Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

މެމްބަރެއްގެ ގޮތުގައި ސްޓާމާ ދެމި ހުންނަވާނެ، ބާންހަމްގެ ކެބިނެޓުން މަޤާމެއް ދޭން އުޅޭ ކަމުގެ އަޑު ތަކެއް!

25 ޖޫން 2026 | ބުރާސްފަތި 08:16

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކަމަށް ވަޑައިގަންވަނާ ކަމަށް ބެލެވޭ އެންޑީ ބާންހަމްގެ އަރިސް ބޭފުޅުން ވިދާޅުވެފައި ވަނީ، އޭނާގެ ކެބިނެޓުން ސްޓާމާ އަށް ޖާގަ ދެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް. އެގޮތުން ފޮރިން ސެކްރެޓަރީގެ މަޤާމު ސްޓާމާ އަށް ދެއްވުމުގެ ފުރުސަތު އޮތް ކަމަށް ބައެއް ފަރާތް ތަކުން ވިދާޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޖޫން 2026 | ބުރާސްފަތި 08:16
އިނގިރޭސިވިލާާތުގެ ބޮޑު ވަޒީރު ކަމުން އިސްތިއުފާާ ދެއްވާނެކަން އިއުލާން ކުރައްވާފައިވާ ސްޓާމާ.

އިނގިރޭސިވިލާާތުގެ ބޮޑު ވަޒީރު ކަމުން އިސްތިއުފާާ ދެއްވާނެކަން އިއުލާން ކުރައްވާފައިވާ ސްޓާމާ. | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ މަޤާމުން އިސްތިއުފާ ދެއްވި ނަމަވެސް، ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ކިއާ ސްޓާމާ ދެމި ހުންނަވާނެ ކަމަށް ޑައުނިން ސްޓްރީޓް އިން ހާމަ ކޮށްފި އެވެ. 

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކަމަށް ވަޑައިގަންވަނެ ކަމަށް ބެލެވޭ އެންޑީ ބާންހަމްގެ އަރިސް ބޭފުޅުން ވިދާޅުވެފައި ވަނީ، އޭނާގެ ކެބިނެޓުން ސްޓާމާ އަށް ޖާގަ ދެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެގޮތުން ފޮރިން ސެކްރެޓަރީގެ މަޤާމު ސްޓާމާ އަށް ދެއްވުމުގެ ފުރުސަތު އޮތް ކަމަށް ބައެއް ފަރާތް ތަކުން ވިދާޅުވެފައިވެ އެވެ. 

އެކަމާ ގުޅޭ ގޮތުން ސްޓާމާގެ ތަރުޖަމާނު ވިދާޅުވެފައި ވަނީ، ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ދެމި ހުންނަވައި، ލޭބާ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ދެމި ހުންނަވަން ސްޓާމާ ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް، ބާންހަމްގެ ކެބިނެޓުން މަޤާމެއް ހުށަހެޅުއްވި ނަމަވެސް. އެކަން ޤަބޫލު ކުރުމުގެ ވިސްނުމެއް މިވަގުތު ސްޓާމާގެ ނެތް ކަމަށް ވެސް ތަރުޖަމާނު ވަނީ ވިދާޅުވެފައި އެވެ. 

ކެބިނެޓުގެ މަޤާމެއް ބާންހަމް ހުށަހަޅުއްވާ ހިނދެއްގައި، ސްޓާާމާ އެކަން ޤަބޫލު ކުރައްވާނެތޯ ސުވާލު ކުރުމުން ތަރުޖަމާނު ވިދާޅުވީ، އޭނާގެ ދައުރު ނިމިފައިވާ ކަމަށް ސްޓާމާ، ކެބިނެޓުގެ މެމްބަރުންނަށް އަންގަވާފައިވާ ކަމަށެވެ. ނަމަވެސް، ކެބިނެޓު މެމްބަރުންގެ ދައުރު ނިމުނީ ނޫން ކަމަށް ވެސް ސްޓާމާ ވިދާޅުވެފައިވެ އެވެ. 

ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަމަށް ސްޓާމާ އިންތިޚާބު ކޮށްފައި ވަނީ އެ ދާއިރާގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އެ މަޤާމުން ސްޓާމާ އިސްތިއުފާ ދެއްވައިފި ނަމަ، އެއީ ގްރީން ޕާޓީ އަށް އެ ގޮނޑި ކާމިޔާބު ކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތަކަށް ވާނެ އެވެ. 

ބުދަ ދުވަހު ބޭއްވުނު ބޮޑު ވަޒީރުގެ ސުވާލު ތަކުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސްޓާމާ ވިދާޅުވީ، ހަފްތާއަކު އެއްފަހަރު ބޭއްވޭ މި ޖަލްސާތަކުގެ މަތިން އޭނާ ވަރަށް ހަނދާން ވާނެ ކަމަށެވެ. އަދި އެކި ދާއިރާ ތަކުން ޤާނޫނު ހަދާ މަޖިލީހަށް ވަޑައިގެން ތިއްބެވި ލޭބާ ޕާޓީގެ މެމްބަރުންނާ މެދު ވަރަށް ބޮޑަށް ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމަށް ވެސް ސްޓާމާ ވިދާޅުވި އެވެ. 

ސްޓާމާ އާއި ބާންހަމް ވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައި ބައްދަލު ކުރައްވައިފަ އެވެ. މިއީ ބައި އިލެކްޝަން ކާމިޔާބު ކުރައްވައި، ބާންހަމް މެމްބަރު ކަމުގެ ހުވާ ކުރެއްވި ފަހުން ދެ ބޭފުޅުން ބައްދަލު ކުރެއްވި ފުރަަތަމަ ފަހަރެވެ. އެކި އެކި މީޑިއާ ތަކުން ބުނެފައި ވަނީ، މި ބައްދަލުވުން ބާއްވާފައި ވަނީ ޑައުނިން ސްޓްރީޓް އިން ބޭރުގައި ކަމަށެވެ. 

މަސްދަރު: ބީބީސީ

އިނގިރޭސިވިލާތްހައުސް އޮފް ކޮމަންސްލޭބަރ ޕާޓީ - ޔޫކޭކިއާ ސްޓާމަރ (އިނގިރޭސި ބޮޑު ވަޒީރު)އެންޑީ ބަރންހަމް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

25 ޖޫން 2026

ބާންހަމް އަކީ ރަށެއްގެ މޭޔަރެއް، އޭނާ އަކީ ލިބަރަލް ފިކުރުގެ މީހެއް: ޓްރަމްޕް

25 ޖޫން 2026
ބާންހަމް އަކީ ރަށެއްގެ މޭޔަރެއް، އޭނާ އަކީ ލިބަރަލް ފިކުރުގެ މީހެއް: ޓްރަމްޕް
25 ޖޫން 2026

މުޅި ހުޅަނގު ޔޫރަޕަށް ގަދަ ހޫނު ފެތުރި، ފްރާންސް ގައި "ރެޑް ހީޓް އެލާޓް" ނެރެފި

25 ޖޫން 2026
މުޅި ހުޅަނގު ޔޫރަޕަށް ގަދަ ހޫނު ފެތުރި، ފްރާންސް ގައި "ރެޑް ހީޓް އެލާޓް" ނެރެފި
24 ޖޫން 2026

އިނގިރޭސި ރަސްގެފާނު އަޅުގަނޑާ ސަލާން ކުރައްވާފައިވެސް ވިދާޅުވީ މަހުގެ ވާހަކަ: މިނިސްޓަރު ޝިޔާމް

24 ޖޫން 2026
އިނގިރޭސި ރަސްގެފާނު އަޅުގަނޑާ ސަލާން ކުރައްވާފައިވެސް ވިދާޅުވީ މަހުގެ ވާހަކަ: މިނިސްޓަރު ޝިޔާމް
24 ޖޫން 2026

ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ބާންހަމް އާއި ސްޓާމާ ބައްދަލު ކުރައްވައިފި

24 ޖޫން 2026
ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ބާންހަމް އާއި ސްޓާމާ ބައްދަލު ކުރައްވައިފި
23 ޖޫން 2026

ސްޓާމާގެ އިސްތިއުފާ އިއުލާން ކުރެއްވުމާ އެކު، އީޔޫ އިން ބާއްވަން އޮތް ސަމިޓު ކެންސަލް ކޮށްފި

23 ޖޫން 2026
ސްޓާމާގެ އިސްތިއުފާ އިއުލާން ކުރެއްވުމާ އެކު، އީޔޫ އިން ބާއްވަން އޮތް ސަމިޓު ކެންސަލް ކޮށްފި
23 ޖޫން 2026

ބޮޑު ވަޒީރުގެ ރޭހަށް ނުނިކުންނަވާ، ސްޓްރީޓިންގެ ތާއީދު ބާންހަމް އަށް

23 ޖޫން 2026
ބޮޑު ވަޒީރުގެ ރޭހަށް ނުނިކުންނަވާ، ސްޓްރީޓިންގެ ތާއީދު ބާންހަމް އަށް
23 ޖޫން 2026

ބާންހަމް، ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަމުގެ ހުވާ ކުރައްވައިފި

23 ޖޫން 2026
ބާންހަމް، ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަމުގެ ހުވާ ކުރައްވައިފި
23 ޖޫން 2026

10 އަހަރުގެ ތެރޭގައި އިނގިރޭސިވިލާތަށް ހަތް ވަނަ ބޮޑު ވަޒީރެއް، ޓައިމްލައިން ހާމަ ކޮށްްފި

23 ޖޫން 2026
10 އަހަރުގެ ތެރޭގައި އިނގިރޭސިވިލާތަށް ހަތް ވަނަ ބޮޑު ވަޒީރެއް، ޓައިމްލައިން ހާމަ ކޮށްްފި
22 ޖޫން 2026

ބޮޑު ވަޒީރު ކިއަރ ސްޓާމަރގެ "މިސްރާބެއް ނެތް" ވެރިކަމުގެ ނިމުން އައި ސަބަބުތައް

22 ޖޫން 2026
ބޮޑު ވަޒީރު ކިއަރ ސްޓާމަރގެ "މިސްރާބެއް ނެތް" ވެރިކަމުގެ ނިމުން އައި ސަބަބުތައް
22 ޖޫން 2026

ބޮޑު ވަޒީރު އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރެއްވުމާ އެކު، އަވަސް އިންތިޚާބެއް ބޭއްވުމަށް ރިފޯމް ޔޫކޭގެ ފަރާޖް ގޮވާލައްވައިފި

22 ޖޫން 2026
ބޮޑު ވަޒީރު އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރެއްވުމާ އެކު، އަވަސް އިންތިޚާބެއް ބޭއްވުމަށް ރިފޯމް ޔޫކޭގެ ފަރާޖް ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް