Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

ޕްރިންސް ހެރީގެ ސަބަބުން، ރަސްގެފާނު ޗާލްސް ހުންނެވީ އުނދަގޫ ޙާލަތެއްގައި!

އެގޮތުން އާއިލާގެ ނާޒުކު ބައެއް ސިއްރުތައް ހެރީ ފަޅާ އަރުވާލި ކަމަށް އިންގްލިޝް ބުނި. އޭނާ ބުނީ ޝާހީ އާއިލާ އަށް އިތުބާރު ކުރެވޭ މީހުންގެ އަދަދު ވަރަށް މަދު ކަމަށާއި، އެއީ ކުޑަ "ބޮޅެއް" ކަމަށް. ނަމަވެސް، ހެރީ ވަނީ "މަރުތޭލަކުން" ޖަހާ އެ އިތުބާރު ފުނޑު ފުނޑު ކޮށްލާފައި ކަަމަށް އިންގްލިޝް ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ޖޫން 2026 | ހުކުރު 06:11
އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިން ވަނަ އަދި ޕްރިންސް ހެރީ.

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިން ވަނަ އަދި ޕްރިންސް ހެރީ. | ރޮއިޓާސް

ޕްރިންސް ހެރީގެ ސަބަބުން އޭނާގެ ބައްޕަ، ރަސްގެފާނު ޗާާލްސް ތިން ވަނަ ހުންނެވީ ވަރަށް އުނދަގޫ ޙާލަތެއްގައި ކަމަށް ރޯޔަލް އެކްސްޕާޓެއް ކަމަށްވާ ރެބެކާ އިންގްލިޝް ބުނެފި އެވެ. 

އިންގްލިޝް ބުނެފައިވާ ގޮތުގައި ހެރީ ވަނީ ރަސްކަމުގެ އާއިލާގެ އިތުބާރު ގެއްލުވާލާފައި ކަމަށެވެ. މީގެ ކުރިން ޕްރިންސް ހެރީ އާއި މޭގަން ވަނީ ރަސްކަމުގެ ޒިންމާ ތަކުން ދުރަށް ޖެހިވަޑައިގެން، އެމެރިކާގައި މީގެ އަހަރު ތަކެއް ކުރިން ދިރިއުޅެން ފައްޓަވައިފަ އެވެ. އިންގްލިޝް މި ވާހަކަތައް ހިއްސާ ކޮށްފައި ވަނީ ޑެއިލީ މެއިލް ޕެލަސް ކޮންފިޑެންޝަލް ޕޮޑްކާސްޓުގެ ލައިވް ޕްރޮގްރާމެއްގައި އެވެ. 

އިންގްލިޝް ބުނެފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކްލެރެންސް ހައުސްގައި ޗާާލްސް އާއި ހެރީ ބައްދަލު ކުރިއިރު، ޗާލްސް އަށް އެ ބައްދަލުވުން ހީފުޅުވެފައި އޮތީ "މަޖުބޫރު" ބައްދަލުވުމެއްގެ ގޮތުގައި ކަމަށެވެ. 

އެކަން ފާހަގަކޮށް އިންގްލިޝް ބުނީ ޗާލްސް އަކީ ފަރުވާ ކުޑަ، އަދި ގޯސް މީހެއް ނޫން ކަމަށެވެ. އަދި ޗާލްސް އަކީ އޭނާގެ ދަރިފުޅު، ހެރީ ދެކެ އިންތިހާ އަށް ލޯބިވާ މީހެއް ކަމަށް ވެސް އިންގްލިޝް ބުނެފައިވެ އެވެ. ނަމަވެސް، ހެރީ ވަނީ ވަރަށް ދަތި އަދި އުނދަގޫ ޙާލަތަކަށް ޗާލްސް ވައްޓާލައްވާފައި ކަމަށް އިންގްލިޝް ފާހަގަ ކޮށްފައިވެ އެވެ. 

އެގޮތުން އާއިލާގެ ނާޒުކު ބައެއް ސިއްރުތައް ހެރީ ފަޅާ އަރުވާލި ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ޝާހީ އާއިލާ އަށް އިތުބާރު ކުރެވޭ މީހުން އަދަދު ވަރަށް މަދު ކަމަށާއި، އެއީ ކުޑަ "ބޮޅެއް" ކަމަށެވެ. ނަމަވެސް، ހެރީ ވަނީ "މަރުތޭލަކުން" ޖަހާ އެ އިތުބާރު ފުނޑު ފުނޑު ކޮށްލާފައި ކަަމަށް އިންގްލިޝް ބުންޏެވެ.  

މީގެ ހުރިން ހެރީ ވަނީ 2023 ވަނަ އަހަރު އޭނާގެ އާއިލާގެ މެމްބަރުންނާ ދެކޮޅަށް ބޮޑެތި ތުހުމަތު ތަކެއް ކޮށްފައި އެވެ. ހެރީ ބުނެފައި ވަނީ އޭނާގެ ބޭބް ޕްރިންސް ވިލިއަމް އާއި ބޭބެގެ އަނބިކަނބަލުން ކޭޓް މިޑްލްޓަންއާ ދެމެދު ގުޅުން ގޯސްވެފައިވާ ކަމަށެވެ. އަދި އޭނާގެ މަންމަ ޕްރިންސެސް ޑަޔާނާ ނިޔާވި ދުވަހު އޭނާގެ ބައްޕަ ޗާލްސް، އޭނާގެ ގައިގައި ބައްދާ ވެސް ނުލި ކަމަށް ހެރީ ބުނެފައިވެ އެވެ. 

މީގެ ކުރިން ޓީވީ ހޯސްޓް މާކް ޑޯލަން ބުނީ މި ދެމަފިރިން އިނގިރޭސިވިލާތަށް އަނބުރާ ދިއުމަށް ބޭނުންވާ ސަބަބުތަކާ ބެހޭ ގޮތުން ސުވާލު އުފެދޭ ކަމަށެވެ. ދަ ސަންގެ ރޯޔަލް އެކްސްކްލޫސިވް ޕްރޮގްރާމްގައި ޑޯލަން ބުނީ ހެރީ އާއި މޭގަން ރަސްކަމުގެ އާއިލާގެ ތެރެއަށް އަނބުރާ ވަންނަން ބޭނުންވާކަން ސާފުކޮށް ފެންނަން އެބަހުރި ކަމަށެވެ. 

މަސްދަރު: ރިއަލިޓީޓީ

އިނގިރޭސިވިލާތްބަކިންހަމް ޕެލެސްއިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަޕްރިންސް ހެރީ

އިތުރަށް ކިޔާލަން

25 ޖޫން 2026

ދުބާއީގައި ލޯބިވެރިޔާ މަރާލި ތުހުމަތުގައި ޓިކްޓޮކް އިންފްލުއެންސަރަށް މަރުގެ އަދަބު ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ

25 ޖޫން 2026
ދުބާއީގައި ލޯބިވެރިޔާ މަރާލި ތުހުމަތުގައި ޓިކްޓޮކް އިންފްލުއެންސަރަށް މަރުގެ އަދަބު ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ
25 ޖޫން 2026

ދަރިވަރުން ވިސާ އަށް ފައިސާ ދެއްކުމަށް ޚާއްސަ ލިމިޓެއް ދޫކުރުމަށް ބީއެމްއެލުން ނިންމައިފި

25 ޖޫން 2026
ދަރިވަރުން ވިސާ އަށް ފައިސާ ދެއްކުމަށް ޚާއްސަ ލިމިޓެއް ދޫކުރުމަށް ބީއެމްއެލުން ނިންމައިފި
25 ޖޫން 2026

މެމްބަރެއްގެ ގޮތުގައި ސްޓާމާ ދެމި ހުންނަވާނެ، ބާންހަމްގެ ކެބިނެޓުން މަޤާމެއް ދޭން އުޅޭ ކަމުގެ އަޑު ތަކެއް!

25 ޖޫން 2026
މެމްބަރެއްގެ ގޮތުގައި ސްޓާމާ ދެމި ހުންނަވާނެ، ބާންހަމްގެ ކެބިނެޓުން މަޤާމެއް ދޭން އުޅޭ ކަމުގެ އަޑު ތަކެއް!
25 ޖޫން 2026

ބާންހަމް އަކީ ރަށެއްގެ މޭޔަރެއް، އޭނާ އަކީ ލިބަރަލް ފިކުރުގެ މީހެއް: ޓްރަމްޕް

25 ޖޫން 2026
ބާންހަމް އަކީ ރަށެއްގެ މޭޔަރެއް، އޭނާ އަކީ ލިބަރަލް ފިކުރުގެ މީހެއް: ޓްރަމްޕް
25 ޖޫން 2026

މުޅި ހުޅަނގު ޔޫރަޕަށް ގަދަ ހޫނު ފެތުރި، ފްރާންސް ގައި "ރެޑް ހީޓް އެލާޓް" ނެރެފި

25 ޖޫން 2026
މުޅި ހުޅަނގު ޔޫރަޕަށް ގަދަ ހޫނު ފެތުރި، ފްރާންސް ގައި "ރެޑް ހީޓް އެލާޓް" ނެރެފި
24 ޖޫން 2026

އިނގިރޭސި ރަސްގެފާނު އަޅުގަނޑާ ސަލާން ކުރައްވާފައިވެސް ވިދާޅުވީ މަހުގެ ވާހަކަ: މިނިސްޓަރު ޝިޔާމް

24 ޖޫން 2026
އިނގިރޭސި ރަސްގެފާނު އަޅުގަނޑާ ސަލާން ކުރައްވާފައިވެސް ވިދާޅުވީ މަހުގެ ވާހަކަ: މިނިސްޓަރު ޝިޔާމް
24 ޖޫން 2026

ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ބާންހަމް އާއި ސްޓާމާ ބައްދަލު ކުރައްވައިފި

24 ޖޫން 2026
ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ބާންހަމް އާއި ސްޓާމާ ބައްދަލު ކުރައްވައިފި
23 ޖޫން 2026

ސްޓާމާގެ އިސްތިއުފާ އިއުލާން ކުރެއްވުމާ އެކު، އީޔޫ އިން ބާއްވަން އޮތް ސަމިޓު ކެންސަލް ކޮށްފި

23 ޖޫން 2026
ސްޓާމާގެ އިސްތިއުފާ އިއުލާން ކުރެއްވުމާ އެކު، އީޔޫ އިން ބާއްވަން އޮތް ސަމިޓު ކެންސަލް ކޮށްފި
23 ޖޫން 2026

ބޮޑު ވަޒީރުގެ ރޭހަށް ނުނިކުންނަވާ، ސްޓްރީޓިންގެ ތާއީދު ބާންހަމް އަށް

23 ޖޫން 2026
ބޮޑު ވަޒީރުގެ ރޭހަށް ނުނިކުންނަވާ، ސްޓްރީޓިންގެ ތާއީދު ބާންހަމް އަށް
23 ޖޫން 2026

ބާންހަމް، ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަމުގެ ހުވާ ކުރައްވައިފި

23 ޖޫން 2026
ބާންހަމް، ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަމުގެ ހުވާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު