Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުޅިފައިވާ ސިޔާސީ ޕާޓީތައް

އިދިކޮޅު ފަރާތްތަކުގެ އެއްވުން ކެންސަލްކޮށްފި

28 ސެޕްޓެމްބަރު 2017 | ބުރާސްފަތި 13:31

އެއްވުން ކެންސަލް ކުރީ ސަރުކާރުގެ އެއްބާރުލުން ނުދިނުމުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 28 ސެޕްޓެމްބަރު 2017 | ބުރާސްފަތި 13:31
ގުޅިފައިވާ ޕާޓީތަކުން އެއްވުން އިއުލާން ކުރުމުގެ ތެރެއިން

ގުޅިފައިވާ ޕާޓީތަކުން އެއްވުން އިއުލާން ކުރުމުގެ ތެރެއިން

ދިވެހި ރައްޔިތުން ތިބީ ރޮހިންޖާ މުސްލިމުންނާއެކުކަން ހާމަކުރުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުން އިސްނަގައިގެން ހުކުރު ދުވަހު ކާނިވާ ސަރަހައްދުގައި ބާއްވަން އުޅުނު ބޮޑު އެއްވުން ކެންސަލްކޮށްފިއެވެ.

މ. ކުނޫޒްގައި ބޭއްްވި ޕްރެސް ކޮންފަރެންސެއްގައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ އެއްވެ އުޅުމާއި ޚިޔާލް ފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން ގެނައި ބަދަލުތަކުގެ ތެރެއިން މާލޭގައި ހަމައެކަނި އެއްވެވެވީ ކާނިވާ ސަރަހައްދުގައި ކަމަށެވެ. އެހެންކަމުން އެއްވުން އެ ސަރަހައްދުގައި ބޭއްވުމަށްޓަކައި މަގު ފަހިކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް އެދި ހައުސިންގ މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީއަކަށް އަދިވެސް ޖަވާބު ނުލިބޭ ކަމަށެވެ. އެއެއްވުމަކީ ވަރަށް ބޮޑު އެއްވުމަކަށް ވާނެތީ އެސަރަހައްދު ހުސްކޮށް ދިނުމަށާއި ތައްޔާރީތައް ބޭއްވޭނެ ގޮތަކަށް ކަންކަން ކޮށްދިނުމަށް އެދިފައިވާނެ ކަމަށާއި ނަމަވެސް އެއްވެސް މުއައްސަސާއަކުން އެކަންކަމަށް ޖަވާބެއް ދީފައި ނެތް ކަމަށް އަމީތު ވިދާޅުވި އެވެ.

Advertisement - newsAdvertisement

އަމީތު ވިދާޅުވީ، ކާނިވާ ސަރަހައްދަކީ އެއްވެސް ގޮތަކަށް ގިނަ ބަޔަކަށް އެއްވެވޭ ގޮތަށް އޮތް ސަރަހައްދެއްވެސް ނޫން ކަމަށެވެ. އެގޮތުން ޑްރައިވިން ސްކޫލުގެ ހަރަކާތްތައް ވެސް އެ ސަރަަހައްދުގައި ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެ ސަރަހައްދު ދިނުމަށް އެދިފައި ވަނީ ހެނދުނު ދިހަޔަކުންފެށިގެން ކަަމަށް އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ، އެއްވުމުގެ ހައްގަކީ ހުއްދަ ހޯދަންޖެހޭ ކަމަކަށް ނުވާ އިރު މާލޭގައި އެއްވެ އުޅުމަށް އެއްވެސް ސަރަހައްދެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

" އަދާލަތު ޕާޓީން އިސްނަގައިގެން ރޮހިންޖާ މުސްލިމުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ބާއްވާ އެންްވުމަށް ގުޅިފައިވާ ސިޔާސީ ހުރިހާ ޕާޓީއަކުން ވަނީ ތާއީދުކޮށްފައި. އެހެން ނަމަވެސް އެފަދަ ބޮޑު ހަރަކާތެއް ބޭއްވުމަށް ވަރަށް ބޮޑު ސަރަހައްދެއް ބޭނުންވޭ. ސަރުކާރުން އެއްވެސް ޖަވާބެއް ނުދެއްވާތީ ވަރަށް ބޮޑު ގެއްލުމެއް ވަނީ ލިބިފައި. ވަރަށް ގިނަ މަސައްކަތްތަކެއް މި އެއްވުން ބޭއްވުމަށްޓަކާ ކުރެވިފައިވަނީ." އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ އެ އެއްވުމަކީ އެއްވެސް ސިޔާސީ ކުލައެއް އޭގައި ނުޖެހޭނެ ގޮތަށް ހިންގުމަށް ރާވަމުންދިޔަ އެއްވުމެއް ކަމަށާއި ނަމަވެސް މި އެއްވުމާ ގުޅޭ ގޮތުން ސަރުކާރުން ކަންކޮށްފައިވަނީ ރޮހިންޖާ މީހުންނާ ގުޅޭ ގޮތުން އދ ގައި ނެގި ވޯޓަށް ދިވެހި ސަރުކާރުން ފިލި ގޮތަށް ކަމަށެވެ.

އަމީތު ވިދާޅުވީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރޮހިންޖާ މުސްލިމުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް އަޑުއުފުލުމަށް ގޮވާލާ ބާއްވާ މަސައްކަތް ކުރި އެއްވުން ކެންސަލް ކުރި ނަމަވެސް އެމްޑީޕީ ހަރުގޭގައި ހަވީރު ސައި ކުރިއަށްދާނެ ކަމަށެެވެ. މި ހަރަކާތުގައި ޑިމޮކްރަސީއަށް ލޯބިކުރާ ފަރާތްތަކުން ބައިވެރިވުމަށް އަމިތު ވަނީ ގޮވާލެއްވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

27 މާރިޗު 2017

ރައީސް ޔާމީންގެ އޯޑަރު: އިދިކޮޅު މެންބަރުންނަށް ފިޔަވަޅު އަޅާފައިވިޔަސް، ވޯޓް ނަގާތި!

27 މާރިޗު 2017
ރައީސް ޔާމީންގެ އޯޑަރު: އިދިކޮޅު މެންބަރުންނަށް ފިޔަވަޅު އަޅާފައިވިޔަސް، ވޯޓް ނަގާތި!
27 މާރިޗު 2017

އިދިކޮޅު މެމްބަރުން މަޖިލީހުން "ބޭރުކޮށް" މަސީހަށް އިތުބާރު އޮތް ކަމަށް ފާސްކޮށްފި

27 މާރިޗު 2017
އިދިކޮޅު މެމްބަރުން މަޖިލީހުން "ބޭރުކޮށް" މަސީހަށް އިތުބާރު އޮތް ކަމަށް ފާސްކޮށްފި
10 މާރިޗު 2017

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު

10 މާރިޗު 2017
އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު
06 މާރިޗު 2017

އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން

06 މާރިޗު 2017
އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން
02 މާރިޗު 2017

އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް

02 މާރިޗު 2017
އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް