެވޭނީ ފުލުހުންނަށް ކަމަށެވެ. އަދި އެ ދެމީހުން ޓެސްޓަކެއް ހަދަން ގެނައި ސަބަަބު ވެސް ހާމަ ކުރެވޭނީ ފުލުހުންނަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މީގެއިތުރުން އާސަންދައިގެ އޮފިޝަލް ވިދާޅުވީ މަރުވި ދެ ޒުވާނުންގެ ހަށިގަނޑު އަދި ވެސް އޮތީ ހުޅުމާލޭ ހޮސްޕިޓަލުގައި ކަމަށެވެ. އަދި ހަށިގަނޑު ހޮސްޕިޓަލުގައި ބާއްވާފައި އޮތީ ފުލުހުންގެ ތަހުގީގު ކުރިއަށް ގެންދިއުމަށް ކަމަށެވެ.

މިކަމާ ގުޅޭ މައުލޫމާތު ހޯދުމަށް ރާއްޖެއެމްވީން ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުޅި ނަމަވެސް ފޯނަށް ޖަވާބް ނުދެއް ވާތީ ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ މީހުން މަރުވެފައި ވަނީ ހުޅުމާލެ ޓްރެކް ސަރަހައްދަށް މޫދަށް އެރިއުޅުމުގެ ތެރޭގަ އެވެ.

ހުޅުމާލެހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި ބުރާސްފަތި ދުވަހުގެ ރޭ 20:30 އެހާކަން ހާއިރު ގެނބިގެން ޒުވާން ދެ ފިރިހެނުން އެ ހޮސްޕިޓަލަށް ގެނައިއިރު، އެތަނުން އެކަކު ވަނީ މަރުވެފަ އެވެ. އަދި އަނެކަކު ހާލު ރަނގަޅު ވަމުން އަންނަ ކަމަށާއި އެކަމަކު އޭނާ އޮތީ "ޝޮކް"ގައި ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެއެވެ.

މީގެ އިތުރުން އެ ހޮސްޕިޓަލުން ބުނީ އެ ދެ މީހުން ހޮސްޕިޓަލަށް ގެނައިތާ އިރުކޮޅެއް ފަހުން ފުލުހުން ވެސް އިތުރު އަންހެނަކު ގެނބިގެން ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ. ހޮސްޕިޓަލަށް ގެނައި އިރު އޭނާ އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

މިކަމުގެ މައުލޫމާތު އޮޅުން ފިލުވުމަށް ފުލުހުންނަށް ގުޅުމުން މީޑިއާ އޮފިޝަލް ވަނީ ހުޅުމާލޭގެ ޓްރެކް ސަރަހައްދުގައި މޫދަށް އެރިއުޅުނު ދެ މީހަކު ގެނބިގެން މަރުވެފައިވާކަން "ރާއްޖެއެމްވީ"އަށް ކަށަވަރު ކޮށްދެއްވާފަ އެވެ. މީގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދިންގޮތުގައި ގެނބިގެން މަރުވެފައިވަނީ 18 އަހަރުގެ އަންހެނަކާއި 22 އަހަރުގެ ފިރިހެނެކެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 21 އަހަރުގެ ފިރިހެނަކަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް