Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު

ފްލެޓްތަކުގެ ވައްކަން ހުއްޓުވާ: ރައީސް ނަޝީދު

29 ސެޕްޓެމްބަރު 2017 | ހުކުރު 02:48

ފްލެޓްތަކާއި ގުޅިގެން ގިނަ ރައްޔިތުން ދަނީ ޝަކުވާ ކުރަމުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 29 ސެޕްޓެމްބަރު 2017 | ހުކުރު 02:48
ފްލެޓްތަކުގެ މައްސަލައާއި ގުޅިގެން މާލެ ސިޓީ ކައުންސިލްގެ ރައީސް ޝިފާ އަދި ދިއްދޫ ކައުންސިލްގެ ރައީސް ހާޝިމް ރާއްޖެޓިވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

ފްލެޓްތަކުގެ މައްސަލައާއި ގުޅިގެން މާލެ ސިޓީ ކައުންސިލްގެ ރައީސް ޝިފާ އަދި ދިއްދޫ ކައުންސިލްގެ ރައީސް ހާޝިމް ރާއްޖެޓިވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

ފްލެޓްތަކުގެ ވައްކަން ހުއްޓުވަން ގޮވާލައްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހއ. ދިއްދޫ ކައުންސިލަށް ހިތްވަރު ދެއްވައިފި އެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ސަސްޕެންޑް ކުރުމުގެ އެއްވެސް ގާނޫނީ ބާރެއް ލޯކަލް ގަވަރމަންމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ލިބިގެން ނުވާ ކަމަށެވެ. އަދި ފްލެޓްތަކުގެ ވައްކަން ހުއްޓުވުމަށް ގޮވާލައްވާ ރައީސް ނަޝީދު ވަނީ ދިއްދޫ ކައުންސިލަށް ސާބަސް ދެއްވައިފައެވެ.

Advertisement - newsAdvertisement

ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ސަސްޕެންޑް ކުރުމުގެ ގާނޫނީ އެއްވެސް ބާރެއް އެލްޖީއޭއަށް ލިބިގެން ނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، އެލްޖީއޭއިން ވަނީ ހާޝިމް ސްޕެންޑް ކޮށްފަ އެވެ. އޭނާ ސަސްޕެންޑް ކޮށްފައި ވަނީ ފްލެޓް ލިބޭކަމަށް ހައުސިންގ މިނިސްޓްރީން ނެރުނު ލިސްޓާއި ދެކޮޅު ހެދުމުންނެވެ.

ހައުސިންގ މިނިސްޓްރީން އާއްމު ކޮށްފައިވާ އެލިސްޓާ ހިލާފަށް ކައުންސިލުން އައު ލިސްޓެއް ނެރޭނެކަން ދޭހަވާފަދަ އިބާރާތަކުން އާއްމު ފަރާތްތަކަށް ސިޓީ ފޮނުވާފައިވާކަމުގެ ލިޔެކިއުންތައް އެލްޖީއޭއަށް ލިބިފައިވާ ކަމަށާއި ރައްޔިތުންނަށް ނަމޫނާ ދައްކުވައިދޭންޖެހޭ މަޤާމެއްގައި ހުރެމެ އެކަށީގެން ނުވާ އިބާރާތްތަކުން ދައުލަތުގެ މުއައްސަސާތަކުގެ އަގުވެއްޓޭގޮތަށާއި ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭގޮތަށް ވާހަކަ ދައްކަވަމުން ގެންދާތީ ދޮގު މައުލޫމާތު ހާމަކުރާކަމަށް އެކިފަރާތްތަކުންނާއި ސަރުކާރުގެ މުއައްސަސާތަކުން އެއޮތޯރިޓީއަށް ޝަކުވާ ހުށަހަޅަމުންދާކަމަށް، އެލްޖީއޭއިން ހާޝިމް ސަސްޕެންޓް ކުރިކަމަށް ބުނެ ފޮނުވާފައިވާ ސިޓީގައި ބުނެފައިވެއެވެ.

ފްލެޓް ލިބޭ މީހުންގެ ލިސްޓް އާއްމު ކުރުމަށް ފަހު ހައުސިންގ މިނިސްޓްެރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ދިއްދޫ ކައުންސިލް އެ މިނިސްޓްރީއަށް އެއްބާރުލުން ނުދޭކަމަށް ވިދާޅުވެފަ އެވެ.

ރާއްޖޭގައި މިހާރު އިމާރާތް ކުރަމުންދާ އަދި މިހާރު ދެމުންދާ ގިނަ ފްލެޓްތަކަކީ ރައީސް ނަޝީދުގެ ވެރިކަމުގައި އިމާރާތް ކުރަން ފަށާއި އަދި ފައިނޭންސްގެ ކަންކަންވެސް ހަމަޖައްސާފައިވާ ފްލެޓްތަކެކެވެ.

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
10 ޖެނުއަރީ 2017

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް