Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަށި މިޔަރުގެ މަސްވެރިކަން

ކަށިމިޔަރުގެ މަސްވެރިކަން ހުއްޓުވާ މައްސަލަ 2 ފަހަރު ބޭރު ކުރުން: ނިންމުން ރިވިއުކުރުމަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގަންނަން ނިންމައިފި

ކަށިމިޔަރުގެ މަސްވެރިކަން ހުޅުވާލުމާ ގުޅިގެން ތިމާވެށި ރައްކާތެރިކުރުމަށް ވަކާލާތުކުރާ އެކްޓިވިސްޓުން ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިގަތުމަށް ހައިކޯޓުން ވަނީ ނިންމާފަ. ސަރުކާރުން މި ހުއްދަ ދީފައިވަނީ މިޔަރުގެ ބައިނަލްއަޤްވާމީ ވިޔަފާރި މަނާކުރުމަށް ރާއްޖެއިން ބައިވެރިވެފައިވާ "ސައިޓީސް" މުއާހަދާގެ ނިންމުންތަކާ ފުށުއަރާ ގޮތަށް. މީގެ އިތުރުން، ގައުމީ ފެންވަރުގައި ކުރި ސާވޭއަކުން ދައްކާގޮތުގައި 77 އިންސައްތަ ރައްޔިތުން މި މަސްވެރިކަން އަލުން ފެށުމާ ދެކޮޅެވެ. މި ނިންމުމުގެ ސަބަބުން ރާއްޖެއަށް ލިބިފައިވާ "މިޔަރު ސެންކްޗުއަރީ" އެއްގެ ލަގަބު ގެއްލިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 26 ޖޫން 2026 | ހުކުރު 12:16
ރާއްޖޭގައި މަނާ ކޮށްފައި ވާ ކަށި މިޔަރުގެ މަސްވެރިކަމަށް ސަރުކާރުން ވަނީ ހުޅުވައިފަ

ރާއްޖޭގައި މަނާ ކޮށްފައި ވާ ކަށި މިޔަރުގެ މަސްވެރިކަމަށް ސަރުކާރުން ވަނީ ހުޅުވައިފަ | އެންޑީ މުރްޗް

ރާއްޖޭގައި މަނާ ކޮށްފައި އޮތް ކަށި މިޔަރުގެ މަސްވެރިކަން މި ސަރުކާރުން ހުޅުވާލާފައިވާތީ އެކަން ހުއްޓުވުމަށް ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ދެ ވަނަ ފަހަރަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގަންނަން ހައިކޯޓުގެ ފަނޑިޔާރުން ނިންމައިފި އެވެ.

ދައުލަތާއި ދެކޮޅަށް މި މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހެޅީ ހުމައިދާ އަބްދުއްޣަފޫރު / ހ. ޝޭޑީކޯނަރ އަދި މުހައްމަދު ސިނީން / މ. މާމުލި އެވެ. މި ދެމީހުންނަކީ ވެސް ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ ދެ އެކްޓިވިސްޓުންނެވެ. އެންމެ ފުރަތަމަ މި މައްސަލަ ހުށަހެޅީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެ ފަހަރު ވެސް މައްސަލަ ބޭރުކޮށްލި ނަމަވެސް އަލުން 2026 ފެބްރުއަރީ 2 ވަނަ ދުވަހު މައްސަލަ އަލުން ކޯޓަށް ހުށަހެޅި އެވެ.

ފުރަތަމަ ފަހަރު މި މައްސަލަ ހައިކޯޓުން ބޭރުކޮށްލީ، ބާތިލުކުރަން އެދިފައިވާ ކަށިމިޔަރު މަސްވެރިކަމާ ގުޅޭ ޕްލޭނަކީ ގާނޫނެއް ނުވަތަ ގަވާއިދެއް ކަމަށް ނުވާތީ ދުސްތޫރީ މައްސަލައެއް ކަމަށް އެ މައްސަލަ ނުވާކަމަށް ކަނޑައަޅައިފައެވެ. ދެވަނަ ފަހަރު ބޭރުކޮށްލީ، މައްސަލައިގެ ތަފުސީލު ނެތް ކަމަށް ބުނެ އެވެ. ދެ ފަހަރުވެސް ބޭރުކޮށްލީ ރަޖިސްޓްރޭޝަން މަރުހަލާއިންނެވެ.

އެކަމަކު، ރަޖިސްޓްރާގެ ނިންމުން ރިވިޔު ކުރަން ހުށަހެޅުމުން، ހައިކޯޓުގައި އެ ނިންމުން ރިވިއު ކުރި ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ މައްސަލަ ހައިކޯޓަށް ބަލައިގަންނާށެވެ.

ރާއްޖޭގައި މަނާ ކޮށްފައި އޮތް ކަށި މިޔަރުގެ މަސްވެރިކަމަށް ސަރުކާރުން ހުޅުވާލާފައިވާ އިރު، އޭގެ ކުޑަ ދުވަސް ކޮޅެއް ފަހުން ކަށި މިޔަރު ހިމެނޭ ގޮތަށް 70 ބާވަތެއްގެ މިޔަރާއި މަޑީގެ ބާވަތްތަކުގެ ބައިނަލް އަގްވާމީ ވިޔަފާރި އަށް ހުރަސް އަޅަން ފާސް ކުރުމުގައި ރާއްޖެ އިން ވަނީ ބައިވެރިވެފަ އެވެ.

ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑެންޖާޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް) ގެ މެމްބަރު ގައުމުތަކުން، ފެހުރިއްސާއި، އެން މަޑީގެ ހުރިހާ ބާވަތްތައް ވަނީ އެޕެންޑިކްސް I ގެ ދަށަށް ގެނެސްފައެވެ. މި ގޮތަށް ނިންމުމާ އެކު އެންމެ މަތީ ދަރަޖައިގެ ރައްކާތެރިކަން މި ބާވަތްތަކަށް ލިބި، މި ބާވަތްތަކާއި އެ ތަކެތީގެ އުފެއްދުންތަކުގެ ހުރިހާ ބައިނަލްއަޤްވާމީ ވިޔަފާރިއެއް މަނާ ވެގެން ދާނެ އެވެ.

ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ރާއްޖޭގައި ހުއްދަ ކުރި ކަށި މިޔަރުގެ ބައިނަލް އަގުވާމީ ވިޔަފާރި އަށް ސައިޓީސްގެ ނިންމުމުގެ ސަބަބުން ވަރަށް ބޮޑަށް ހުރަސް އެޅޭނެ އެވެ. ހުސްވި ނޮވެމްބަރު މަހު ބޭއްވި ސައިޓީސް ގެ ބައްދަލުވުމުގައި ކަށިމިޔަރު ވަނީ އެ މުއާހަދާ ގެ އެޕެންޑިސް 2 ގައި ހިމަނަން ފާސް ކޮށްފަ އެވެ.

ސަރުކާރުން ކަށި މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިން އިރު، ކަށި މިޔަރު ގެ މަސްވެރިކަން އަލުން ފެށުމާ ރައްޔިތުން ދެކޮޅު ކަން ގައުމީ ސަރވޭއަކުން ވަނީ ހާމަ ވެފަ އެވެ.

ބްލޫ މެރިން ފައުންޑޭޝަން ނަމަކަށް ކިޔާ ކަނޑުގެ ތިމާވެށި ރައްކާތެރިކުރުމުގެ ޖަމުއިއްޔާ އަކާއި، މޯލްޑިވްސް ރެޒިލިއަންޓް ރީފްސް އަދި މޯލްޑިވިއަން މިޔަރު ޝާކް ޕްރޮގްރާމްގެ ބައިވެރިވުމާއެކު ހެދުނު ގައުމީ ސާވޭގެ ނަތީޖާ ބުނާ ގޮތުން، ކަށި މިޔަރުގެ މަސްވެރިކަން އަލުން ފެށުމަށް ސާވޭގައި ބައިވެރިވި މީހުންގެ 77 އިންސައްތަ މީހުން ދެކޮޅެވެ.

ދިވެހިރާއްޖޭގައި 2010 ވަނަ އަހަރު ހުރިހާ ބާވަތެއްގެ މިޔަރު މަސްވެރިކަމެއް މުޅިން މަނާކުރި އެވެ. އަދި މިޔަރު މަސްވެރިކަން އަލުން ފަށައިފިނަމަ، މިޔަރު ސެންކްޗުއަރީ އެއްގެ ލަގަބު ރާއްޖެ އަށް ގެއްލިގެންދާނެ އެވެ.

ހައި ކޯޓުބްލޫ މެރިން ފައުންޑޭޝަންކަށިމިޔަރު

އިތުރަށް ކިޔާލަން

18 ޖޫން 2026

އެސްޖޭގެ ބިޑުތައް ބާތިލްކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ނިންމައިފި

18 ޖޫން 2026
އެސްޖޭގެ ބިޑުތައް ބާތިލްކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ނިންމައިފި
18 ޖޫން 2026

އަދަދު ނޫހުގެ ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު ގެގް އޯޑަރުގެ އިސްތިއުނާފު މައްސަލަ ހައިކޯޓުން ތާވަލުކޮށްފި

18 ޖޫން 2026
އަދަދު ނޫހުގެ ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު ގެގް އޯޑަރުގެ އިސްތިއުނާފު މައްސަލަ ހައިކޯޓުން ތާވަލުކޮށްފި
14 ޖޫން 2026

އާރަށު މައްސަލައިގައި ދައުލަތުން ހުށަހެޅި އައު ހެކީގެ މައްސަލަ ނިންމާ އަންނަ މަހު ހުކުމް ކުރަނީ

14 ޖޫން 2026
އާރަށު މައްސަލައިގައި ދައުލަތުން ހުށަހެޅި އައު ހެކީގެ މައްސަލަ ނިންމާ އަންނަ މަހު ހުކުމް ކުރަނީ
14 ޖޫން 2026

މީދޫ ކައުންސިލް ރައީސް މަގާމުގެ އިތުރުބުރުގެ ރަސްމީ ނަތީޖާ އިއުލާނު ކޮށްފި، ވަގުތީ ނަތީޖާ އަށް ބަދަލެއް ނާދޭ

14 ޖޫން 2026
މީދޫ ކައުންސިލް ރައީސް މަގާމުގެ އިތުރުބުރުގެ ރަސްމީ ނަތީޖާ އިއުލާނު ކޮށްފި، ވަގުތީ ނަތީޖާ އަށް ބަދަލެއް ނާދޭ
13 ޖޫން 2026

މީދޫ ކައުންސިލް ރައީސްގެ އިންތިޚާބު ކާމިޔާބު ކުރެއްވީ ޕީއެންސީ ކެންޑިޑޭޓް ސުހާ

13 ޖޫން 2026
މީދޫ ކައުންސިލް ރައީސްގެ އިންތިޚާބު ކާމިޔާބު ކުރެއްވީ ޕީއެންސީ ކެންޑިޑޭޓް ސުހާ
11 ޖޫން 2026

ވޭވަށު ކައުންސިލް ހުވާކުރުމުގެ ކަންކަން ފަނޑިޔާރަކު ހަމަޖެހުނުހާ އަވަހަކަށް ކުރިއަށް ދާނެ: އެލްޖީއޭ

11 ޖޫން 2026
ވޭވަށު ކައުންސިލް ހުވާކުރުމުގެ ކަންކަން ފަނޑިޔާރަކު ހަމަޖެހުނުހާ އަވަހަކަށް ކުރިއަށް ދާނެ: އެލްޖީއޭ
11 ޖޫން 2026

ވޭވަށު ގޮނޑި އެމްޑީޕީ ކެންޑިޑޭޓަށް ލިބިފައިވަނިކޮށް، ޕީއެންސީގެ ކެންޑިޑޭޓު މޮޅުވާގޮތަށް ހައިކޯޓުން ޙުކުމްކުރީ ގޯސްކޮށް: ސުޕްރީމް ކޯޓު

11 ޖޫން 2026
ވޭވަށު ގޮނޑި އެމްޑީޕީ ކެންޑިޑޭޓަށް ލިބިފައިވަނިކޮށް، ޕީއެންސީގެ ކެންޑިޑޭޓު މޮޅުވާގޮތަށް ހައިކޯޓުން ޙުކުމްކުރީ ގޯސްކޮށް: ސުޕްރީމް ކޯޓު
10 ޖޫން 2026

ބައްސާމްގެ މައްސަލައިގައި ހިމެނޭ އަމީން އެވެނިއުގެ 2 އެޕާޓްމަންޓުން މުއާމަލާތު ކުރުން ހުއްޓުވުމުގެ އަމުރެއް ހައިކޯޓުން ނެރެފި

10 ޖޫން 2026
ބައްސާމްގެ މައްސަލައިގައި ހިމެނޭ އަމީން އެވެނިއުގެ 2 އެޕާޓްމަންޓުން މުއާމަލާތު ކުރުން ހުއްޓުވުމުގެ އަމުރެއް ހައިކޯޓުން ނެރެފި
04 ޖޫން 2026

ވޭވަށުގެ ގޮނޑީގެ މައްސަލަ: އީސީގެ ވަކީލުވެސް ވިދާޅުވީ ހައިކޯޓުގެ ނިންމުމުގެ ސަބަބުން މުޅި އިންތިޚާބީ ނިޒާމުގެ އަސާސްތަކަށް ބޮޑެތި ލޮޅުންތަކެއް އަރާނެކަމަށް!

04 ޖޫން 2026
ވޭވަށުގެ ގޮނޑީގެ މައްސަލަ: އީސީގެ ވަކީލުވެސް ވިދާޅުވީ ހައިކޯޓުގެ ނިންމުމުގެ ސަބަބުން މުޅި އިންތިޚާބީ ނިޒާމުގެ އަސާސްތަކަށް ބޮޑެތި ލޮޅުންތަކެއް އަރާނެކަމަށް!
04 ޖޫން 2026

ޗާޕުދެލި ހުރި ކޮންމެ ވޯޓުކަރުދާހެއް ބާތިލުކުރާނަމަ އެފަދަ ހުރިހާ ވޯޓެއްގެ ސައްޙަކަމާމެދު ސުވާލު އުފެއްދޭނެ، ކުރިއަށް އޮތް އިންތިޚާބުތަކަށްވެސް އަސަރު ކުރާނެ: ސުއޫދު

04 ޖޫން 2026
ޗާޕުދެލި ހުރި ކޮންމެ ވޯޓުކަރުދާހެއް ބާތިލުކުރާނަމަ އެފަދަ ހުރިހާ ވޯޓެއްގެ ސައްޙަކަމާމެދު ސުވާލު އުފެއްދޭނެ، ކުރިއަށް އޮތް އިންތިޚާބުތަކަށްވެސް އަސަރު ކުރާނެ: ސުއޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު