Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދުންފަތު ޑިއުޓީ ބަދަލު

އެންމެ ރެއެއްގެ ކާމޭޒު ދޮށުގައި ތިބެ ނިންމާ ނިންމުންތަކުގެ ނަތީޖާ މިއަދު މި ފެންނަނީ، ލަދެއްގައި ބެދި އުނބަށް ޖަހައިފި: މީކާއިލް

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، އެ ނިންމުން ބަދަލުކޮށް ޑިއުޓީ ކުޑަކުރަން ސަރުކާރުން މަޖިލީހަށް ހުށަހެޅުމުން މެންބަރު މީކާއިލް ނަސީމް އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ. މީކާއިލް ވިދާޅުވީ މިއީ އެއްވެސް ދިރާސާއެއް ނެތި ކުއްލި ގޮތަކަށް ސިޔާސަތުތައް އެކުލަވާލުމުގެ ނަތީޖާ ކަމަށާއި، ސިއްހީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ ކުރިން ޑިއުޓީ ބޮޑުކުރުމަށްފަހު އަލުން ކުޑަކުރަން ހުށަހެޅުމަކީ ސަރުކާރު ލަދުވެތިވާންޖެހޭ ކަމެއް ކަމަށް. ސަރުކާރުގެ ފަރާތުން މިހާރު ހުށަހަޅާފައިވަނީ ހީޓަޑް ޓޮބޭކޯ އާއި ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުތަނުން ކުޑަކުރުމަށް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 24 ޖޫން 2026 | ބުދަ 07:10
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހްމަދު ނަސީމް | ރައްޔިތުންގެ މަޖިލިސް

މިއަދު މި ގައުމުން ފެންނަމުން މިދާ މަންޒަރަކީ އެންމެ ރެ އެއްގެ ކާމޭޒު ދޮށުގައި ތިބެ ކުރިއަށްދާ ބަހުސެއްގެ މައްޗަށް، ދެކެވޭ ވާހަކަތަކުގެ ތެރެއިން ނިންމާ ނިންމުންތަކުން ނިކުންނާނެ ނަތީޖާ ކަމަށާ އެ ނަތީޖާ އަކީ ލަދުވެތި ނަތީޖާ އެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ދުންފަތުން ނަގާ ޑިއުޓީ 50 އިންސައްތަ އިން ކުޑަކުރުމަށް ސަރުކާރުގެ ފަރާތުން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު ވިދާޅުވީ މި ސަރުކާރަކީ ކުއްލިއަކަށް ވިސްނުމަށް އަންނަ ޚިޔާލަކުން، ގާތް މީހަކު ބުނެލާ ބަހަކަށް ސިޔާސަތު އެކުލަވާލާ ސަރުކާރެއް ކަމަށެވެ. 

ސިޔާސަތު އެހެން އެކުލަވާލުމުން މިއަދު މި ސަރުކާރު އެ ވަނީ ލަދެއްގައި ބެދެން ޖެހިފައި ކަމަށާ ސަރުކާރުން އެ ވަނީ އުނބަށް ޖަހާފައި ކަމަށެވެ. 

މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެތައް ފަހަރެއްގެ މަތިން ދުންފަތުގެ އަގު ބޮޑުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވެފައި ކަމަށާ އޭގެ ބަރާބަރު ދޮޅު އަހަރެއްހާ ދުވަސް ފަހުން ރައްޔިތުންގެ މަޖިލީހަށް ހަމަ އެ ބިލު ފޮނުއްވުމަށްފަހު ދިވެހި ރައްޔިތުންގެ ސިއްހަތައްޓަކައި ދުންފަތުގެ އަގު ހެޔޮ ކުރަން ޖެހެއޭ ވިދާޅުވުމުން މިތަނުން ރަނގަޅު ގޮތަކީ ކޮބައިކަން އޮޅިފައިވާ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. 

ތަކުރާރު ކޮށް އެ ދުވަހު ޕީއެންސީގެ، ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވަމުން ގެންދެވީ އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ ސިއްހަތަށް ގެއްލުން ދޭ ކަމެކޭ. އެ ދުވަހު އެހާ އަވަސް އަރުވާލައިގެން އެހާ ރޭވުންތެރިކަމެއް ނެތި، އެއްވެސް ޕްލޭނެއް ނެތި ދައުލަތަކުން އެފަދަ މުހިއްމު ނިންމެވުމަށް މި ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވީމާ، އެކަމާ ދެކޮޅު ހެދީމާ މި ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެންގެ ބޮލުގައި އިލްޒާމު އެޅުވީ އަޅުގަނޑުމެން އުޅެނީ ދިވެހި ރައްޔިތުންގެ ސިއްހަތަށް ގެއްލުން ދޭން ކަމަށް. 
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހްމަދު ނަސީމް

މީކާއިލް ވިދާޅުވީ އެ ދުވަހު އެމްޑީޕީ މެންބަރުން ދެއްކެވި ވާހަކަ އެއީ ތެދެެއްކަން ދިވެހި ރައްޔިތުންނަށް މިއަދު ހާމަވާނެ ކަމަށެވެ.

ގައުމެއްގެ ސަރުކާރަކުން، ގައުމެއްގެ ރައީސުލްޖުމްހޫރިއްޔާ އެއް، ގައުމެއްގެ ކެބިނެޓެއް ހަމަ އެއްދުވަހު މެންދުރު ނިންމެވީ އާނ! މިއަދު ދުންފަތުގެ އަގު ބޮޑުކުރަން ވީ އޭ. ސިއްހަތަށް އަންނަ މިފަދަ ބޮޑު އިންގިލާބެއް، ގައުމަކަށް ގެންނަ މިފަދަ ބޮޑު އިންގިލާބެއް އެންމެ ރެ އެއްގެ ކާމޭޒު ދޮށުގައި ހިނގާ ޑިސްކަޝަނަކަށް، ހިނގާ ބަހުސެއްގެ ތެރެއިން މިކަންކަން ނިމެން ވީމާ، ސިޔާސަތު އެކުލަވާލަންވީމާ ވާގޮތް މިއަދު މިއޮތީ ފެންނަން. މިއަދަކީ ލަދުވެތި ދުވަހެއް. ކިތަންމެ ކިތަންމެ ބައެއްގެ ފުރާނަ އަށް ގެއްލުންވާނެ ގޮތަށް ސަރުކާރަކުން އަމަލު ކުރައްވާފައިވަ އެ ސަރުކާރަށް މިޖެހުނީ އެކަން ބަދަލު ކުރަން.  
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހްމަދު ނަސީމް

ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައި ވަނީ ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް އެވެ. 

މެންބަރު ހުށަހެޅުއްވި ބިލުގައި ބުނީ ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުމުގެ ބޭނުމަކީ އެކްސްޕޯޓް އިމްޕޯޓް ގެ ގާނޫނުގެ ދަށުން ސިނގިރޭޓަކުން ނަގާ ޑިއުޓީ އަކީ 4 ރުފިޔާ ކަމުގައި ހަމަޖައްސައި، އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަދަދަކީ 30 އިންސައްތަ ކަމަށް ހަމަޖެއްސުން ކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުމަށް ޚާއްސަކޮށް ތައްޔާރު ކޮށްފައިވާ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗުގެ އިތުރުން އެފަދަ އެހެނިހެން ބާވަތްތަކުން ޑިއުޓީ ދައްކަން ނުޖެހޭ ގޮތަށް ހަމަޖެއްސުން ކަމަށެވެ.

ބިލުގައި ވަނީ ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގަމުން އައި 50 ޕަސެންޓް، 30 ޕަސެންޓަށް އަދި ސްޓިކަކުން ނަގާ 8 ރުފިޔާ 4 ރުފިޔާއަށް ކުޑަކުރަން ހުށަހަޅާފަ އެވެ. 

ރައްޔިތުންގެ މަޖިލިސްއެކްސްޕޯޓް އިމްޕޯޓް ގާނޫނުދުންފަތް ކޮންޓްރޯލުކުރުމުގެ ގާނޫނު

އިތުރަށް ކިޔާލަން

24 ޖޫން 2026

ފޭކު ސިނގިރޭޓާއި ފޭކު ބިޑިއަށް ދިވެހިން ހިޖުރަކުރަން ޖެހުނީ މި ފޭކު ސަރުކާރުން ނިންމާ ފޭކު ނިންމުންތަކުގެ ސަބަބުން: އަމީން ފައިސަލް

24 ޖޫން 2026
ފޭކު ސިނގިރޭޓާއި ފޭކު ބިޑިއަށް ދިވެހިން ހިޖުރަކުރަން ޖެހުނީ މި ފޭކު ސަރުކާރުން ނިންމާ ފޭކު ނިންމުންތަކުގެ ސަބަބުން: އަމީން ފައިސަލް
24 ޖޫން 2026

ސިނގިރޭޓްގެ އަގުބޮޑު ކުރީ ވައްކަމުގެ މާކެޓެއް އުފައްދަން، ކަސްޓަމްސްގެ އާމްދަނީ އިން މި ސަރުކާރުން 2 ބިލިއަން ރުފިޔާ ވަގަށް ނަގައިފި: ޣަފޫރު

24 ޖޫން 2026
ސިނގިރޭޓްގެ އަގުބޮޑު ކުރީ ވައްކަމުގެ މާކެޓެއް އުފައްދަން، ކަސްޓަމްސްގެ އާމްދަނީ އިން މި ސަރުކާރުން 2 ބިލިއަން ރުފިޔާ ވަގަށް ނަގައިފި: ޣަފޫރު
24 ޖޫން 2026

އިސްކަންދަރު ޔޫނިއަން ވޯކަރސްގެ ހަރަކާތްތައް ހުއްޓުވާނަން، ސްކޫލުތަކުގެ ނަން ބޭނުންކޮށްގެން މަސައްކަތް ކުރާކަށް ފުރުސަތެއް ނުދޭނަން: މިނިސްޓަރު ޝަފީއު

24 ޖޫން 2026
އިސްކަންދަރު ޔޫނިއަން ވޯކަރސްގެ ހަރަކާތްތައް ހުއްޓުވާނަން، ސްކޫލުތަކުގެ ނަން ބޭނުންކޮށްގެން މަސައްކަތް ކުރާކަށް ފުރުސަތެއް ނުދޭނަން: މިނިސްޓަރު ޝަފީއު
23 ޖޫން 2026

އީސީގެ މެންބަރު ކަމަށް ޝަކީލް އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި

23 ޖޫން 2026
އީސީގެ މެންބަރު ކަމަށް ޝަކީލް އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި
23 ޖޫން 2026

ސިނގިރޭޓުގެ އަގު ހެޔޮކުރުން: ސުވާލަށް ޖަވާބުދެއްވުމަށް މިނިސްޓަރު ގީލާ ދެކޮޅު ހައްދަވައިފި

23 ޖޫން 2026
ސިނގިރޭޓުގެ އަގު ހެޔޮކުރުން: ސުވާލަށް ޖަވާބުދެއްވުމަށް މިނިސްޓަރު ގީލާ ދެކޮޅު ހައްދަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު