Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

އިސްކަންދަރު ޔޫނިއަން ވޯކަރސްގެ ހަރަކާތްތައް ހުއްޓުވާނަން، ސްކޫލުތަކުގެ ނަން ބޭނުންކޮށްގެން މަސައްކަތް ކުރާކަށް ފުރުސަތެއް ނުދޭނަން: މިނިސްޓަރު ޝަފީއު

ސްކޫލުތަކުގެ ނަން ބޭނުންކޮށްގެން ޓީޗަރުންގެ ޔޫނިއަންތައް ހަދައިގެން މަސައްކަތް ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ. މިނިސްޓަރު ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުގެ ނަން ޔޫނިއަންތަކަށް ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމެއް ކަމަށާއި، އެހެންކަމުން 'އިސްކަންދަރު ވޯރކާސް ޔޫނިއަން' ފަދަ ޖަމިއްޔާތަކުގެ ރަޖިސްޓްރީ ބާތިލުކުރަން ހުށަހަޅުއްވާނެ ކަމަށް. ނަމަވެސް، އެ ޔޫނިއަންއަކީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ބަލައިގަނެ، ރަސްމީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވާ ތަނެއްކަން މަޖިލިސް މެންބަރުން ވަނީ ފާހަގަކުރައްވާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 24 ޖޫން 2026 | ބުދަ 07:07
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު، ރައްޔިތުންގެ މަޖިލީހުގައި

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު، ރައްޔިތުންގެ މަޖިލީހުގައި | ރައްޔިތުންގެ މަޖިލިސް

ސްކޫލުތަކުގެ ނަން ބޭނުން ކޮށްގެން ޔޫނިއަންތައް ހަދައިގެން މަސައްކަތް ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ އިސްކަންދަރު ސްކޫލުގެ ޓީޗަރުން، 'އިސްކަންދަރު ވޯރކާސް ޔޫނިއަން' ގެ ނަމުގައި އުފައްދާފައިވާ ޔޫނިއަން ބަލައި ނުގަންނާނެ ކަމަށާ އެ ޔޫނިއަންގެ އެއްވެސް ހަރަކާތެއް ސްކޫލުގައި ނުހިންގޭނެ ކަމަށް ސްކޫލުގެ ޕްރިންސިޕަލް ޔޫނިއަންގެ މަސްއޫލުވެރިޔާ އަށް އަންގާފައި ވަނީ ކޮން ގާނޫނެއްގެ ދަށުންތޯ މިނިސްޓަރާ ސުވާލު ކުރައްވާފަ އެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ ޔޫނިއަންގެ ނަމުގައި އިސްކަންދަރު ސްކޫލުގެ ނަން ބޭނުންކޮށްފައިވުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާ އަދި އެއީ ގަވާއިދާ ޚިލާފު ކަމެއް ކަމަށެވެ. އެގޮތުން ސްކޫލެއްގެ ނަން އެގޮތަށް ބޭނުން ކުރެވިގެން ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ ޔޫނިއަން ރަޖިސްޓްރީ ކުރުމާ ބެހޭ ގަވާއިދުގައި ބުނާ ގޮތުން ދިވެހި ދައުލަތުގެ ނުވަތަ ސަރުކާރުގެ މުއައްސަސާއެއްގެ ނަމެއް ނުވަތަ އެފަދަ ނަމަކާ އޮޅުންއަރާވާނެ ފަދަ ނަމެއް ޔޫނިއަންތަކަށް ނުކިޔޭނެ ކަމަށެވެ. 

އެހެންކަމުން އެ ޔޫނިއަން އަށް ހަރަކާތްތައް ނުހިންގޭނެ ކަމަށާ އެކަން ހުއްޓުވުމަށް ޔޫނިއަންތަކުގެ ރަޖިސްޓްރާއަށް ހުށަހަޅުއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

އަޅުގަނޑުމެން ގަބޫލެއް ނުކުރަމޭ އިސްކަންދަރު ނަން ބޭނުން ކޮށްގެން މަޖީދިއްޔާގެ ނަން ބޭނުން ކޮށްގެން އަމީނިއްޔާގެ ނަން ބޭނުންކޮށްގެން އަދި އެހެން ސްކޫލެއްގެ ވެސް ނަން ބޭނުންކޮށްގެން އެފަދަ ޔޫނިއަން އެއް އުފެއްދިދާނެ ކަމަށް. އެ ރަޖިސްޓްރީ ކުރެވިފައި ވަނީ އެންމެ ރަނގަޅު ގޮތުގައި ކަމަކަށް އަޅުގަނޑުމެން ނުދެކެން. އެ މައްސަލަ މިހާރު އަޅުގަނޑުމެން ވާނީ ޔޫނިއަންގެ ރަޖިސްޓްރާ އަށް ހުށަހެޅުމައްޓަކައި ތައްޔާރުވަމުން. ސްކޫލުގެ ޕްރިންސިޕަލް އަމަލުކޮށްފައި ވަނީ. ވަކިވަކި ނަންތަކެއް ހަދައިގެން ސްކޫލުތަކުގެ ނަންތައް ބޭނުންކޮށްގެން ފުރުސަތު ދޭކަށް ގަސްތު ނުކުރާ ވާހަކަ ދަންނަވަން. 
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު

މިނިސްޓަރު އެހެން ވިދާޅުވި ނަމަވެސް ޔޫނިއަން ރަޖިސްޓްރީ ކުރުމާ ބެހޭ ގަވާއިދުގައި ބުނާ ގޮތުން ޔޫނިއަނަކަށް ނުކިޔޭނީ ދައުލަތުގެ މުއައްސަސާއެއްގެ ނަމެކެވެ.

އޭގެ އިތުރުން އެ ޔޫނިއަން ގެ މަސައްކަތްތައް ހުއްޓުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އިރު 1 މެއި 2026 ގައި މިނިސްޓްރީ އޮފް ހޯމްލޭންޑް އިން އެ ޔޫނިއަން އަށް މޭ ޑޭ ގެ ރެލީގައި ބައިވެރިވުމަށް ދައުވަތު ދީފައިވާތީ އެ ޔޫނިއަން އަށް އެ ނަމުގައި ހަރަކާތްތެރި ވެވޭކަން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ބުނަމުން ދާކަން ފާހަގަ ވާ ކަމަށް މެންބަރު މައުރޫފް ވަނީ ވިދާޅުވެފަ އެވެ. 

ރައްޔިތުންގެ މަޖިލިސްއިސްމާއިލް ޝަފީއުވަޒީފާގެ ޔޫނިއަންތައްއިސްކަންދަރު ސްކޫލް

އިތުރަށް ކިޔާލަން

23 ޖޫން 2026

އީސީގެ މެންބަރު ކަމަށް ޝަކީލް އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި

23 ޖޫން 2026
އީސީގެ މެންބަރު ކަމަށް ޝަކީލް އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި
23 ޖޫން 2026

ސިނގިރޭޓުގެ އަގު ހެޔޮކުރުން: ސުވާލަށް ޖަވާބުދެއްވުމަށް މިނިސްޓަރު ގީލާ ދެކޮޅު ހައްދަވައިފި

23 ޖޫން 2026
ސިނގިރޭޓުގެ އަގު ހެޔޮކުރުން: ސުވާލަށް ޖަވާބުދެއްވުމަށް މިނިސްޓަރު ގީލާ ދެކޮޅު ހައްދަވައިފި
23 ޖޫން 2026

ނަފްސާނީ ބަލިތަކަށް ދޭ ބޭހުގެ ދަތިކަމެއް ނެތް: މިނިސްޓަރު ގީލާ

23 ޖޫން 2026
ނަފްސާނީ ބަލިތަކަށް ދޭ ބޭހުގެ ދަތިކަމެއް ނެތް: މިނިސްޓަރު ގީލާ
22 ޖޫން 2026

ކުރިން އިސްތިއުފާ ދިނީ މިނިވަންކަމާ އެކު މަސައްކަތް ނުކުރެވުނީމަ، ދެންވެސް އެފަދަ ހާލަތެއް ކުރިމަތި ވެއްޖެ ނަމަ އިސްތިއުފާ ދޭނަން: ޝަކީލް

22 ޖޫން 2026
ކުރިން އިސްތިއުފާ ދިނީ މިނިވަންކަމާ އެކު މަސައްކަތް ނުކުރެވުނީމަ، ދެންވެސް އެފަދަ ހާލަތެއް ކުރިމަތި ވެއްޖެ ނަމަ އިސްތިއުފާ ދޭނަން: ޝަކީލް
22 ޖޫން 2026

ފިނޭންސް މިނިސްޓަރު ޒަރީރަށް ކޮމިޓީން ރުހުން ދީފި

22 ޖޫން 2026
ފިނޭންސް މިނިސްޓަރު ޒަރީރަށް ކޮމިޓީން ރުހުން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު